އަންނަ ހޮނިހިރު ދުވަހު އޮންނަ ރިޔާސީ އިންތިހާބުގައި ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒަށް އޮތް ތާއީދު ދައްކާލުމުގެ ގޮތުން މާލޭގެ ބޮޑެތި މަގުތަކުގައި ޒުވާނުންތަކެއް ވަރުގަދަ ސައިކަލް ބުރެއް މިއަދު ބާއްވައިފިއެވެ.

މި ސައިކަލް ބުރު ކުރިއަށް ގެންދިޔަ މަގުތަކުގެ ތެރޭގައި ބޮޑުތަކުރުފާނު މަގާއި މަޖީދީ މަގު ހިމެނެއެވެ. މާލޭގެ ބޮޑު ތަކުރުފާނު މަގު ޕީޕީއެމް އޮފީސް ކުރިމަތިން ފެށި މިސައިކަލު ބުރުގައި އެތައް ސަތޭކަ ޒުވާނުން ވަނީ ބައިވެރިވެފައެވެ.

ޕީޕީއެމް ޕީއެންސީގެ ޒުވާނުން މިއަދު ބޭއްވި ސައިކަލު ބުރު -- ވަގުތު އިމޭޖެސް: މުހައްމަދު އަލީފް

މިސައިކަލު ބުރު ލީޑް ކުރެއްވީ ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް މުއިއްޒުގެ ރަނިންމޭޓު އަދި ރައްޔިތުންގެ މަޖިލިހުގެ ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސެއިން މުހައްމަދު ލަތީފެވެ. ސައިކަލް ބުރުގައި ބައިވެރިވި މީހުން ވަނީ ދެވަނަ ބުރުގައި މުއިއްޒަށް ވޯޓު ދޭނެ ކަމުގެ ޔަގީން ކަން ދީފައެވެ.

އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުން ޒުވާނުން ބާކީކޮށްފައިވާ ކަމަށާއި މުއިއްޒުގެ ވެރިކަމެއްގައި އެކަން ބަދަލު ކުރައްވާނެ ކަމުގެ ޔަގީން ކަން އެބައޮތް ކަމަށް ވެސް އެމީހުން ބުނެފައިވެއެވެ.

ޕީޕީއެމް ޕީއެންސީގެ ޒުވާނުން މިއަދު ބޭއްވި ސައިކަލު ބުރު -- ވަގުތު އިމޭޖެސް: މުހައްމަދު އަލީފް

"ޒުވާނުން މިތިބީ ބަދަލަކަށް ކެތް މަދުވެފައި. މި ބަދަލު ގެނައުމަށް ފެން ބޮވައިގެންފައި. ޒުވާނުންނަށް ފުރުސަތު ހޯދައި ދެވޭނީ ދެން މުއިއްޒުގެ ވެރިކަމެއްގައި،" ކެންޑިޑޭޓު ނަންބަރު ހަތަރަކަށް ވޯޓު ދިނުމަށް އެދި ސައިކަލްގައި ބައިވެރިވި ޒުވާން ފިރިހެނަކު ބުންޏެވެ.

ޕީޕީއެމް ޕީއެންސީގެ ޒުވާނުން މިއަދު ބޭއްވި ސައިކަލު ބުރު -- ވަގުތު އިމޭޖެސް: މުހައްމަދު އަލީފް

މި މަހުގެ 9 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި މާލެ އިން މެޖޯރިޓީ ހޯއްދަވާފައި ވަނީ މުއިއްޒެވެ. އޭނާ އާ ވާދަކުރެއްވި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ދިޔައީ ދެވަނައަށެވެ.

އެންމެ ގިނަ ވޯޓާ އެކު، މި މަހުގެ 30 ގައި ބާއްވާ ދެ ވަނަ ބުރުގެ ވޯޓުގައި ވާދަކުރައްވަނީ މުއިއްޒާއި ރައީސް ސޯލިހެވެ. ފުރަތަމަ ބުރުގައި އެންމެ ގިނަ ވޯޓު ހޯއްދެވި މުއިއްޒަށް ލިބިވަޑައިގަތީ 101،635 ވޯޓެވެ. ރައީސް ސޯލިހަށް 86،161 ވޯޓެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ހަގީގަތް

    ވަރައް އުފާވެއްޖެ

    19
    3
  2. ހަސަން

    އަލްހަމްދު ލިއްލާހި

    16
    2
  3. ދަވާލާ

    ހިންނަވަރު ޗޯރޭ އައުޓް ހިންނަވަރު ޗޯރޭ އައުޓް ހިންނަވަރު ޗޯރޭ އައުޓް

    13
    4
  4. ހަސަނު

    ރަގަޅުވާނެ ބެލެވެނީ ފަންސާސްހަޕަސެންޓުން ކުރިހޯދާނެކަމަށް މިއީ ު
    އަޅުގަޑުގެޙިޔާލ

    11
    4
    • ވަތަނޭ

      60% ވަރުވާނެ ކަމަށް މިހާރު ލަފާކުރެވެނީ..

      2
      1
  5. ވިކިލީކްސް

    ދަންނަ ވަރަށް ގިނަ ކުށުގެ ރެކޯޑް އޮތް މީހުން އެބަތިބި..ޑީލަރުން އެބަތިބި. އެންމެ ފަހުން 100 ކިލޯ މައްސަލާގަ ހައްޔަރުކުރި މީހުންނާ އެ ގުރޫޕް ކުދިންވެސް އެބަތިބި.

    1
    2