(ރ. އިންނަމާދޫ) ބޯޓް ބިލްޑިންގ މަސައްކަތް ކުރުމަށް ދިވެހިންނަށް ޚާއްސަ އަހަމިއްޔަތުކަމެއް ދެއްވާނެކަމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރަކަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުއިއްޒު ކުރައްވަމުން ގެންދަވާ ކެމްޕެއިން ދަތުރުފުޅުގައި ރ. އަތޮޅުގެ މިރަށަށް ވަޑައިގެން ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަ ދައްކަވަމުން ވިދާޅުވީ މި ސަރުކާރުން އަހަމިއްޔަތުކަމެއް ދެނީ ބޭރުގެ މީހުންނަށް ކަމަށާއި އޭގެ ބަދަލުގައި ދިވެހިންނަށް އެ ފަދަ ކަންކަން ކުރުމުގެ ފުރުސަތު ދެއްވުން މުހިންމު ކަމަށެވެ.

މުއިއްޒު އިންނަމާދޫގައި ވާހަކަ ދައްކަވަނީ-ވަގުތު އިމޭޖްސް-އަހްމަދު އިޒްމީމް

"މި ރަށުގައި ވަރަށް ގިނައިން ބޯޓް ބިލްޑިންގ ގެ މަސައްކަތް ކުރޭ.އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ ބޯޓް ބިލްޑިންގ އަކީ މި ރަށުގައި ނޫނަސް ރާއްޖޭގެ އެކި އެކި ހިސާބުތަކުގައި ކުރަމުން އަންނަ މަސައްކަތެއް. ސަރުކާރުން އެހާ ބޮޑު ސަމާލުކަމެއް ނުދޭ އެ މަސައްކަތް ކުރާ ދިވެހީންނަށް. ސަމާލުކަން ދެނީ އެ މަސައްކަތް ކުރާ ބޭރުގެ ފަރާތްތަކަށް. އެހެންކަމުން އަޅުގަނޑުގެ ވެރިކަމެއްގައި ބޯޓު ބިލްޑިންގ ގެ މަސައްކަތް ކުރާ ދިވެހީންނަށް ޚާއްސަ އަހަމިއްޔަތުކަމެއް ދޭނަން.". މުއިއްޒު ވިދާޅުވިއެވެ.

އޭގެއިތުރުންވެސް މިރަށުގެ ރައްޔިތުން އެންމެ ކަންބޮޑުވާ ކަންކަން ކޮށްދެއްވާނެކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައެވެ. މިގޮތުން ސްކޫލްގެ ހިދުމަތްތައް ރަނގަޅު ކޮށްދެއްވާނެ ކަމަށާއި ސުކޫލުގައި އިތުރު އިމާރާތެއް ޤާއިމްކޮށް، ސްކޫލް ދަރިވަރުންނަށް ބޭނުންވާ ތަކެތި ހޯދައިދެއްވާނެ ކަމަށް ވެސް ވަނީ ވިދާޅުވެފައެވެ.

"މި ރަށުގެ ސްކޫލުގެ ހިދުމަތްތައް ރަނގަޅު ކޮށްދެއްވާނަން. އިތުރު އިމާރާތެއް އަޅާ ސްކޫލު ކުދިންނަށް ބޭނުންވާ ތަކެތި ފޯރުކޮށްދޭނަން.". މުއިއްޒު ވިދާޅުވިއެވެ.

އިތުރު ކަމަކަށް މުއިއްޒު ފާހަގަކުރެއްވީ މިރަށުގެ ސިއްހީ މަރުކަޒަށް ޖާގަ ހަމަޖައްސާ ބަލިމީހުންނަށް ފަރުވާދޭނެ އެންމެ ފެންވަރު ރަނގަޅު އެއް ސިއްހީ މަރުކަޒެއްގެ ގޮތުގައި ހައްދަވާ ދެއްވާނެކަމެވެ. އޭޓީއެމް އަކީ އެރަށަށް މިހާރު އެންމެ ބޭނުންވާ އެއް ތަން ކަމަށް ވިދާޅުވެ، އޭޓީއެމެއް ގާއިމްކޮށްދެއްވާނެކަމަށް ވެސް ވިދާޅުވިއެވެ.

”މިރަށުގެ ކައުންސިލް މެމްބަރު އެދުނު ގޮތައް މި ރަށު ރައްޔިތުން އެންމެ ބޭނުންވަނީ އޭޓީއެމެއް، އެހެންކަމުން މި ރަށުގައި އޭޓީއެމެއް ގާއިމްކޮށްދޭނަން”

މިރަށުގެ ގިނަ އަދަދެއްގެ ޒުވާނުން ވަނީ ޕީޕީއެމާ ގުޅިފައެވެ. އެކަން ފާހަގަކޮށް މުއިއްޒުވަނީ އެ ފަރާތްތަކަށް މަރުޚަބާ ވިދާޅުވެފައެވެ.

އިންނަމާދޫގައި އަލަށް ޕީޕީއެމާ ގުޅުނު ފަރާތްތަކުގެ ފޯމް ހަވާލުކުރައްވަނީ -ވަގުތު އިމޭޖްސް_އަހްމަދު އިޒްމީމް

ފުރަތަމަ ބުރުގައި ދެއްވި އެއްބާރުލުން ފާހަގަކޮށް ދެވަނަ ބުރުގައި ވެސް ކާމިޔާބު ކޮށްދެއްވާނެކަމަށް އުންމީދުކުރާ ކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. Anonymous

    މިއީ 15 އަހަރުގެ އަޅުވެތި ކަމަކަށް ފަހުން ދިވެހިންގެރާއްޖެ މިނިވަން ވުމަށް ލިބޭ ރަނުގެ ފުރުސަތެއް ހުރިހާ ދިވެހިން ޑރ މުއީޒަށް ވޯޓްދީ ވޯޓް ފޮށިތަށް ފުރާލަދޭންވީ !

    1
    1
  2. އަބް

    ބޯޓް ބިލްކުރާ މަސައްކަތް ތެރިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރަންވީ، ވިހަ ކެމިކަލްތެރޭގައި އެއްވެސް ރައްކާތެރިކަމެއް ނެތި މަސައްކަތް ކުރަމުންދާތަން ފެނޭ.

  3. ޟެން

    މަތިން މަތިން ވައުދުތަށް އޮއްސާލިއަސް ހަރުކަށި މުއިއްޒުއަށް ދޭނެ ވޯޓެއް ނެތް. ވޯޓް ދޭނީ ސޯލިހްއަށް. މިނޫން ގޮތެއް ނެތް.