މީސް މީޑިއާ އެކްޓިވިސްޓް މޯލްޑިވްސް ތާޑް-ވޭ ޑިމޮކްރެޓްސް (އެމްޓީޑީ)ގެ ކައުންސިލް މެމްބަރު އަހުމަދު އަޝްރަފް (ޝުމްބާ ގޮންގް) ހައްޔަރުކޮށްފި އެވެ.

ވަގުތަށް އެނގިފައިވާ ގޮތުގައި ޝުމްބާ ހައްޔަރުކުރީ ރޭ އޭޖީ އެމްޕޯރިއަމް ކައިރިންނެވެ.

އެނގިފައިވާ ގޮތުގައި ޝުމްބާ ހައްޔަރުކުރީ ރޭ ހިންގި މާރާމާރީއަކާއި ގުޅޭ މައްސަލައެއްގައެވެ. ނަމަވެސް އެ މާރާމާރީގައި ޝުމްބާގެ ކިހާ ވަރެއްގެ ދައުރެއް އޮތް ކަމެއް ސާފެއް ނުވެއެވެ.

އެކަމާއި ގުޅިގެން ފުލުހުން ވިދާޅުވީ، ކެނެރީގެ މަގުގައި މާރާމާރީއެއް ހިންގާފައިވާ ކަަމަށް ރޭ 10:05 ހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަަމަށެވެ.

އެ މައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ދިވެހި ފިރިހެނަކު ގެނެސްފައިވާ ކަަމަށް ފުލުހުން ވިދާޅުވިއެވެ.

މީގެ ކުރިން ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ވެސް ޝުމްބާ ހައްޔަރު ކުރިއެވެ.

ޝުމްބާ އޭރު ހައްޔަރުކުރީ 2015 ވަނަ އަހަރުގެ ނޮވެމްބަރ 01 ވަނަ ދުވަހުގެ ރޭ ސްރީލަންކާގެ ކޮލަމްބޯ އިންނެވެ.

އޭރު އޭނާ ހައްޔަރުކުރީ ރައީސް ޔާމީންގެ ދެކަނބަލުން ދަތުރުކުރެއްވި ލޯންޗް ގޮއްވާލި މައްސަލައިގައި ނަމަވެސް އެމައްސަލައިގައި އޭނާގެ މައްޗަށް އެއްވެސް ދައުވާއެއް އުފުލާފައެއް ނުވެއެވެ. އޭނާގެ މައްޗަށް ދައުވާ ކުރީ ޕީޕީއެމްގެ ކައުންސިލް މެންބަރު ޒާހިދު ރަމީޒަށް ބިރުދެއްކި މައްސަލައެއްގައެވެ.

ރައީސް ޔާމީންގެ ވެރިކަން ނިމި މި ސަރުކާރުން އުފެއްދި އިންތިގާލީ އޮފީހުން ފަހުން ޝުމްބާ ހައްޔަރުކުރި މައްސަލަ ހުށަހެޅި އެވެ.

އެ މައްސަލައިގައި ޝުމްބާ އެދިފައި ވަނީ، އޭނާގެ އިންސާނީ ހައްގުތަކަށާއި، ކަރާމަތަށް އަރައިގަނެ ޖިސްމާނީ ގޮތުންނާއި ނަފްސާނީ ގޮތުން އޭނާއަށް އަނިޔާ ކުރި ފަރާތްތަކާއި، އެކަމުގައި ބައިވެރިވެފައިވާ ފަރާތްތައް ކަަމަށް އޭނާ ފާހަގަކުރައްވާފައިވާ ފަރާތްތަކުގެ މައްޗަށް ޖިނާއީ ތަހުގީގެއް ހިންގާ ދައުވާކޮށްދިނުމަށެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. رب هب لى من الصالحين

    އަޅުގެވެރި ރަސްކަލާކޯ މިއަޅާއަށް ޞޯލިޙް ދަރިން ދެއްވާފާނދޭވެ!

    25
    0
  2. ކައްޓި

    امين