ހދ. ނެއްލައިދޫގައި ރައްޔިތުންނާ ގާތުން ފުލުހުންގެ ޚިދުމަތްދިނުމަށް އެރަށުގައި ގާއިމުކުރި ޕޮލިސް ޕޯސްޓު ރަސްމީކޮށް ހުޅުވައިފިއެވެ.

އިއްޔެ ބޭއްވި ރަސްމިއްޔާތުގައި ނެއްލައިދޫ ޕޮލިސް ޕޯސްޓު ހުޅުވައިދެއްވީ އެކްޓިންގ ކޮމިޝަނަރ އޮފް ޕޮލިސް، ފަރުހާދު ފިކުރީ އާއި ނެއްލައިދޫ ކައުންސިލުގެ ރައީސް މުޙައްމަދު އަލީފްއެވެ.

ލާމަރުކަޒީކޮށް ރައްޔިތުންނާ ގާތުން ފުލުހުންގެ ޚިދުމަތް ދިނުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ނެއްލައިދޫގައި މި ހުޅުވި ޕޮލިސް ޕޯސްޓާއެކު އެ ރަށުގައި ގާއިމުވެތިބެ ރައްޔިތުންނާ ގުޅިގެން ފުލުހުންގެ ޚިދުމަތް ދޭން މިހާރުވަނީ ފަށާފައެވެ.

ނެއްލައިދޫއަކީ 1000 އެއްހާ މީހުންގެ އާބާދީއެއް އޮންނަ ރަށެކެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. Anonymous

    2 މީހުނާ ފަޅި އުޅުނަސް ޕޮލިސް ސޮޓޭސަން އަޅާފަ ބޮޑުމުސާރަ ދީފަ ދިހަ ވަރަކައްމީހުން ބައިތިއްބާ ޕޮލިސްގެ ގޮތުގަ. ގިނަމީހުންގެ ކަމަކީ ގަދައައްކާގެން ދުފާފަ އަންހެންވެރިން ފަހަތުން ދުވުން. މާބޮޑތި ކްރައިމްސްއެއް ހިގަނީކީ ނޫން. ކާރި ރަށެއްގަ ސްޓޭސަންއަޅާފަ ކަމެއޖެހުނީމަ ސްޕީޑްބޯޓުގަ ދެމީހުނާފަޅި އުޅޭރަށައް ދިއައީމަ މާރަނގަޅުވާނެ. ރިސޯސަސް އިސްރާފުކުރުމުގެ ބަދަލުގަ.

  2. ރިއާމް

    ސަލާމަތީ ބާރުތަކަށް ދިވެހި ރައްޔިތުންގެ މާލިއްޔާއިން ކުރާ ބޮޑު ހޭދަ ވާންޖެހޭނީ އިސްލާމް ދީނުގެ ޢިއްޒަތް ދެމެހެއްޓުމާއިއެކު ހަމައާއި އިންޞާފު ޤާއިމް ކުރުމަށާއި ރައްޔިތުންނަށް އެކަމުގެ ހިތްހަމަ ޖެހުން ލިބޭނެހެން މުޖުތަމަޢު އިޞްލާޙު ކުރުމަށް ބާރު ލިބޭނޭ ގޮތަށް ކުރެވޭ ހޭދައަކަށް. ނަމަވެސް ބައެއް ފުލުހުންގެ ފަރާތުން ރައްޔިތުންނަށް ފެނިގެންދަނީ މިދެންނެވި ބޭނުން ޙާޞިލްވާ މަންޒަރެއްނޫން.
    ގްރޫޕް ހަދައިގެން އެއްތާކަށް އެއްވެ ރަށްރަށުގެ ޢާންމު މަގުތަކުގައި މަސްތުވާ ތަކެތީގެ ކަންކަމުގައި މަސްތުވާތަކެތި ބޭނުންކުރާ މީހުން އުޅެމުންދާއިރު ޔުނީފޯމްގައި ތިބޭ ފުލުހުން އެމީހުން ކައިރީން ލާފަދޭ. ތިޔަ ތާނގައި ތިތިބީ ކީއްކުރަންތޯވެސް އަހާ ނުލާ. އަބަދު އެއްތަނަކަށް ޖަމާވެގެން އެއްބަޔަކު އުޅޭނީ ކޮންމެވެސް ކަމެއްގައިތާ. އެކަމަކު އެމީހުން ތަކުރާރުކޮށް އެއްތަނެއްގައި ތިބެ މިކުރާ ކަންތަކުގެ ޙަޤީޤަތް ހޯދުމަށް ފުލުހުން މަސައްކަތް ކުރާ ތަނެއް ނުފެނޭ. މަގުމައްޗަކީ މަސްތުވާތަކެތީގެ ވިޔަފާރި ކުރާ ތަނަކަށް ވެއްޖެހެން ރައްޔިތުންނަށް ހީވާ ހިސާބަށް ގޮސްފި.
    އަހަރެންނަށް ހީވަނީ ސަލާމަތީ ބާރު ތަކުގެ މީހުންނަށް ބޮޑު މުސާރަ ދީފަ ބާރު ދީފަ ބައިތިއްބާފަ ތިބެނީ މިދެންނެވިފަދަ އިސްލާމްދީނާއި ޚިލާފު ޢަމަލުތަކުން މުޖުތަމަޢު ޠާހިރުކޮށް އަމާން މުޖުތަމަޢު އެއް ޤާއިމް ކުރުމަށްހެން.
    ރައްޔިތުން މިހާރު ހޮވާފަ އޮތް ސަރުކާރުން މިކަމަށް އެކަށިގެންވާ ސަމާލުކަމެއް ދެއްވާނެ ކަމަށް އުންމީދު ކުރަން.