ބ.ހިތާދޫގެ އެމްޑީޕީގެ ޖަގަހައިން ދެކޮޅަށް އަޑުއުފުލަމުން ދަނިކޮށް އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުހައްމަދު މުއިއްޒު އެ ޖަގަހައަށް ވަދެވަޑައިގެންފިއެވެ.

2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރަށް ޑރ.މުއިއްޒު މިހާރު ބ. އަތޮޅަށް ކުރައްވަމުން ގެންދަވާ ކެމްޕެއިން ދަތުރުފުޅުގައި އެ އަތޮޅުގެ ހިތާދޫ އަށް ވަޑައިގަތުމުން އެމަނިކުފާނަށް އެ ރަށުން ވަނީ ހޫނު މަރުޚަބާއެއް ދަންނަވާފައެވެ.

ހިތާދޫގެ ބަނދަރު ސަރަހައްދުގައި މުއިއްޒުއަށް މަރުޚަބާ ދަންނަވަން އެއްވެފައި ތިބި މީހުންނާ ސަލާން ކުރަމުން ދިޔަ ވަގުތު އެ ސަރަހައްދުގައި ހުރި އެރަށުގެ އެމްޑީޕީ ޖަގަހައިން ވަނީ އޭނާއަށް ނިސްބަތްކޮށް އެކި ޒާތްޒާތުގެ ބަސް ބޭނުންކޮށް ގޮވާފައެވެ. އެމީހުން އެގޮތަށް އަޑު އުފުލަމުން ދިޔައީ މައިކު ބޭނުންކޮށްގެންނެވެ. އެހެންކަމުން އެ ސަރަހައްދަށް ވަރަށް ސާފުކޮށް އަޑުއިވިފައިވެއެވެ.

ސަފުގައި ތިބި ހުރިހާ ފަރާތްތަކާއި ސަލާންކުރުމަށްފަހު މުއިއްޒު ވަނީ އެމްޑީޕީ ޖަގަހައަށް ވަޑައިގެންފައެވެ. ޖަގަހަ އަށް ވަޑައިގެން އެވަގުތު އެ ޖަގަހައިގައި ތިބި ފަރާތްތަކާއި މުއިއްޒު ވަނީ ވާހަކަދައްކަވާފައެވެ. އަޑު އުފުލަމުން ދިޔަ ފަރާތްތަކުން ވަނީ މުއިއްޒު އަރިހުގައި އެ މީހުން ކުރަމުން ދިޔައީ ސިޔާސީ މަސައްކަތެއް ކަމަށް ވިދާޅުވެފައެވެ.

"މިވަގުތު އެމްޑީޕީ ޖަގަހައިގައި އަޅުގަނޑު ހުއްޓަސް. އަޑު އުފުލަމުން ދިޔަސް. އަޅުގަނޑު މި ކުރަނީ ސިޔާސީ މަސައްކަތެއް. އަޅުގަނޑަށް ފައިސާ ލިބޭ މި ކުރާ މަސައްްކަތައް." އެމްޑީޕީ ޖަގަހައިގައި އަޑު އުފުލަން ހުރި މީހާ ބުންޏެވެ.

ޑރ.މުއިއްޒު ބ.ހިތާދޫ އެމްޑީޕީ ޖަގަހައިގައި-ވަގުތު އިމޭޖްސް-އަހްމަދު އިޒްމީމް

ޑރ.މުއިއްޒު ވަނީ އެމީހުން ދެއްކި ވާހަކަތައް އަޑުއަހާފައެވެ.

ހިތާދޫ ރައްޔިތުންނާ ބައްދަލު ކުރައްވާ ޑރ.މުއިއްޒު ވަނީ އެ ރަށުގައި ހިންގާނެ މަޝްރޫއުތައް އިއުލާން ކުރައްވާފައެވެ. އެގޮތުން އެ ރަށުގެ ސިއްހީ މަރުކަޒު ފެންވަރު ރަނގަޅު ތަނަކަށް ހެދުމަށާއި ބަލިމީހުންނަށް ފަރުވާދޭނެ ގޮތް ހަމަޖައްސަވާ ދެއްވާނެ ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައެވެ. ރަށްރަށަށް އަރާ ވަމުންދާ ވައުދުތަކަކީ އެއްވެސް ހާލަތެއްގައި ނުފުއްދާދެވޭނެ ވައުދުތަކެއް ނޫން ކަމަށް ވެސް އޭނާ ވަނީ ފާހަގަކުރައްވާފައެވެ.

ޑރ.މުއިއްޒު ބ.ހިތާދޫ ގައި ވާހަކަދައްކަވަނީ-ވަގުތު އިމޭޖްސް-އަހްމަދު އިޒްމީމް

ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ބ.ހިތާދޫއިން 177 ވޯޓުން ކުރި ހޯދާފައިވަނީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ޞާލިހެވެ. ޑރ.މުއިއްޒަށް ލިބިވަޑައިގެންފައިވަނީ 165 ވޯޓެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ތިގޮތަށް ޞޯލިޙް ޕޕމ ޖަހައަށް ދިޔަނަމަ ބޮލަށް އަރާނެ

    އެކަމަކު ޕޕމ ޖަގަހައަކަށް ރައީސް ޞޯލިޙް ވަޑައިގަތް ނަމަ ގަޔަށް ލޮލަށް ބޮލަށް އަރާނެ އެވެ.

    14
    67
    • ޕޕމ

      އިބޫ ރަށަކަށް ވަޑައިގަންނަވާ ވަގުތު އެރަށެއްގައި ހުންނަ ޕީޕީއެމް ޖަގަހަކުން ޝުޢޫރު ފާޅުކުމުގެ ފުރުސަތެއްވެސް ނުދެއްވާ އަހަރުމެން ދުށިން ފުލުހުން ގޮސް ޕީޕީއެމް ޖަގަހައިގަތިބި މީހުން ނެރުނު މަންޒަރުވެސް އަދި އެންޓަނާގައިހުރި ތާޅަފި ނަގައިގެން ގެންދިޔަމަންޒަރުވެސް އަދި ވެހިކަލުގައިހުރި ސައުންޑް ސިސްޓަމުވެސް ވެހިކަލާއެކު ގެންދިޔަ މަންޒަރުވެސް ދުށިން ޗޯރޭ ވެރިކަންކުރީ އިދިކޮޅުމީހުން ޝުޢޫރު ފާޅުކުރުމުގެ ފުރުޞަތު ނުދެއްވާ

      41
      1
  2. ސާރާ

    މިބުރުގައި ބޮޑުކޮށް ތިރަށުން ނަގާނީ މުޢިއްޒު އިންޝާﷲ

    92
    11
  3. ނަތިންގނިއު

    އަންނި ކުޅޭކަހަލަ ގޭމު.. ތިޔަ އަހަރެމެން ދަސްކޮށް ބާކޮށްފިން.. ބުނެފަ އޮންނާނި ވަނަސް ފައިޓްނުކުރަން.. ސުރުހީ ހަަދަަން ކުޅޭނެ ތީގެ ކިތަންމެ ގޭމެއް.. މިކުދިންނަކަށް އަލެއްނުވާނެ..

    7
    49
  4. މޭޑޭ

    ޗޯރޭ އަކަށް ނުކެރޭނެ އެހެން ދާކަށް އެއްށްވުރެ މާބިރުގަންނަ މީހެއް އެއީ މުއިއްޒު އެދެއްކެވީ ހިތްތިރި ކަމުގެ ނަމޫނާ އެއް ޗޯރޭ ރަށަކަށް ދަންޏާ ފުރަތަމަ ދާނީ ޗޯރު ފޯސް ( ޕޮލިހުން އަދި ސިފައިން ) އެއީވެސް ކަރުނަ ގޭހާ މުގުރާ އެކު

    63
    7
  5. ޙިންނަބެ

    ތިތާ ތިޔަތިބީ ބޭބެގެ ވަޒީފާ ދަމަހައްޓަން ތިބި އާއިލީ ކުދިންކޮޅެއް

    42
    3
  6. ކައިދާ

    ތިޔައީ މިހާތަނަށް އަދި ނުފެންނަ ކަމެއް އިދިކޮޅުގެ ޖަގަހަ އެއްގައި އިދިކޮޅުބަޔަކު ތިބެގެން ތިމާ މީހާއާ ދެކޮޅަށް އަޑު އުފުލަމުން ދަނިކޮށް އެތަނަށްގޮސް އެބަޔަކާ ވާހަކަ ދެއްކުން . ޖަގަހައިގަ ތިބި މީހުނަކީވެސް އިިދިކޮޅަށް އަޑު އުފުލިޔަސް އަޚްލާޤު ރަގަޅު ތަހްޒީބު ބައެއް އެހެންވީމަ މުއިއްޒު ދިޔައިމަ ވާހަކަ ދެއްކީ . ދެފަރރާތުން ވެސް ތިޔަ ދެއްކީ ވަރަށް ރީތި މިސާލެއް

    78
  7. ވައްލަ

    ޝުކުރިޔާ ޑރ މުޢިއްޒު ތިޔައީ ދިވެހިންގެ ރައީސް ވަކި ޕާޓީއަކައް ނުބައްލަވާ އެންމެންނާވެސް ގާތް ގުޅުމެއް ބާއްވަމުން ގެންދަވާ މަނިކުފާނުގެ ތިޔަހިއްތިރިކަމައްޓަކާ ކުރިޔައްއޮތް ދުވަސްތަކުގަ ތާއީދު ދާނީ އިތުރުވަމުން

    66
    3
    • ކެކެކޭ

      ކިބުރުވެރި ބޮޑާ މުއިއްޒު އެދިއްކާލީ ަަޭަަޭަަޭަަޭަަޭަަޭަަޭަަޭަަޭަަޭަަޭަަޭަަޭަަޭަަޭަައޭނާގެ ގަދަފަދަކަން

      1
      29