ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ވަރަށް މަސްވެރިކަން ކުރި ބޯޓުތަކެއް ޖޫރިމަނާ ކުރުމަށްފަހު، އަނބުރާ ފޮނުވާލައިފިއެވެ.

ފިޝަރީޒް މިނިސްޓްރީން ހާމަކުރި ގޮތުގައި ރާއްޖޭގެ އިޤުތިޞާދީ ސަރަޙައްދަށް ހުއްދަނެތި ވަދެ، މަސްވެރިކަން ކުރަމުން ދިޔަކަމުގެ ތުހުމަތުގައި ފާއިތުވި ސެޕްޓެންބަރު 18 ވަނަ ދުވަހު ރާއްޖޭން ބޭރުގެ ބޯޓުތަކެއް ވަނީ ހިފަހައްޓާފައެވެ.

ކޯސްޓްގާޑުން ހިފަހައްޓާފައިވަނީ ސްރީލަންކާއަށް ނިސްބަތްވާ 5 މަސް ބޯޓެއް ކަމަށާއި، އެ އުޅަނދުތައް ޖޫރިމަނާ ކުރުމުން، ޖޫރިމަނާ ފައިސާ ދެއްކުމުން، އަނބުރާ ފޮނުވާލާފައިވާ ކަމަށް ފިޝަރީޒް މިނިސްޓްރީން ވަނީ ބުނެފައެވެ.

މިނިސްޓްރީން މައުލޫމާތު ދިން ގޮތުގައި އެއިން ކޮންމެ ބޯޓެއް ޖޫރިމަނާ ކޮށްފައިވަނީ 100،000 ރުފިޔާއިންނެވެ. އެހެން ކަމުން އެއީ 500،000 ރުފިޔާއެވެ.

މިނިސްޓްރީން ބުނީ، މަސްވެރިކަމުގެ އާ ޤާނޫނަށް 2019 ގައި އަމަލުކުރަން ފެށި ފަހުން، ރާއްޖޭގެ ހާއްސަ އިޤްތިޞާދީ ސަރަޙައްދަށް ވަދެ ވަގަށް މަސްވެރިކަން ކޮށްފައިވާ ބޭރުގެ 20 މަސްބޯޓެއްގެ މައްސަލަ ބަލައި އެ އުޅަނދުތައް ޖޫރިމަނާ ކޮށްފައިވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު