ފޯރިގަދަ ލައިންއަޕަކާއެކު ދިރާގު މޯލްޑިވްސް ރޯޑް ރޭސް 2023 އާފްޓަރ ޕާޓީ ހުކުރު ދުވަހުގެ ރޭ 20:30 ގައި ހުޅުމާލޭ ސެންޓްރަލް ޕާކުގައި ބާއްވާނެކަމަށް ދިރާގުން އިއުލާންކޮށްފިއެވެ.

ރޭސް ނިންމާލުމަށްފަހު ހުނަރުވެރި ދިވެހި މިއުޒިކް ފަންނާނުންގެ ލައިންއަޕަކާއެކު ހާއްސަ ކުލަގަދަ އިވެންޓެއް ވަނީ އިއުލާން ކޮށްފައެވެ.

އެގޮތުން ޝޯވގައި ކުޅޭނީ

ޝައްމު އާއި އެކުވެރީން ކޮޅެއް
ސްކައިރޮކް
2 ސެންސް
1438 ބޮޑުބެރު ގްރޫޕް

ރޯޑް ރޭސްގެ އާފްޓަރޕާޓީއަކީ ހަމައެކަނި މިއުޒިކް ފެސްޓިވަލެއް ނޫނެވެ. ދިވެހި ހޯމްބޭސްޑް ވިޔަފާރިތަކުގެ ރަހަމީރު އުފެއްދުންތަށް ފުޑް ސްޓްރީޓުން އެތަނުން ލިބެން ހުންނާނެއެވެ. މި އާފްޓަރ ޕާޓީ އިވެންޓަކީ ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ދުވުމުގެ އިވެންޓުގެ ގްރޭންޑް ފިނާލޭވެސް މެއެވެ.

4000 އަށް ވުރެ ގިނަ ދުވުންތެރިންނާއެކު މާދަމާ ފަށާ ދިރާގު މޯލްޑިވްސް ރޯޑް ރޭހުގެ 14 ވަނަ އެޑިޝަން ވެގެންދާނީ މި ދުވުމުގައި ފުރަތަމަ ފަހަރަށް ހާފް މެރެތަން ޖަހާ ފަހަރަށެވެ. ހާފަ މެރަތަންގެ އިތުރުން 10K އަދި 5K ރަންވެސް އޮންނާނެއެވެ.

ކިޔުންތެރިންގެ ހިޔާލު