ކުޅުދުއްފުށި ދެކުނަށް ރައްޔިތުންގެ މަޖިލީސް އިންތިހާބުގައި ވާދަކުރި ޕީއެންސީ ކެންޑިޑޭޓު ފަރުހަތު މުހައްމަދު ޖަގަހައިގައި ރޯކޮށްލި މީހާ ހައްޔަރުކޮށްފިއެވެ.

މިދިޔަ އާދީއްތަ ދުވަހު އޮތް އެ އިންތިހާބުގައި އެ ދާއިރާގެ ގޮނޑި ނެގީވެސް ފަރުހަތެވެ.

ކުޅުދުއްފުށީގެ ކެމްޕެއިން އޮފީހެއްގައި އަލިފާން ރޯވި މައްސަލައެއް ފުލުހަށް ހުށަހެޅީ އެޕްރީލް 16 ވަނަ ދުވަހެވެ.

މި ހާދިސާ ހިނގާފައި ވަނީ 15 ވަނަ ދުވަހުގެ ރޭ ދަންވަރެވެ.

ކުޅުދުއްފުށި ދެކުނަށް ވާދަކުރާ ޕީއެންސީ ކެންޑިޑޭޓުގެ ޖަގަހައިގައި ބަޔަކު ރޯކޮށްލައިފި

ފުލުހުންގެ މީޑިއާ އޮފިޝަލަކު މިރޭ ވިދާޅުވީ، އެ ކެމްޕެއިން އޮފީހުގައި އަލިފާން ރޯކޮށްލިކަމަށް ތުހުމަތު ކުރެވޭ މައްސަލައާ ގުޅިގެން މިއަދު މެންދުރު 2:55 ހާއިރު 31 އަހަރުގެ ދިވެހި ފިރިހެނަކު ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވާ ކަމަށެވެ.

އަދި މި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށްވެސް އޮފިޝަލް ވިދާޅުވިއެވެ.

ފަރުހަތުގެ ކެމްޕެއިން އޮފީހުގައި އަލިފާން ރޯކުރާ ވީޑިއޯއެއް މީސް މީޑިއާގައި ދަނީ ދައުރުވަމުންނެވެ.

މި ވީޑިއޯއިން ފެންނަނީ ވިއްސާރަ ކޯޓް ލައި, މޫނު ނިވާކޮށްގެން ތިބި ދެ މީހަކު ރޭ 3:49 ގައި ކެމްޕެއިން އޮފީހަށް ވަދެ އަލިފާން ރޯކޮށްލާފައި ދާ ތަނެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ސުމާރު

    ރޯކުރާ ޕާރޓީ މީހުން ފަރިތަވާނީ ރޯކުރަން. ނިއްވާކަށް ނޭނގޭނެ

    12
    0
  2. ބަކުރު

    ހައްޔަރު ކުރީ ކުޅުދުއްފުށީ ދެކުނު ދާއިރާއަށް އިންތިޚާބުވި ފަރުޙަތުގެ ކޮއްކޮ އަންވަރު ކަމަށް ވެއެވެ. އޭނާ ލައްވާ އެކަންކުރުވިކަމަށް ކުޅުދުއްފުށީ މީހުން ތުހުމަތު ކުރަނީ ދެކުނު ދާއިރާއަށް ކުރިމަތި ޢަލީވަޙިދު އާ ޢަލީވަޙީދުގެ ކެމްޕޭނުގައި އުޅުނު ރަޝާދު ކިޔާ މީހެއްގެ މައްޗަށް ކަމަށް ބުނާތީ އިވެއެވެ.