އިސްރާއީލާއީލުން ފަލަސްތީނުގައި ހިންގަމުންދާ ހަމަ ނުޖެހުންތަކަށް ދާއިމީ ހައްލެއް ހޯދުމަށް ބައިނަލްއަގުވާމީ ސުލްހައިގެ ކޮންފަރެންސެއް ބާއްވަން ޖެހޭ ކަމަށް ތުރުކީގެ ރައީސް ތައިބް އުރުދުޣާން ވިދާޅުވެއްޖެއެވެ.

އުރުދުޣާން މިހެން ވިދާޅުވީ ސައުދީ އަރަބިއްޔާގެ ވެރިރަށް ރިޔާދުގައި ބޭއްވި އިސްލާމިކް-އަރަބި ޖޮއިންޓް ސަމިޓްގައި ވާހަކަފުޅު ދައްކަވަމުންނެވެ. ފަލަސްތީނުގެ ރައްޔިތުންނަށް އަމާންކަމާއި ރައްކާތެރިކަން އޮތީ އިޒްރޭލުން ދެމުންދާ ހަމަލާތައް އެކީގައި ހުއްޓާލައިގެން ކަމަަށް ވެސް އޭނާ ވިދާޅުވިއެވެ.

"އިސްރާއީލުން ބަދަލު ހިފަނީ ޣައްޒާގެ ތުއްތު ކުދިންނާއި، ކުޑަކުދިންނާއި އަދި އަންހެނުންގެ މައްޗަށް. އަދި ޣައްޒާއަށް ބޭނުންވަނީ މަދު ގަޑިއިރުކޮޅަކަށް މަޑުޖެހުމެއް ނޫން، އޭގެ ބަދަލުގައި އަޅުގަނޑުމެން ބޭނުންވަނީ ދާއިމީ ގޮތުގައި ހަނގުރާމަ ހުއްޓާލުމަށް." އުރުދުޣާން ވިދާޅުވިއެވެ.

ޣައްޒާއަށް އިންސާނީ އެހީތަކާއި ސިއްހީ ހިދުމަތްތައް ފޯރުކޮށްދިނުމުގައި އެއްބާރުލުން ދޭން ތުރުކީ އޮތީ ތައްޔާރަށް ކަމަށް ތުރުކީގެ ރިޔާސަތުން ވިދާޅުވިއެވެ.

"އަޅުގަނޑުމެންނަށް އެމީހުންގެ ވަޒަން ދިފާއުކުރާ ހަމާސް، ދެކޮޅުވެރިން ހިސާރުކުރާ ގައުމުތަކާ އެއް ކެޓަގަރީއަކަށް ނުބެހެއްޓޭނެ،" އުރުދުޣާން ވިދާޅުވިއެވެ.

އިސްރާއީލާއި ފަލަސްތީނުގެ ކޯޅުންތަކަށް ދާއިމީ ހައްލެއް ހޯދުމަށް ބިނާވެފައި އޮތީ 1967 ވަނަ އަހަރުގެ ބޯޑަރުތަކުގެ މައްޗަށް ބިނާކޮށް ފަލަސްތީނުގެ ދައުލަތެއް އުފެއްދުމަށް ކަމަށް ވެސް އުރުދުޣާން ވިދާޅުވިއެވެ.

"އަޅުގަނޑުމެން ގަބޫލުކުރާ ގޮތުގައި ބައިނަލްއަގްވާމީ ސުލްހައިގެ ކޮންފަރެންސަކުން މިކަމަށް އެންމެ އެކަށީގެންވާ އަސާސެއް ލިބިގެންދާނެ. މި ހާލަތުގައި ގާއިމްކުރަންޖެހޭ ސުލްހަ ދެމެހެއްޓުމަށް ގެރެންޓަރެއްގެ ގޮތުގައި ހިމެނޭ ގޮތަށް ކުރަންޖެހޭ މަސައްކަތްތައް ކުރަން ތައްޔާރަށް މިތިބީ،" އޭނާ ވިދާޅުވިއެވެ.

އިސްރާއީލުން ޣައްޒާއަށް ނިއުކްލިއާ ހަމަލާއެއް ދިނުމުގެ ޚިޔާލާ ގުޅޭ ގޮތުން އިސްރާއީލުގެ ހެރިޓޭޖް މިނިސްޓަރު އަމީހައި އެލިޔާހޫ ދެއްކެވި ވާހަކަތަކުން އިސްރާއީލުގެ ނިއުކްލިއާ ހަތިޔާރު ހުރިކަން ހާމަވެގެން ދިޔަ ކަމަށް އުރުދުޣާން ވިދާޅުވިއެވެ.

"އިންޓަނޭޝަނަލް އެޓޮމިކް އެނާޖީ އެޖެންސީގެ އެގްޒަމިނާސް ފޮނުވައިގެން ފޮރުވިފައި ހުރި ނިއުކްލިއާ ބޮންތަކެއް ހުރި ނަމަ އެކަންކަން ވެސް ހާމަކުރަން ޖެހޭ،" އުރުދުޣާން ވިދާޅުވިއެވެ.

އިސްރާއީލުގައި ނިއުކްލިއާ ހަތިޔާރު ހުރިކަން އާންމުކޮށް ގަބޫލު ނުކުރި ނަމަވެސް އެމެރިކަން ސައިންޓިސްޓުންގެ ފެޑެރޭޝަނުން ލަފާކުރާ ގޮތުގައި އިސްރާއީލުގައި ގާތްގަނޑަކަށް 90 ނިއުކްލިއާ ވޯހެޑް ހުރެއެވެ.

މިދިޔަ އޮކްޓޫބަރ މަހުގެ 7 ގައި ހަމާސް އިން އިޒްރޭލަށް ވަރުގަދަ ހަމަލާތަކަކާ ގުޅިގެން އިޒްރޭލުން ވަނީ ފަލަސްތީނާ ދެކޮޅަށް ވަރުގަދަ ހަނގުރާމައެއް ފަށައިފަ އެވެ. އެގޮތުން މިހާތަނަށް ފަލަސްތީނުގެ ކުށެއްނެތް މައުސޫމު 11،000 އަށް ވުރެ ގިނަ މީހުން ޝަހީދުވެފައިވެ އެވެ. އޭގެ ތެރޭގައި ގިނައީ ކުޑަކުދިންނާއި އަންހެނުންނެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ހުވަދު

    ކޮންފަރެންސް ބާއްވައިގެން ލިބޭނެ ސުލްހައެއް ނެތް. ސުލްހަ ލިބޭނީ ދީނުގައި އޮންނަގޮތަށް ކަންކަން ކޮށްގެން.

    29
    1
    • ހާމުންޑި.

      ތިއަބުނާ އެއްޗެއް ދަންނަ މީހަކު މިހާރަކު ނެތޭ. ކޮންމެ މީހަކު ވެސް އާޔަތެއް ނޫނީ ހަދީސެއް ކިއާފަ އޭނާ ބޭނުންވާ ގޮތް ފަތުރަނީ. ހުސް ރޯނު އެދުރުން.

      2
      2
  2. ޙ

    އިޒުރޭލު ނެތިކޮއްލާ އޭރައް ހަމަޖެހޭނެ

    20
    1
  3. ސިޔަޅޭ

    ޢެއްކޮޅުން މިސައިލް އަނެއްކޮޅުން ސައިފޮދު

    10
  4. އަލީ

    ޤުރްޢާނާ ސުންނަތުގަ ވާ ގޮތާ ހިލާފައް އެއްވެސް ކަމެއްގެ މައްޗައް ކުރިއެރުމެއް ނުލިބޭނެ

    10
    1
  5. އަޒްރާ

    ސަޢުދީގެ ވަލީޢަޙުދާއި ޢަރަބި ގައުމުތަކާ އޮންނަ ގިޅުން ގޯސް ވުމުގެ ނަތީޖާ މިފެންނަނީ މީނާ ދުވަނީ އެމެރިކާއާއި އެކު ހުރިހާ ޔަހޫދީން ފަހަތުން މީނާ މީ ދުނިޔެއަށް ޑިމކްރަސީ ގެންނަން މަސައްކަތް ކޮއް ސަޢުދީ އަރަބިއާ މިޔުޒިކް ފެސތިވަލްތަކާ ބާތަކާއި ތަންތަން ހުޅުވަން ހުއްދަދީ ހުރިހާ ފާޙިޝި ކަމަކަށް ދޮރުހުޅުވާލަދިން މީހެއް