މޯލްޑިވިއަން ރެޑް ކްރެސެންޓުން އިސްނަގައިގެން މަސްވެރިންގެ ޕާކު ސާފުކޮށް، އެ ސަރަޙައްދުން ގާތްގަނޑަކަށް 2 ޓަނުގެ ކުނި ނަގައިފިއެވެ.

"ކޯސްޓަލް އޭރިއާ ކްލީންއަޕް 2023" ގެ ދަށުން މަސްވެރިންގެ ޕާކު ސަރަޙައްދު ސާފުކުރުމަށްފަހު، އެ ސަރަހައްދުން ވަނީ 1.97 ޓަނުގެ ކުނި ނަގާފައެވެ.

މީގެ ތެރޭގައި ހިމެނެނީ 1.38 ޓަނުގެ ޕްލާސްޓިކް އަދި ރަބަރު ހިމެނޭ ކުންޏާއި، 570.4 ކިލޯގެ ހިކި ކުނި އަދި 24.6 ކިލޯގެ ތެތް ކުންޏެވެ. އެ ޖަމްއިއްޔާއިން ބުނީ އޭގެ ތެރޭގައިވެސް ގިނައީ ޓަޔަރުކަމަށެވެ.

ރެޑް ކްރެސެންޓުން ފޯރުކޮށްދޭ އެހީތަކުގެ ތެރޭގައި ނަފްސާނީ އިޖްތިމާޢީ އެހީތެރިކަން ފޯރުކޮށްދިނުމާއި، ކާރިސާތަކުން އަރައިގަތުމަށް ކުރަންޖެހޭ އެހެނިހެން މަސައްކަތްތައް ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު