އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުހައްމަދު މުއިއްޒުގެ އަބުރުފުޅު ކަތިލުމަށް ދައްކަވަމުން އަންނަ ވާހަކަތައް ހުއްޓާލުމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ޞާލިހް އަދި އެމަނިކުފާނުގެ ތަރުޖަމާން މާރިޔާ ދީދީގެ އަރިހުން އިދިކޮޅު ކޯލިޝަނާ ވަގުތީގޮތުން ހަވާލުވެ ހުންނެވި އަބްދުއްރަހީމް (އަދުރޭ) އެދިވަޑައިގެންފިއެވެ.
އަންނަ މަހުގެ ނުވަ ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބުގެ ކެމްޕެއިނަށް އިދިކޮޅުގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުހައްމަދު މުއިއްޒު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ގއ.ވިލިނގިއްޔަށް ވަޑައިގެން އެ ރަށުގައި ބޭއްވި ޖަގަހަ ޖަލްސާގައި ވާހަކަ ދައްކަވަމުން އަދުރޭ ވަނީ ރައީސް ޞާލިހަށާއި މާރިޔާއަށް ފާޑުކިޔުންތަކެއް އަމާޒުކޮށްފައެވެ.
"ހަޤީޤަތުގައި ވެސް ގޮތް ހުސްވެއްޖެ އެމީހުންނަށް. ގޮތް ހުސްވީމަ އެމީހުން މާރިޔާ ވެސް އިބްރާހިމް މުހައްމަދު ޞާލިހް ވެސް މި ކުރާ ކަމަކީ އަޅުގަނޑުމެންގެ ކެންޑިޑޭޓްގެ އަބުރަށް އަރައިގަންނަނީ.އަޅުގަނޑު މިރޭ ދަންނަވާލަން ބޭނުން މާރިޔާ އަށް ވެސް އިބްރާހިމް މުހައްމަދު ޞާލިހަށް ވެސް އެއްގޮތަކަށް ވެސް ތިކަން ނުކުރައްވާށޭ. އަޅުގަނޑުމެންގެ ކެންޑިޑޭޓްގެ އަބުރު ކަތިލަން ދިމާ ނުކުރައްވާށޭ. އެކަން ކުރަން އަޅުގަނޑުމެން ކުރަން ވެއްޖެއްޔާ މާރިޔާ ވެސް އިބްރާހިމް މުހައްމަދު ޞާލިހްގެ ވެސް އަބުރަށް އަރައިގަނެވިދާނެ. ނަމަވެސް އަޅުގަނޑުމެން އެކަމެއް ނުކުރައްވާނަން.". އަދުރޭ ވިދާޅުވިއެވެ.
އޭގެއިތުރުންވެސް އަދުރޭ ވިދާޅުވީ ރައީސް ޞާލިހް ދައްކަވާ ވާހަކަތަކަކީ އެއްވެސް މޭރުމަކުން ހަމަ ޖެހޭ ވާހަކަތަކެއް ނޫން ކަމަށެވެ. އަދި ޑރ.މުއިއްޒަކަށް ތަރައްޤީގެ މަޝްރޫޢު ހިންގާކަށް ނޭނގޭނެ ކަމަށް ރައީސް ޞާލިހް ވިދާޅުވުމުން އަދުރޭ ވަނީ އެމަނިކުފާނަށް ފާޑު ކިޔުންތަކެއް އަމާޒު ކުރައްވާފައެވެ.
"އަޅުގަނޑު އިބްރާހިމް މުހައްމަދު ޞާލިހަށް ދަންނަވާލަން ބޭނުންވާ ވާހަކައަކީ ރައްޔިތުން އެބަ ބުނޭ އިބްރާހިމް މުހައްމަދު ޞާލިހަކަށް ތަރައްޤީއެއް ނޭނގޭ. ރައްޔިތުން އެބަ ބުނޭ އިބްރާހިމް މުހައްމަދު ޞާލިހަށް ވެރިކަން ކުރާކަށް ނޭނގޭ. ރައްޔިތުން އެބަ ބުނޭ ވެރިކަން ކުރާކަށް ޤާބިލެއް ނޫނޭ. ރައްޔިތުން އެބަ ބުނޭ އިބްރާހިމް މުހައްމަދު ޞާލިހަކީ ހިޔާނާތްތެރިއެކޭ. ރައްޔިތުން އެބަ ބުނޭ އިބްރާހިމް މުހައްމަދު ޞާލިހަކީ ޤައްދާރެކޭ. ރައްޔިތުން އެބަ ބުނޭ އިބްރާހިމް މުހައްމަދު ޞާލިހެއް ނުހޮވާނަމޭ.". އަދުރޭގެ ހޫނު ގަދަ ބަހުގެ ހަމަލާތައް ރައީސަށް އަމާޒު ކުރައްވަމުން ވިދާޅުވިއެވެ.
އަދުރޭ ވިދާޅުވީ ރައްޔިތުން ބޭނުންވަނީ ޢިލްމީ، ތަޖްރިބާ ހުރި ޤާބިލް ބޭފުޅެއް ކަމަށެވެ. އަދި އެ ވެރިއަކީ ރައީސް ޔާމިންގެ އަރިހުން ދަރިވަރުވެ ވަޑައިގެން ހުންނެވި ޑރ. މުއިއްޒު ކަމަށް އަދުރޭ ވަނީ ތަކުރާރުކޮށް ފާހަގަ ކުރައްވާފައެވެ.
،އަޅާނުލާ އަދުރޭ. އެއީ އެމީހުން އުފެދިފަވާގޮތް. ނަޖިސްއެއްޗިހިން ނިކުންނާނީ ނަޖިސް
ގައިމު އެއުޅޭ ސޮނިސިޔާމް ބުނި ސޯލިހަކީ މާމުއި ހަތައެކޭ.
އަލަމްގިރިގިރި
މުއިއްޒު އެއްވެސް ކެންޑިޑޭޓަކާ ޒާތީވެގެން ޖައްސާލާފަ ނެތް ވަރަށް ރީތި ނަމޫނާ މިސާލެއް އިންޝާﷲ މުއިއްޒު 2023
ތާހިރެއްނު. އެއީ ހުދުފޮތިކޮޅެއްއެއީ. ކަލޭމެން އަނދިރިމީހުންނަށް ފެންނާނީ ކަލޭމެންގެ ހިތްނުރުހޭ ކަންތައްއެކަނި. އެކަމު ކަލޭމެން އަނދިރިވީމަ ނުފެންނާނެ ކަލޭމެންގެތެރޭއުޅޭމީހުން އެހެންމީހުންނަށް ކިޔާއެއްޗިއްސެއް. ތިޔައީ ފަހުޒަމާނުގެ ފެނިދާނެކަހަލަކަމެއް.
މިހާރު ހުރިވެރި މީހާގެ ފަރާތުން އަހަރެމެން ނަށް ވަކި ތިބުނާކަހަލަ ރަގަޅު ކަންތަތަކެއް ނުފެނެ. ކުރިއަށް ވުރެއްގޯސް. އެހެންވީމަ އަނެއްކާވެސް ބޭނުން ވަނީ ބަދަލެއް
މަށަށް ހީވަނީ ކަލޭހެން އަނދިރީ
ދެން ނިކަން ބުނެބަލަ މުއިއްޒުގެ ހުރި މުޑުދާރުކަމެއް. ތިހެން ތާކުންތާކު ނުޖެހޭގޮތަށް މީހުނަށް ލޮލަށް ގޮވުމަކުން އަދި ކަމެއް ސާބިތެއް ނުކުރެވޭނ.ެ
އަދުރޭ ކަލޭގެ ލަދުހަޔާތް ކޮބާ ފުރައްތަމަ އަބުރައް އަރައިގަތީ ކޮންބަޔެއް ރައީސް ސޯލިހުއަށް ތިޔޮއްގޮވާ ހަޑިހުތުރު ބަސްތަށް.
ތާހިރު އެއްޗެއްނަމަނު ހަޑިވާނީ. ކުރިންވެސް މުޑުދާރު ފަސްބައި ހުތުރު ވަގު ގެ ލަގަބު ލިބިފަ ހުރި ރާވިއްކިކަން ސާބިތުވެ ހުކުމް ކޮށް އަރުވާލިމީހެއްގެ އަބުރު އިތުރައް ހުތުރުވާނެ ގޮތެއް ބުނެދީބަލަ
އޭގެ ކުރިން ކޮންބައެއް... އިބްރާހީމްގެ އެންމެ ގާތްއެކުވެރިޔާވެސް އެހެން އެބަގޮވާ ދޯ... ހަމައެކަނި ޢަބްދުއްރަޙީމް މެނެއްނޫންދޯ.. ކޮންމެހެން އެ ގޮވާގޮވުން ރަނގަޅުވެގެންނެއްވެސް ނޫން.
އަދުރޭ ބުންޏަސް އެއީ ހަމަ ތެދު. 37 މިލިއަން އަދީބު ދިން މީހެއްކަން މމޕރސ ގެ ފުރަތަމަ ލިސްޓުން އެނގޭ.
ޤައްދާރު ގަ އޮންނާނީ ޣ އެއް. ޣައްދާރު
މި ކަލޭގެޔަ ހެދި މުއިއްޒައް އެތައް ވޯޓެއް ގެއްލޭ
އަބްދުއްރަހީމް އެވިދާޅުވީ ހެޔޮކޮށް. އިބްރާހީމް ހިތަށް އެރިހާ އެއްޗެއް އަހަރެމެންގެ ކެންޑިޑޭޓަށް ކިއިގެން ނުވާނެ. އަމުދުން މިއަދު މިގައުމުގެ އެންމެންގެ ވެރިއެއްގެ ގޮތުގައި ހުރެ ރައްޔިތަކާ ދިމާއަށް ހުތުރުކޮށް އެއްޗެހި ކިއުމަކީ ވެރިއެއްގައި ހުންނަންޖެހޭ އަޚްލާޤީ ސިފަ އުނިވާކަން ހާމަކޮށްދޭ ސަބަބެއް.
ޙަޤީޤަތުގައި Gina ރަށްރަށުގައި މިސަރުކާރުން ފެށި magu ހެދުން، ބަނދަރު ނަރުދަމާ ފެނުގެ މަސައްކަތްތައް ފަސްއަހަރުވެގެން ދާއިރުވެސް ނުނިމެ. މީ ރިއަލްޓީއަކީ.
ޔާމީން ސަރުކާރުގައި ފެށި ބައެއް މިކަހަލަ މަސައްކަތްތައްވެސް އެބަހުރި ނުނިމި. ގިނައިން ނިމިފައިހުރީވެސް މުޅި ރައްޔިތުންނަށް މަންފާ ނުކުރާ ކަންކަން.
ޤައުމު ހަފުސް ކޮއްލާފައި ދެން މނޖ ނުކިޔާ!
އަދުރޭ އަދި އަހާނުލަމެއްނު އިލްމީ ބަހުސަކަށް އަރަންއަންނަށް.
ފެލި.ފެލި ތިބެދާނެއްނުން މާރިއާ ކަހަލަ މުއްދަތު ހަމަވެފައި.ތިބޭމީހުން..އަނގައިން ކިޔާ އެއްޗެއް ކިޔާ..