އަންނަ ހޮނިހިރު ދުވަހު އޮންނަ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި އިދިކޮޅު ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒަށް ތާއީދު ކުރި ސަރުކާރުގެ މަގާމުތަކުގައި ތިއްބެވި ބޭފުޅުންތަކެއް އެ މަގާމުތަކުން ވަކިކޮށްފިއެވެ.
މޯލްޑިވްސް ރީފޯމް މޫވްމެންޓް (އެމްއާރްއެމް)ގެ ސްލޮޓްގައި މި ސަރުކާރުގެ މަގާމުތަކުގައި ތިއްބެވި ބޭފުޅުންތަކެއް ރޭ ވަނީ ޑރ. މުހައްމަދު މުއިއްޒަށް ތާއިދު ކުރައްވަން ނިންމަވާފައެވެ.
އިއްޔެ ހަވީރު ގަލޮޅު ކަންމަތީގައި ބޭއްވި ކަންމަތީ ޖަލްސާގައި އެ ޕާޓީގެ ލީޑާޝިޕްގެ ބޭފުޅުންތަކެއް ޑރ. މުއިއްޒަށް ތާއިދު ކުރައްވަން ނިންމެވިއިރު، "ވަގުތު"އަށް އެނގިފައިވާގޮތުން ޑރ. މުއިއްޒަށް ތާއިދު ކުރެއްވި ސަރުކާރުގެ މަގާމުތަކުގައި ތިއްބެވި ބޭފުޅުންތައް ވަނީ މަގާމުން ވަކި ކޮށްފައެވެ.
މިގޮތުން މަގާމުން ވަކި ކުރި ސަރުކާރުގެ މަގާމުތަކުގައި ތިއްބެވި ބޭފުޅުންގެ ތެރޭގައި
- އަލީ ތޯއިފް (ސީނިއާ އެގްޒެކެޓުވް ޑިރެކްޓަރ އެމްއާރްއެމް އެކްސްކޯ މެންބަރު)
- އިސްމާއިލް ރައޫފް(ސީނިއާ އެގްޒެކެޓުވް ޑިރެކްޓަރ އެމްއާރްއެމް އެކްސްކޯ މެންބަރު)
- އަބްދުﷲ އަނީސް (ޑެޕިއުޓީ މިނިސްޓަރ އެމްއާރްއެމް އެކްސްކޯ މެންބަރު)
- އަހްމަދު ޒިޔާން އަބްދުއް ރަހުމާން (ޑެޕިއުޓީ މިނިސްޓަރ އެމްއާރްއެމް އެކްސްކޯ މެންބަރު)
- ޝިމާޒް އަލީ (ޑެޕިއުޓީ މިނިސްޓަރ)
މި ބޭބޭފުޅުން މަގާމުތަކުން ވަކި ކުރެއްވިކަން ހާމަކޮށް ރައީސުލްހުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރ އޮފް ދަ ޕްރެޒިޑެންޓް އޮފީސް އިބްރާހިމް ވަހީދު ސޮއި ކުރައްވާ ފޮނުވި ސިޓީގައި ވިދާޅުވެފައި ވަނީ ރައީސަށް ލިބިެދޭ ބާރުގެ ދަށުން މަގާމުން ވަކި ކުރައްވާފައިވާ ކަމަށް ދަންނަވަން ރައީސް ވިދާޅުވި ކަމަށެވެ.
އެމްއާރްއެމްގެ އިސް ބޭފުޅުންތަކެއްގެ ތާއިދު ޑރ. މުއިއްޒަށް ލިބިވަޑައިގެންނެވިއިރު، އިންތިހާބުގެ ދެވަނަ ބުރުގައި އެއްވެސް ކެންޑިޑޭޓަކަށް ތާއީދު ނުކުރެއްވުމަށް އެމްއާރްއެމްއިން ވަނީ ނިންމައިފައެވެ.
މީގެ ކުރިންވެސް ޖުމްހޫރީ ޕާޓީ (ޖޭޕީ)އަދި ދަ ޑިމޮކްރެޓްސްއަށް ނިސްބަތްވާ ބޭފުޅުންތަކެއްގެ ވަނީ ޑރ. މުއިއްޒަށް ތާއިދު ކުރައްވަން ނިންމަވާފައެވެ.
..
އެއީމައސަލައެއްނުން
ޔެސް ސިޔާސީ މަޤާމުތަކުގގަ ތިބި މީހުން އެއީ.. ކޮންމެ ސަރުކާރެއްގައިވެސް ސިޔާސީ މަޤާމުތަކުގެ މީހުން ވަކި ކުރާނެ މި ހާލަތުގަ.. ދެން އޭރުންތާ އޮޕޮޒިޝަންގެ ސަރުލާރުން އަނެއްކާވެސް މި ވެރިންނަށް މަޤާމު ލިބޭނީ..ބޮލުގެ އެއްޗެއް..
ވިސްނޭ.
ސަރުކާރުން ތިޔަކުރީ ހަޑި ހުތުރު ކަމެކެވެ ބަލައި ނުގަންނަމެވެ
ާަަަކީއްވެ ގާބެ ވައިފް ނަހޫ މިނިސްޓަރ ކަމުން ވަކިކުރަން ނުކެރެނީ
ނަހޫ ހުރީ އިބޫ ކޮޅުގަ އަޑިއަޑިން.. ގާބެއަށް ވޯޓު ލާންވެސް ނުދޭ އިބޫ ދެރަ ވެދާނެތީ.. ޖޭޕީގެ ބޮޑުބައި އެމްޑީޕީއަށް ކަހާލީވެސް ނަަހީގެ ބާރުން
ގުދޯ ގުދޯ ގޮވަމުންދާއިރު ނުފެނޭތަ އެއްވެސް ކުށެއްނެތި ވަކިމީހަކަށް ތާއީދުކުރުމުން ވަޒަިފާއިން ވަކިކުރަމުން އެދަނީ! އެއީ ކިހާބޮޑު ޖަރީމާއެއް!
ބަލަ ގަމާރާ ސިޔާސީ ޕްލޮޓަކަށް ދީފައި ހުންނަ ވަޒީފާ ދަމަހައްޓާކަށް ނުޖެހޭނޭ އިދިކޮޅަށް އެރީމަކާއެއް. ތިޔަށް ވުރެ ހަމަ ނުޖެހޭ ކަމަކީ ސިޔާސީ މަގާމު ކިޔާ މަގާމުތަކެއާ އޮތުން. ކަނޑާލުމެއް ނޫން.
ތިކަހަލަ ބުއްފުޅި ބޯ މީހުންގެ ސަރުކާރުގައި ކަންތައް ވާގޮތްމީ..ދެފަހަރު އެކައްޗެއް ނުކިޔަާނެ...ގަމާރު ބުއްފުޅި..ބުއްފުޅި ޗޯރޭ..
ބަލަ ނަހުލާ ކީއްވެތަ އެ ހުންނަނަނި އޭނާ ކާސިމަށް ކެންޕައިންކުރުމުގަ ވަގުތު ހޭދަކުރީ
އޭނަވެރިކަމައް އައީ އަހަރުމެން އެދިގެންނެއްނޫން. މީހަކު ތަބަކައް ލާފަ
ވެރިކަން ދިނީމާ އެމީހާކަރުގައިހިފީ ދެން އޭނަ ބޭނުންކުރީ ބުރޯއެއް ދެން އޭނަބޭނުން ކުރީ ރ ޓީވީ އެއީކެންޕޭން ޖަގަހައެއް އަކުރަމު ކަމާލުއްދީނު.. ގޯތިދޭ ފުލެޓުދޭ މިސަރުކާރު ގައިހުރި ހުރިހާ ރުފިޔާ
ކޮޅު ބަހައިލައިފި
ޥޯޓްގެއްލޭނެ ގޮތެއް ހޯދަންވާނެ....މޮޔަ ސޯލިހް...
ކުރިއަށް އޮތް 2 މަހު އުޅެވޭ ވަރަށް ލާރި ހުރީމަ މައްސަލައެއް ނޫން. ދެން އަނެއްކާވެސް މަޤާމު ލިބޭތޯ އެކުދިންވެސް އެ މަސައްކަތްކުރީ ނޭނގެ އެމީހުންގެ އިޚްލާޞްތެރިކަމެއް.
ރައީސަށް ލިބިެދޭ ބާރުގެ ދަށުން މަގާމުން ވަކި ކުރައްވާފައިވާ ކަމަށް ދަންނަވަން ރައީސް ވިދާޅުވި ކަމަށެވެ. އެހެން ވުމުން ރައްޔިތުންނަށް ލިބިދޭ ބަާރުގެ ދަށުން ޗޯރޭ އަށް ނޫނެކޭ ބުނެފަ އޭނަގެ ކޮރަޕްޝަން ބަލާ އޭނަ ޖަލަށްލާންވީ
ތީ ހުސް ބޯވަ ޕީޕީ ކުދިންގެ ގުރުބަަނީ އެއްފަރާތްކޮށް ވަޒީފާ ހޯދަން އުޅޭބައެއް ގަރާޖްސިޓީން ލާރިހަދާމީގެ ނަންވެސް އެބައިން
ވަކިކުރަން ލަސްވެސްވެއްޖެ.
ނޭގުނު މިހާރުމިވާގޮތެއް --- ވަކިނުކުރާކަމޭ ، ވަކިކޮއްފިޔޭ ،،،،،،
ކޮބާ ބިރެއް ނެތް؟؟ އޯގާތެރި؟؟ ހަގީގަތަކީ ސިޔާސީ މަގާމުތަކުގަ ތިބޭމީހުން ޚިޔާލު ތަފާތުވެ ސަރުކާރާ ދެކޮޅުވެރިވާހިސާބުން ވަޒީފާއިން ވަކި ކުރަން ޖެހުން. މައްސަލަޔަކީ ވަކި ބަޔަކު ކުރުމުން އަނިޔާގެގޮތުގައި މާނަކޮށް ފަތުރާތީ. މިސަރުކާރަކީ ރައްޔިތުންނަށް އެންމެ އަނިޔާވެރި ސަރުކާރު. އަޑުނީވޭ މަންމަނު، ލޯކަނު މީހެއްކަމަށް ހެދިހުރެ ރައީސްމީހާ އެހިންގާލަނީ ފިތްކަނޑައިގެންދާހާ ބޮޑެތި ޖަރީމާ. ރައްޔިތުންވަނީ ނިކަމެތި. ގައުމެއްގެ އާންމު ހާލަތު ދަށްކޮށް ވަކި ފަރުދުންނަށް ކޮށްދޭ (ބޯހިޔާ، ފެނާ ނަރުދަމާ) ކަންކަމުން އަސްލު ގައުމު އަނދަވަާޅަކަށް ވެއްޓޭ! ވަކިގައުމަކުން އެ ވަޅުގަނޑަށް މިގައުމު ވައްޓާލާ އެމީހުނަށް ބަރޯސާވުން މަޖުބޫރުުރަން ކުރާ މަސައްކަތަކީ މިހާރުގެ ވެރިން ކަޓު ނަގައިގެން ހިންގައިދޭ ޖަރީމާ.
ބޭރުކުރަން މާލަސްވެސް ވެއްޖެ
ސޯލިހުގެއަސްލު ފެންނަމުން މިހިރަގެންދަނީ ޒުވާނުން ކެރިގެން ނިކުތީ ސީދާހަރަކާތައް ކެއްނުކުރެވިގެން އެވަކިކުރީ ވަޒީފާއިން ވަކިނުކުރާނެމޭކިޔާފަވެސް ހެދީޮގުކަން މިއެގުނީ ރައްޔިތުންނޭ މިކަލޭގެ މިހަދާ ދޮގުތައް ގަބޫލްނުކުރޭ ސާހިދު ތައްޔާރުކޮއްފާދިން ދޮގުދޮލަގު ވިއްކަންފެށީ އިބޫ މިފަހަރުވެސް ވޯޓްތަކެއް ގެއްލުނީ މިފަހަރަކީޒުވާނުންގެފަހަރު ޒުވާނުންނޭބައިވެރިވޭ
ހާދަ އޯގާތެރިޔޭ
ތިނ ދުވަހަށް ވީމ ވަޒީފ ހޯދަނ އަންނާނެކަމެއ ނެތް
ސިޔާސީ މަގާމް ތަކުގަތިބި މީހުން މަގާމުން ވަކި ކުރުން މައްސަލައެއްނުން.ސަރުކާރުގެ މަގާމުތަކުގައި ތިބި މީހުންވެސް ވަކި މީހަކަށް ތާއިދުކުރިޔޭ ކިޔާ މަގާމުން ވަކިކޮސްގެން ނުވާނެ.އެކަމަކު މަގާމުގެ މަސްއޫލިއްޔަތު އަދާ ނުކުރަންޏާ އޯކޭ.ސަރުކާރުގެ ވަޒީފާގަ އުޅުނޭ ކިޔާފަ ނުޖެހޭ އެއިރެއްގަ ހުންނަ ވެރިމީހާއަށް ތާއީދު ކުރަން.
ސިޔާސީ މަގާމުގައި ތިބި މީހުން އެހެން ސިޔާސީ ފިކުރަކަށް ތާއީޑު ކުރުމުން ވަޒީފާއިން ވަކިކުރުމުގެ ހައގްު އިބްރާހިމަށްލިބިގެން ވޭ. އެކަމަކު މި ކަނޑާލި އެންމެނަށް މުއިއްޒުގެ ސަރުކާރުން ވަޒީފާ އަލުން ފޭން ޖެހޭނަމަ، އެމީޙުންގެ ގާބިލުކަން ހުރި ވަރު ވަލާ ޓެސްޓް ކުރުން މުހިންމު. އެހެނީ، އެމްއާރުއެމް ފަދަ ޕާޓީތަކުން ސަރުކާގެ ސްލޮޓްތަކަށް ލާފައިތިބީ މުޅިން ނާގާބިލު ބޭފުޅުން ވީމާ! އެގޮތުން ޔުމްނާ މައުމޫނަކީވެސް، ވަރަށް ނާގާބިލު ބޭފުޅެއް. އާޓްސް އިންޑަސްޓްރީ ބޮޑު ވަޅުގަނޑަކަށް ވެއްޓުނީ އެކަމާނާގެ ޒައާމަތުގައި. ކުރެވުނު ބޮޑުކަމަކަށް ހުރީ ހަމައެކަނި ކަޅުވަކަރު މިސްކިތުގެ މަސައްކަތް.
ކާންދޭ އަތުގައި ދަތްއަޅަންޏާ ވާނީ ތިހެން. ހުރިހާ ދިމާލަކުނއ ފައިސާ ކާން އުޅެގެން ޅައެއްޗެއް އަޅާފަ. ކަލޭމެން ކުދިންނަށް ހަރަދު ކުރާނެ ފައިސާއެއް މުއިއްޒު އަތަކު ނެތް. ވަރަށް ސަލާމް
އިމްރާންގެ ކޮމްޕެނީ ކަރެކްޝަންސް ގަ ފްލެޓްތަކާއި ޕްރޮމޯޝަން ބަހަނީ ޕީޕީއެމް ފިކުރު މީހުނަށް، އެވެސް ފްލެޓްދިން އިރު އަނެއްކާ ޑީސީޕީ އަށް ހިޔާ ފްލެޓް ލިބިފަ އޮއްވާ........
އެއީޔަކީ މައްސަލައެއް ނޫން މާދަމާ ތިބޭނީ އެއަށްވުރެއް ބޮޑު މަގާމެއް ގައި ނިކަމެތި މީހާ ވަޒީފާއިން ބޭރުކުރީމަ މައްސަލަޔަކަށް ވެދާނެ ތިޔަ ބޭރުކުރީ ވެރިން ފެންވަރުގެ ބޭފުޅުން
ބަލަ ފެންފޯއް އަލީސޯލިހު މި ހުރިހާ ދުވަހު އުޅުނީ ގާސިމްގެ ކެންޕޭނުގައި އިބޫއާދެކޮޅަށް. ކަޑާލާކަށް ނުކެރުނުދޯ
އިސްލާމިކް ޔުނިވަރސިޓީގެ ގުރުއާން ފެކަލްޓީގެ މުވައްޒަފުން ވެސް ޑރ. މުއިއްޒަށް ސަޕޯޓުކުރާތީ އެމީހުން ވަޒީފާއިން ވަކިކުރަން އިބްރާހީމް ރަސީދު އެބައުޅެއެވެ.
ލިބުނީތި ކުޑަ ޗުއްޓީއެއް // ގިނަދުވަހެއް ނުވެ ވަޒީފާ ލިބެނެ // އިންޝާﷲ،،، އިބޫ ނޫން ގޮތެއް ފެންނާނެ ،،
އަލީޠޯއިފު
އިސްމާއިލް ރައޫފް
އަބްދުﷲ އަނީސް
އަހްމަދު ޒިޔާން އަބްދުއް ރަހުމާނު
ޝިމާޒް އަލީ
ބޭބޭފުޅުން މަގާމުތަކުން ވަކި ކުރެއްވިކަން ހާމަކޮށް ރައީސުލްހުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރ އޮފް ދަ ޕްރެޒިޑެންޓް އޮފީސް އިބްރާހިމް ވަހީދު ސޮއި ކުރައްވާ ފޮނުވި ސިޓީގައި ވިދާޅުވެފައި ވަނީ ރައީސަށް ލިބިެދޭ ބާރުގެ ދަށުން މަގާމުން ވަކި ކުރައްވާފައިވާ ކަމަށް ދަންނަވަން ރައީސް ވިދާޅުވި ކަމަށެވެ.
އެހެންކަމުންމިބޭފިޅުންނައްލިބޭބާރުގެދަށުން 30 ހުގާއޮންނަވޯ
ޓުންއިބުރާހީމްއަށްދޭނެވޯޓެއްމިއިންއެއްވެސްއާއިލާއެއްގާނެތުމަކީމިނިސްޓަރޕްރެޒިޑެންޓްގެމަސްއަލައެއްކަމައްނުދެކެންބޮޑުބަދަލެއްނަތީޖާއައްއަންނާބެ
އެމްއާރް
އަލީޠޯއިފު
އިސްމާއިލް ރައޫފް
އަބްދުﷲ އަނީސް
އަހްމަދު ޒިޔާން އަބްދުއް ރަހުމާނު
ޝިމާޒް އަލީ
ބޭބޭފުޅުން މަގާމުތަކުން ވަކި ކުރެއްވިކަން ހާމަކޮށް ރައީސުލްހުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރ އޮފް ދަ ޕްރެޒިޑެންޓް އޮފީސް އިބްރާހިމް ވަހީދު ސޮއި ކުރައްވާ ފޮނުވި ސިޓީގައި ވިދާޅުވެފައި ވަނީ ރައީސަށް ލިބިެދޭ ބާރުގެ ދަށުން މަގާމުން ވަކި ކުރައްވާފައިވާ ކަމަށް ދަންނަވަން ރައީސް ވިދާޅުވި ކަމަށެވެ.
އެހެންކަމުންމިބޭފިޅުންނައްލިބޭބާރުގެދަށުން 30 ހުގާއޮންނަވޯ
ޓުންއިބުރާހީމްއަށްދޭނެވޯޓެއްމިއިންއެއްވެސްއާއިލާއެއްގާނެތުމަކީ
މިނިސްޓަރޕްރެޒިޑެންޓްގެމަސްއަލައެއްކަމައްނުދެކެން
ބޮޑުބަދަލެއްނަތީޖާއައްއަންނާނެ