ކުޅުދުއްފުށި ދެކުނަށް ރައްޔިތުންގެ މަޖިލީސް އިންތިހާބުގައި ވާދަކުރި ޕީއެންސީ ކެންޑިޑޭޓު ފަރުހަތު މުހައްމަދު ޖަގަހައިގައި ރޯކޮށްލި މީހާ އަށް ލިބުނު އަނިޔާއަށް ފަރުވާ ހޯދަން އެެހެން ރަށަކަށް ދިޔަ ކަމަށާއި، އޭނާ ހައްޔަރު ކުރީ ރާއްޖެއަށް ބޭރަށް ފުރަން ގޮސް ހުއްޓާ ކަމަށް އޭނާއާ ގުޅޭ ބަންދު އަމުރުގައި ބުނެފިއެވެ.

މަޖިލީސް އިންތިހާބުގައި އެ ދާއިރާގެ ގޮނޑި ނެގީވެސް ފަރުހަތެވެ.

ކުޅުދުއްފުށީގެ ކެމްޕެއިން އޮފީހެއްގައި އަލިފާން ރޯވި މައްސަލައެއް ފުލުހަށް ހުށަހެޅީ އެޕްރީލް 16 ވަނަ ދުވަހެވެ.

މި ހާދިސާ 15 ވަނަ ދުވަހުގެ ރޭ ދަންވަރު ހިނގިއިރު، މި މައްސަލައިގައި 31 އަހަރުގެ އެ ރަށު މީހަކު ހައްޔަރު ކުރީ އޭޕްރިލް 25 ވަނަ ދުވަހެވެ.

އޭނާގެ ބަންދަށް މިއަދު ކްރިމިނަލް ކޯޓުން 15 ދުވަސް ޖަހާފައި ވެއެވެ.

އެ ބަންދު އަމުރުގައި ބުނެފައި ވަނީ ހުށަހަޅާފައިވާ ހެކިތަކަށް ބަލާއިރު، އޭނާއަކީ މި ކުށުގެ އަމަލުގައި ބައިވެރިވި މީހެއް ކަަމަށް ބެލެވޭ ކަމަށެވެ. އަދި އޭނާއަށް ލިބިފައި ހުރި ޒަހަމްތަކަށް ފަރުވާ ހޯދުމަށް ކުޅުދުއްފުށީގައި ރަނގަޅު ހޮސްޕިޓަލެއް ހުރި ނަމަވެސް، އެހެން ރަށަކަށް ގޮސް ފަރުވާ ހޯދާފައިވާ ކަމަށް ބުނެފައި ވެއެވެ. އަދި ފުލުހަށް ހާޒިރުވާން އަންގާ އޭނާއަށް ޗިޓް ފޮނުވި ނަމަވެސް، ޗީިޓާއި ހަވާލުވެފައި ނުވާ ކަމަށާއި، އޭނާ ހައްޔަރުކޮށްފައި ވަނީ ރާއްޖެއިން ބޭރަށް ފުރަން ގޮސް ހުއްޓާ ކަމަށް އެ އަމުރުގައި ވެއެވެ.

ކުޅުދުއްފުށި ދެކުނަށް ވާދަކުރި ޕީއެންސީ ކެންޑިޑޭޓުގެ ޖަގަހައިގައި ރޯކޮށްލި މީހާ ހައްޔަރުކޮށްފި

އޭނާ ބުނާގޮތުން އޭނާ އުޅެނީ ފިލައިގެން ނޫނެވެ. އަދި އޭނާ ރާއްޖެއިން ބޭރަށް ފުރަން ގޮސް ހުރީ ދަރިފުޅު ޑޮކްޓަރަށް ދެއްކުމަށް ކަމަށްވެސް ބުނެފައި ވެއެވެ.

ފަރުހަތުގެ ކެމްޕެއިން އޮފީހުގައި އަލިފާން ރޯކުރާ ވީޑިއޯއެއް މީސް މީޑިއާގައި ދަނީ ދައުރުވަމުންނެވެ.

މި ވީޑިއޯއިން ފެންނަނީ ވިއްސާރަ ކޯޓް ލައި, މޫނު ނިވާކޮށްގެން ތިބި ދެ މީހަކު ރޭ 3:49 ގައި ކެމްޕެއިން އޮފީހަށް ވަދެ އަލިފާން ރޯކޮށްލާފައި ދާ ތަނެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. މުރާލި

    މީހުންގެ މުދަލުގަ އަލިފާން ރޯކުރާމީހުންނަށް ހަރުކަށި އަދަބުދޭންޖެހޭ އަލިފާނަކީ ކޮންއެއްޗެއްކަން އެމީހުންނަށް އެނގޭނީ އެއިރުން އަންނި ޒަމާނުގަވެސް ރާއްޖޭގެ ކަންކޮޅުތަކުގަ އަލިފާންޖެހިމީހުން އަދިވެސް އެތިބީ ހެވިފަ .