ކައުންސިލްތަކުގެ ރައީސުންނަށް ކޮންމެ މަހަކު މުސާރައިގެ ގޮތުގައި 25،000ރ. ލިބޭ ގޮތަށް އެ ކައުންސިލަރުންގެ މުސާރަ %33 ބޮޑު ކުރަން ރައްޔިތުންގެ މަޖިލިހުގެ މާލިއްޔަތު ކޮމިޓީ އާއި ބަޖެޓް ކޮމިޓީ އަށް ލަފާ ދިނުމަށް ލާމަރުކަޒީ ކޮމިޓީން މިއަދު ނިންމައިފިއެވެ.
ލާމަރުކަޒީ ކޮމިޓީން އެގޮތަށް ނިންމާފައި ވަނީ މިއަދު ބޭއްވި ބައްދަލުވުމުގައެވެ.
ސިވިލް ސާވިސްގެ މުސާރައިގެ އޮނިގަނޑަށް ގެނައި ބަދަލާއެކު ކައުންސިލްތަކުގެ އާންމު މުވައްޒަފުންގެ މުސާރައާއި ކައުންސިލް މެމްބަރުންގެ މުސާރަ އެއްހަމަވެފައިވާ ކަން ވަނީ ފާހަގަކޮށްފައެވެ. އެ ކޮމިޓީގެ މުގައްރިރު ހުޅުމާލޭ ދާއިރާގެ މެމްބަރު އަލީ ނިޔާޒު ވިދާޅުވީ އެއީ ހަމަޖެހޭ އުސޫލެއް ނޫން ކަމަށާއި މެމްބަރުންގެ މުސާރަ ބޮޑުވާންޖެހޭކަން ގަބޫލު ކުރައްވާ ކަމަށެވެ.
ބަޖެޓު ކޮމިޓީ އާއި މާލިއްޔަތު ކޮމިޓީއަށް ލަފާދޭން ހުށަހަޅާފައިވާ ގޮތުން މިހާރު ކައުންސިލަރުންގެ މުސާރައަށް 33 ޕަސެންޓު އިތުރުކުރުމަށް ވަނީ ނިންމާފައެވެ. އޭގައިވާ ގޮތުން ކައުންސިލް ރައީސްގެ މުސާރައަކީ 25،000ރ. އެވެ. ނައިބަށް 20،000ރ. ލިބޭއިރު ކޮންމެ މެމްބަރަކަށް 18،000ރ ގެ މުސާރައެއް ދިނުމަށް ވަނީ ލަފާދީފައެވެ.
މިހާރު ކައުންސިލް ރައީސްގެ މުސާރައަކީ 20،000ރ. އެވެ. ކައުންސިލްގެ ނައިބު ރައީސަށް 15000ރ. މަހު މުސަރައިގެ ގޮތުގައި ލިބޭއިރު މެމްބަރަކަށް ލިބެނީ 12،000ރ.އެވެ.
ސަހަރޯއި.
ޢާދައިގެ ލޭބަރުންގެ މުސާރަވެސް ބޮޑުކުރަން ޖެހޭ، ކާއެއްޗެތީގެ އަގު ދަނީ ކޮންމެދުވަހަކު މަތިވަމުން، މުސާރަ އަކަށް ބަދަލެއްނާދޭ
ދަޢުލަތް ބަގުރޫޓު ވެފައި ވަނިކޮއް އަނެއްކާ އަނެއް ބައެއްގެ މުސާރަ ބޮޑު ކުރުމަކީ ރައްޔިތުންނަށް ޖެއްސުން ކުރުމެވެ. ވަކި ބަޔަކު ސަރުކާރާއި ހަވާލު ވުމުން ތައްޔިތުންވި ވަކި މޮލެއް ނެތެވެ. މުސްތަޤު ބަލަށް ބަލާއިރު ނަގަން ހުރި ވިލާ ގަނޑު ގެ އަަނދިރިކަން ވަރަށް ގަދަކަމަށް ލަފާ ކުރެވެއެވެ.
ކިއެކުރަން މިހަރު ލިބެވަރު މަދީ ؟
ސަރުކާރުގެ ދަރަނި އިންތިހާއަށް ބޮޑުވެފައިވާ އިރުގައި ތިއީ އެއްގޮތަކަށް ވެސް ކުރުން އެދެވިގެންވާ ކަމެއް ނޫން.
ސަރުކާރަށް ތުރާ ޖައްސަން...
މިމީހުންގެ މުސާރަބޮޑުކުރަންޖެހޭ އެއްވެސް
ސަބަބެއްނެތް.....
މިއީ ހަމަ އެކަނި ޕޯޑިއަމްތަކުގާ ހަޅޭއްލަވާލަންތިބޭ
ބައެް ދޮގެއްތަ؟
އަސްލު ރައްޔިތުންނައްޓަކާ މަސަތްކަތްކުރާބަޔަކީ
ސިވިލްސާވިސް މުއައްޒަފުން ދޮގެއްތަ؟؟؟
ބޮޑެއް ނޫން ކުރަންވީ، ކުޑަ ކުރަންވީ، ތިޔަ ބުނާ ކައުންސިލް ތަކުން ރަށުގެ ރައްޔިތުން ނަށް ކޮން ކަމެއްވަނީ، ނިކަމެތި ރައްޔިތުމީހާ ކަމަކުއެދިގެން ލާ ސިޓީ ގަނޑަށް ޖަވާބެއް ނުދެވި 2 މަސް،، އެތައް ފަހަރަކު އެތައް ދުވަހަކު ކައުންސިލް އަށް ގޮސް އާދޭސް ކުރަންޖެހެނީ، މިސާލަކަށް: ގޯތީގެ އިން ވަކި ކޮށްލާ ނުދެވި 6 މަސް، ރަޖިސްޓްރީ ގަނޑު ހަދާލަ ނުދެވި އެއް އަހަރު، ދެ އަހަރު،. ސަރުކާރުން ކައުންސިލް ބަޖެޓަށް ފޮނުވާ މިލިއަން ރުފިޔާ ކައުންސިލް މެމބަރުންގެ އަމިއްލަ އެކައުންޓުތަކަށް، ކޮފީ ހަޓުތަކާ މޭޒުތައް ފަޅުފިލުވާ ބައެއް އެއީ،.
ދައުލަތަށް އަދި ޤައުމުގެ ގިނަ ރައްޔިތުންނަށް ފައިދާ ހުރި ގޮތަކަށް ތިޔަ އިބްރާހީމް މުޙައްމަދު ޞޯލިޙް ބުނާހާ ގޮތަކަށް ކަންކަން ކުރަން ތިބި މެމްބަރުން ކަމެއް ނުނިންމާނެ. ނަހަމައާއި ބޭއިންޞާފު އަމިއްލަ އެދުމުގެ ނިޔަތެއް އޮންނާނެ. ދައުލަތުގެ މާލީޙާލަތު މިހާރު މިއޮތީ ދުުވަހަކު މިޤައުމު ނުދެކޭހާ ދަށް ޙާލަތުގައި. ދިވެހި ޢާންމު ރައްޔިތަކަށް އަސާސީ މުހިންމު ބޭނުމަކު 18ރުފިޔާ އަށްވުރެ ދަށްކޮށް ޑޮލަރެއް ގަންނަން ނުލިބޭ. ވީމާ؛ ދިވެހި ރައްޔިތުންގެ މާލިއްޔާއިން މުސާރަދޭ އެއްވެސް ދާއިރާ އެއްގެ މުވައްޒަފަކަށް ވަކިވަކިން މުސާރަ ބޮޑު ކުރުމަކީ ބޭއިންޞާފުވެރި ގޮތެއް. އިންޞާފުވެރި ގޮތަކީ ދައުލަތުން މުސާރަދޭ އެއްވެސް މުވައްޒަފަކަށް އެންމެ ލާރިއެއްވެސް ބޮޑު ކުރާނަމަ ދައުލަތުން މުސާރަދޭ އެންމެންވެސް ހިމެނޭގޮތަށް މުސާރަ ބޮޑު ކުރުން. ނިމިދިޔަ އިބްރާހީމް މުޙައްމަދު ޞޯލިޙުގެ ސަރުކާރުގައި ވަކިބަޔަކަށް ޓާގެޓް ކޮށްގެން؛ ތަޢުލީމީ ދާއިރާއާއި ސިއްޙީ ދާއިރާއާއި ކައުންސިލްތަކުގެ ކައުންސެލަރުންނަށް މުސާރަ ބޮޑު ކުރި. މެދުފަންތީގެ އަދި އެންމެ އާދައިގެ އަދި މިނޫން ވަރަށްގިނަ ދައުލަތުން މުސާރަދޭ މުވައްޒަފުންނަށް އެންމެލާރިއެއް ބޮޑު ނުކުރިތާގައި އެމީހުނަށް ލިބުނީ ގެއްލުން. އެއީ ކޮންމެ ބަޔަކަށް މުސާރަ ބޮޑު ކުރިޔަސް އެކަމާ ގުޅުވައިގެން ބާޒާރުގައި ތަކެތީގެ އަގުބޮޑު ކުރާތީ އެކަމުގެ ސަބަބުން އެމުވައްޒަފުންގެ އަތުގައި ހުރި ފައިސާ އިތުރަށް ނެގިގެންދާތީ.
ނިމިދިޔަ އިބްރާހީމް މުޙައްމަދު ޞޯލިޙްގެ ވެރިކަމުގައި ނޫނީ ވޭތުވެދިޔަ ހަނދާނުގައި 50އަހަރުތެރޭގައި ދައުލަތުން މުސާރަދޭ ހުރިހާ މުވައްޒަފުން ނުހިމެނޭގޮތަށް މިޤައުމުގެ އެއްވެސްއިސްވެދެންނެވިގޮތަށް
ލާރިގިނަވެން އުޅެންޔާމުން ބޭސްފަރުވާޔަށް އެހީބޭނުން ވާ ފަރާތްތަކަށް ތި ދީ.... ރައްޔިތުން ފެލާފަ ކޮންކައުންސިލަރުންނެއްގެ މުސާރަ ބޮޑު ކުރާކަށް.
ކީއްކުރާބައެއް ކަމެއްކުރަނީ ނޫން މިހާރުވެސް ސޮއި ކޮއްފަ ގެއަށް އައިސް 2ގަޑިއިރު ކޮއްފަ ދާނީ ގިނަފަހަރު އައުޓް ވާން ދަނީ އިނގިލި ޖައްސަން ނުޖެހެންޏާ ނުވެސް ދާނެ ހުރިހާ މަސައްކަތެއް ކުރަނީ އޮފީސް މުއައްޒަފުން ކައުންސިލަރުން ތިބޭނީ ނަމެއްގަ
ރައްޔަތުންހޮވާފައި މިތި މެންބަރުންނަކީ ރައްޔަތުންއެދޭގޮތައް ކަންކަން ކުރާބައެއނޫން ގޮޑިވެސް ބޮޑުއަގުގާވިއްކޭތޯބަލަނީ ؟؟ފަސްއަހަރުނިމެންވާއިރައް ދެން މިދައުރުގާތިބި މެންބަރުންސާލް؟
ތިޔަ މީހުންގެ މިސާރަ މިހާރުވެސް ބޮޑު ، ތިޔަބައި ބޮޑު ކުރަންޏާ މަޖިލިސް މެންބަރުންގެ މުސާރަ 50000 ދައްކުރޭ. މަޖިލީހަކީ މިގައުމުގެ ދައުލަތް ބޭކާރުގޮތުގަ ހޭދަވާ ތަނެއް.
ކޮބާތަ ޝަރުއީދާއިރާގެ މުވައްޒަފުންގެ މުސާރަ ބޮޑުކުރުމަށް ބަޖެޓުގައި ހިމެނިފާވާއިރު އެމުވައްޒަފުންގެ މުސާރަ ބޮޑުނުކުރެވިގެން މިއުޅެނީކީއްވެބާ އެމުވައްޒަފުންވެސް ކުރަނީ ހަމަ މަސައްކަތް