ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މޯލްޑިވްސް ބްލަޑް ސާވިސަސްއާ ގުޅިގެން ލޭ ހަދިޔާ ކުރުމުގެ ކޭމްޕެއް ބާއްވައިފިއެވެ.

ބީއެމްއެލް އިން ވިދާޅުވީ މި ކޭމްޕަކީ ތެލެސީމިއާ ކުދިންނަށް ލޭ ބޭނުންވާ މިންވަރަށް ބަލައި، ދެމެހެއްޓެނިވި ގޮތެއްގައި ލޭ ހަދިޔާކުރުމުގެ ގޮތުން ބާއްވަމުންދާ ކޭމްޕެއް ކަމަށެވެ. މިފަހަރުގެ މި ކޭމްޕުގައި 46 މުވައްޒަފުން ލޭ ހަދިޔާކުރި ކަމަށް ބީއެމްއެލް އިން ވިދާޅުވިއެވެ.

ބީއެމްއެލްއިން ބޭއްވި ލޭ ހަދިޔާކުރުމުގެ ކޭމްޕުގައި މުވައްޒަފަކު ލޭ ހަދިޔާ ކުރަނީ. -- ފޮޓޯ: ބީއެމްއެލް

މި އަހަރުގެ ފުރަތަމަ ދެ ކުއާޓަރުގައި މި ކޭމްޕުން 60 އަށް ވުރެ ގިނަ ބީއެމްއެލް މުވައްޒަފުންނާއި މުވައްޒަފުންގެ އާއިލާ މެމްބަރުން ވަނީ ލޭ ހަދިޔާ ކޮށްފައެވެ.

މި ކޭމްޕަކީ މުވައްޒަފުންގެ މެދުގައި އިޖްތިމާއީ ކަންކަމަށް ހޭލުންތެރި ކުރުވާ، ބީއެމްއެލްއިން މުޖުތަމައަށް ފައިދާ ކުރަނިވި ހަރާކާތްތަކުގައި ބައިވެރިވުން އިތުރުކުރުމުގެ ގޮތުން ބާއްވާ ކޭމްޕެއް ކަމަށް ވެސް ބީއެމްއެލް އިން ވިދާޅުވިއެވެ.

ބީއެމްއެލްއިން ކޮންމެ ތިން މަހަކުން ލޭ ހަދިޔާކުރުމުގެ ކޭމްޕު ބާއްވަން ނިންމީ 2021 ގައެވެ.

 

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ނަސީރު

    ބީއެމްއެލް އިން ލޭހަދިޔާކޮއްފަ މީހުންގެ ލޭ ބޯވެސް ބައެއް ތިޔައީ.

  2. އަހުމަދު

    ތިތާ އެންމެ ގިނަދުވަސްވީ އެއް މުއައްޒަފު ސަމީރުބެ ބްރެއިން ސްޓްރޯކް އެއްޖެހިގެން ވަރަށް ހާލުގަ އުޅެނީ. ހޮސްޕިޓަލުން ގެޔަށް ފޮނުވާ ނުލަނިސް ބމލ ވަޒީފާ އިން ވަކިކޮށްފި. ކޮންކަހަލަ ނިކަމެތިކަމެއް ފެމިލީއަށް ލިބޭނީ! ކަމުދާ ބެންކެއް ނޫން ތީ!