ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ތަރައްގީކޮށްފައިވާ ވިނަރެސް ފްލެޓްތައް ވިއްކުމަށް އަންނަ މަހުގެ ތެރޭގައި ހުޅުވާލާނެ ކަމަށް އާބަންކޯއިން ބުނެފިއެވެ.

އާބަންކޯ އިން ކޮށްފައިވާ އިއުލާނެއްގައި ބުނީ ވިނަރެސް ފުލެޓް ގަންނަން ބޭނުންވެ ޝަރުތު ހަމަވާ މީހުންނަން ފުލެޓް ވިއްކުމަށްފަހުވެސް އިތުރަށް ފުލެޓް ހުންނާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.

އަދި މިހާރު ފްލެޓަށް އެޕްލައިކޮށްފައިވާ ފަރާތްތަކުގެ މައުލޫމާތު މި މަހުގެ ނިޔަލަށް ކަށަވަރު ކުރުމަށް ފަހުގައި އެލޯޓްމެންޓް ސެޝަންތަކާއި ފައިސާގެ މުއާމަލާތް ކުރުމަށް ނުކުޅެދިފައިވާ ފަރާތްތަކަށް އިތުރު ފުރުސަތެއް ނުދޭނެ ކަމަށް އާބަންކޯއިން ބުނެފައިވެއެވެ.

އާބަންކޯއިން ބުނެފައިވަނީ ވިނަރެސްގެ އިތުރު ފްލެޓްތައް ވިއްކުމަށް ހުޅުވާލާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހުގައި ކަމަށެވެ.

ވިނަރެސް އެޕާރްޓްމެންޓްތަކަކީ ހުޅުމާލޭގެ ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ ގޮތުން އަރބަންކޯ އިން ހިންގާފައިވާ މަޝްރޫއުތަކުގެ ތެރެއިން އެއްވެސް މައްސަލައެއްކުރިމަތިނުވެ ވަރަށް ފުރިހަމަކަމާއިއެކު ކުރިއަށް ގެންދެވުނު މަޝްރޫއެއް ކަމަށް އެ ކުންފުނިން ބުނެއެވެ. ހަމަ މިއާއެކު 10 ޓަވަރުގެ ވިނަރެސް މަޝަރޫއަކީ އަރބަންކޯއިން ފުރަތަމަ ފަހަރަށް މެދު ފަންތީގެ ބޯހިޔާވަހިކަމަށް ހާއްސަ ކޮށްގެން ހިންގާ ރައްޔިތުންނަށް ފޯރުކޮށްދީފައިވާ މަޝްރޫއެއް ކަަމަށްވެސް އެ ކުންފުނިން ބުނެއެވެ.

ވިނަރެސް ފްލެޓަކީ 13 ބުރީގެ 10 ޓަވަރު ހިމެނޭގޮތަށް ތިން ކޮޓަރީގެ 1،344 އެޕާޓްމަންޓް ހިމެނޭ މަޝްރޫއެއްކަން ފާހަގަކޮށްލެވެއެވެ.

ވިނަރެސް ފްލެޓަށް ކުރިމަތިލުމަށް ހުޅުވާލީ މާލޭ މީހުންނާއި މާލޭގައި ދިރިއުޅޭތާ 15 އަހަރުވެފައިވާ މީހުންނަށް އެކަންޏެވެ.

މި މަޝްރޫއުގެ ތެރެއިން ހިޔާ ފްލެޓްތަކުން ފްލެޓް ދޫކޮށްލި މީހުންނާއި، ސީލައިފް އަދި ގުޅީފަޅު މަޝްރޫއިން ތަންތަން ލިބުނު މީހުންނަށް އެޕާޓްމެންޓްތައް ވަނީ ދޫކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. އަބްދޫ

    ވިނަރެސް ފްލެތް ތަކަކީ ޔާމީނުގެ ހިޔާ ފްލެޓްގެ އެއްބައި މިސަރުކާރު ވެރިކަމަށް އައިސް ހިޔާގެ މިފްލެތްތަކުގެ ނަން ވިނެރަސް އަށް ބަދަލުކުރީ . މިތަންތަން ނިމިފަހުންނަތާ އެތައްއދުވަހެއް ވެއްޖެ.

    21
    1
  2. ބުރާންތީ

    ތިޔަ ފުލެޓްގެ އަގު މާ ބޮޑު

    22
  3. ޙިޒުބު

    ތަނާ އަޅާބަލާއިރު އަގު މާބޮޑީ، އެހެންވެ މ*ހުން ތިތަން ނުގަންނަން އުޅެނީ، އިންޓަރެސްޓު */*6 ގައި ހުރިއިރުވެސް މަހަކު 19000 ދައްކަން އެބަޖެހޭ

  4. Anonymous

    ތިފުލެޓުތަކުގެ އަގުން މަހަކު ދައްކަންޖެހޭ ވަރު 8000 އަށް ކުޑަކުރޭ! 19000 ރުފިޔާއަކީ ދެއްކޭނެ އެއްޗެއް ނޫން.

  5. ސަލާމް

    ޢަބާންކޯ އަދި ސަރުކާރަށް ދަންނަވަން އޮތީ،ފުރަތަމަ ފްލެޓަށް ޝަރުތުހަމަވެ، ލިބިފައިވާ ރައްޔިތުންނަށް އެތަންތަނަށް ވަދެވޭނެ ގޮތް ހައްދަވާދެއްވާށޭ،އެއީވެސް ދިވެހިރައްޔިތުންނޭ،ދިވެހި ލޮބްވެތި ރައްޔިތުން ފޯމްލާފައި އެވަނީ،އެމީހުންނަށްވެސް އެތަނަށް ވަދެވޭނެ ކަމުގެ އުއްމީދުގަޔޭ،ވީމާ އެމީހުންނަށްވެސް އެފުރުސަތު ދެއްވުމަށް ވިސްނާލަ ދެއްވާށޭ،އިބްރާހިމް މުހައްމަދު ސަރުކާރަށް ގޮވާލަން މިވަތުވެސް ރައްޔިތުންނަށް ލުޔެއްދެއްވުމަށްފަހު، އެ ފުލެޓްތަކަށް ޝަރުތުހަމަވެ ލިބިފައިވާ ފަރާތަކަށް އެފުރުސަތު ދެއްވުމަށް މަސައްކަތް ކޮށްދެއްވާށޭ، މީ ދިވެހި ލޮބުވެތި ރައްޔިތުންނޭ.....މޮކޮމެންޓް ކޮންމެ ވެސް ފަރާތަކުން ސަރުކާރާ ހަމަޔަށް ފުނުވައި ދެއްވުން އެއީ އަޅުގަޑުފެ ވަރަށް ބޮޑު އާދޭހެއް.. ދިވެހި ލޮބުވެތި ރައްޔިތުންނަށްޓަކާ...