އައްޑޫ ސިޓީ ހިތަދޫގައި 200 ހައުސިން ޔުނިޓް އެޅުމަށް ކުންފުންޏަކާއި ހަވާލުކޮށްފިއެވެ.

އައްޑޫ ސިޓީ ކައުންސިލުން ވިދާޅުވީ އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި އެ މަސައްކަތް ހަވާލުކޮށްފައިވަނީ ޕީޓީ ސިސްޓްރަމަސް ހެވީ އިންޑަސްޓްރީސް އިން ޖޭވީ ވިތް ބީވާ ބިލްޑާރސް ޕްރައިވެޓް ލިމިޓޭޑަށް ކަމަށެވެ. އެ އެއްބަސްވުމުގައި ކައުންސިލްގެ ފަރާތުން ސޮއި ކޮށްފައިވަނީ އައްޑޫ ސިޓީ މެޔަރު އަލީ ނިޒާރެވެ.

ޕްލޭނިން މިނިސްޓްރީގެ ދަށުން ސަރުކާރުން އައްޑޫ ސިޓީގައި ގާއިމްކުރުމަށް ހަމަޖެހިފައިވަނީ 200 ހައުސިން ޔުނިޓެވެ. އެ ހައުސިންގް ޔުނިޓްގެ މަސައްކަތުގެ މައުލޫމާތު ކައުންސިލް އާއި ހިއްސާ ކުރުމުގެ އިތުރުން މަސައްކަތައް ބޭނުންވާ ބިން ކޮންޓްރެކްޓަރާއި އިއްޔެ ހަވާލުކުރެވިފައިވާ ކަމަށް ކައުންސިލުން މައުލޫމާތު ދެއްވައެވެ.

މިއީ ދައުލަތުން 214،852،500.00 ރުފިޔާ ހަރަދުކޮށްގެން ހިންގޭ ސަރުކާރުގެ ޕީއެސްއައިޕީ މަޝްރޫއުކެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ފޯއްވަޅި އަލީ

    ހެސްކިޔާފަ ކޮރަޕްޝަން އޮތް ކަމަށް ހަބަރު ލިބިފަ އޮތީ!!