(ގއ.ވިލިނގިލި) މިރަށަށް އިދިކޮޅު ޕީޕިއެމް/ޕިއެންސީ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުހައްމަދު މުއިއްޒު ވަޑަައިގަތުމުން ތަފާތު މަރުޚަބާއެއް ކިޔައިފިއެވެ.

އަންނަ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ކެމްޕެއިނަށް ޑރ. މުއިއްޒު އަތޮޅު ތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ގއ. އަތޮޅުގެ މިރަށަށް މިއަދު ހެނދުނު ވަޑައިގަތުމުން މި ރަށުގެ ރައްޔިތުން ވަނީ އޭނާއަށް ތަފާތު މަރުޚަބާއެއް ދަންނަވާފައެވެ.

މިގޮތުން ޑރ. މުއިއްޒު ރަށަށް އަރާ ވަޑައިގަންނަވާ ވަގުތެެއްގެ އިންތިޒާރުގައި އެތައް ބަޔަކު ރަށުގެ ބަނދަރު ސަރަހައްދަށް އޮތީ ޖަމާވެފައެވެ. އޭނާއާ ސަލާމަތް ކުރުމަށް އެތައް ބަޔަކު ސަފު ހަދައިގެން ތިއްބެވެ.

ޑރ.މުއިއްޒު ގއ.ވިލިނގިލީ ރައްޔިތަކާ ސަލާންކުރައްވަނީ-ވަގުތު އިމޭޖްސް-އަހްމަދު އިޒްމީމް

އެ ސަފުގައި ހުރި މީހަކު "ވަގުތު"އަށް ބުނީ ޑރ.މުއިއްޒަށް މަރުޚަބާ ކިޔަން އެއްވެފައި ވަނީ ފާހަގަކޮށްލެވޭ ގޮތުގައި އެ ރަށުގެ ދެބައި ކުޅަ އެއްބައި ކަމަށެވެ. ވިލިނގިލިން ތަފާތު ކަމެއްގެ ގޮތުގައި ފާހަގަވި އެއްކަމަކީ ހުވަދޫ ބަހުން ހަދާފައިވާ ލަވަ އެ ސަރަހައްދުގައި ޖަހާފައި ހުރުމުންނެވެ. އެ ލަވައިގައި ހުވަދޫ ބަހުން "މިފަހަރު އިންތިޚާބުގައި ވޯޓު ދޭން ވާނީ ޑރ.މުއިއްޒަށް ކަމަށް" ބުނެފައި ވެއެވެ.

ސަފުގައި ޑރ.މުއިއްޒަށް މަރުޚަބާ ކިޔަން ތިބި މީހުން ތަކުގެ ތެރޭގައި އެންމެ ގިނަިއން އެ ރަށުގެ ޒުވާނުން ތިބި ކަން ވެސް ފާހަގަކޮށްލެވެއެވެ. ފިޔޯތޮށި އަދި ނޫ ކުލައިގެ ކެމްޕެއިން ޓީ-ޝާރޓް ތަކުން މުޅި އެ ސަރަހައްދުގައި މީހުންތައް އެއްކޮށްލާފައިވާއިރު، އެ މަންޒަރުވެސް ވަރަށް ތަފާތެވެ.

ޑރ.މުއިއްޒު ގއ.ވިލިނގިލީ ރައްޔިތަކާ ސަލާންކުރައްވަނީ-ވަގުތު އިމޭޖްސް-އަހްމަދު އިޒްމީމް

އެ ސަރަހަައްދަށް ޖަމާވެފައި ތިބި މީހުންނާއި ސަލާމް ކުރުމަށްފަހު ޕީޕިއެމް ޖަގަހައިގައި ވާހަކަ ދައްކަވަމުން ޑރ. މުއިއްޒު ވިދާޅުވީ ވިލިނގިލިން އޭނާ ހީނުކުރައްވާ ވަރުގެ މަރުޚަބާއެއް ކިޔައިފިކަމަށެވެ. އަދި މިއަހަރު ބޭއްވި ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި މިރަށުން އޭނާއަށް ހޯދަވައިދެއްވި ފުރިހަމަ ކާމިޔާބީއަށް ވަނީ ޝުކުރު އަދާ ކުރައްވާފަައެވެ. އަދި ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރު އަންނަ ހަފްތާގެ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިރުގައި މިރަށުން އޭނާއަށް ދެވަނަ ބުރުވެސް ކާމިޔާބުކޮށްދެއްވާނެ ކަމުގެ ޔަގީންކަން އެބައޮތްކަމަށް ވެސް ވަނީ ވިދާޅުވެފައެވެ.

ޑރ.މުއިއްޒު ގއ.ވިލިނގިލީގައި ވާހަކަދައްކަވަނީ- ވަގުތު އިމޭޖްސް-އަހްމަދު އިޒްމީމް

"ފުރަތަމަ ބުރުގައި މިރަށުން އަޅުގަނޑަށް ތި ދެއްވި ތާއީދަށް ވަރަށް ބޮޑަށް ޝުކުރިއްޔާ. އަދި މިރަށަށް ވަޑައިގަތުމުން ތިދެއްވި މަރުޚަބާ އަށް ވެސް ވަރަށް ބޮޑަށް ޝުކުރިއްޔާ.ދެވަނަ ބުރުގައި ވެސް މި އަޅުގަނޑަށް މިރަށުން ފުރިހަމަ ތާއީދު ހޯދަވާދެއްވާނެކަމަށް އުންމީދުކުރަން. ދެވަނަ ބުރުން ކާމިޔާބުވެއްޖެނަމަ އަދި ބައްދަލުވާނެ.". މުއިއްޒު ވިދާޅުވިއެވެ.

ގއ.ވިލިނގިލިން ޕީޕީއެމާ ގުޅުނު ފަރާތެއް ފޯމު ހަވާލުކުރައްވަނީ-ވަގުތު އިމޭޖްސް-އަހްމަދު އިޒްމީމް

މިރަށަށް މިއަދު ޑރ.މުއިއްޒު ވަޑައިގަތުމުން އެ ރަށު ރައްޔިތުންނާ ބައްދަލުކުރުމަށް ބޭއްވި ޖަލްސާގައި، މިހާރުގެ ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީއަށް ނިސްބަތްވާ ސިޔާސީ މަގާމުތަކުގައި ތިބި ގިނަ ފަރާތްތައް ވަނީ އިދިކޮޅުގެ ޕީއެމް އަށް ސޮއި ކުރައްވާފައެވެ. އެ ރަށު ރައްޔިތުން ބުނެފައިވަނީ "ވިލިނގިލިން އެމްޑީޕީ ފުނޑާލެވިއްޖެ" ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ޖަމަލު ފޮޑި

    ރަނގަޅަށްވެސް ފުނޑިއްޖެ...

    18
    2
  2. ގައުމީ ރޫހު

    ވަރައް އުފާ ވެއްޖެ

    18
    2
  3. zindhaabaadh

    ގައުމުގެ މިިނިވަން ކަން އަލުން އަނބުރާ ހޯދާދޭތީވެ ޕީޕީއެމް އާއި ގުޅެންވީއޭ އެމްޑީޕީގެ ކުދި ބޮޑު އެންމެހާ މެމްބަރުން ޕީޕީއެމް ޒިންދާބާދު ގައުމުގެ މިިނިވަން ކަން އަލުން އަނބުރާ ހޯދާދޭތީވެ ޕީޕީއެމް އާއި ގުޅެންވީއޭ އެމްޑީޕީގެ ކުދި ބޮޑު އެންމެހާ މެމްބަރުން ޕީޕީއެމް ޒިންދާބާދު ގައުމުގެ މިިނިވަން ކަން އަލުން އަނބުރާ ހޯދާދޭތީވެ ޕީޕީއެމް އާއި ގުޅެންވީއޭ އެމްޑީޕީގެ ކުދި ބޮޑު އެންމެހާ މެމްބަރުން ޕީޕީއެމް ޒިންދާބާދު ގައުމުގެ މިިނިވަން ކަން އަލުން އަނބުރާ ހޯދާދޭތީވެ ޕީޕީއެމް އާއި ގުޅެންވީއޭ އެމްޑީޕީގެ ކުދި ބޮޑު އެންމެހާ މެމްބަރުން ޕީޕީއެމް ޒިންދާބާދު ގައުމުގެ މިިނިވަން ކަން އަލުން އަނބުރާ ހޯދާދޭތީވެ ޕީޕީއެމް އާއި ގުޅެންވީއޭ އެމްޑީޕީގެ ކުދި ބޮޑު އެންމެހާ މެމްބަރުން ޕީޕީއެމް ޒިންދާބާދު

    12
    2
  4. ދަވާލާ

    އެމްޑީޕީ ފުނޑު ފުނޑު އަރުވާލާ ، ހިންނަވަރު ޗޯރޭ ވޯޓުން ތަޅާ ބަލިކޮށްލާ ، އިންޑިޔާގެ އަޅުވެތިކަމުން ސަލާމަތްވެ ހިންނަވަރު ޗޯރޭގެ ދަރަނިން ސަލާމަތްވެ ގައުމުގެ މާލީ ހާލަތު ްްރަނގަޅުކުރަން ބޭނުންވަނީ

    16
    2
  5. އަލީ

    ކޮބާ ސައުދު ބުނަނީ ކީކޭ ،

  6. Anonymous

    އެނގިގެން މިދަނީ މި ފަހުޒަމާނުގައި މިރާއްޖޭގައި އުފެދުނު އެންމެ މޮޅު ސިޔާސީ ޙިކުމަތްތެރިޔަކީ އަދުރޭ (ޢަބްދުއްރަޙީމް) ކަމެވެ. އަދި އެންމެ މަޤުބޫލު ސިޔާސީ ޝަޚުޞިއްޔަތަކީ ޑރ. މުޢިއްޒު ކަމެވެ. އަދި އެންމެ ބަސްވިކޭ ސިޔާސީ ލީޑަރަކީ ރައީސް ޔާމީން ކަމެވެ. ... ހެޔޮ ވިސްނޭ، ޢަޒުމު ވަރުގަދަ ހުވަދޫ އެންމެން މިފަހަރު ވޯޓުލާން ނިކުމެ، ޗޯރޭގެ ވެރިކަން ނިންމައިލާންވީއެވެ!

  7. ހާމަކުރާށޭ

    ހުށައެޅުން ބަދަލުވާންވީ އެއް ނޫނޭ އުތުރު ތިލަފަޅުގައި ތިބި އިންޑިއާ ސިފައިން އެކި ގެސްޓް ހައުސް ތަކަށް ފޮނުވާލާ އެތަނުގައި ހުރި ގޮތް ނޭގޭ މުދާތަކެއް ގިރިފުއްޓަށް ގެންގޮސް ފައި އެތަން ނޫސްވެރިންނަށް ދެއްކުން އަދި އެއީ ރައީސް އިބޫ އުތުރު ތިލަފަޅުގައި އިންޑިއާ ސިފައިން ނުބާތިއްބާ ކަމުގެ ދަލީލެއް ނޫނޭ ފުރަތަމަ ވެސް އުތުރު ތިލަފަޅުގެ އެއްބަސް ވުން ފޮރުވަން ވެގެން އަންބޮނޑި އަށް ޖަހައިގެން ނޫޅެ އެހާމަ ކުރަންވީއޭ އަދި ހަނިމާދޫ އެއަރޕޯރޓް އެއްބަސްވުން ހާމަކުރާށޭ ހާމަކުރާށޭ ހާމަކުރާށޭ ހާމަކުރާށޭ ހާމަކުރާށޭ ހާމަކުރާށޭ ހާމަކުރާށޭ ހާމަކުރާށޭ ހާމަކުރާށޭ ހާމަކުރާށޭ ހާމަކުރާށޭ ހާމަކުރާށޭ ހާމަކުރާށޭ ހާމަކުރާށޭ ހާމަކުރާށޭ ހާމަކުރާށޭ ހާމަކުރާށޭ ހާމަކުރާށޭ ހާމަކުރާށޭ ހާމަކުރާށޭ ހާމަކުރާށޭ ހާމަކުރާށޭ ހާމަކުރާށޭ ހާމަކުރާށޭ ހާމަކުރާށޭ ހާމަކުރާށޭ ހާމަކުރާށޭ ހާމަކުރާށޭ ހާމަކުރާށޭ ހާމަކުރާށޭ ހާމަކުރާށޭ ހާމަކުރާށޭ ހާމަކުރާށޭ ހާމަކުރާށޭ ހާމަކުރާށޭ ހާމަކުރާށޭ ހާމަކުރާށޭ ހާމަކުރާށޭ