މާލެ އާއި ހުޅުލެ އާއި ދެމެދު އަޅާފައިވާ ސިނަމާލެ ބުރިޖު އާންމު ދަތުރުފަތުރަށް ހުޅުވާލާނީ މާދަމާ ހަވީރު 16:00 ގައި ކަމަށް ހައުސިން މިނިސްޓަރ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މުއިއްޒު ދެންމެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ "ސެޕްޓެމްބަރ 07 ވާ ހުކުރު ދުވަހު ހަވީރު 16:00 ގައި ސިނަމާލެ ބުރިޖު އާންމު ދަތުރުފަތުރަށް ހުޅުވާލެވޭނެ. އިންޝާﷲ" އެވެ.

ބުރިޖު މާދަމާ އާންމު ދަތުރުފަތުރަށް ހުޅުވާލާއިރު ބުރިޖު ހުރަސްކޮށް ދަތުރުކުރާ ފަރާތްތަކުގެ އަތުން ނަގާނެ ފީގެ އަދަދު އަދި އާންމު ކޮށްފައެއް ނުވެއެވެ. ނަމަވެސް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި ވެހިކަލް ޕާކް ކުރެވޭނެ އަގުތައް މިއަދު ވަނީ އާންމު ކޮށްފައެވެ. ބުރިޖުގެ ބަސް ދަތުރުތައް އެމްޕީއެލް އިން ކުރުމަށް ހަމަޖެހިފައި ވާއިރު ފުރަތަމަ ތިން ދުވަހު ބަސް ދަތުރުތަކަށް ވެސް ފީއެއް ނުނަގާނެއެވެ.

މާދަމާ ބުރިޖު އާންމު ދަތުރުފަތުރަށް ހުޅުވާލާއިރު ބުރިޖާއި ގުޅިފައިވާ މަގުތައް ފުޅާކޮށް ތާރު އެޅުމަށް ފަހު މިރޭ ވަނީ އާންމު ދަތުރުފަތުރަށް ހުޅުވާލާފައެވެ.

މާލެ އާއި ހުޅުލެއާ ދެމެދު ފެރީގައި ކުރާ ގާތްގަނޑަކަށް 20 މިނެޓުގެ ދަތުރު، ބްރިޖާ އެކު ތިން މިނެޓަށް އަވަސްވާނެ އެވެ. ބްރިޖުގައި ވެހިކަލްތަކަށް ޖުމްލަ ހަތަރު ލޭން އޮންނާނެ އެވެ. އެއީ ހުޅުލޭ ކޮޅަށް ޚާއްސަ ދެ ލޭނާއި މާލޭ ކޮޅަށް ދެ ލޭނެވެ. މާލޭ ކޮޅުގެ ދެ ލޭންގައި، 3.5 މީޓަރު ހުންނައިރު، އަނެއް ދެ ލޭންގައި 3.2 މީޓަރު ހުންރެ އެވެ.

ބްރިޖްގެ މަސައްކަތަށް 200 މިލިއަން ޑޮލަރު ޚަރަދު ވާއިރު އޭގެ ތެރެއިން 116 މިލިއަން ޑޮލަރަކީ ޗައިނާ ސަރުކާރުގެ ހިލޭ އެހީ އެވެ. އަދި 72 މިލިއަން ޑޮލަރަކީ ޗައިނާގެ ލޯނު އެހީ އެވެ. މި މަޝްރޫއަށް ދިވެހި ސަރުކާރުން 12 މިލިއަން ޑޮލަރު ހޭދަކުރިއެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. އަހައްސަ

    ކޮންއިރަކުތަ ހުޅުލެއާ މާލެއާ ދެމެދު ވިހި މިނެޓުގެ ދަތުރު ކުރީ.

    • Anonymous

      އަވަހަށް ބުރިޖަށް އަރަން އާދޭ!! އަހަރެމެން ޕިންކީ ތިބޭނަން ވެލްކަމް ކިޔަން! ހެޔޮ ރީނދޫ ގެރިގުއި ނިތްކުރީގައި އުނގުޅައިގެންވިޔަސް!! ???

    • Anonymous

      ގޮށްރީނދޫ ހެދުންގަނޑުލައިގެން ނަމަވެސް އަވަހަށް އާދޭ ބުރިޖުން ދުއްވާލަން!! އަވަހަށް އައުދޭ!!

  2. ތިންގްސް

    ކޮބާ ކުދިންނޭ އަވަހަށް ހުރިހާ ކުދިން ވެސް ޕިންކް ހެދުމުގައި އަންނަންވީއޭ މަމެން އަޅާފައިވާ ޓައިޓޭނިއަމް ބްރިޖް މަތީ ހިނގާލާ ލަވަ ކިޔާލާ ބްރޭކް ޑާންސް ސްޓެޕްސް ތައް ޖައްސާލަން އޯއްޔޭއް މަމެން ޕިންކީން ނަކީ މީ ބްރިޖް އެޅުމުގައި ވަރަށް ބޮޑެތި މީހުންނޭ ބިކޮޒް މަމެންނަށް ވަނީ މިރޮގުން ދުނިޔޭގެ އެވޯރޑް ވެސް ލިބިފައޭ ދީސް އާރ ދަ ތިންގްސް އައި ކާންޓް އިގްނޯރ އޯއް ޔޭއް އައި ކުޑް ލައިކް އިޓް ޓިލް ދަ ޑޭ ދެޓް އައި ޑައި ޑައި ޑައި ޑާއި ޑާއި ޑާއި އައި އޭމް ލުކިންގް ފޯރ ދަ ކެޓް ވޯކް އޮފް ޔޫ އޮން ދަ ބްރިޖް ބްރިޖް ބްރިޖް ބްރިޖް ބްރިޖް އައި ރިއަލީ ލައިކް އިޓް...

  3. ސައިނީ

    ތިބުނާ ރިންގް ރޯޑް މިރޭ ހުޅުވީމަ ބަެއް ކުދިން ވީ ހޭބަލި އަދި ބްރިޖް ހުޅުވީމަ ހުދުހޭނީ ކެމެރާއެއްނެއް ދެން ހަބޭސް

  4. މާހިރު

    ނިމުނީތަ ހުޅުވޭވަރު ވެއްޖެޔަ މަހިތައްއަރާ ދުނިޔޭގަ ހުރިޖާތަނެއްގަވެސް މިހުރިހާ ސަކަރާތެއް ޖަހާބާއޭ ނޫނޭވާ ތީބުރިޖެއް ޔަގީން އަންނިނަމަ މާބޮޑު ކަމަކަށް ނުހަދާ އަވަހައް ދަތުރު ކުރެވުނީސް ތީގެން

    • Anonymous

      ކަލޭ ބުރިޖަށް ނާރާ ތި!!

  5. މޯޑު

    އައްސަރި ބަހާއި ސާބަސް ރައީސް ޔާމީން މަނިކުފާތީ ކެރޭ ހިއްވަރުގަދަ މިދިވެހި ގައުމުދުއް ކުޅަދާނަ ލީދަރެއް އަޅުގަޑުމެން މިތިބީ މަނިކުފާނު ގެ ފަހަތްޕުޅުގަގަުމާގެން ކުރިޔަ ވަޑައިގަންނަވާ 2018 ގެ އިންތިހާބުން 85 ޕަސެންޓުން ކާމިޔާބުވުމައެދި ދުއަކުރަން އަދި 23 ސެޕްޓެންބަގަ މިނަގާ ވޯޓުން މަނިކުފާނަ ކުރިއެރުން މިންވަރު ކުރައްވާށި އާމީން

  6. ދިސްލައިފް

    ސިނަމާލެ ބުރިޖު އާންމު ދަތުރުފަތުރަށް ހުޅުވާލާނީ މާދަމާ ހަވީރު 16:00 ގައި ކަމަށް ވާނަމަ އެކަމަކީ އެއީ މަމެން އުފާ ކުރާ ކަމެކޭ މިކަން މަމެން ޕިންކީން ނަށް ކޮށް މިދިނީ އެއީ މަމެން ޕިންކީންގެ ބިއުޓިފުލް އެން އޯސަމް އެން ފްލޯލެސް ސަރުކާރުންނޭ ދިސް ލައިފް އިޒް ސްޕާރކްލިންގް ޑޯންޓް ޔޫ ލެޓް އިޓް ގޯ ދިސް ލައިފް ފްލޯލެސް ޑޯންޓް ޔޫ ލެޓް އިޓް އެން ގޯ އޯލް އައި ކޭން ސޭ އިޒް އައި އޭމް ލުކިންގް ފޯރ ޔުއަރ ޗެކްމާރކް...

  7. ޖަމް

    އިންތިޒާރުގެ ނިމުން ވަރަށް ފޮނި. ބްރިޖްމަތީ އުދުހެންވީ. ސޭފްޓީ އަކިީ ކޮންމެ ފަރުދެއްގެ ޒިންމާއެއް. ހޭބަލިނުވެ ގަވާއިދާ އެއްގޮތަށް ދުއްވަންވީ.