އުދަ އަރާނެ ކަމަށް ލަފާކޮށް ރާއްޖޭގެ ބޮޑު ބަޔަކަށް ގައުމީ މޫސުމާ ބެހޭ އިދާރާއިން ހުދު ސަމާލު ނެރެފިއެވެ.

މެޓް އިން ހުދު ސަމާލު ނެރެފައިވަނީ ކ. އަތޮޅުން ފެށިގެން އައްޑޫ ސިޓީގެ ރަށްތަކަށެވެ. އެއީ މިއަދު މެންދުރު 2:45 އިން ހަވީރު 6:00 އަށެވެ.

ސަމާލުގައި ބުނެފައި ވަނީ އެ ރަށްތަކަށް އުދައަރާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.

ރާއްޖެއަށް މި ދުވަސްކޮޅަކީ ވަރަށް ވިއްސާރަ ދުވަސްކޮޅެކެވެ. ބައެއް ސަރަހައްދުތަކަށް ދަނީ ބޯކޮށް ވާރޭވެސް ވެހެމުންނެވެ. އެހެންކަމުން ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައިގެން ތިބުމަށް ކަމާ ބެހޭ އިދާރާތަކުން އިލްތިމާސް ކުރެއެވެ.

އުދަ އެރުވުމުގެ ސަބަބުން ހިފާގެންގުޅޭ ތަކެއްޗަށް ގެއްލުވުން އެކަށީގެން ވެއެވެ. އެހެންކަމުން ފެނުގައި ޖެހޭ ހިސާބުގައި ހުންނަ އެއްޗިހި މައްޗަށް ލައި ގޭގެ ދޮރު ކައިރީގައި ވެލި ބަސްތާ ޖެހުމަކީ އެޅިދާނެ ފިޔަވަޅެކެވެ.