"ދިޔަރެސް" ނޫހަށް ފިޔަވަޅު އަޅައި ދިނުމަށް ރައްޔިތުންގެ މަޖިލިހުގެ އައްޑޫ ސިޓީ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް ގޮވާލައްވައިފިއެވެ.

ދިޔަރެސް ނޫހުގައި ބުނެފައިވަނީ އިންތިގާލީ މަރުޙަލާގައި ސަރުކާރުގެ ވުޒާރާތަކާއި ކުންފުނިތަކުން ކުރަމުން އަންނަ އިތުރު އެއްވެސް ކަމެއް ހުއްޓުވައިފިނަމަ އޭސީސީގެ މެންބަރުންނަށް ފިޔަވަޅު އަޅުއްވާނެ ކަމަށް ވިދާޅުވެ، ރޮޒެއިނާ އިންޒާރު ދެއްވާފައިވާ ކަމަށެވެ.

މި ހަބަރާ ގުޅިގެން ރޮޒެއިނާ ކުރި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ދިޔަރެސް ނޫހުން އޭނާ ބަދުނާމުވާ ގޮތަށް ލިޔުނު ހަބަރަކަކީ ކަނޑައެޅިގެން ދޮގެއް ކަމަށާއި އެއްވެސް މީހަކަށް އިންޒާރުދީފައި ނުވާނެ ކަމަށެވެ.

އެހެންކަމުން މިފަދަ ދޮގު ހަބަރުތައް ފަތުރާ މީޑީއާތަކަށް ފިޔަވަޅު އެޅުމަށް ރޮޒެއިނާ ވަނީ މީޑީއާ ކައުންސިލަށް ގޮވާލައްވައިފައެވެ. އަދި ތަކުރާރުކޮށް ދިޔަރެސް ނޫހުން އޭނަގެ އަބުރު ކަތިލުމަށް މިފަދަ ދޮގު ހަބަރުތައް ގެނެސްދީފައިވާކަން ރޮޒެއިނާ ފާހަގަ ކުރެއްވިއެވެ.

މީޑީއާތަކުން މިފަދަ ދޮގު ހަބަރުތައް ނުފެތުރުމަށް ވެސް އޭނާ ވަނީ ގޮވާލައްވައިފައެވެ.

އިންތިގާލީ މަރުހަލާގައި ސަރުކާރުގެ ބައެއް ކުންފުނިތަކުން ހިންގަމުން އަންނަ ކަންކަމަކީ އެކަންކަން ހިންގުމުން ދައުލަތަށާއި ރައްޔިތުންނަށް އިއާދަނުކުރެވޭ ގެއްލުން ލިބިދާނެ ކަންކަން ކަމަށް ފާހަގަވާ ކަންކަން ހުއްޓުވަމުން އަންނަ ކަމަށް އޭސީސީން ބުނެފައިވެއެވެ.

ދިޔަރެސްއިން ތުހުމަތުކުރާ ގޮތުގައި މިކަންކަން އޭސީސީން ހުއްޓުވާތީ ސަރުކާރުގެ ކުންފުނިތަކުގެ ވެރިންނާއި ވަޒީރުން ވަރަށް ބޮޑަށް ނުރުހުންވެފައިވަނިކޮށް ރޮޒެއިނާ ވަނީ ކޮމިޝަނުގެ މެންބަރުންނަށް ގުޅުއްވައި، އެ ބޭފުޅުން އެ މަޝްރޫއުތައް ހުއްޓުވަނީ ރަނގަޅަށް ތަހުގީގުކޮށް ގޯސްކޮށް ކަމެއް ހިންގާކަން ނުވަތަ ނޫންކަން ކަށަވަރުނުކުރައްވައި ކަމަށް ވިދާޅުވެ ވަރަށް ބޮޑަށް ނުރުހުން ފާޅުކުރައްވާފައެވެ.

މީގެކުރިންވެސް ދިޔަރެސް ނޫހުންވަނީ ރޮޒައިނާގެ މައްޗަށް ތުހުމަތުތަކެއްކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

  1. ކާޅު ބާޒުު

    ފުރަތަމަ ބަލަންވީ އިނބަ މީހުންގެ އަބުރު ކައި ބޮއި ހަދާ މައްސަލަ...

  2. އަލީ

    ނެތް އަބުރެއް ކަތިލާނެ ގޮތެއް ނުވިސްނުނު

  3. މަޑުން ތިބެވާކަށް ނެތް

    ޒައިނާގެ އަބުރެއް އޮވޭތަ

  4. މާރުކާ

    ކަލޭގެ އަބުރެއް އިއްޒަތެއް އެބައޮތްތަ އެހެންމީހުންގެ އަބުރާ އިއްޒަތް ވެއްޔާމޮޑެލާފަ ކަލޭ ކޮންތާކުން ހޯދި ބިންތަކެއް ރިސޯޓެއް މިވެސް އަބުރު

  5. ލޮލޭ

    ތިޔަ ރޮޒޭނާ ދެން ސިޔާސީ މައިދާނުން ދުރަށްދޭ. ނޫނިއްޔާ އަނެއްކާވެސް އައްޑު ރައްޔިތުން ވޯޓު ދޭނެ ދޯ؟

  6. ހުސޭނުބޭ

    ހައްޖު ކޯޕަރޭޝަނުން އެބަޖެހޭ ވަގު ކޯޓާގައި ހައްޖަށް ދިޔަ މީހުންގެ މައްސަލަވެސް ބަލަން.

    17
  7. އަޖާއިބު

    ކަމަނާގެ އެކަނިތަ އަބުރުފުޅެއް އޮތީ، އެހެންމީހުންގެ އަބުރާއި ކަމަނާ ނުބެހެންތޯ؟

    23
  8. އަބުރުގެވާހަކަނުދައްކާ

    ކަލެއަކީ ބޮޑާކިބުރުވެރި މީހުންގެމައްޗައް ބާރުފޯރުވަން ބޭނުންވާ އަންހެނެއް އެކަންއެނގޭ ދައްކާފަހުންނަ ވާހަކަތަކުންނާ ތަންތަނައް ގޮއްސައުޅޭއުޅުމުންވެސް ދެން އަބުރުފުޅުކަތިލަނީއޭބުނީމަ އެވަަނީ ޖޯކަކައް އަބުރުފުޅު އެންމެގިނައިންކަތިލި އަންހެނަކައްވާނެ ކަލޭ

    20
  9. ސ

    މިހާރު ދިޔަރެސް ނޫހަ ބިރުދަކަންތޯ ތިދިމާކުރީ؟

    21
  10. ރެކިފުތާ

    ރޮޒޭވެސް އެއްކަލަހެން ވަނީއޭތި ތިފާޑައް އުޅޭތީ ފުތާ މިބުނަނީ މިފަހަރު ނުހޮވާނަމޭ.

    17
  11. އައިމަން

    އަސްލުވެސް ދޮގު ޚަބަރު ފަތުރާ މީހުންނަކީ އެއްވެސް ފެންވަރަކަށް ޢިލްމުލިބިފައިވާ ބައެއްނޫން، އެއީ ހަމަ ނަންބޯޑު އަޅުވާފައި ތިބި ނޫސްވެރިން ބަދުނާމުކުރާ ކޮހުންތަކެއް. ޢަބުރުގެ ދައުވާކުރުމަށް ރޮޒޭއަށް ބުނެ އަންގަން...

    3
    13
  12. ވިސްނާ

    މަރުވެފައިއޮތް އަބުރެއް ކަލޭގެއޮތީ؟ އޭތި ދެން ކަތިލެވޭނީ ކިހިނެތްތޯ؟