ލ.ގަމު މުކުރިމަގު އަވަށު ފެނަކަ އޮފީސް ކައިރި ވަލުތެރޭގައި ހުރި ކުނިތަކެއްގައި އާއި އައްޑޫސިޓީ ހިތަދޫ ޑްރަގް ސެންޓަރު ކައިރި ވަލުތެރޭގައި ހުރި ލަކުޑިތަކެއްގައި ރޯވި އަލިފާން ރޯވެއްޖެއެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ، ގަމު ވަލު ތެރޭގައި ރޯވެގެން އުޅޭ ކަމުގެ މައުލޫމާތު މިއަދު 17:55 ހާއިރު އެމްއެންޑީއެފްއަށް ލިބުމާއެކު ހަރަކާތްތެރިވެފައިވާ ކަމަށެވެ. މިގޮތުން އެ ސަރަހައްދަށް ފަޔަރފައިޓަރުން ގޮސް ކުރި މަސައްކަތުން ރޯވެފައިހުރި އަލިފާން ނިއްވާލާފައި ވަނީ މިރޭ 18:33 ހާއިރު ކަަމަށް ވިދާޅުވިއެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައި ނުވާ ކަމަށް އެމްއެންޑީއެފް އިން ވިދާޅުވިއެވެ.

ގަމު ވަލު ތެރޭގައި ރޯވެފައި - ފޮޓޯ: އެމްއެންޑީއެފް

އެމްއެންޑީއެފް އިން ވިދާޅުވީ، ހިތަދޫ ޑްރަގް ސެންޓަރު ކައިރި ވަލުތެރޭގައި ހުރި ލަކުޑިތަކެއްގައި ރޯވެގެން އުޅޭކަމުގެ މައުލޫމާތު މިރޭ 18:54 ހާއިރު އެމްއެންޑީއެފްއަށް ލިބުމާއެކު ސިފައިން ހަރަކާތްތެރިވެފައިވާ ކަަށެވެ މިގޮތުން އެ ސަރަހައްދަށް ފަޔަރފައިޓަރުން ގޮސް ކުރި މަސައްކަތުން ރޯވެފައިހުރި އަލިފާން ނިއްވާލާފައި ވަނީ މިރޭ 19:31 ހާއިރު ކަމަށް ވިދާޅުވިއެވެ.

މި ދެ ހާދިސާގައިވެސް އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު