ހަރުކަށި ފިކުރާ ދެކޮޅަށް ރާއްޖެއިން މަސައްކަތް ކުރަމުންދާ ގޮތް ދުނިޔޭގެ ގައުމުތަކުން ދަސްކުރަން ބޭނުންވާ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްުދުﷲ ވިދާޅުވެއްޖެ އެވެ.

އިމްރާން އެގޮތަށް ވިދާޅުވީ ރޭ ހދ. މަކުނުދޫގައި ބޭއްވި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކެމްޕޭން ޖަލްސާގައި ވާހަކަ ދައްކަވަމުން ނެވެ.

އިމްރާން ވިދާޅުވީ ހަރުކަށި ފިކުރުގެ ނުރައްކަލުގައި ޖެހި ރާއްޖެ ދޫކޮށް ހަނގުރާމަވެރި ސަރަހައްދުތަކަށް ދަތުރުކުރި ފަރާތްތަތަށް އަނބުރާ ގެނެސް ރިހިބިލޭޓް ކުރާނެ މަސައްކަތް ސުމަކުން މި ސަރުކާރުން ފެއްޓި ކަމަށެވެ.

އަދި އޭގެ ނަތީޖާ ދުނިޔޭގެ ގައުމުތަކުން ވެސް މިސާލަކަށް ވެފައިވާ ކަމަށް އިމްރާން ވިދާޅުވި އެވެ.

"މިއަދު އެހެރީ ދުނިޔޭގެ ގައުމުތަކުން ދަސްކުރާ ހިސާބަށް އެ މަސައްކަތް އަޅުގަނޑުމެން އެ އޮތީ ގެންގޮސްފައި. އަޅުގަނޑުމެން އެ މަސައްކަތް ފެށިއިރު ރައީސް ދުވަހުން ދުވަހަށް އެކަން ބައްލަވަމުން ގެންދަވާ. މިހާރުވެސް ވަރަށް ގާތުން ބައްލަވަމުން ގެންދަވާ. އަޅުގަނޑުމެން ފެށިއިރު އުޒްބަކިސްތާނު ތަޖިކިސްތާން މި ތަންތަނުގެ ބޭފުޅުން ކައިރިން އެ ބޭފޫޅުން އަޅުގަނޑުމެން ގެނެސްގެން ދަސް ކުރަން ފެށީ. މިއަދު އެ ބޭފުޅުން އެބަ ވިދާޅުވީ ތިމަންނަމެން ބޭނުމޭ ތި ބޭފުޅުން އެކަންތައް ކުރަނީ ކިހިނެއްތޯ ބަލަން" އިމްރާން ވިދާޅުވި އެވެ.

އިމްރާން އިތުރަށް ވިދާޅުވީ ދީނާ ދެކޮޅުވެ ދީނަށް ފުރައްސާރަކުރާ ބައެއް ކުދިން އުޅޭތީ އެކަން ހައްލުކުރަން ހާއްސަ ދާއީންނާއި ހާއްސަ މުރައްބިން ތަމްރީންކޮށް އެކަމަށް ފަރުވާ ދޭނެ ރަނގަޅު ނިޒާމެއް މިހާރު އެކަށައަޅުަމުންދާ ކަމަށެވެ.

އިމްރާން ވިދާޅުވީ އެ ހުރިހާ ކަމެއް ވަށާ ޖެހުމުން މާތް ﷲގެ ރަހުމަތް ފުޅުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކެމްޕޭން ސްލޯގަން ބުނާ ފަދަ އުފާވެރި އަމާން ރާއްޖެއަކަށް ދެވޭނެ ކަމަށެވެ. އަދި އެއާއެކު ރައީސް ސޯލިހުއާ ގާތް ކުރާނެ ކެނޑީޑޭޓެއް ވެސް ނުހުންނާ ކަމަށް އިމްރާން ވިދާޅުވި އެވެ.

ކިޔުންތެރިންގެ ހިޔާލު

20 ކޮމެންޓް

  1. ނަންހުސްކޮށް

    ހަރުކަށި ފިކުރު ކޮވިޑް ބަޖެޓް މިހެންގޮސް ނަން ހުސްކޮށް ރާއްޖެެއިން ދުނިޔޭގެ ބޮޑެތި ބާރުތައް ދަރިވަރު ވަނީ
    ޕްރައުޑް މޮމެންޓް ފޯ އަސް މޯލްޑިވިއަންސް

    0
    5
    • ސޯލޭ

      ޅޮލް ވައްކަން ކުރުމުގެ ނަމޫނާ ހާއްސަކޮއް ބަލަންޖެޖެނީ ލޮލް ފަހެރީ

  2. ވަށްޑެ

    ކަލޭ ތިއުޅެނީ މިހާރު މަޑުކަށިވެގެން މުއިއްޒުހޮވޭނެކަން ގެރަންޓީ ވެގެން އަވަހަށް ޗޯރާއި އެކު އެއްފޮށްޓަށް އެއްޗެހިއަޅާ ފުރަންތަށްޔާރުވޭ ރަށްޔަތުން މިއަދު ލިވާތަށް ނޫނެކޭ ބުނެފި ދެންކަލޭމެންނަށް މިގައުމުގެ ވެރިކަން ލިބިއްޖިއްޔާ މިގައުމަށް ކޯފާއެއް އައިސް މިގައުމު ބަންޑުންޖަހާފާނެ އުގޫބާތަކީ އާންމުއެއްޗެއް ވަރަށް ބިރުވެރި ބައެއްތީ އެއްބުރުން މުއިއްޒު އިންޝާ ﷲ.

    13
  3. ހަސަނުގެ ދަރި ލަތީފް

    ހޭ ބައްޔާ ކަލޭމެން އެމްޑީޕީއާ ދެކޮޅު އިރު ކަލޭމެން ބުނަނީ ހަރުކަށި ފިކުރު ކިޔަނީ އިސްލާމީ އުސޫލުތަކާ އެއްގޮތަށް އުޅޭ މުސްލިމުން ނަށް ކަމަށް މިހާރު ތިޔަބުނަނީ ހަމަ އެފަދަ މީހުންނަކީ ހަރުކަށުލި ފިކުރު ކަމަށް އެއީ މިހާރު ޔިޔައީވެސް މަގާމާ ހެދި ދީން ވިއްކާލާފަ ހުރި ނުބައިވެގެންވާ މީހަކަށްވާތީ. މިހާރު ތިބާ ތިހުރީ މަޑުކަށި ފިކުރަށްވެފަ އެއީ އެއްޖިންސުން ގުޅުން ހިންގުން ޕްރޮމޯޓްކުރުމަށް ހިތްވަރު ދިނުމާ ހަށިވިއްކުމާ ޑްރަގް މައްސަލަތައް އޮއްބާލުމުގެ މަސައްކަތް ކަލޭގެ ބެލުމުގެ ދަށުން ކުރަމުން ދާތަން ފެންނާތީ. އަދި ބުނާނެ ގެސްޓްހައުސް ތަކުގަ ރަލާ އޫރުމަސް ވެސް ގެންގުޅުންވެސް ރަގަޅުކަމަށް ދީންވިއްކާ ގްރޫޕް ޔިޔައީ އެއީ ރާއްޖޭގެ އެންމެންވެސް ދަންނަ ކަމެއް

    12
  4. ހާމިދު

    މީ މިހާތަނައް ރާއްޖެދެކެފައވާ އެންމެބޮޑު منافق كهىن

    12
  5. މަހާނަ

    އިހަށްނުވި ރަށްކަލެއް ފަހަކުން ނުވާނެ ޗޯރު ހަދަމުންދަނީ މަކަރާހީލަތް.

  6. ފިކުރު

    ހަރުކަށި ފިކުރު ނައްތާލާގޮތް އިޝާﷲ ދައްކާލާނަން މި އިންތިޚާބު ޑރ މުއިއްޒު ކާމިޔާބު ކުރުމަށްފަހު.

    11
  7. ލަލީތާ

    ތީ ހަރުކަށި ފިކުރުގެ އައްޕަ

  8. އރމތ ސހ

    މިހާރު ހަރުކަށި ފިކުރު އޮޅުނީތޯ.. ކަލޭއަކީ ބޮޑު މުނާފިގެއް.. މި ދިވެހިރާއްޖޭގައި އިސްލާމް ދީނަށް ނަޝްރުދޭނެ ޒުވާނުން ވަރަށް ގިނައިނގޭ.. އެހެންވީމާ މުނާފިގްވެގެންވެސް ދެން ކަލޭ އިސްލާމް ދީން ކުރިއަރުވަން މަސައްކަތް ނުކުރާނެކަން ހަމަ ޔަގީން.. މިހާރު ތިހުރީ ފައިސާގެ އަޅަކަށްވެފަ..

  9. ކޮސްފަހަރި

    ފަހަރިބޭ މަގާމާ މުސާރަފުޅު މި ބޭނުންވަނީ ހާދަ ވަރަކަށޭ. އެމްޑިޕީއަށްވުރެވެސް ބޮޑަށް ރައީސް ހޮވަން ބޭނުންވަނީ ފަހަރިބެއޯ. ބޭނުމަކީ؟ އޭޜުންތާ ފަހަރިބޭ ހިންގާ ޖާރިޔާ ޕްރޮގްރާމް ހިންގޭނީ.

  10. Anonymous

    އަހަރެން އަޑުއެހީ ރާއްޖޭގެ ސިފައިންނަށް 15 ކިލޯއަށް ގަންނަ މަސް 87 ކިިލޯއަށް ވިއްކައިގެން މުއްސަލިވާ ފޯމިއުލާ ހޯދަން އިޓަލީގެ މާފިޔާ ޖަމާއަތްތަކުން ވަރަށް ބުރަކޮށް މަސައްކަތްކުރާ ވާހަކަ!

  11. ގުބޯނެޓް

    މިހިރަ ނުލަފާ މީހާގަޑާ ، ކަލެއަށް ވުރެ ހަރުކަށި ނުބައި ނުލަފާ މީހަކު އަޅެ މިދުނިޔޭގަ އެބަހުރިތަ؟.

  12. ގުބޯނެ.ޓް

    މިހިރަ ނުލަފާ މީހާގަޑާ ، ކަލެއަށް ވުރެ ހަރުކަށި ނުބައި ނުލަފާ މީހަކު އަޅެ މިދުނިޔޭގަ އެބަހުރިތަ؟.

  13. Anonymous

    މިމީހުނ ހަރުކަށ މިކިޔަނިީ އިސްލާމ ދީންއަާ.. ސަމާލުވޭ

  14. Anonymous

    މިހާރު ލައިކް ދިނުން މަނާވީތަ؟

  15. ނަމޫނާ

    މިއީ ހާދހާ ވާ އަވަހަކަށް ރާގުބަދަލުކޮށްލާމީހެއް.ތިމާގެ ދުލުން ދެއްކޭ ނުދެއްކޭވާހަކަވެސް ނޭނގޭ.

  16. ސަމްކުޅިދައިތަ

    އަތުންފައިން ކުރާނެ މަސައްކަތެއް ނުދަންނަ އެއްވެސް ވަޒީފާއެއްވެސް ނެތްހާލުގައި ކާންބޯންދީ އަރާމުގައި ގެންގުޅުނު އަނބިމީހާ ވަރިކޮށްލާފާ ދަރިން ދޫކޮށްލާފާ ކުރިން ދިގުކޮށްހުރި ތުނބުޅި ފިސާރި ކުރުކޮށްލާފާ ޒުވާން އަންހެންކުއްޖަކާ ވަގަށް ކައިވެނިކުރިގޮތް ދަސްކުރަންވެސް ދުނިޔޭގެ ގައުމުތަކުގެ ވެރިން ބޭނުންވެގެން އިމްރާނަށް އެބަގުޅާ.

  17. ސަންދޯ

    މިސަރުކާރުން އަލަމްގިރީގެ ލިވާތުކުޅިން ރައްކާކުރާ ގޮތް ދަސްކުރަން ބޭރުގެ ގައުމުތަކުން ނޫޅޭބާ؟

  18. މާރިޔާ ބާރަށް

    ފަހަރިކައިރީވެސް އެހެން ބުނި

  19. އައްސަދު

    މި ގައުމުގެ ހޯމްމިނިސްތަރަކަށް މިވަޤުތު ހުންނެވީ ހަރުކަށި ފިކުރުގެ ލީޑަރ.....