ޕީޕީއެމް/ޕީއެންސީގެ ރިޔަސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުގެ ކެމްޕެއިނަށް، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ އަނބިކަނބަލުން ފާތުމަތު އިބްރާހިމް ރަސްމީކޮށް ނުކުމެވަޑައިގަތުމަށް ނިންމަވައިފިއެވެ.

ރައީސް ޔާމީންގެ ވެރިކަން ނިމުނުފަހުން، ސިޔާސީ މަސައްކަތްތަކުން މެޑަމް ފާތުން ނުފެނެއެވެ.

ޕީޕީއެމް އިން ވިދާޅުވީ، ރައީސް ޔާމީންގެ އަނބިކަނބަލުން މެޑަމް ފާތުން މިރޭ 8:30ގައި ދިވެހިންގެ ޖަގަހައަށް ވަޑައިގަންނަވާނެ ކަމަށެވެ.

މި ޖަގަހަ ހުންނާނީ ކާނިވާ ސަރަހައްދުގައެވެ.

އެހެންކަމުން މި ސަރަހައްދަށް ސަޕޯޓަރުން ދިއުމަށް ވަނީ ދައުވަތު އަރުވާފައެވެ.

ޑރ. މުއިއްޒުގެ ކެެމްޕެއިނަށް މެޑަމް ފާތުން މިރޭ ނުކުންނަވާއިރު، އެކަމަނާ އެންްމެ ފަހުން ސިޔާސީ ހަރަކާތްތަކުން ފެނިވަޑައިގަތީ މިދިޔަ އަހަރުގެ މާރިޗް މަސް ތެރޭގައެވެ.

އެ ހަރަކާތަކީ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބަށް ފަހު ފާތުން ބައިވެރިވި ފުރަތަމަ ސިޔާސީ ހަރަކާތެވެ.

ރައީސް ޔާމީންގެ ވެރިކަމުގައި މެޑަމް ފާތުން ފާހަގަވެފައިވަނީ ވަރަށް ހިންގުންތެރި ފަސްޓް ލޭޑީއެއް ގޮތުގަ އެވެ. އެކަމަނާ ވަނީ އަމިއްލައަށް އިސްނަންގަވައިގެން އަންހެނުން ބާރުވެރި ކުރުމަށް ގިނަ ގުނަ މަސައްކަތްތަކެއް ވެސް ކުރުއްވާފައެވެ.

ރައީސް ޔާމީންގެ 2018 ވަނަ އަހަރުގެ ރިޔާސީ ކެމްޕޭންގެ ދުވަސްފަރުގައި ވެސް އެކަމަނާ ކެމްޕޭނުގައި އަވަދިނެތި އުޅުނުތަން ފެނިފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

  1. މުތާލިބު

    ސާބަހޭ މެޑަމް ބަދަލްހިފަންވީ ވަގުތު އަރާހަމަވަނީ ރ ޔާމީން އެކަނި ޗޯރުކިޔާމީހަކު ހަތްބޯރާއްސެއްގެ ސިފައިގާ ޔާމީނުއާ ހަމަލާދީ ދުއްތުރާކޮށް އަނިޔާދެނީ ލާއިންސާނީ މީހަކާދޭތެރޭ ވެވޭނީ މިހާވަރަށް ﷲ ރަހުމަތުން ޔާމީން މިނިވަންވެ ޗޯރު ޖަލަށްދާންޖެހޭނެ ފަހުވަގުތުގުނަމުން މިހާރުއެދަނީ..

  2. ފަކުރެއްގެ މެރުން

    ރާއްޖޭގެ މުލުވަގު ބޭނުން ނުކޮށް މުއިޒަށް ވޯޓުގަނޑެއްވެސް ނުލިބެނީބާ؟

    • އެނޮން

      "ވަގަކަށް" ވަނީ ރާއްޖެ އެހާ ތަރައްގީ ކޮށް ނުހައްގުން ޖަލަށް ލީމަތަ...ސަރުކާރަކުން ފާޅުގަ އެކުރަނީ ހުކުމް ބޭނުން ގޮތަކަށް.. ޕްރޮމޯޝަން އެޖެހީ އެހުރިހާއެންމެން.... ޢަދީބުއެހުރީ ދޫކޮށްލާފަ ޑީލް ހަދައިގެން... ކަލޭމެންގެ ބޮޑު ވަގު ޗޯރު އެ އޮތީ ކޮވިޑުން ވައްކަން ކޮށް... ޥީ ކޮންކަމެއް... ބްރިޖުވެސް އެއޮތީ އަޅަން އުޅެ ހަޑިހާވާފަ... ލަދެއްގަނެބަލަ ކުޑަކޮށްވެސް... ކޮވިޑުގެ ނިކަމެތިކަމަށް ފަހު ގައުމު ނިކަމެތިކޮށް އޮއްވާ ޗޯރުބެލީ ވޯރލްޑް ކަޕް ބެލޭތޯ... ލަދު ގަނެބަލަ

  3. ޓިނު

    ހަރުގައޮވެފާ ބޯދައްކާލަނީ މުއީޒު ހޮވޭނެކަން އެގުނީމައި އެނުކުންނަނީ.

  4. Anonymous

    މުޅި ރާއްޖެއިން ފެންނަމުން މިދަނީ ޑރ. މުޢިއްޒު އަށް އޮތް ތާއީދުގެ ބޮޑުކަމެވެ. ما شاء الله.

  5. ކަދުރޭ

    މުއިއްޒުގެ ހަރުގެ ހިސާރު ކޮއް ފާތުމާ ބަލާނީ ފައިސާކޮޅެއް އަތުޖެއްސޭތޯ. މުއިއްޒައް ކުރިން އޮތް ތާއީދު ގެއްލުނީ. ޔަގީނުންވެސް އަހަރެންގެ ވޯޓު މުއިއްޒައް ގެއްލިއްޖެ.

    • ބޮޓު

      އިބޫގެ ބޮޓުން ތިކަހަލަ ބޭކާރު ކޮމެންޓު ކުރުން ހުއްޓާލަބަލަ... ހާދަ މޮޔައޭ ތި ގޮވަނީ

  6. ކޮއްޔާ

    މުއީޒު އަށް އިތުރު ހިތްވަރެއް // އެންމެން އެއްބައިވެ މުއީޒު ހޮވަންވީ //

  7. ޏަވި

    ތި ހަލާކު ވީ

  8. Anonymous

    އޭނަ ނިކުންނާނެ ކަމެއް ނެތް ޔާމީނު ފެއިލް ކުރިހެން މުއިއްޒު އަށް ވާން ބޭނުމެއް ނޫން.ސުންޕާ އަންހެނެއް ތިތައީ

  9. އާމީން

    ރޔާމީނާ މެޑަމް ފާތުން އާ އާއިލާ .މިނުލަފާ އަނިޔާވެރިން ގެ ކިބައިން ސަލަމަތް ކުރައްވާށި. އާމީން.

  10. ސދފދފ

    އިންތިހާބުން ޔާމިން ފެއިލްވި ސަބަބަކީ ތި ފާތުމާ

  11. ތިނަދޫ ސިޓީގެ މޭރު

    ސައުދުﷲ ހިލްމީ ހީކުރަނީ ތޯއްޗެއް އޭނާ ޕޕއމ އާގުޅުމުން މުޅި ތިނަދޫ ސިޓީ އޭނަޔާ އެއްކޮން ޕޕއމ އަށް ބަދަލުވާނެޔޭ