ތައުބީދީ މައްސަލަތައް ބަލައި ފިޔަވަޅު އެޅުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދަށް އިސްލާހު ގެނެސްފިއެވެ.

މިނިސްޓްރީ އޮފް ހޯމް އެފެއާޒުން އާންމުކުރި މި އިސްލާހުގައި ބުނެފައިވަނީ ބަންދު ދުވަސްތައް ކަމަށް ބުނެފައިވަނީ ސަރުކާރުން ބަންދު ދުވަސްތަކުގެ ގޮތުގައި ރައީސް ކަނޑައަޅާ ދުވަސްތައް ހިމެނޭ ގޮތުން ވަޒީފާއާބެހޭ ގާނޫނުގެ ބޭނުމަށް ކަނޑައަޅާފައިވާ ރަސްމީ ބަންދު ދުވަސްތަކަށެވެ.

އެގޮތުން ޕްރޮފެޝަނަލް ސްޓޭންޑާރޑްސް ކޮމާންޑަށް ހުށަހެޅޭ ތައުބީދީ މައްސަލަތައް 75 ދުވަހުގެ ތެރޭގައި ތަހުގީގުކޮށް ނިންމައި ޑިސިޕްލިނަރީ ބޯޑަށް ހުށަހަޅަންވާނެ ކަމަށް ބުނެފައިވެއެވެ. ހަމައެހެންމެ އެ 75 ދުވަސް ހަމަވާއިރު، ތަހުގީގު ނުނިމޭ މައްސަލަތައް ތަހުގީގު ނުނިމިވާ ސަބަބު ބަޔާންކޮށް ޑިސިޕްލިނަރީ ބޯޑަށް ހުށަހަޅައިގެން، އެ ބޯޑުން ނިންމާ ގޮތެއްގެ މަތިން މުއްދަތު އިތުރުކުރެވިދާނެ ކަމަށްވެސް ބުނެފައިވެއެވެ.

އަދި އެ މުއްދަތުގެ ތެރޭގައި ކޮމިޓީން މައްސަލަ ބަލައި ނުނިމިއްޖެނަމަ މައްސަލަ ނުނިމޭ ސަބަބާއި، ތާރީޚެއް މައްސަލަ ހުށަހަޅާ ފަރާތަށާއި ރައްދުވާ ފަރާތަށް އަންގަންވާނެއެވެ. މުއްދަތު އިތުރުކުރެވޭނީ ގިނަވެގެން 30 ދުވަހުގެ މުއްދަތަށެވެ. އަދި މުއްދަތު ގުނަން ފަށާނީ ބަންދު ދުވަސްތައް ނުހިމަނާ ކަމަށްވެސް އިސްލާހުގައި ބުނެފައިވެއެވެ.