ދިރާސީ އާ އަހަރު 2025 އިން ފެށިގެން ޖެނުއަރީގައި ފަށާގޮތަށް ތައުލީމާއި ބެހޭ ވަޒީރު ޑރ. އިސްމާއިލް ޝަފީއު މާލޭގެ ސްކޫލްތަކުގެ ޕްރިންސިޕަލުންނާ އެކު ބޭއްވި ބައްދަލުވުމެއްގައި މިއަދު ވިދާޅުވެއްޖެއެވެ.

ވެރިކަން ބަދަލުވުމާއި ގުޅިގެން ކެބިނެޓުވެސް މިވަނީ ބަދަލުވެފައެވެ. އެގޮތުން ތައުލީމީ ވުޒާރާއަށް އިސްކުރެއްވީ ޑރ. އިސްމާއިލް ޝަފީއުއެވެ. މާލޭގެ ސްކޫލުތަކުގެ ހުރިހާ ޕްރިންސިޕަލުންނާ ވަޒީރު މިއަދު ވަނީ ބައްދަލުކުރައްވައި ޕްރިންސިޕަލުންގެ ކަންބޮޑުވުންތައް އަޑުއަހާފައެވެ.

މައުލޫމާތު ލިބޭގޮތުގައި 2025 ވަނަ އަހަރުން ފެށިގެން ދިރާސީ އާ އަހަރު ޖެނުއަރީގައި ފަށާގޮތަށް ބަދަލުކުރެވިގެންދާނެ ކަމަށް މިބައްދަލުވުމުގައި ވަޒީރު ވަނީ ވިދާޅުވެފައެވެ.

ރާއްޖޭގެ ތާރީޚުގައިވެސް ދިރާސީ އާ އަހަރު ފަށަމުން އައީ ޖެނުއަރީމަހުގައެވެ. ދިރާސީ އާ އަހަރު ބަދަލުކުރެވުނީ ކޮވިޑް ޕެންޑަމިކާއި ގުޅިގެންނެވެ. ޕެންޑަމިކް ތެރޭގައި ޓޫރިޒަމް ދާއިރާގެ ގިނަ ބައެއްގެ އެދުމުގެ މަތިން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ދިރާސީ އާ އަހަރު އޮގަސްޓުގައި ފަށާގޮތަށް ނިންމާފައެވެ. މި ނިންމުމާއި ގިނަ ރައްޔިތުން އޭރު ނުރުހުން ފަޅުކުރިއެވެ.

ދިރާސީ އާ އަހަރު މީގެ ކުރިން ބަދަލުކޮށްފައިވަނީ، ކުދިންގެ ކިޔެވުން އެއް އަހަރުން، ދޮޅު އަހަރަށް ދެންމުމަށް ފަހުގައެވެ. މިއަދުގެ ބައްދަލުވުމުގައި މިނިސްޓަރު އިސްމާއިލް ވަނީ، އަލުން އެ ބަދަލުތައް ގެންނާނީ ދިރާސާ ކުރުމަށްފަހުގައި ކަމަށް ވިދާޅުވެފަ އެވެ. ސްކޫލުތައް ފަށާ ދުވަސްވަރު ބަދަލުކުރުމަކީ މި ރިޔާސީ ކެމްޕެއިންގެ ތެރޭގައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދެކެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

  1. ސާބަހޭ

    ރަނގަޅު ނިންމުމެއް. ޓޫރިޒަމް ދާއިރާގައި ގިނައީ ބިދޭސީން. މަދު ދިވެހިންގެ ބަޔަކު އުޅެނީ އެދާއިރާގެ. އެދާއިރާގެ މީހުން ބުނިގޮތަށް ދިރާސީ އާ އަހަރު ބަދަލުކުރިއިރު، އެގޮތަށް ހެދުމުން ވެސް ބައެއް ރިސޯޓްތަކުން ޗުއްޓީ ހަމަ ހިފަހައްޓާ، ވާނީވެސް އެހެން ތަން ބަންދުކޮށްފައި ހުރިހާ އެންމެނަކަށް ޗުއްޓީއަކަށް ނުދެވޭނެ.
    ދެން އޮތީ ސަރުކާރު އޮފީސްތައްވެސް ބަންދުކޮށްފައި ޗުއްޓީއަށް ނުދެވޭނެ. އާ އަހަރު ފެށުން ބަދަލު ކުރުމުން ވާނެ އެންމެ ބޮޑު ފައިދާއަކީ ދަތުރުފަތުރު ކުރަން ރަނގަޅު މުސުމެއް އޮތުން.

    49
    3
  2. Anonymous

    ރާއްޖޭގެ ރިސޯޓްތަކުގައި ދިވެހި މުވައްޒަފުންގެ ނިސްބަތްމަދު. ހާއްސަކޮށް މަތިފަޑީގައި. ނަމަވެސް ކޮންމެ އާއިލާއެއްގައިވެސް ކިޔަވާ ކުއްޖަކާއި އެހެން ވަޒީފާތައްއަދާ ކުރާ މީހުންތިބޭ. ޒަމާނުއްސުރެ ދިވެހިންގެތައުލީމީ ނިޒާމު ބައްޓަންވެފައި އޮންނަނީ އަހަރުގެ ކުރީކޮޅު ފަށައިފަހުކޮޅަށް ނިންމާގޮތަށް. އަދި މުޅި ދުނިޔޭގައިވެސް އަހަރުނިމި ޖެހިގެން އަންނަ އަހަރު ފަށާ ދުވަސްވަރަކީ ބޮޑު ޗުއްޓީ ދުވަސްވަރު. މިކަން ރާއްޖޭގައިވެސްއޮތީ މިހެން. އެހެނަސް ކޮވިޑާއި ގުޅިގެން ރިސޯޓް މުވައްޒަފުންއޭގެ ނާޖާއިޒު ފައިދާ ނަގައި ސްކޫލް ބޮޑުޗުއްޓީ އަހަރު މެދަށް ބަދަލުކުރަން ހިފީ އެހެންގައުމުތަކު މީހުން ބޮޑުޗުއްޓީ އަހަރުފަހުކޮޅަށް ހަދައި ޗުއްޓީއަށް ރިސޯޓަށް އަންނާތީ ސީޒަންތެރެވީމަ ޗުއްޓީ ނުލިބެޔޭ ކިޔައި މިބައިމީހުންގެ ފަސޭހަކަށް. އިބޫގެ ވެރިކަމުން ފެނުނީ މިފަދަ މަދުބައެއްގެ ހިޔާލަށް ގައުމުގެ މެޖޯރިޓީ ވިސްނުމާ ދެކޮޅަށް ކަންކަން ނިންމާފައިވާތަން

    41
    2
  3. ޢަލީ

    ދެން އަންނަ ދައުރެއްގައި އަން ރައީސަކު އަނެއްކާވެސް އެހެން ގޮތަކަށް ބަދަލުކުރާނި. ހުރިހާ ގެއްލުމެއް ކިޔަވާ ކުދިންނަށް.

    36
    4
    • އަޙްމަދު މާހިރު

      ތައުލީމާ ބެހޭ ގާނޫނަށް ބާބެއް އިތުރު ކުރަން ފެނޭ ދިރާސީ އާއަހަރު ފެށޭނީ ޖެނުއަރީ ގައޭ ނިމޭނީ ޑިސެންބަރު ގައޭ ދެން މި ގާނޫނު ފާސްކުރާނީ މަޖިލީހުގެ 3 ބައިކޮޅަ 2 ބައިން ބަދަލެއް ގެންނަންވެސް 3 ބައި 2 ބައި ބޭނުންވާގޮތަށް

  4. ޒާ

    ރަނގަޅު. މިހާރު ހީވަނީ މެންދުރުފަހު ނިދާފައި އިރުއޮއްސޭވަގުތު ހޭލެވުމުން ފަތިސްވީކަމަށް ހީކޮށް އުޅޭހެން މުޅި ނުޒާމު އޮޅިފަ އޮންނަނީ.

    38
    2
  5. ކަޅުމަންޖެ

    ވަރަށްވެސް ރަނގަޅުނިންމެވުމެއް. ޱިސެމްބަރ ގައި ބޮޱު ޗުއްޓީ

    51
    2
  6. ތަޢުލީމީ ވިސްނޭ ދިޔަން

    ވ.ރަނގަޅު. ކުރީ ސަރުކާރުން ވ. ބޭނުންވެފައޮތް ކަމެއް ނުވެގެން އުޅިނިކޮށް ކޮވިޑާކުރިމަތިވީ. ދަނޑިވަޅުބަލާފަ ކޮވިޑާމަތިކޮށް އެ ބަދަލުގެނައި. ދެން މިހާރުގެ ސަރުކާރުން އެކަން އިސްލާހުކުރުމަކީ ބުއްދިވެރިކަމެއް. ދަރިވަރުންނަށް ގެއްލުން ކުޑަވާނީ މި ހިނގާ ދިރާސީ އަހަރާ (3ވަނަ ކުއާޓާގެ ނިޔަލަށް) ކުރިއަށްއޮތް ދިރާސީ އަހަރުވެސް އޭޕްރިލްގަ ފަށާފަ ނޮވެމްބަރ ގަ ނިންމިއްޔާ. އޭރުން ބޮޑު ޗުއްޓީއަށްފަހު 2025 ޖަނަވަރީ މެދުތެރޭ އާ ދިރާސީ އަހަރު މި ހެޔޮ ބަދަލާއެކު ފަށާނީ. ކުދިންނަށް ވާ ގެއްލުން ކުޑަވާނެ.

    13
    2
  7. ޑައެލޯގް

    މިނިންމުންރަގަޅެވެ. ސަބަބަކީ ޑިސެމްބަރުގައި ރާއްޖޭގެ މޫސުމްރަގަޅުވާނެތީއެވެ. ކައިރި ލަންކާ، ކެރެލާވެސް ޖޫންގައި ފެންވާނެއެވެ. ދެންއޮތީ ދިއްލީ، ޑުބާއީ ބެލްޓްގެ ރަށްތަކެވެ. އެތަންތަން ވަރަށް ހޫނުވާނެއެވެ. ވީމާ ޑިސެމްބަރު ޗުއްޓީ ބަރާބަރެވެ.

    21
  8. އަހްމަދު

    ދިރާސީ އަހަރު ޖުލައިގައި ފަށަން ނިންމީ ވަޢުދު ފުއްދަން ވެގެންނެއް ނޫން! ކޮވީޑާހެދީ މަޖްބޫރުވެގެން! އަޅުގަނޑު ތާޢީދު ކުރަނީ ޖެނުވަރީގައި ދިރާސީ އަހަރުފަށަން!
    ރިސޯޓް ތަކުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ޗުއްޓީ ނުލިބޭނީ ޑިސެމްބާރ 23 ފެށިގެން ޖެނުވަރީ 10ގެ ނިޔަލަށް! އެއީ ހުރިހާ ރިސޯޓެއްވެސް ކޮޓަރި ވިއްކާނީ އަގުބަޑުކޮށް ވެފައި ގެސްޓުންނަށް ދޭންޖޭހޭ ހިދުމަށްވެސް ވަރަށް ރަނގަޅުކުރަން ޖެހޭތީ!

  9. އަލިފުތާ

    ކުރީފަހަރު 6 މަސް އިތުރުވީ! މިފަހަރުވެސް 6 މަސް އިތުރުރުތަވާނީ؟

  10. ކުޑަކަތީބު

    ތި ވައުދުގެ ފަހަތުން ރިސޯޓް މުއައަޒަފުން ނަށް ވި ވައުދު ކޮބައިތޯ، އެ ފަހަށް ރައްކަކުރެއްވީތޯ. . . ޓުއަރިޒަމް މިނިސްޓަރަށް އެނގިއަށް ނުލައްވާ ވައުދެއް ވިކަންވެސް - - އެސޮރު އެބައިން ސައިދު ފުރަގަހުގެ ބޮންދެއްހެން . . . ކޮނމެސް މީހަކު ކޮއްޓާލާފަ ބުނެދީބަލަ ތިހެން ނުހުރެ ތެޅިގަންނާށޭ ކަމެއް ނުވިޔަސް!

    1
    4
  11. ޑަސްބިން

    ސަޅި އިނގޭ. 6 މަސް ގެއްލުން ނުވާހެން ހަދަންވާނީ. އޭރުން ދެންވެސް އިތުރު ވަގުތު ބޭކާރުނުވާނީ