މާލޭގައި މާރާމާރީ ހިންގި އުމުރުން 23 އަހަރުގެ ދިވެހި އަންހެނަކު ހައްޔަރުކޮށްފިއެވެ.

މިދިޔަ ހޯމަ ދުވަހު ހައްޔަރު ކުރި ކަމަށް ބެލެވޭ މި އަންހެން މީހާގެ ބަންދަށް ކްރިމިނަލް ކޯޓުން މިދިޔަ އަންގާރަ ދުވަހު ވަނީ ފަސް ދުވަސް ޖަހައިފައެވެ.

އޭނާގެ ބަންދު އަމުރުގައި ވާގޮތުން އޭނާ ހައްޔަރުކޮށްފައި ވަނީ މާރާމާރީ ހިންގި މައްސަލައެއްގައެވެ. އަދި އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ މާރާމާރީ ހިންގި ކަމުގެ ކުށް ކުރި ކަމަށް ތުހުމަތު ކުރެވޭ ކޮންމެވެސް މިންވަރަަކަށް ހެކި ހުށަހާޅާފައިވާ ކަމަށްވެސް ބުނެފައި ވެއެވެ.

އޭނާ ހައްޔަރުކޮށް ބަންދުގެ މުއްދަތު އިތުުރު ކުރަން ކުރި އަމުރުގައި ވަނީ އޭނާ ބަންދުގެ ބަހައްްޓަން އަމުރުކޮށްފައި ވަނީ ބަންދުން ދޫކޮށްލައިފިނަމަ މުޖުތަމައުގެ ސަލާމަތަށް ނުރައްކާ ވެދާނީ ކަމަށެވެ.

އަދި ބަންދު އަމުރުގައި ބުނެފައި ވަނީ، ހާދިސާއަށް ބަލާއިރު ޝަރީއަތުގައި އޭނާ ދެއްކި ވާހަކަތަކާއި، ފުލުހުން ތުހުމަތު ކުރާ ގޮތަށް މާރާމާރިއެއް ހިންގި ކަމަށް ބެލެވޭ ކަންތައްތަކެއް ހުރިކަން ފާހަގަކުރެވޭ ކަަމަށެވެ.

އޭނާ އަކީ މީގެ ކުރިންވެސް މައްސަލަތަކެއްގައި ހައްޔަރު ކުރެވުނު މީހެއްކަމަށްވެސް ބަންދު އަމުރުގައި ބުނެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު