ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ކެބިނެޓަށް އައްޔަނުކުރައްވާފައިވާ 22 ބޭފުޅުންނަށް ވަކިވަކިން ރުހުން ދިނުމަށް ކޮމިޓީން ފާސްކޮށްފިއެވެ.

ވަޒީރުންނަށް ރުހުން ދިނުމަށް މިއަދު ބޭއްވުނު ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީގައި ގިނަ މެންބަރުން ނިންމީ ވަޒީރުންނަށް ވަކިވަކިން ރުހުން ދިނުމަށެވެ. ބައެއް މެންބަރުން ވިދާޅުވީ ހުރިހާ ވަޒީރުންނަށް އެއްކޮށް ރުހުން ދިނުމާމެދު އެއްވެސް އިއުތިރާޟެއް ނެތް ކަމަށެވެ. އެހެންނަމަވެސް ގިނަ މެންބަރުންގެ ތާއީދާއެކު ކޮމިޓީން ނިންމީ ވަަޒީރުންނަށް ވަކިވަކިން ރުހުން ހޯދުމަށެވެ.

ކޮމިޓީގެ ބައްދަލުވުން ފައްޓަވަމުން، މުގައްރިރު އަދި މާފަންނު ހުނޅަގު ދާއިރާގެ މެމްބަރު މުހައްމަދު ފަލާހް ވިދާޅުވީ ޕަބްލިކް ވާކްސް މިނިސްޓަރަށް އައްޔަނުކުރެއްވި ޑރ. އަލީ ހައިދަރާއި ހަޔާ އެޑިޔުކޭޝަން މިނިސްޓަރު ޑރ. މަރިޔަމް މާރިޔާގެ އެހެން ގައުމެއްގެ ރައްޔިތުކަން އޮތްތޯ ބަލަން އެދުނު ކަމަށެވެ. އަދި އެ ބޭފުޅުންނަށް ލިބިފައިވާ އެހެން ގައުމުތަކުގެ ޕާސްޕޯޓް މިހާރު ދޫކޮށްލާފައިވާ ކަމަށެވެ.

މީގެއިތުރުން ވަޒީރުކަމަށް އައްޔަނުކުރެވުނު ހުރިހާ ބޭފުޅުންވެސް ގާނޫނުގައި ބަޔާންކުރާ ޝަރުތު ހަމަވާކަން ކޮމިޓީގެ މެންބަރު މުހައްމަދު ޝިފާއު ހާމަކުރެއްވިއެވެ. އެހެންކަމުން ވަޒީރުންގެ ޝަރުތު ހަމަވާކަމަށް ކަނޑައަޅައި މަޖިލީހުގެ ތަޅުމުން ކޮންމެ ވަޒީރަކަށް ވަކި ވަކިން ވޯޓަށް އަހައިގެން ރުހުން ދިނުމަށް ޝިފާއު ހުށަހެޅުއްވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ދައުރު މިމަހު 18 އަށް އިތުރުކޮށްފައިވާއިރު މި ހަފްތާތެރޭގައި ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ އެޖެންޑާ ކުރެވޭނެ ކަމަށް ބެލެވެއެވެ. ބައެއް ވަޒީރުންނާމެދު މެންބަރުން ހިތްހަމަނުޖެހޭކަން ދަނީ ފާޅުކުރަމުންނެވެ. ވަކިވަކި ވަޒީރުންނަށް ރުހުން ދޭން މެންބަރުން އެދުނީވެސް ބައެއް ވަޒީރުންނާއި ހިތްހަމަ ނުޖެހޭތީއެވެ.

ކިޔުންތެރިންގެ ހިޔާލު

15 ކޮމެންޓް

  1. ހައްގު ތެދު

    އެމްޑީޕީ ވެރިކަމުގަ ދަތި ވެދާނެތީ ގަނޑުކޮއް ރުހުންދިނީ. އެކަމަކު އެމްޑީޕީން ބޭނުންވާނީ ޖެއްސުން ކުރަން ބާރު އޮތީމަ

    42
    12
    • ޢަލީ

      އެމް ޑީ ޕީ ން މާބޮޑަށް ޒާތީ ވެގެން ދާތަން މި ފެންނަނީ.

      37
      10
    • ހުސޭނުބޭ

      މަޖިލީސް އިންތޔިޚާބު އެބަ އާދޭ! ހީވަނީ މިހާރު ތި ތިބި ބައިގަނޑަށް ރައްޔިތުން ނުރުހުން ދޭނީ ގަނޑުކޮށްހެން. ތިހެން ވައްތަރުޖައްސާކަށް މާގިނަ ދުވަހެއްނެތް!

      12
      2
  2. ޑރ. ރާމީ ޙަސަން މަނިކު މ.ވައިނުޖެހޭގެ ޕީ.ޕީ.އެމް 9305205 (ވައިބަރ)

    ކެބިނެޓް އަށް ޗާގޯސް މައްސަލަ ހުށައަޅާނެ ކަމަށް ޑރ. މުޢިއްޒު ވިދާޅުވި. ޓްއަރިޒަމް މިނިސްޓަރ އިބްރާހިމް ފައިސަލް އަށް މާ ރަނގަޅަށް އިނގިރޭސި އެނގިވަޑައި-ގަންނަވާ ކަމަކަށް ނުފެނޭ. މިފަދަ ބޭފުޅުން ޗާގޯސް މައްސަލަ އަމިއްލަފުޅަށް ނެޓުން ބައްލަވާލެއްވޭނެ ގޮތެއް އަޅުގަނޑަލަށް ނޭންގޭ! ނެޓުގައި ހުރިހާ މަޢުލޫމާތެއް މިއޮތީ އިނގިރޭސިބަހުން!

    20
    3
    • ަސދަ

      ޓްވަރިޒަމް މިނިސްޓަރ ނޫނީ ދެން އެހެން މާބޮޑު މައްސަލައެއް ކެބިނެޓްގައި ނޫޅޭ.
      އެކުއްޖާވެސް ޓްވަރިޒަމް ނޫން އެހެން ތަނަކަށް މިނިސްޓަރ ފެންވަރުގައި ބަދަލުކޮއްލަން ފެނޭ.
      އެއިރުން އަދުރޭ ޖީ ހިތްހަމަޖެހިފައި ގައުމުގެ މައިގަނޑު ލޭނާރު ހިންގަން ރަނގަޅު ފުރުސަތެއް ލިބިގެން ދާނެ.

      7
      2
    • ހަސަނު

      ޖެއްސުން ކުރަނީކީ ނޫން .ފެންވަރުނެތް މީހުން މަގާމަށް ލާފަތިބީމަ .ރުހުންދޭނެކަމެއްނެތް..އެޔައްވުރެ ރަނގަޅު ކިޔަވައިގެން ތިބި އިނގިރޭސި އެނގޭ ދިވެހި ބަހުގެ ދަރަޖައެނގޭ މީހުންއެބަތިބި...އަދުރޭ ޕާޓީ ހިންގާހެން ގައުމުހިންގަން ކޮންފެންވަރެއްތޯ ތައުލީމީ ވޮތުންހުރީ..އަދުރޭގެއާއިލާޔަށް ވައުމުދޭންޖެހޭ ސަބަބެއް ނޭގުނު.

      10
      4
      • އަޖާއިބު

        ފެންވަރު ރަނގަޅު މީހުންލައިގެން ގައުމު ރަނގަޅަށް ހިނގަެިގަތީމަ އެމްޑީޕީއަށް ވެރިކަން ލޮލުކޮޅަށް ވެސް ނުފެންނާނެ. އެހެންވީމާ އެމްޑީޕީއަށް ރަނގަޅުވާނީ ކެބިނެޓުގައި ފެންވަރު ނެތް މީހުން ތިބިއްޔާ ނޫންތޯ

        4
        2
  3. ލަޠީފް

    ކުރިއަށް އޮތީ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު. ޢާންމު ރައްޔިތުން ވަރަށް ރަނގަޅަށް ކިރާލާނެ މިހާރު މަޖިލީހުގެ މެމްބަރުންގެ ފެންވަރާއި ޢަމަލުތައް. ރަނގަޅަށް ވިސްނާތި މިކަމާ. ރައްޔިތުންނަށް ކަންކަން ކޮށްދިނުމަކީ ސަރުކާރަށް ޖެއްސުން ކުރުމެއްނޫން. ވަޒީރުންނަށް ރުހުން ނުދިނުމަކީ މަޖިލީހުގެ މެމްބަރުންގެ ފެންވަރު ނެތްކަން. އެއީ އަޅާކިރަންޖެހޭނީ ވުޒާރާގެ ހިންގުންތެރިކަމާއި އަމާނަތްތެރިކަމާ ޚިޔާނަތްތެރިކަން ފަދަ ކަންކަން. ނޫނީ ޤާނޫނާއި ޤަވާޢިދާ ޚިލާފުވާނަމަ އެފަދަ ކަންކަން. މަޖިލީހުގެ މެމްބަރުންގެ ކުފޫހަމަވޭތޯ ރަނގަޅަށް ބަލާނަން.

    7
    3
  4. ޏިމް

    ބޭރުު ގައުމެއްގެެ ޕާސްޕޯޓެއްް މިހާތަނަށްް އޮވެފާާ، ވަޒީރުކަމަށްް އަންނަަންް ދޫކޮށްލިޔަކަސްް އޭނާގެެ ލޯޔަލްޓީީ އާއިި ވަފާތެރިކަންް އަދިވެސްް އޮންްނާނެެ ބޭރުު އެެ ގައުމަށްް. އަދިި އެެ ތަންތާގައިި ގޯތިި ގެދޮރާއިި އަންބިދަރީންވެސްް ތިބޭނެެ. ވީމާާ އެކަހަލަަ މީހުންނަށްް ރުހުންް ދޭކަށްް ނުފެނޭ

    3
    4
  5. ާައަަަސސސސ

    ޙައިދަރު އަދި ޓުއަރިޒަމް މިނިސްޓަރ އަށް ރުހުން ދީގެން ނުވާނެ!!

    4
    4
  6. ހަވަރު ތިނަދޫ ސިޓީގެ މޭރު

    ވަކިވަކިން ރުހުން ދިނުން އޯކޭ މަށަށް މޭރުކަން ދިނީވެސް ވަކިން

    4
    1
  7. Anonymous

    މަޖިލިސްގައި ސޭލް އަޅުވާ ނީލަން ކިޔާލީ، ކަލޭމެނަށް ތިޔަގޮތަށް ސޭލް އެޅުވެނީ ދެން މަދު ދުވަސް ކޮޅަކަށް !

    5
    2
  8. އަޙުމަދު

    2023 ގައި ހުޅުމާލެ ފޭސް ދޭއްގެ އަތިރި މަތިން ވިއްކާފައި ހުރި ގޯތި ( 66 ބިން )ތައް ގަނެފައި ހުރި ފަރާތްތަކުގެ ތެރޭގައި ހިމެނޭކަމަށް ބުނަމުންދާ ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންގެ މަޢުލޫމާތު އެންޓި ކަރަޕްޝަން ކޮމިޝަނަށް ހާމަ ކޮށްދިނުމަށް އާބަންކޯގެ އެމް ޑީ އަށް އިލްތިމާސްކުރަން.

    8
    1
  9. ދަވާލާ

    އެމްޑީޕީ ގައުމުގެ ހަލާކު ރައްޔިތުންނަން ފައިދާ ކަމެއްނުކުރާނެ ގައުމު އަޅުވެތިކޮށް ގައުމުދަވާލީ މިބައިގަނޑު ހަލާކުހުރި

  10. ޔ

    އުފަލަކީ މިވަގުތު މަޖުލީހުގަ ތިބި އެއްވެސް އެމްޑީޕީ މެމްބަރެއް ނުހޮވޭނެކަން ޔަގީންވުން