ފަލަސްޠީނުގެ ރައްޔިތުންނަށް 2 މިލިއަން މަސްދަޅު ހަދިޔާ ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ނިންމަވައިފިއެވެ.

އެކަން ހާމަކޮށް ފޮރިން މިނިސްޓަރ ޝާހިދު ވިދާޅުވީ ފަލަސްތީނުގެ ރައްޔިތުންނަށް ދެ މިލިއަން މަސްދަޅު ހަދިޔާ ކުރެއްވުމަށް ރައީސް ޞާލިޙް މިއަދު ނިންމަވާފައިިވާ ކަމަށެވެ.

‏އަދި ފަލަސްތީނުގެ ރައްޔިތުން އެބައިމީހުންގެ ވަކި ދައުލަތެއް އުފެއްދުމަށާއި އެބައިމީހުންގެ ހައްގުތައް ކަށަވަރުކުރުމަށްޓަކައި ކުރަމުންގެންދާ މަސައްކަތްތަކުގައި އެއްވެސް ޝަރުތަކާނުލައި ތާއީދުކުރުންމަތީ ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުން ތިބޭ ކަމަށްވެސް ވިދާޅުވިއެވެ.

މި މަހުގެ ހަތް ވަނަ ދުވަހު ޣައްޒާގެ ހަމާސް އާއި އިސްރާއީލާ ދެމެދު ފެށި ހަނގުރާމަ އަދިވެސް ހުއްޓުމަކަށް އައިސްފައިނުވާއިރު، ކޮންމެ ދުވަހަކު ޔަހޫދީންގެ ހަމަލާތަކުގައި ޣައްޒާގެ ކުށެއް ނެތް އެތައް ބަޔަކު ދަނީ ޝަހީދުވަމުންނެވެ.

އަދި ޣައްޒާއަށް ކާނާ އާއި ކަރަންޓާއި ބޯފެން ލިބޭނެ މަގު ވަނީ ބަންދުކޮށްފައެވެ.

ޔަހޫދީން ޣައްްޒާގެ ރައްޔިތުން އުޅޭ ތަންތަން ބަލާ އެތަންތަނަށް ބޮން އަޅާ އެ ތަންތަން ސުންނާފަތިކޮށް، އެތައް ބަޔަކު ޝަހީދު ކުރަމުންދާއިރު، ފާއިތުވެެދިޔަ 24 ގަޑިއިރު ތެރޭގައި ބޮޑު ގަތުލު އާއްމެއް ވަނީ ހިންގާފައެވެ.

ޣައްޒާގެ ސިއްހަތާ ބެހޭ ވުޒާރާއިން ބުނީ އިސްރާއީލުން ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ދިން ވައިގެ ހަމަލާތަކުގައި ޣައްޒާގައި ފަލަސްތީނުގެ 704 މީހުން ޝަހީދުވެފައިވާ ކަމަށެވެ.

މިއާއެކު މި މަހުގެ ހަތް ވަނަ ދުވަހުގެ ފަހުން ޣައްޒާއިން ޝަހީދުވި މީހުންގެ އަދަދު ވަނީ 5،791 އަށް އަރައިފައެެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ޑރ ސާޖީ

    ފުރަތަމަ އިސްރާއިލް ޕާސްޕޯޓް ބޭން ކޮށްބަކަ.

    26
  2. Anonymous

    މުޅިގައުމު ހަފުސްއަރުވާލީމަ އެގައުމައް ފޮނުވާ މަސްދަޅުކާންވެސް ތިބީ ޔަަހޫދީން. މިހާރަކު ފޮނުވަންވީމަސް ދަޅެއްނޫން . ފޮނުވަންވީ ހަނގުރާމަ ކުރަން. ބޭނުންވަނީ ޔަހޫދީންނާ ދެކޮޅައް ހަނގުރާމަ ކޮށްފަލަސްތީނާ ގުދުސްސަލާތްކުރަން. ހައްގަކާނުލާ މައުސޫމް އެތައްބަޔަކު އެތައްތުއްތުޅަދަރީންނެއް މައިންނެއް އެޔަހޫދީ ޖަނަވާރުންތައް ޝަހީދުކޮށްފި.
    ގެދޮރުންނެރެ މަގުމަތިކޮށްފި. އަހަރުމެންނަކީ ޓެރަރިސްޓުންނޭކިޔާގެ އެކުއްތާތައް މުޅިމުސްލިމް ގައުމުތަކާ ބިންތައްފޭރެން ޕްރޮޕެގެންޑާ ފަތުރާފަ އެޓެރަރިސްޓް އަމަލްތައް ހިންގަނީވެސް ހަމައެޔަހޫދީން. މުޅިދުނިޔެއަށްޖެހިފައޮތް ޔަހޫދީންގެބަލާވެރިކަން ދުނިޔެއިން ފޮޖެލަންވީ ވަގުތުޖެހިއްޖެ.

    19
    2
  3. މުހައްމަދު

    އެއީ 1.5 މިލިއަނެއްހާ ޑޮލަރު. މިއުޅެނީ ކިހިނެތް ވެގެންތަ

    11
    13
    • ހޭލާ

      ފައިބާގެން ދަމުން ގައުމު ލޫޓުވާ ގައުމު ދަރުވާލަފަ ރައްކާވާން އެއުޅެނީ ގައުމު އޮތީ 146ބިލިޔަނުން ދަރުވާލާފަ ޗަރުކޭސް އިބުރާހިމް ހިފާ ހައްޔަރުކޮށް ތަހުގީގު ކުރަންޖެހޭ އެލާރި ކެއިގޮތް ބަލަން ޖެހޭ

      4
      3
  4. ރަންރީނދޫ

    ފަލަސްތީބޭ ކިޔައިގެން ،ފައިބައިގެން ދަމުން ،ކޮންމެވެސް ބޮޑު ވައްކަމެއް ކުރަން ޖަހާ ޗައްކަރެއް ކަމަށްވާނީ. އެހެންޏާ ފަސްއަހަރު މިދިޔައީ ފަލަސްތީނަކީ އޮންނަ ތަނެއް ކަމެއް ވެސް ނުދަނޭ

  5. the Maldivians

    މަސްދަޅު ބަހަން ނަހަދާ . އެ ނުބައި އޫރުން ތަކުގެ ޕާސްޕޯޓް ބޭން ކުރޭ!! 2މިލިއަން މަސްދަޅު؟ ތީ ބޮޑު ކޮރަޕްޝަން ލާރިގަޑެއްގެ ދަވާލަން ތި އުޅެނީ

  6. އަބްދޫ

    ދެމިލިއަންމަސްދަޅު ފަލަސްތިނަށް ހަދިޔާ ކުރާއިރު ކާންކެރޭ ވަރުގެ މަސްދަޅުދިނުމަށް ނަސޭހަތްތެރިވަން. މިހާރު މިފްކޯ އިން އަގޮހެޔޮކޮށް 570 ރުފިޔާއަށް ވިއްކާ 48 ދަޅުގެ މަސްކޭސް ނުބައިކަމުން ކާންކެރޭވަރު ނުވޭ. މަވެސް ހާފް މަސްދަޅު 300 ރުފިޔާ އަށް ގަނަވުނު މޮޔަ ހީމޭ. ފެލި ވަރުމަހަކީ ކާން ވަރަށް މީރު މަހަކަށް ވާއިރު މިމަސްދަޅުގެ ސަނބަބުން ފެލިވަރު މަހުގެ އިޖޭޖް ގެއްލޭކަށް އަޅުގަނޑު ނޭދެން.

  7. ވަހީދާ

    މަޖިލިސް މެމްބަރުންގެ މުސާރައިގެ ދެބައިކުޅަ އެއްބައި ފަސްޠީނުގެ ނިކަމެތި ރައްޔތުންނަށް ހަދިޔާ ކުރުމަށް ފެނޭ.

  8. ހިސާބު ޓީޗަރު

    ފަލަސްތީނުގެ އާބާދީގައި 4.9 މިލިއަން ގައްޒާ ގައި އެކަނިވެސް 2.3 މިލިއަން ވީމާ 2 މިލިއަން މަސްދަޅު ފޮނުވީމާ ތިއޮތީ ވަރަށް އެހީ ދެވިފަ. ސާބަސް ހަމަ.