ރާއްޖޭގެ ރައީސް ކަމުގެ ހުވާ ކުރުމަށް މިއަދު ހަވީރު ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި، އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަހުމަދަށް އިހުތިރާމް އަދާކުރެއްވުމުގެ ގޮތުން، އާ ސަރުކާރުގެ ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫން ކޮޅަށް ތެދުވެވަޑައިގެންނެވުމުން ގިނަ ބަޔަކު ތައުރީފްކޮށްފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ކަމުގެ ހުވާ ކުރެއްވި ޖަލްސާގައި ގިނަ އަދަދެއްގެ ބަޔަކު ވަނީ ބައިވެރިވެފައެވެ. އޭގެ ތެރޭގައި ރާއްޖެއާއި ރާއްޖޭން ބޭރުގެ ބައެއް އިސް ބޭބޭފުޅުން ހިމެނެއެވެ.

އެ ޖަލްސާގައި ބައިވެރިވަޑައިގަންނަވަން ރައީސް ސޯލިހާއި އެ މަނިކުފާނުގެ އަބިކަނބަލުން ފަޒްނާ އަހުމަދު ހިންގަވާފައި ވަޑައިގެންނެވިއިރު އެ ތަނުގައި ތިއްބެވި ގިނަ ބޭފުޅުން ތިއްބެވީ އިށީނދެވަޑައިގެންނެވެ. ރައީސް ސޯލިހު އެހިސާބަށް އަރާވަޑާއިގަތުމާއެކު ޣައްސާން ވަނީ ރައީސް ސޯލިހަށް އިހްތިރާމް އަދާކުރުމުގެ ގޮތުން ކޮޅަށް ތެދުވެވަޑައިގެންފައެވެ.

އެ މަންޒަރު ފެނުމުން ގިނަ ބަޔަކަށް އެއީ ތަފާތު މަންޒަރަކަށްވެ، ޣައްސާނަށް ތައުރީފްކޮށްފައެވެ. އަދި އެމަންޒަރު ފެނި އާންމު ފަރާތަކުން ވަނީ ޣައްސާންގެ ބައްޕާފުޅު ކުރީގެ ރައީސް މައުމޫން ޢަބްދުލް ޤައްޔޫމް ޓެގްކޮށް ޓްވީޓެއް ކޮށްފައެވެ.

ރައީސް ސޯލިހަށް އިހުތިރާމް އަދާކުރުމަށް ކޮޅަށް ތެދުވެވަޑައިގަންނަވާ ވީޑިއޯއަކާއިއެކު އެޓުވީޓުގައި އޭނާ ބުނެފައިވަނީ، " މީ ހަމަ ޔަގީނުންވެސް ވަރުގަދަ ބަފަޔަކު ތަރުބިއްޔަތު ކޮށްފައި ހުރި ދަރިއެއް" ކަމަށެވެ.

ޣައްސާނަށް ތައުރީފުކޮށްފައިވާ މި ޕޯސްޓަށް ކޮމެންޓުކުރި ހައިދަރު ކިޔާ މީހަކު ބުނީ ރާއްޖެއަށް ބޭނުންވަނީ އެފަދަ އިހުތިރާމް ކަމަށާއި، ގައުމިއްޔަތު ބިނާކުރެވޭނީ އިހްތިރާމްކުރަން ދަންނަ ޖީލެއް ބިނާކުރެވިގެން ކަމަށެވެ.

އިތުރު މީހަކު ކޮމެޓްކޮށް ބުނެފައިވަނީ، ގައުމުގެ ރައީސް ވާނީ ގައުމުގެ ރައީސަށް ކަމަށާއި އެއީ ޣައްސާންގެ އެ އަމަލަކީ ރިވެތި އަހުލާގުގެ ނަމޫނާއެއް ކަމަށެވެ. އަދި ސިޔާސީ ގޮތުން ހިޔާލު ތަފާތުވިޔަސް ވެރިން ވާނީ ވެރިންނަށް ކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ހަންޑިކުޑަ

    އެއީ ހަމަ އާޓު ދެއްކުން.

    1
    27
  2. Anonymous

    ރައީސް މައްމޫނުގެ ހުރިހާ ބޭފުޅުންވެސްނަކީ ވެސް ވަރަށް އުޅުއްވުން ،އަޚްލާޤް ރިވެތި ބޭފުޅުންކޮޅެއް.

    32
    1
  3. ކޮއްޔާ

    މިތައުމުގައި މިހާރު އެރީތި އާދައެއް ނޯވޭ // އިހްތިރާމް ނުދަނޭ //
    އެއީ މިތަނުގައި ބަޔަކުފެތުރި ސިޔާސަތެއް ...
    އެހެނަސް ގައްސާނު ސަޅި //

    26
    • މާހިރާ

      އެކަމަކީ، ކުރަން ނުޖެހޭކަމަކަށްވާތީ ދޫކޮށްލީ. އެއީ، ( مّنٔ أحب أن يمثل له الرجال قياما فليتبوأ مقعده من النار ) މި ޙަދީޘްގައި މިގޮތަށް އަންގަވާފައި ވާތީ.

  4. ބަރުގޮނު

    ކަށަވަރުންވެސް މިއީ ޣައްސާނަށް ލިބިވަޑައިގެންފައިވާ ތަރުބިއްޔަތުގެ މަތިވެރިކަން ދައްކުވައިދޭ ކަމެއް.

    30
  5. ޥެލާ ނަޑަރު

    ޤައްސާނު އަދި ބިރު ފަހަނަ އަޅާ ނުދަނީ ! ބިރު ފަހަނަ އަޅާ ދިޔައިމަ ޖެހޭނީ ތަޅާނެ ކުދިން ކޮޅެއް ހޯދަން

    4
    17
  6. ޕޭމަންޓް

    ތީ މައްސަލަޔަކީ ތިޔަހިސާބުން ތި ސޯލިހު ހީކުރާނީ ޤައްސާނު އެއީ ގަމާރެއްކަމަށް. ތަނެން ދޮރެއް ނެއިގޭ ޖާހިލުންނަކީ މީހުން ކުރާ ރަނގަޅު ކަންތަކުގެ ނާޖައިޒް ފައިދާ ނަގާމީހުން އެމީހުނަށް ޖެހޭނީ އެމިހުން ކަންތައް ކުޜާ އުސޫލުން ކައްތައްކުރަން

    1
    2
  7. މާހިރާ

    އެކަމަކީ، ކުރަން ނުޖެހޭކަމަކަށްވާތީ ދޫކޮށްލީ. އެއީ، ( مّنٔ أحب أن يمثل له الرجال قياما فليتبوأ مقعده من النار ) މި ޙަދީޘްގައި މިގޮތަށް އަންގަވާފައި ވާތީ.