އިދިކޮޅު މައި ޕާޓީ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އާއި ރާއްޖެ ޓީވީ އާއި ދެކޮޅަށް ދަޢުވާކުރުމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ނިންމަވައިފިއެވެ.
މިކަން ހާމަކޮށްފައިވަނީ މިރޭ ރައީސް ޔާމީންގެ ލީގަލް ޓީމުން ބޭއްވި ނޫސް ކޮންފަރެންސްއެއްގައެވެ.
އެމްޑީޕީ އާއި ރާއްޖެޓީވީ އާއި ދެކޮޅަށް ދަޢުވާކުރުމަށް ރައީސް ޔާމީން ނިންމެވީ، އެމްޑީޕީން 3 ސެޕްޓެންބަރގައި ބޭއްވި ނޫސްކޮންފަރެންސެއްގައި އެޕާޓީއިން އެންޓި ކޮރަޕްޝަންއަށް ހުށަހެޅި މައްސަލައެއްގައި އެމަނިކުފާނުގެ އިންތިޚާބީ ހައްޤުތަކަށާއި ޒާތީ ޙައްޤުަތަކަށް އަރައިގަނެފައިވާތީއެވެ. މިކަމާއި ގުޅިގެން އެމަނިކުފާނުގެ ފަރާތުން މި ދެ ފަރާތަށް ދަޢުވާކުރަނީ އަބުރުގެ ބަދަލު ހޯދުމަށެވެ.
"މިދެންނެވި ރިޕޯޓްގެ މައުލޫމާތު އާއްމުކޮށް ހާމަ ކުރުމަށް ނޫސްވެރިންނާއި ބައްދަލުކުރައްވާ ބޭއްވެވި ޕްރެސް ކޮންފަރެންސް، 15/2006 އާ ޚިލާފަށް ބްރޯޑްކާސްޓްކޮށްފައިވާތީ އެމަނިކުފާނަށް ޤާނޫން އަސާސީގެ 26 ވަނަ މާއްދާއާއި ޤާނޫން ނަންބަރު 15/2016 ގެ ދަށުން ކަށަވަރުކޮށްދީފައިވާ އަބުރު ރައްކާތެރި ކުރުމުގެ ޙައްޤަށް އަރައިގެންފައިވާތީ، ރާއްޖެ ޓީވީ ސްޓޭޝަންގެ މައްޗަށް އަބުރާ ބެހުމުގެ ސަބަބުން ލިބޭ ގެއްލުމުގެ ބަދަލު ހޯދުމަށް ދަޢުވާ ކަމާބެހޭ މުއައްސަސާތަަކަށް ހުށަހެޅުމާއި ހަމަ މިއާއެކު ރާއްޖެ ޓީވީއާމެދު ފިޔަވަޅު އަޅުއްވާ ދެއްވުމަށް ބްރޯޑްކާސްޓިން ކޮމިޝަންއަށް ހުށަހެޅުމަށް..." ރައީސް ޔާމީންގެ ލީގަލް ޓީމްއިން ވިދާޅުވިއެވެ.
ރައީސް ޔާމީންގެ ލީގަލް ޓީމުން ވިދާޅުވީ، އެ ނޫސްކޮންފަރެންސުގައި ބައިވެރިވި އެންމެނާއި ދެކޮޅަށް ދަޢުވާކުރުމަށް ނިންމާފައިވާ ކަމަށެވެ. މީގެ އިތުރުން ރާއްޖެ ޓީވީގެ މައްސަލަ ބްރޯޑްކޮމް އަށް ހުށަހެޅުމަށްވެސް ވަނީ ނިންމާފައެވެ.
"އެމްޑީޕީގެ މައްޗަށް އަބުރާ ބެހުމުގެ ގެއްލުމުގެ ބަދަލު ހޯދުމުގެ ދައުވާއާއި، އަބުރު ރައްކާތެރި ކުރުމުގެ ޤާނޫންގެ 19 ވަނަ މާއްދާގެ ދަށުން ކަމާބެހޭ މުއައްސަސާތަކަށް ހުށަހެޅުން. މިދެންނެވި ރިޕޯޓްގެ މައުލޫމާތު އާއްމުކޮށް ހާމަ ކުރުމަށް ނޫސްވެރިންނާއި ބައްދަލުކުރައްވާ އެމްޑީޕީގެ ފަރާތުން ބޭއްވި ނޫސްކޮންފަރެންސްގައި ވާހަކަ ދެއްކެވި ފަރާތްތަކުން ރައީސުލް ޖުމްހުރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް، ޤާނޫން އަސާސީގެ 24 ވަނަ މާއްދާއާއި ޤާނޫން ނަންބަރު 15/2006 ގެ ދަށުން ކަށަވަރުކޮށްދީފައިވާ އަބުރު ރައްކާތެރި ކުރުމުގެ ޙައްޤަށް އަރައިގަނެފައިވާތީ އެބޭފުޅުންގެ މައްޗަށް އަބުރާއި ބެހުމުގެ ސަބަބުން ލިބޭ ގެއްލުމުގެ ބަދަލު ހޯދުމަށް މަދަނީ ދަޢުވާއާއި އަދި ހަމަ މިދެންނެވި ޤާނޫންގެ ދަށުން ފިޔަވަޅު އަޅުއްވާ ދެއްވުމަށް ކަމާބެޙޭ ދައުލަތުގެ މުއައްސަސާތަކަށް ހުށަހެޅުމަށް...." ރައީސް ޔާމީންގެ ލީގަލް ޓީމްއިން ވިދާޅުވިއެވެ.
މި މައްސަލަ އާއި ގުޅިގެން، އިންތިޚާބީ ހައްޤަކަށް އަރައިގަނެފައިވާތީ އެމްޑީޕީއާއި ރާއްޖެ ޓީވީއާ މެދު ފިޔަވަޅުއަޅައި ދިނުމަށް އިލެކްޝަންސް ކޮމިޝަނަށްވެސް ހުށަހަޅަން ވަނީ ނިންމާފައެވެ.
"އަރައިގެންފައިވާތީ އިންތިޚާބުތަކާ ބެހޭ އާއްމު ޤާނޫންގެ ދަށުން އެމްޑީޕީގެ މައްޗަށް އަދި އެމްޑީޕީގެ ޕްރެސް ކޮންފަރެންސްގައި ބައިވެރި ބޭފުޅުންގެ މައްޗަށް ފިޔަވަޅު އަޅާ ދެއްވުމަށް އެދި އިލެކްޝަންސް ކޮމިޝަންއަށް ހުށަހެޅުމަށް.
އަދި ހަމަ އެހެންމެ މިރިޕޯޓްގައި އެމަނިކުފާނަށް އާއްމު އިންތިޚާބުތަކާބެހޭ ޤާނޫން 11/2008 ކުން ކަށަވަރުކޮށްދީފައިވާ ޙައްޤަކަށް އަރައިގެންފައިވާތީ، އިންތިޚާބުތަކާ ބެހޭ އާއްމު ޤާނޫންތަކުގެ ދަށުން ރާއްޖެ ޓީވީގެ މައްޗަށް ސިވިލް ކޯޓަށް މައްސަލަ ހުށަހެޅުމަށް..." ރައީސް ޔާމީންގެ ލީގަލް ޓީމްއިން ވިދާޅުވިއެވެ.
އެމްޑީޕީ އޮފީހުގައި 3 ސެޕްޓެންބަރގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރާއްޖޭން ބޭރުގައި ދިވެހި ކުންފުންޏަކުން ތެލުގެ ވަގުވިޔަފާރި ކުރާ ކަމަށާއި އަދި އެކުންފުންޏާއި ރައީސް އަބްދުﷲ ޔާމީނާ ގުޅުން އޮންނަ ކަމަށް ތުހުމަތުކޮށް އެމްޑީޕީއިން ވާހަކަ ދައްކާފައެވެ. އަދި އެމައްސަލަ އެޕާޓީއިންވަނީ އޭސީސީއަށް ހުށަހަޅާފައެވެ. ނަމަވެސް މިއަދު ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލު ވުމެއްގައިވަނީ މިތުހުމަތުތައް ދޮގުކޮށްފައެވެ.
މީގެ ކުރިންވެސް އެތައްފަހަރެއްގެ މަތިން ރާއްޖެ ޓީވީވަނީ އަބުރަށް އަރައިގަތުމުގެ ކުށުގައި މޯލްޑިވްސް ބްރޯޑް ކާސްޓިން ކޮމިޝަންއިން ޖޫރިމަނާކޮށްފައެވެ. އަދި އެފައިސާ ދެއްކުމަށް ރާއްޖެ ޓީވީއިން "އަބުރު ފަންޑް" ގެ ނަމުގައިވަނީ ފަންޑެއް ހުޅުވާފައެވެ.
އަވަސްކުރައްވާ ތިޔަ ޓީވީ އަކުން މަނިކުފާނުގެ އަބުރުފުޅު ކަތިލުން ނޫން ކަމެއް ނުކުރޭ....
މިހާރުން މިހާރަޑް ރާޓީވީ ބަންދުކުރޭ.....
ރައީސް ޔާމިނުގެ އެކަނިތޯ އަބުރުފުޅު އޮންނަނީ, ތިމާ ކޮއްފަ ހުންނަ ކަންތަށް ގޮވީމަ އެކަން ހުއްޓުވަން ވެސް ތިކަން ކުރަން ވާނެ, މީހުންގެ ދަރިން މަރަމުން ދާއިރު އެކަމަށް ފިޔަވަޅެއް ނޭޅޭ, ނުބުނަން ހުއްޓަސް ނުހުރެވޭނެ ނުބުނެއެއް, އެހާވަރަށް ދުލަށް ދަމާއެބަ, ހައްގު ބަސް ބުނާ މީހާ ޖަލަށް... ކުއްކުރާ މީހާ މިނިވަން ކަން މަތީ އަބަދަށް..
މަށަކަށް ނުފެނޭ ތިކިޔާ އެއްކަމެއް ވާތަނެއްވެސް. މަގޭ ލޯކަނެއްވެސް ނޫން. އެހެންވީމާ އަޅުގަނޑު ނިންމާނީ ތިޔައީ ތިޔަބޭޅާއަށް ފެންނަ ހުވަފެނެއްކަމަށް ނޫނީ ބަޔަކު މީހުން ތިބާގެ ކަންފަތަށް އެއްޗެއް އިއްވާއިއްވާއިއްވާއިއްވާ ގޮސް ސިކުޑީގައި ނުނިކުމެ ހަރުލާފައިވާ އެއްޗެއްކަމަށް.
ބަލަގަ މިހާރުގެ ރީތިކޮށް ޑިމޮކްރަސީގައި ތުހުމަތު ކުރެވުމަކީ ކުއްވެރި ވުމެއް ނޫން.... ބުނާތި ފެންނަން ހުރި ކަންތަކޭ... މާ އެނގިފަ އެންމެން
ތިއާއި މިކަމާއި ހުރި ގުޅުމަކީ ކޮބާ؟
ރޔާމީންގެ އަބުރެ ވާކަން ގަބޫލު ނުރަނީތަ. ރޔާމީންގެ ކެތްތެރިކަން މިހާދުވަސްވީއިރު އަޅާނުލާހުރުން. ﷲވަނީ ހުރިހާ މީސްތަކުންގެ އަބުރާ ލެޔާ މުދަލާ ހުރުމަތްތެރި ކުރައްވާފަ. މިކަން ގަބޫލުނުކޮށް ޑިމޮކުރަސީއޭކިޔާ ނުރުހޭ ކޮއްމެމީހެއް ނެތިކޮއްލަން ރޓީވީ އުފެދުނީސްއްސުރެން ދެކަމެނުކުރޭ.. އަހަރެން އެއްމެއުފާވާނީ ރޓީވީ ހުއްޓާލާދުވަހު.
އެހެންވެ ދޯ ވަލިއްޔުލް އަމުރު ގެ މަގާމުގަ ހުރެގެ މީހުންގެ ލެޔާ މުދާ ރައްކާ އެކުރަނީ. ލަދެއްނުގަނޭތަ އަނގަހުޅުވަން
ތިބުނީހަމަ ރަގަޅައް
މިތަނަކީ އެމީހަކާ އެމީހަކު އަމިއްލައަށް ތަހުގީގުކޮށް ހުކުމް ކުރާ ތަނެއްނޫން. ޕޮލިހުން ތިބެނީ ތަހުގީގުކުރަން.ކޯޓުތަކުން ހުކުމް ކުރަނީ.. ދީނުގައިވަނީ ހެކީގެ މައްޗަށް ކަމަށް ހުކުމް ކުރަންވާނީ. ކަލޭމެން ތިކުރާ މަސައްކަތަކީ ހަމަ އަބުރުކަތިލާ ގައުމު ފަސާދަކުރުން
މީހުންގެ ދަރިން މެރީމަ ހައްްޤު އަދަބު ދޭން މަސަކަތް ކުރާތީވެސް ކަންބޮޑުވެގެން އުޅެނިވެސް ހަމަ ތި މީހުން.
ތިބުނީ ހަމަރަގަޅައް
ރަގަޅު ލަސްވެސްވެއްޖެ ތިޔަކަން ކުރަން..ރާ ޓީ ވީ އއާއި އެމްޑީޕީ އުވާލަން ފެނޭ
ވަގަށް ގޮވުމަކީ ފެޝަނަކަށް ހެދީވެސްއެފަދަ ޖުރުމެއް ބަޔަކު ހިންގާެިތުވެސް އެމީހުނާ މެދު ދައުވާނުކުރުމުން
13އިން ކުރުއް ކޮންކަމެކޯ
މަނިކުފާނު ތިނިންމެވީ ވަރައް ރަގަޅު ނިންމުމެއް .ތިރާއްޖެޓީވީން ކިހާ ދުވަހެއްް ވެއްޖެ މަނިކުފާނުގެ އަބުރުފުޅާބެހޭތާ. މިހާ ދުވަސް ވީއިރު ރަގަޅު އަޅާ ނުލައްވާ ހުންނެވިކަންް . އަޅުގަނޑުނަމަ މިހާރު ތިރާއްޖެޓީވީ އަދި އެމްޑީޕީ. އޮވާލީމުސް ތިރާއްޖެޓީވީ ހިންގަނީ އިގިރޭސިވިލާތުގެ ނަރޯރާ ފާދިރީން ދޭލާރިންް އެކަން އިގޭގޮތަކީ ރާއްޖެޓީވީއައް އިގިރޭސި ސަފީރު ވަޑައިގެންކަން. ކޮބާ ވިލާޓީވީ ރޯކޮއް ލިއިރު ތިބުނާ އިގިރޭސި ސަފީރުން ރާއްޖެ ޓީވީ ރޯކޮއް ލީމަވެސް އެތައް ޑޮލަރެއް ދިނީވެސް ނަސޯރާއެއް. ރާއްޖެއައިސް ރިސޯސެއްގަ ހުރި މީހެއް މީމިރާއްޖެ ޓީވީއާ އެމްޑީޕީގެ ހަގީގަތް. ފިޔަވެޅު އަޅަން މާ ލަސްވެއްޖެމިހާރުވެސް...
އެބަހުރިތާ ކަމެއް، ގަބުރަށްކުރާ ދައުވާއެއް ކުރޭ. ކެމްޕެއިންނަށް މީހުން ފެލައިގެން ލާރި ހޯދުންނޫން ކަމެއް ނުކުރޭ. ބަހާ އެއްޗެއް ބަހާ. ގަބުރުބޭގެ ސަޕޯޓަރުން ވެސް ބުނަނީ ހުރިހާ އެއްޗެއް ކައިފަ 2018 ގެ ވޯޓް އިބޫއަށޯ. 2018 ގަބުރުބެ ފެއިލް ޔަގީން...ލޮލް :ޕ
ޙަޖަމުގާ މައްސަލަ އުޅެނީ ތޯއްޗެއް
ޢަބުރެއް އޮއްނަމަތާ!
އިންތިހާބުން ޔާމީނު ނުހޮވޭނެކަން އެގޭތީ ކުރާކަމެއްތީ... ދެން ހީއެއްނުވޭ އިންތިހާބު ބާއްވާނެހެން..
މިފަހަރު ކޮމިޝަނަށްވެސް އޮފިޝަލުންނަށް ނަގަނީ ޕީޕީ ކުދިން. ކިތަންމެ މަކަރެއް ހަދަް އުޅުނަސް ނެެހެދޭނެ. މާތްﷲ އިރާދަކުރެއްވިއްޔާ ތިހަދަން އުޅޭ މަކަރުތައް ފަލީހަތްކުރައްވައި ނާކާމިޔާބު ކުރައްވާށި...އާމީން. އިރާދަކުރެއްވިއްޔާ އިބޫއަށް 2018 ޔަގީން. ރައީސް އިބޫ މިހާރުންސުރެ ކިޔަންވީ
މަނިކުފާނުގެ އަބުރެއް އެބައޮތްތޯ
ތީ މިގައުމުގައި ފާޅުކަންބޮޑު ކޮއް މީސް މީހުންގެ އަބުރައް އަރައިގަންނަމުން ދާ ޓީވީ އެއް މިހާރުން މިހާރައް ރ ޓީވީ ބަންދުކުރަން ހުރިހާފަރާތްތަކަށް ގޮވާލަން އިންޝާﷲ 2018 ޔަގީން
ކޮބާ ރަންރީނދޫ ޓްވިޓަރޭ ތަމެންނަށް ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ގެޓް ދަ ޕޮއިންޓް. ގުޑް ގުޑް..
މަނިކުފާނު އެޑްވާންސް ކޮށް ގޮތްހުސްވީތޯ؟
ކޮބާ ރަންރީނދޫ ޓްވިޓަރޭ ހުންނާނެ މިހާރު ތަމެންނަށް ރަނގަޅަށް ރާކަނި މަސްކެވިފައި އިނގޭތޭ ތަމެން ދެން މަހަށް ދޭބަލަ މަހަށް މަހަށް މަހަށް މަހަށް މަހަށް މަހަށް މަހަށް ދޭބަލަ...
އަލީއަށް ބުނެލަންއޮތީ އިންތިޚާބުވެސް ބާއްވާނޭ ޔާމީންވެސް އިރާދަ ކުރެއްވިއްޔާ ހޮވޭނެއޭ
ބެއްޔާ ރައީސް ޔާމީން މިފަހަރު އެއްބުރުން ނަގާނެ ރާއްޖޭގެ އެންމެހާ ރައްޔަތުން އެއޮތް ގޮވާނަގަނީ ރައީސްޔާމިން ހޮވާނެ ކަމަށް ހުރިހާ ރަށެއްގައި އެންމެން އެއްބައވަންތަވެ އެއޮތް ޖަލްސާތަށް ބާއްވަނީ މިއީ ގައުމީ ކަމެއް.
ވައްކަން ކުރުމަކީ ހަރާންކަމެކޯ ގުދާރައް ބޭސްކުރަނީޔޯ އިންޑިޔާގެ ހރުކަށިފާދިރީ ސޮބްރޮމާނީި ބުނީ އައިލަވްޔޫ ނަޝީދުޔޭ ވެލާނާގެއިން ވައްކަންކުރުން އެއީވައްކަމެއްނޫނެވެ. ހަލާލްކަމެކޯ ވަެައްސަލާމް ގ. ކެނެރީ ކަނޑު ކޮސް ފާދިރީއައް.
ތި ރ ޓީވީ އަކީ ޤައުމު ފަނާކުރާ ޓީވީއެއް މުޅިންވެސް ފިތުނަ ވާހަކަ ދައްކާނީ ﷲއަށް ބިރުވެތި ނުވާ ބައިގަނޑު.
ވެއްޓެން ދާއިރު ތިޒާތުގެ މީހުން ބަލާނީ އަތުޖެހުނު ކޮންމެއެއްޗެއްގަވެސް ބަގުޑި ބެއްދޭތޯ!
ކޮންމެ މީހެއްގެވެސް އަބުރެއް އޮންނާނެ! އެހެންމީހުންނެކޭ އެއްފަދައިން ވެރިކަމުގައި ހުރި މީހާގެވެސް އަބުރު އޮންނާނެ! ނަމަވެސް ވެރިކަމުގައި ހުރި މީހާގެ އަބުރަށް އަރައިގަތުމަކީ މުޅި ރައްޔިތުންނާއި ސަރުކާރުގެ އަބުރަށްވެސް އަރައިގަތުމެވެ. ޢެހެންވީމާ ވެރިމީހާއަށް ވަގަށް ގޮވާ މީހުންނަށް ވަރަށް ބޮޑު އަދަބުދޭން ޖެހޭނެއެވެ.
ރ ޓީވީ ވުޖޫދައްޢަިފަހު މިގަުއުމުގެ އިޖުތިމާއީ ފޭރާން މުޅިން ފުޑުފުޑުކޮއް ހަރާބޮ ކޮއްލަިފި ދިވެހިންގެ ސިކުޑިތެރެއަށް ޔަހޫދީވިސްނުން ވެދިމާ މިހުރިހާ ފިތުނަފަސާދެއް ރެޔާދުވާލު ހުއްތިމެއްނެތި ކުރަމުންގެނދަނި މިޓީވީ ވަގުތުން ބަންދުކުރުމައް ސަރުކާރައް ގޮވާލަން
އަލްޖިބްރާއަށް ބުނަން އޮތީ ތިހީވާއެއްޗެކޭ. ރާ ޓީވީން ރައީސް ޔާމީންގެ އަބުރު ކަތިލަމުން ދާއިރު ވެސް އަޅާނުލާ ހުނަން ވީތަ. މާލަސް ވެސްވެޖެ. ރާ ޓީވީ މިހާރުން މިހާރައް ބަންދު ކުރަން ވެޖެ އަދި އެމް ޑީ ޕީ ވެސް އުވާލަން ވެޖެ. ރައީސް ޔާމީން 8 1 0 2 ޔަގީން. އިންޝާ ﷲ.
ތީ ހަމަ ފިތުނަ އުފައްދާ ދެ ފެކްޓްރީ ، ތި 2 ތާގެ ވަސްވެސް ފުހެލަން ޖެހޭ
ސާބަހޭ ރައީސް ޔާމީން.
ރަގަޅު ލަސްވެސްވެއްޖެ ތިޔަކަން ކުރަން..ރާ ޓީ ވީ އއާއި އެމްޑީޕީ އުވާލަން ފެނޭ
ޢަބުރަކީ ކޯޗެއްތަ ؟ ޢަބުރުވެރިން ނަކީ ކޮބައިތަ؟ ބުނެދީބަލަ
ރާޓީވީގަނޑު ބަންދު ކުރާށޭ. ބަންދު ކުރާށޭ. މިހާރު މިހާރަށް ބަންދު ކުރާށޭ. ކިހާ ދެރަ ކަމެއްހޭ. ކުރާށޭ ކުރާށޭ.
ޔާމީން، އަދްރޭ، އަދި ނިހާން އެކަނި ވެއްޖެ ، މިހާރު ގާތުގައި ތިބި އެހެން ހުރިހާ މިހުންވެސް އެތިބީ ވޯޓްގެ ވަގުތަށް އިންތިޒާރުގައި ބޮޑު ތަނުން ނޫނުކޭ ބުނުމަށް
ދެންނުތެޅޭ ބޮއިގެން ތިބެ ކިޔޭއެއްޗެއް އެއްމްޑީޕީ އަކަށް ނޭންގޭނެ
ތިމާއަކީ ގޭންގްލީޑަރެއް ވީމަ އަބަދު ވިސްނުމުގައި ހުންނަނީ އަނެއްމީހާ ހޭއަރުވާލަން. ޔާމިން ކޮށްފައިވާ ކަންތަކުފެ ވާހަކަ ދައްކަނީ އަމިއްލަފުޅަން. ޥެރިކަމުގައި ހުރެގެން ގަދަބާރު ދައްކާ ރައްިތުންނަށް އަނިޔާ ކުރުމުން އެކަމަން ޒިއްމާވާންޖެހޭ ދުވަސް އަންނާނެ. ދުނިޔޭގަ ވެރިކަން ކޮއްފައި ތިބި އެހެން ރައީސުންގެ ކިބައިން އިބްރަތް ލިބިގަނޭ.
އޮންނަނީ މިގޮތެވެ. ކުނިވެ ހަލާކުވުމާއި ދޮންވެ، ފައްކާވުމެވެ. ކުނިވެ ހަލާކުވާއިރު، ވަސްނުބައިވެ، ރަހަތަފާތުވެ، ކުލަހުތުރުވެއެވެ.
އަބުރެއް އޮންނަކަން ނޭގޭ މީހަކު ރާއްޖެ ޓީވީއަކުނެތް އެޓީވީ އެއީ ބޮޑުވަރެއް ދޮގުހެދުމުގެ ހައްދެއްނެތް
ކޮބާ ހަންގަނޑު ތުނިވީތޯ ކުރިންބުނި ތިމަންނަވަރައް ހަންބޯވާނޭ ކިހިނެތްމިވީ ތާއީދު ނެތްކަންއެގުނީތޯ
މީނާ އަދި ދަޢްވާކުރާނެ އޭސީސީ ގޮވައިގެން.އެއީ ރައީސްގެ އެކައުންޓަށް މިލިއަން ޑޮލަރ ވެއްދި ވާހަކަ ދެއްކީމާ.އެފައިސާއަކީ ރައީސަށް ލިބެން ޖެހޭ އެއްޗެއް.
ކޮބާއިތޯއޭ އަބުރުފުޅަކީ ބޮޑުތި ކޯޑިއަމަށް އަރާހުރެ މަނިކުފާނު އަމިއްޅަފުޅަށްނޫންތޯއޭ އަބުރުފުޅު ކަތިޅައްވަނީ މޮޔަގޮވަނީ ކީއްކުރައްވަންތޯ ދެން ރ ޓީވީ ރީދޫ ނަށްތާޅަންވީޔޯ މީ ބައިޔެއްދޯ