އިދާރީ ގޮތުން އެންމެ ފުރިހަމަ މިނިވަންކަން ސުޕްރީމް ކޯޓަށް ނެތް ކަމަށާއި ކޯޓުގެ ހިންގުން ހުއްޓިފައިވާ ކަމަށް ވިދާޅުވެ، ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދު ޝަރީއަތުގެ މަޖިލީހެއްގައި ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ފާޑުވިދާޅުވުމުން އެމައްސަލަ ބައްލަވާ ބެންޗުން އޭނާ ވަކިކުރައްވައިފިއެވެ.

ކޯޓުތަކުން ވަކިކުރި 10 އެޑްމިނިސްޓްރޭޓަރުންނަށް އަލުން ވަޒީފާ ދޭން އެންގި މައްސަލަ ޖޭއެސްސީ އިން ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރުމުން އޮގަސްޓް މަހުގެ 17 ވަނަ ދުވަހު އޮތް އަޑުއެހުމުގައި ސުއޫދު ވަނީ ސުޕްރީމް ކޯޓަށް ސެކްރެޓަރީ ޖެނަރަލެއް ލިބޭނީ ކޮން ދުވަހަކުތޯ ސުވާލު ކުރައްވައިފަ އެވެ.

ސުޕްރީމް ކޯޓުގެ ސެކެޓްރީގެ ޖެނެރަލްގެ މަގާމު ހުސްކޮށް ހުންނަތާ ގާތްގަނޑަކަށް ދެ އަހަރު ވެއްޖެ އެވެ.

"މިހާރު ދެ އަހަރުވެގެން މި ދަނީ މި ތަނުގެ އިދާރީ އެންމެ އިސް މުވައްޒަފު ނެތި. ތިޔަ ބޭފުޅުން ޖޭއެސްސީއަކީ މި ތަނުގެ އިދާރީ އެންމެ އިސް ފަރާތް ކަމަށްވާ ނަމަ ކޮން ދުވަހަކުންތޯ އަޅުގަނޑުމެންގެ އިދާރީ އެންމެ އިސް މުވައްޒަފުން ލިބެނީ؟،" ސުއޫދު ސުވާލު ކުރެއްވެވިއެވެ.

ސުއޫދު ވިދާޅުވި ގޮތުގައި ސުޕްރީމް ކޯޓު އޮތީ ހުއްޓިފައެވެ. "ހިންގުން އެއްކޮށް ހުއްޓިފައި. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު މިއީ. ކޮން އިރަކުންތޯ މިއަށް އަޅުގަނޑުމެންނަށް ފަރުވާއެއް ލިބެނީ. ވިދާޅުވެދެއްވަބަލަ؟ މި ތަން ހިންގާނީ ކިހިނެއްްތޯ؟ އިދާރީ ގޮތުން މި ކޯޓު ހިންގޭކަށް، އިދާރީ ގޮތުން މި ކޯޓަށް މިނިވަންކަމެއް ނެތް މުވައްޒަފުން ލާކަށް." ސުއޫދު ވިދާޅުވިއެވެ.

ފަނޑިޔާރު ސުއޫދު ވިދާޅުވީ ސުޕްރީމް ކޯޓަކީ ދައުލަތުގެ އެއްބާރު ކަމަށާއި ނަމަވެސް، ތިބެން ޖެހިފައިވަނީ "ބަޔަކު ދިނިއްޔާ ކައިގެން، ފޮތް ފަންސޫރު ބަޔަކު ދިނިއްޔާ ހޯދައިގެން" ކަމަށެވެ.

ޖޭއެސްސީ އިން އިސްތިއުނާފު ކޮށްފައިވާ މައްސަލައިގެ އަޑުއެހުންތައް ނިމެން ކައިރިވެފައި ވަނިކޮށް ސުއޫދު ބެންޗުން ވަކިކޮށް ބެންޗަށް އައްޔަން ކުރައްވާފައި ވަނީ ފަނޑިޔާރު މަހާޒް އަލީ ޒާހިރު އެވެ. އެމައްސަލައިގެ އަޑުއެހުމެއް މިހަފްތާގައި ވަނީ ބާއްވާފައެވެ.

ސުޕްރީމް ކޯޓުގެ ގަވައިދުގައި ބުނެފައިވާ ގޮތުގައި ސުޕްރީމް ކޯޓަށް ހުށަހެޅޭ މައްސަލަތައް ބައްލަވާނެ ފަނޑިޔާރުންގެ މަޖިލިސްތައް އެކުލަވާލާނީ ކޯޓުގެ ޤަޟިއްޔާގެ ދަފްތަރުގައި މައްސަލައެއްގެ ގޮތުގައި ރަޖިސްޓްރީވުމުން އެމައްސަލައެއް ރަޖިސްޓްރީވާ ތަރުތީބުންނެވެ.

ފަނޑިޔާރަކަށް މައްސަލަ ބެލުމުން ތަނާޒުލު ވެވިދާނެ ކަމަށް ގަވައިދުގައި ބުނެފައި ވެއެވެ. ނަމަވެސް ފަނޑިޔާރުންގެ މަޖިލީހަށް އައްޔަން ކުރާ ފަނޑިޔާރަކު ތަނާޒުލު ނުވަނީސް ވަކިކުރެވޭނެ ގޮތެއް ގަވައިދުގައި ނޯވެއެވެ.

ޖޭއެސްސީ އިން ދައުވާ ކުރާ މައްސަލައިގެ ބެންޗުން ސުއޫދު ވަކިކުރި ސަބަބެއް ސުޕްރީމް ކޯޓުން ހާމައެއް ނުކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ދެބޯގެރި

    ބެންޗުން އެކަންޏެއްނޫން ޝަރުޢިދާއިރާއިންވެސްބޭރުކުރަންޖެހޭ މީހެއްތީ ތިމާވަރުގެ މޮޅު ތިމާވރުގެ ފުންނާބު އުސްމީހަކު ތިމާވަރުގެ ޤާނޫނު ދަންނަ މީހާކުނެތްކަމަށްދެކެގެން ތިމާނޫން އެހެން އެންމެންނަކީ ބައެއްނޫންކަމަށް ހީވެގެން އުޅޭ މީހެއްތީ މައްސަލަބަލާ ބެއްޗުގެ އިސް ފަނޑިޔާރަށްވުރެ ނުފޫޒުގަދަވާން ހީވެފައި އޮންނަނީ ތިމާމީ އުއްތަމަ ފަނޑިޔާރުކަމަށް އެކަމަށް ފައި އެނަގަނީ ސްޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް އެއްވެސްމިންބަރަކަށް ކުފޫ ހަމައެއްނުވޭ ޝަރުތުހަމަނުވޭ އަވަހަށްބޭރުކުރޭ

    17
    1
  2. ނުރަބެ

    ޖޭއެސްސީގަ އަދިވެސް ހިނގަނީޗޯރުގެ ބާރު މިހާރުވެސް އެއުޅެނީ ފާޑެއްގެ އަންހެންދައިތައެއްލަށްވާ މުއިއްޒުހުވާކުރާ ދުވަހަށް ގަޑުބަޑުހަދާ ހުވާކުރިޔަނުދޭން އަދިވެސް ޗޯރުވެރިކަމުގަ ގާނޫނާއިހިލާދަށް ބަހައްޓަންވެގެން.

    18
    2
  3. ނުރަބެ

    ޖޭއެސްސީގަ އަދިވެސް ހިނގަނީޗޯރުގެ ބާރު މިހާރުވެސް އެއުޅެނީ ފާޑެއްގެ އަންހެންދައިތައެއްލަށްވާ މުއިއްޒުހުވާކުރާ ދުވަހަށް ގަޑުބަޑުހަދާ ހުވާކުރިޔަނުދޭން އަދިވެސް ޗޯރުވެރިކަމުގަ ގާނޫނާއިހިލާފަށް ބަހައްޓަންވެގެން.

    10
    1
  4. ބުއްޅަބޭ

    ޔާމީނަށް ހުކުމް ކުރީމަ ބޮނޑިބޮވިއްޖެ އެއްނު!

    23
    1
  5. މާމީ

    ޔާމީން އައް ހައްގު ނޫން ހުކުމް ކުރި ހުރިހާ އާލާތުން އިރާދަކުރެއް ވިއްޔާ ރަނގަޅު ގޮތަކައް ނިމޭނީ