މީސް މީޑިއާގައި ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ލީޑަރު އަދި އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމަށް ފާޑުކިޔާ ފަރާތްތަކަށް ނަހުލާގެ ހޫނުގަދަ ރައްދުތަކެއް ޓްރާންސްޕޯޓް މިނިސްޓަރ އަދި ޖުމްހޫރީ ޕާޓީގެ (ޖޭޕީ)ގެ ޑެޕިޔުޓީ ލީޑަރު އައިޝަތު ނަހުލާ ދެއްވައިފިއެވެ.
އެ ޕާޓީގެ ހުޅުމާލެ ފޭސް ދޭއްގެ ޖަގަހަ ހުޅުވުމަށް ބޭއްވި ހަފްލާގައި ވާހަކަދައްވަމުން ނަހުލާ ވަނީ އޭނާގެ ފިރިކަލުން ގާސިމަށް ކިޔާ ފާޑުކިޔުންތަކަށް ރައްދު ދެއްވާފައެވެ.
"މީސް މީޑިއާގައި ގާސިމް އިބްރާހިމް ހުތުރު ކުރަން ސޭޓު ފަޅެއް ދަމައިގެންފި، މަހުޖަނު ރަށެއް ކާލައިފި، ކޮންމެ ސަރުކާރަކުން، ބޮޑު ޕޯޝަން ނަގައިގެން، ބުރުމާ ގާސިމް އިންނާނީ ގޭގައި، އަޅުގަނޑުމެންގެ ޒުވާނުންނަށް ގާސިމް އިބްރާހިމް އެނގޭ ގޮތަކީ މިއީ.".
އެހެން ނަމަވެސް މިއީ ހަގީގަތެއް ނޫންކަން އޭނާގެ ވާހަކައިން ވަރަަށް ބޮޑު އަލިއަޅުވާލެއްވިއެވެ.
އެގޮތުން ނަހުލާ ވިދާޅުވީ، ސިޔާސީ ބޭފުޅުންވެސް ގާސިމްގެ އަގު ވައްޓާލުމަށް މިފަދަ ވާހަކަތައް ދައްކާ ކަމަށެވެ.
"އެހެން ނަމަވެސް އަޅުގަނޑު ދަންނަވަން އޮތީ، ކިސަނޑުގަޑެއްގައި އޮތަސް، ޖަވާހިރެއް ވަނީ ޖަވާހިރަކަށޭ. ކުޑަކޮށްވެސް އަޅުގަނޑުގެ ފިރިމީހަށް ވީތީ، އަޅުގަނޑުގެ ހަ ކުދިންގެ ބައްޕައަށްވީތީކީ ނުބުނާނަން. ﷲ ހެކިކޮށް މި ބުނަނީ ތެދު ބަހުން ވާހަކަ ދައްކާނީ".
ނަހުލާ ވިދާޅުވީ، އެ ވިދާޅުވާ ސޭޓް ދަރިންނާއި އަނބިންނަށް ދޭންވާ ވަގުތު މަދުކޮށް، ވޭތުވެދިޔަ 40 އަހަރު ހޭދަކުރެއްވީ ގައުމަށްޓަކައި ކަމަށެވެ. އެގޮތުން ލިބޭ އާމްދަނީގެ %60 އަށްވުރެ ހާލުގައި ޖެހިފައިވާ މީހުންނާއި ނިކަމެތިންނައީ، މިފަދަ އެތައް ރައްޔިތުންނަކަށް ކަމަށް ނަހުލާ ފާހަގަކުރެއްވިއެވެ.
ނަހުލާ އިތުރަށް ވިދާޅުވީ، އޭނާ އެ ޕާޓީގެ ޑެޕިޔުޓީ ލީޑަރުގެ ހައިސިއްޔަތުން ގާސިމް ރާއްޖޭގެ ވެރިކަމަށް ފުރިހަމަ އައުލަބިއްޔަތަކުން ގެންނަން އަތުކުރި އޮޅައިގެން ކަަމަށެވެ.
"ދެ ފަހަރަށް ފެއިލްވެއްޖެއޭ، ނާކާމިޔާބު ވެއްޖެއޭ، އެކަމަކުވެސް ވެރިކަމާއިއޭ އެ އުޅެނީ، ވަރުބައްޔެއް ނުވޭހޭ، އަޅުގަނޑު ދަންނަވާލަން އޮތީ ކެރިގެން ކަންތައްތަކާއި ކުރިމަތިލާ ލީޑަރުން 70 ފަހަރު ފެއިލްވިޔަސް، މި ގައުމުގެ ނިކަމެތި ރައްޔިތުންނަށްޓަކައި، ރަނގަޅު ވެރިކަމެއް ކުރަން ވިސްނައިގެން ހުންނެވި ބޭފުޅޭ ގާސިމް އިބްރާހިމް އަކީ.". ގާސިމް ފެއިލްވެއްޖެ ކަމަށް މީހުން ދައްކަމުން ގެންދާ ވާހަކަތަކަށް ރައްދު ދެމުން ނަހުލާ ވިދާޅުވިއެވެ.
އެގޮތުން ރާއްޖޭގެ ރައްޔިތުންނަށް އިންސާފު ހޯދައިދިނުމަށްޓަކައި އާއި ހައްގުވާ ކަންކަން ހޯދުމަށްޓަކައި އާއި ދަރަންޏާއި ކުރިއެރުން ހޯދުމަށްޓަަކައި އެންމެ ފަހު ނޭވާއާ ހަމައަށްވެސް މަސައްކަތް ކުރާނެ ލީޑަރީ ގާސިމް ކަމަށް ނަހުލާ ވިދާޅުވިއެވެ.
"އެހެންވީމަ ފެއިލްވެންނެއް އަޅުގަނޑުމެން ފަހަތަކަށް ނުޖެހޭނެ.".
ނަހުލާ ވިދާޅުވީ، ތިޔަ ޒުވާނުންނަކީ މި ގައުމުގެ ޝަރަފޭ ކިޔާ އެއްޗެހި ކިޔާ ކަމަަށާއި، އެއީ ހަގީގަތުގައި އެއްވެސް އަގެއް ހުރެގެން ބަޔަކު ދައްކާ ވާހަކައެއް ނޫން ކަަމަށެވެ. އަދި ކޮންމެ ސިޔާސީ ބަޔަކުވެސް ޒުވާނުން ބޭނުން ކުރަނީ އަމިއްލަ އެދުމަށް ބޭނުން ކުރާ ފައިފުއްސަކަށް ކަމަށްވެސް ނަހުލާ ވިދާޅުވިއެވެ.
"އިލެކްޝަނަކަށް ދިމާވީމަ ކުޅެން ގެންގުޅޭ ރާޒުވާ ކުޅިބަޔަކަށް ހަދައިފިޔޭ، ލިބޭ ފައިދާއެއް ނުނަގާށޭ ނުބުނާނަން، ނަގަންވީ، އަޅުގަނޑުމެންގެ ހައްގު ރައްޔިތުން، ޒުވާން ޖީލުގެ ހައްގު ކޮންމެ ދިމާލަކުން ކޮންމެ ކުލަޔަކުން އެއްޗެއް ލިބުނަސް ހިފާތި، އެކަމަކު ނަފްސު ވިއްކާ ނުލައްޗެއް. އަޅުގަނޑުމެން ވޯޓަކާއި، ހަމައަށް ދާއިރު، އަޅުގަނޑުމެން ވާޖިބު އަދާ ކުރާއިރު،". ނަހުލާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، މިހާރުގެ ރާއްޖޭގެ ހާލަތަށް ބަލާއިރު، މި ކެމްޕެއިންގައި ލާ ވޯޓަކީ ވާޖިބު ވޯޓެއް ކަަމަށް އޭނާ ގަބޫލު ކުރައްވާ ކަމަށެވެ. އަދި އިސްލާމިއްޔަތާއި މިނިވަންކަމަށް ފުށުއަރާ ފަދަ ކަންތައްތަކަމެއް ހިނގަންޔާ އެ ގައުމެއްގައި ލެވޭ ވޯޓަކީ ދީނީ ގޮތުން ވާޖިބު ވޯޓެއް ކަމަށް ނަހުލާ ވިދާޅުވިއެވެ.
ނަހުލާ ފާހަގަކުރެއްވިގޮތުގައި ގާސިމްގެ ސަރުކާރެއްގައި ގޮތް ނިންމާ އެއްބަޔަކަށް ތިބޭނީ ޒުވާނުންނެވެ.
ނަހުލާ ދެކެ ފިރިކަލުން ލޯބިވަނީ ތިޔަ ކަހަލަ ސުވިޓު ސްޕީޗު ދެއްވާތީ
އެއީތެދެއް....ރޔާމީން އެއޮތީ 5އަހަރު ޖަލުގަ..އެކަމަކު މުޅިރާއްޖޭންއެއް އަޑަކުން ގޮވަނީ ރޔާމީނަށް ގައުމުގެ ޙިދުމަތަށް..ރޔާމީންގެ ވަތަނީ ފިކުރަށް..ރޔާމީންއަށް މީގެ ކުރިން ވަގަށްގޮވި ނަފްރަތުކުރިމީހުން ރޔާމީން މިނިވަންކުރަންގޮވަނީ..ވެރިކަންކޮއްފަ ދިޔަފަހުން 5އަހަރުވީ އެކަމަކު ލިބެންހުރީ ރޔާމީންގެ ޙިދުމަތް..ފެންނަންހުރީ ރޔާމީން ގެނެސްދިންނތަރައްގީ....މިއީ އިބުރަތުން ފުރިގެންވާ ފިލާވަޅުތަކެއް...ރޔާމީންއާމެދު މިސަރުކާރުން ކުރަމުންދާ އަނިޔާ ރައްޔިތުން އުކަމުންދާ ފިނިފެންމާ އެޅުވުމަށްދާ މަލުގެހާރުތައް ލޮލުން އޮހެރެމުންދާކަރުނަތައް ދުއާއަށް އުފުލެމުންދާ އަތްތައް...މިއީ ހަމަ އަޖައިބެއް...މިއީ އިބުރަތްތެރިކަމެއް...ރޔާމީންއަކީ ހަމަ ޖަވާހިރެއް..
ތިޖަވާހިރުވިއްކާތާ 15 އަހަރު ތިބަލާނުގައްނަ ސަބަބެއް ހޯދިފަނެތީމަ ކޮއްމެފަސްއަހަރެއް ނިއްމާފަބޮޑުފޮއްޓެއްލަނީ ދެންތިވިއްކަން ނިކުއްނަނީހަމަ އެވަރުބައެއް މުޅިގައުމުން ފެއިލްވެފަތިބިބައް މަގާމުތަކައްކުރިމަތިލާ 200ވޯޓްނުލިބޭމީހުން ރާއްޖޭގެ ބޮޑު2 ޕާޓީއިންބަލާނުގަނެބޭރުކޮއްފަތިބިމީހުން ގާސިމުމިގައުމުގަވެރިކަންކޮއްނިއްމާފަ ހުއްނާނީތިމާގެބޮޑާކަމާމޮޅުކަމުންނޫންނަމަ 2013ގަ ލާރިހުރީމަހުރިހާކަމެއްކުރެވިދާނެ ކަމައްވިސްނާ ތިމާކުޅޭޕާޓީއެއްހަދާއެކަން ކުރަންއުޅުމުންނޫންނަމަ އެމްޑީޕީ ޕީޕީއެމްގެ ލީޑަރަކައްމިހާރުހުއްނާނީ ކުރީގެރައީސެއްގެ ގޮތުގަހަމަ ކެއްނުކުރެވެނީ ވެރިކަމާހެދީ ނިހާނުމެންބަޔަކައްވީ ބޮޑުޕާޓީއެއްގެހިޔަލުގަ އޭރުތިބީމަ އޭގެފަހުންއެކަކައްވެސް މަގާމެއް ކާމިޔާބެއްނުކުރެވުނު މިއިންތިހާބުވެސްދާނީ ފަތްކަނޑަން
ކިސަޑުގަޑެއްގަ އޮތް ގާގަޑެއްތީ!!
އަނބި ކަމަނާއެއް ކަމަކު ތި ހެދެނީ ގޯހެއް ‘ ގާސިމް އަށް ބޭނުންވަނީ ތިކަހަލަ ފޮނި ވާހަކަތަކެއް ނޫން // ހަގީގަތް ވިސްނާދެވުން ރަނގަޅީ // ވެރިކަމަކަށް ގާބިލެއް ނޫން // ރައްޔިތުންގެ ތާއީދު ފެންނަންނެތީ އެހެންވެ،،
ބޭކާރު ގޮތުގައި ފަސިސާތަކެއް ހަރަދު ނުކުރައްވާ ،،،
ބަލަގަ ނަހޫ ވަގުތުބޭކާރު ނުކުރައްވާ ގާސިމްބެ ގޮވައިގެން ގެއައް ވަޑައި ގައްނަވާ ރަޔިތުން ތާއީދެއްނެތް މުސްކުޅި ފުޅުވެއްޖެ ލޭމަތިވަނީ ވަރުބަލިވަނީ ހަނދާން އިންތިހާއައް ބަލި އެއްމެ މުހިއްމު ކަންތައް ތައުލީމެއްނެތް ގައުމެއްގެ ވެރިކަމުގެ ވާހަކައޭ ތިދައްކަވަނީ %100 ދެން ދުވަހަކުވެސް ނުހޮވޭނެ ރައީސަކައް ނަހުލާ މަށައްވެސް ވޗާލު އެކަމަކު ހަނމަ ސޮރީ
ނަހޫ އޭ… ތީނަގެ އަސްލު ނަމަކީ ޒުހުދާ… ޒުހޫ ކިޔަންވީނު…
6 ކުދިންނޭ ، ހީވެސްނުވޭ ހަށިގަނޑުން ، ގާސިމަށް ފޫހިވަނީ ކަލަގޮވާތީ
ކަލޭފިރިމީހާއަކީ ދިވެހިންގެ މުއްސަދިކަން ދަމައިގަނެގެން ދިވެހިން ޗަކަތެރެއައްލާފަ ޖަވާހިރމަތީ ދިރިއުޅޭ މީހެއް އެއީ ކަލޭ އެނައާއި ގުޅގެން އުޅޭކަމަކި
ޓުރާންސުޕޯޓް މިނިސްޓަރަކަށް ވެ ހުރެ ސަރުކާރު ފެއިލްވެއްޖެ ކަމަށް ބުނާ ބަޔަކަށް ވޯޓްދީގެން ޤައުމަށް ނިކުންނާނީ ކޮރަގަޅުގޮތެއްބާ !
ނަހުލާ އަހަރުމެންނައްވެސް އެނގޭ ޖަވާހިރެއްކަން އެހެންނޫންނަމަ ކަމަނާޔައްވުރެ ބޮޑެތިދަރިން ތިބިމީހަކާ ކަމަނާވެސް ކައިވެނިނުކުރީސް މީހުން ގާސިމައްސޭޓް ކިޔަނީކީ ދައްކުރާކަށްނޫން ސޭޓްއެއީ ވަރަށްގިންމީހުންގެ އަތްމަތީބަހެއް މީހުންސޭޓައް ވޯޓުނުދެނީ ސޭޓްބަލައިނުގަންނާތީކީނޫން ވެރިކަމަށްގެންނައް ރައްޔިތުން ބޭނުންނުވާތީ ވެރިކަންކުރެވިދާނެކަމައް ގިނަރައްޔިތުން ގަބޫލުކުރާތީ
ޑޮމެއިން ވަގު ވެސް ވާނީ ހަމަ ވަގަކަށް ދޯ..
މުޅި ދުނިޔޭގެ ވެރިންގެ އަނބިންނަށް ބަލާއިރުވެސް ނަހުލާ ވަރުގެ ރީތި މީހެއް ނެތް. އެހެންވީއިރު ދިވެހިރާއްޖޭގެ ފަސްޓް ލޭޑީ އަކަށް ނަހުލާ ވެއްޖެނަމަ ދިވެހި އަންހެނުންނަށާއި ދިވެހިރާއްޖެ އަށް ލިބޭ މަޝޫރުކަމަކާއި ޝަރަފަކަށް ވެގެންދާނެތީ؛ މިކަން ޙާޞިލް ކުރުމަށް ދިވެހި އަންހެނުން މަސައްކަތް ކުރާނެ ކަމަށް ފެނޭ.
ކަލޯ، އޭރުން ދުނިޔޭގެ ވެރިންނަށް ސޭލް އަޅުވާފަ އޮންނާނީ…