މިދިޔަ އަހަރު މި އަހަރަށް ލަފާކޮށް ފާސްކުރި ދައުލަތުގެ ބަޖެޓުގައި ބަދަލު ދިނުމަށް ޚަރަދުކުރަން ކަނޑައަޅައި ނިންމާފައިވާ އަދަދަށްވުރެ އިތުރަށް ބަދަލުދިނުމަށް 272 މިލިއަން ރުފިޔާ ހޭދަކުރިކަން ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

ފިނޭންސް މިނިސްޓްރީން ހަފުތާއަކު އެއްފަހަރު އާންމުކުރާ ދައުލަތުގެ އާމްދަނީއާއި ޚަރަދުގެ ހިސާބުތަކަށް ބަލާއިރު، އޮކްޓޯބަރު މަހުގެ 12 ވަނަ ދުވަހުގެ ނިޔަލަށް ބަދަލު ދިނުމަށް 373.8 މިލިއަން ރުފިޔާ ވަނީ ޚަރަދުކޮށްފަވެއެވެ.

2023 ވަނަ އަހަރަށް ލަފާކޮށް ފާސްކުރި ދައުލަތުގެ ބަޖެޓުގައި، ބަދަލުދިނުމަށް ޚަރަދުވާނެކަމަށް ލަފާކޮށް ކަނޑައަޅާފައިވަނީ 101.2 މިލިއަން ރުފިޔާއެވެ. އެހެން ނަމަވެސް މި އަހަރުގެ މިހާތަނަށް ބަދަލުދިނުމަށް އަންދާޒާކުރި މިންވަރަށްވުރެ އިތުރަށް 272.6 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވެއެވެ.

ރާއްޖޭގެ ޤާނޫނު އަސާސީއާއި މާލިއްޔަތު ޤާނޫނުގައިވާ ގޮތުން ދައުލަތުން ޚަރަދުތައް ކުރަންޖެހޭނީ ބަޖެޓުގައި ޖަހައި ފާސްކޮށްފައިވާ އަދަދުތަކާ އެއްގޮތްވާ ގޮތުންނެވެ. އެހެންނަމަވެސް މި ސަރުކާރުން ކޮންމެ އަހަރަކުވެސް ބަޖެޓުން ނުހިމަނާ މަޝްރޫޢުތައް ފަށައި، ބަޖެޓުން ބޭރުން އެކި ކަންކަމަށް ޚަރަދުކުރާ ކަމުގެ ތުހުމަތުތަކެއް ވަނީ މީގެ ކުރިންވެސް ކުރެވިފައެވެ.

އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލު ކުންފުންޏަކަށް ބަދަލުގެ ގޮތުގައި ދިން 30 މިލިއަން ރުފިޔާ ޚަރަދުކުރީ 2019 ވަނަ އަހަރު އޮތް މަޖިލިސް އިންތިޚާބުގައި އެމްޑީޕީގެ ކެންޑިޑޭޓުންނަށް ކެމްޕެއިނުކުރަންކަމަށް ފައްޔާޒު ވަނީ މީގެ ކުރިން ވިދާޅުވެފައިވެއެވެ.

ސަރުކާރުން ވަނީ ބަޖެޓުން ބޭރުން ގިނަ ޚަރަދުތަކެއް ކޮށްފައެވެ. އެގޮތުން އޮކްޓޯބަރު 12 ވަނަ ދުވަހުގެ ނިޔަލަށް ބަޖެޓުގެ ޑެފިސިޓު ވަނީ މުޅި އަހަރަށް އަންދާޒާކުރި ޑެފިސިޓުކަމަށްވާ 8.6 ބިލިއަނަށްވުރެ އިތުރުވެ ޖުމްލަ 9.5 ބިލިއަނަށް ވުރެ މައްޗައް އަރާފައި ކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ސާފެވެ. އިތުރުންވެސް 90 ޕަސެންޓު ޑެފިސިޓުގައި 6.5 ބިލިއަން ރުފިޔާގެ ސަޕްލިމަންޓަރީ ބަޖެޓެއް ސަރުކާރުން މަޖިލީހަށް ހުށަހަޅާފައި ވާކަމަށްވެއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. މުޙައްމަދު

    އޯގާތެރި ސަރުކާރުން ދައުލަތް ދަވާލާ ރައްޔިތުން ބިކަ ކުރިވާހަކަ މިދައްކަނީ. ކޮބާ މޑޕ ކުދިންކޮޅު

  2. މަކަރެ

    ގެއައް ނައްޓާލަން ވާއިރައްވެސް މިބަލަނީ ބައި މީހުނައް ބަދަލުދެވޭތޯ ގޮތްކުޑަ ބައެއް

  3. ޖުން

    ކޮންބަޔެއްހޭ މިކަމުގެ ޒިންމާ ނަގަން ޖެހެނީ.ހަމަ ނިކަމެތި ރައްޔިތުންހޭ؟މީތޯ މިކަން އޮންނަ ގޮތަކީ؟ކޮންމެ ބަޔަކުވެސް ވެރިކަމަށްއަރާ ހިތުހުރި ގޮތަކަށް ގައުމުގެ މިލްކިއްޔާތު ތަޅާ ދުންބުރުވާލީމަ ނިކަމެތި ރައްޔިތުންތޯ އެކަމުގެ ޒިންމާ ނަގަންޖެހޭނީ.އެކަންކަން ހަވާލުވެފަތިބޭ މީހުންގެ ޒިންމާ އަކީ ކޮބާހޭ؟މިކަމުގެ ޒިންމާ ރައީސް އާ ފިނޭސް މިނިސްޓަރ ނަގަން ޖެހޭނެ.ކުންފުނިތަކާ އޮފީސްތަކުގެ ވެރިން ނަގަން ޖެހޭނެ.ރިޔާސީ ވޯޓް ނަގާނިމެންދެނެވެސް ސަރުކާރުން ދިޔައީ ހުރިހާކަމެއް އޮޅުވާލަމުން.މިވަރުގެ ގައުމަށް ޢައްދާރުވި ވެރިޔެއް ސަރުކާރެއް މިގައުމަކަށް ނާދޭ.

  4. ޖުގާ

    މީ ބޮޑު ވަގެއް.

  5. މަލަ

    މީނަ އަތުން ހުރިހާ ފައިސާ އެއްހޯދަން ޖެހޭނެ.