ބިންވެރިޔާ ސްކީމްގެ ދަށުން ކުރިއަށް ގެންދިއުމަށް ހަމަ ޖެހިފައިވާ މަޝްރޫއުތަކުގެ ތެރެއިން ފޭސް ތިނެއްގެ ބިން ހިއްކަން، އުޅަނދުތައް ނަގަން ތަކުރާރުކޮށް އެންގި ނަމަވެސް އެކަމަށް އިޖާބަނުދޭތީ ފަޅުގައި އަޅާހުރި އުޅަނދުތައް ނަގަން ފަށައިފިއެވެ.

އާބަންކޯއިން ވިދާޅުވީ މިއަދު ފޭސް 3 ގެ އޭރިއާ އޭގެ ބިން ހިއްކުމުގެ މަޝްރޫއު ފެށުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

އެހެން ނަމަވެސް ބިން ހިއްކުމުގެ މަޝްރޫއު ފެށުމަށް ހަމަޖެހިފައިވާ ސަރަހައްދުގައި ސަފާރީތަކާއި އެހެނިހެން ކަނޑުދަތުރު ކުރާ އުޅަނދުތައް އަދިވެސް އެބަހުރި ކަމަށް ވިދާޅުވިއެވެ.

އެހެންވެ އެ އުޅަނދުތައް މި ކޯޕަރޭޝަންގެ ފަރާތުން ނެގުމުގެ މަސައްކަތް މިހާރު ކުރަމުންދާކަމަށް އާބަންކޯއިން ވިދާޅުވިއެވެ.

ހުޅުމާލެ ބިން ހިއްކުމުގެ މަސައްކަތް ހަވާލުކޮށްފައި ވަނީ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން ކޮމްޕަނީ ޕްރައިވެޓް ލިމިޓެޑް (ސީއެމްސީ) އާއެވެ.

މި މަޝްރޫއުގެ ދަށުން ހުޅުމާލެ ފޭސް 3އިން 62.6 ހެކަޓްރ، ދިޔަނެރުން 24.6 ހެކްޓަރ އަދި ތިލަފުށި އޭރިއަ ދީ އިން 9.6 ހެކްޓަރ ހިއްކުމަށް ވަނީ ހަމަޖެހިފައެވެ

އަރބަންކޯއިން ވިދާޅުވީ، މި މަޝްރޫއުގެ ދަށުން ގެދޮރުވެރިކަމުގެ ބޭނުންތަކާއި، އިންޑްސްޓްރިއަލް ބޭނުންތަކާއި، މެރީނާގެ ބޭނުންތައް ފުއްދުމަށް ވަރަށް ބޮޑު އެހީ އަކަށް ވެގެންދާނެ ކަމައް ކަމަށެވެ.

އެ ކުންފުނީގެ އަޒުމަކީ މިފަދަ ތަފާތު މަޝްރޫއުތައް މެދުވެރިކޮށް ފަހި މާދަމާ އަކަށް މަގުފަހިވެގެންދާނެ އެތަކެއް ތަރައްގީގެ މަރުހަލާތައް ކުރިއަށް ގެންދިއުން ކަމަށް އެ ކުންފުނިން ވިދާޅުވެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޙާމަ

    މެރީނާ ވިއު ފެންނަ ގޮތައް ވިނަރެސް އިން ވިއްކި އެޕާރޓް މަން ތައް ބޮޮޑުޢަގުގަ ގަތް މީހިނައް އިބްރާހިމް މުހައްމަދު ސާލިހު މިިދިނީ ހާދަބޮޑު ލަޑެކޭދޯ...އެމީހުން އަތުން އިތުރައް ނެގިލާރި ސަރިކާރުން އެފަރާތް ތަކައް ހަވާލު ކުރަންޖެހޭނެ

  2. ހިނި އައްނަނީ

    ތިއެއޗެހި މަތިން ހިއްކާލާ

  3. އަބް

    ބިންހިކުމަކީ ހަމައެކަނި ބޯހިޔާވައިކަމަށް އޮތް ހައްލުކަމަށް ދެކިގެންނެއް ނުވާނެ. ބިންހިކުމަކީ ރާއްޖޭގެ ކަނޑުގެ މާހައުލް ނެތިކޮށްލުން، މިކަމުގެ ސަބަބުން ފޫނުބެދޭވަރުގެ ގެއްލުމަކާއި މި ދިވެހިރަޢްޖެ ކުރިމަތިލާން ޖެހޭނެ،،