ކޮންމެ އަހަރެއްގެ ވެސް އިރުވައި މޫސުމަކީ ރާއްޖޭގެ ކަންކޮޅުތަކައް އެކި ވައްތަރުގެ ދޫނި ހިޖުރަ ކުރާ މޫސުމެކެވެ. އެ ގޮތުން މި ފަހުން ރާއްޖެއަށް އިރުވައި މޫސުމާއި ކައިރިކޮށް އަންނަން ފެށި ދޫނިތަކުގެ ތެރެއިން މީހުން އެންމެ އަޅައިގެން، ގަޔާވާ އަދި ރީތިކަމަށް ފާހަގަ ކޮށްލެވުނު އެއް ވައްތަރެއް ގެ ދޫންޏަކީ "ފްލެމިންގޯ" ނުވަތަ ދިވެހި ބަހުން ނަމަ ގުޑުގުޑާ ދޫންޏެވެ.

ރާއްޖޭގެ ތިލަދުންމަތީ ސިޓީއެއް ކަމަށް ވާ ކުޅުދުއްފައްޓަށް މި ދޫނީގެ އައިނުތަކެއް ވޭތުވެ ދިޔަ 3 އަހަރު އިރުވައި މޫސުމާއި ދިމާކޮށް ޒިޔާރަތްކޮށްފައިވާކަން ފާހަގަ ކޮށްލަން ޖެހެއެވެ.

ކުޅުދުއްފުށީ ކުޅިން އަނެއްކާވެސް ގުޑުގުޑާ ދޫނީގެ ހިތްގައިމު މަންޒަރު - ފޮޓޯ: ކުޅުދުއްފުށި މިހާޒް

ކުޅުދުއްފުށީ ސިޓީގެ ކައުންސިލް މެންބަރު މުޙައްމަދު ދާވޫދު "ވަގުތައް" ވިދާޅުވިގޮތުގައި، މި ދޫނިތައް ފުރަތަމަ އެ ރަށުގެ ކުޅިއަށް އަންނަން ފެށީ 2021 ވަނަ އަހަރުގެ ފަހުކޮޅުއެވެ. އަދި އިރުވައި މޫސުން ނިމެންދެން ކަހަލަ ގޮތަކަށް އެސޮރުމެން އެ ރަށުގެ ކުޅީގެ ފަޅުފިލުވަމުން ދާކަމަށްވެސް ވިދާޅުވިއެވެ.

"ކުރިން ފަހަރު 11 ވަރަކަށް ދޫނި އައި، މިފަަހަރު އަދި ފެންނަނީ 5 ވަރަކަށް ދޫނި." ދާވޫދު ފާހަަގަކުރެއްވިއެވެ.

ކުޅުދުއްފުށީ ކުޅިން އަނެއްކާވެސް ގުޑުގުޑާ ދޫނީގެ ހިތްގައިމު މަންޒަރު - ފޮޓޯ: ކުޅުދުއްފުށި މިހާޒް

އެންމެ ގިނަ އަދަދަކަށް އެ ބާވަތުގެ ދޫނި ޒިޔާރަތް ކުރީވެސް 2021 ވަނަ އަހަރުކަން ދާވޫދު ފާހަގަ ކުރެއްވިއެވެ. އަދި މިހާރުވެސް 5 ވަރަކަށް ދޫނި އެރަށު ކުޅީ ސަރަހައްދުން ފެންނަމުން ދާކަމަށް އޭނާ ވިދާޅުވިއެވެ.

ކުޅުދުއްފުށީ ކުޅިން އަނެއްކާވެސް ގުޑުގުޑާ ދޫނީގެ ހިތްގައިމު މަންޒަރު - ފޮޓޯ: ކުޅުދުއްފުށި މިހާޒް

މީގެ އިތުރުން ދާވޫދޫ ފަހަގަ ކުރެއްވީ އެރަށު ރައްޔިތުން އެ ދޫނިތަކަށް ކޮންމެ އަަހަރަކުވެސް މަރުހަބާ ކިޔާ ކަމަށާއި، އެ ދޫނިތަކަށް އެ ރަށު މީހުން ދޭ އިހުތިރާމާއި، ރައްކާތެރިކަމުގެ ސަބަބުން އެސޮރުމެނަށް ކުޅުދުއްފުށީގެ ކުޅިއަކީ އަމާން ރައްކާތެރިތަނެއްގެ ގޮތުގައި ވެގެންދާކަމަށެވެ.

އަދި އެރަށުގެ ރައްޔިތުންގެ އިތުރުން، ކައިރި ރަށްތަކުގެ މީހުންވެސް މި މޫސުމުގައި އެ ދޫނިތައް ބަލާލުމަށް ކުޅުދުއްފުއްޓަށް ޒިޔާރަތް ކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު