ހދ.ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓަށް ވަރިވުމަށް އެދި ހުށަހެޅި މައްސަލައެއްގައި ހިމެނޭ އަންހެނަކަށް ގުޅައި މެސެޖުކޮށް ހެދިކަމުގެ ތުހުމަތު ކުރެވޭ ހދ.ޖުޑީޝަލް ދާއިރާގެ އިސްމެޖިސްޓްރޭޓް އަލީ އާދަމް މަގާމުގެ ދަރަޖަ ދަށް ކޮށްފިއެވެ.

ޖޭއެސްސީން އެ ފަނޑިޔާރާއި ގުޅޭގޮތުން އިތުރު މައްސަލައެއް ބަލަމުން ދިޔައެވެ. އަދި އޭނާއާ ގުޅޭގޮތުން ބަލަމުންދިޔަ ސީރިއަސް މައްސަލަތަކަކާއި ގުޅިގެން، ސުލޫކީ މައްސަލަ ސާބިތުވެ، އޭނާ މަގާމުން ވަކިކުރުމަށް ދެފަހަރެއްގެ މަތިން، ޖުލައި 23 ވަނަ ދުވަހުގަ އާއި އޮކްޓޫބަރު 26 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހަށް ވަނީ ލަފާ އަރުވާފައެވެ.

ޖޭއެސްސީން މިއަދު ބުނީ ކުޅުދުއްފުށި މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅުނު މައްސަލައެއްގައި ކަމާބެހޭ މައުލޫމާތު ސާފުނުކޮށް، މައްސަލަ އެކަށީގެންވާ މިންވަރަށް ދިރާސާކޮށްފައި ނުވާތީ، އޭނާގެ މައްްސަލައެއް ބެލުމަށް ފަހު ފަރުވާކުޑަކޮށްފައިވާކަން ތަހުގީގަށް ސާބިތުވާ ކަމަށެވެ،

އެހެންކަމުން، އޭނާގެ މަގާމަށްވުރެ ދަރަޖަ ދަށްކުރުމަށް ފެންނަކަމަށް ކޮމިޝަނުން ރޭ ބޭއްވި 76 ވަނަ ޖަލްސާގައި ނިންމާފައިވާ ކަަމަށްވެސް އެ ބަޔާނުގައި ވެއެވެ.

މިގޮތުން މިއަދުން ފެށިގެން އޭނާ އެ ކޯޓުގެ މެޖިސްޓްރޭޓްގެ މަގާމަށް ބަދަލުކުރެވިފައިވާ ކަަމަށް ޖޭއެސްސީން ބުނެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. Anonymous

    ގާޒީ.... ހަޑިދޯދެން. އަވަހައް އިސްލާހުވާން އަޒުމްކަނޑައަޅާގެން ކުރިއްދޭ ކުރިއަށްއޮތްތާ އެކަހަލަ ކަމެއްނުކުރާން. ވަރައް ސަލާން

  2. އަމަލު

    ނަޒާހަތްތެރިކަން ހުންނަންޖެހޭ މަގާމްތަކުގައި ތިއްބަވާ ބޭފުޅުން ނަޒާހަތްތެރިކަން ގެއްލުމުން ވަޒީފާވެސް ގެއްލެންޖެހޭނެ. މިއީކީ އަދި ހަމަޖެހޭ އުސޫލެއްނޫން މަގާމް ދަށްކުރުމަކީ..

  3. Anonymous

    ކިހާ ދެރަކަމެއް މިއީ. އިންޞާފު ގެއްލުނީމާ މީނާއަށް ކޮން އުސޫލަކުން އެހެން ކަންކަމަށް އިންޞާފު ހޯދަދެވޭނީ.

    ދެން މީނާ އަށް މިކަން ނުކުރެވޭގޮތް ހަދާފަ އެހެން ކަމަކާއިގެން އުޅޭށޭ ބުނެބަލަ.

    ކައިވެނި/ވަރި ކޮށްދޭ އޮފީސް މަސައްކަތް ކުރިއްޔާ ރަނގަޅުވާނެ ކަމަށްދެކެން.

  4. މާދިން

    އަންހެނުންނާއި ފިރިހެނުން ހަމަހަމަ ކަމަށް އޮންނަ އިރު އިންތިޚާބީ މަޤާމުތަކުގެ ގޮނޑި އަންހެނުންނަށް ޚާއްޞަކޮށްގެން ދޭ ޒަމާނެއްގައި؛ ފިރިހެނަކު ހިތުގައި ހިނގާ ޝުޢޫރެއް އެއީ ކޮންމެ މަޤާމެއްގައި ހުރި މީހަކަށްވިއަސް އެމީހެއްގެ ރަސްމީ މަސައްކަތުގަޑި ނޫން ވަގުތުގައި އިސްލާމްދީނާއި ޚިލާފު ނޫން ކޮންމެ ވާހަކައެއް އަންެހެނަކާ ވިއަސް އަދި ފިރިހެނަކާވިއަސް ދުލާއި ޤަލަމުން ހުށަހެޅުމުގެ ފުރުޞަތު އޮންނަން ޖެހޭނެ ނޫންތޯ؟ އެކަން ކުށަކަށްވާންޖެހެނީ ކީއްވެތޯ ސުވާލު އުފެދޭތީ ބުނެލީ.