މިދިޔަ ބުދަ ދުވަހު މޫސުން ގޯސްވެ ކުރި ވިއްސާރަގައި ސީޕްލޭން އަކަށް ވަރަށް ބޮޑެތި ގެއްލުންތަކެއް ލިބިއްޖެއެވެ.

މިހާރު މީސް މީޑިއާގައި ދަނީ އެ މަންޒަރުގެ ވީޑިއޯ ދައުރުވަމުންނެވެ.

އެ ވީޑިއޯއިން ފެނިގެން ދަނީ މަންތާ އެއާގެ ސީޕްލޭނަކަށް ގެއްލުންތަކެއް ލިބިފައިވާ މަންޒަރެވެ. މިގޮތުން ބޯޓުގެ ހަލްގެ އެންމެ ކުރީކޮޅަށް ބޮޑެތި ގެއްލުންތަކެއް ލިބިފައި ހުރި މަންޒަރު ފެނިގެންދާއިރު، ކަނޑު ގަދަވުމުގެ ބޯޓުގެ އެއް ފިޔަގަނޑު އެއްގަމުގައި ޖެހެމުންދާ މަންޒަރުވެސް ފެނިގެން ދެއެވެ.

މިއީ ކޮން ތަނެއްގައި ހިނގި ހާދިސާއެއްކަން ސާފެއް ނުވެއެވެ.

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައަކީ ރާއްޖޭގެ އިރުމަތީގައި އުފެދިފައިވާ ކޮޅިގަނޑު ރާއްޖެ ހުރަސްކޮށް އަރަބިކަނޑަށް ޖެހެމުންދާތީ ކުރަމުންދާ ވިއްސާރައެކެވެ. އެހެންކަމުން ރާއްޖޭގެ އެކިހިސާބަށް ވިއްސާރަކޮށް، ވައިގަދަވެ، ކަނޑުތައް ގަދަވާނެކަމަށް ލަފާކުރެވޭ ކަމަށް މެޓުން ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ހުސެންް

    ތިވަރުން ކިހިނެއްބާ ފުނަދުއަށް ސީޕުލޭން ޓާމިނަކް ބަދަލު ކުރެވޭނީ. ދެވަނަ ވިސްނުމަކަށް ދިއުން ބުއްދިވެރި.

    8
    2
  2. ދަތްނެތްކުއްޖާ

    މަންޓާ އެއަރ ލައިނަށް ލިބުނު ގެއްލުމަށްވުރެ ވީ ފައިދާ ބޮޑު ވާނެކަމަށް ލަފާ ކުރެވެނީ. ސަބަބަކީ އިންސްއަރެންސް އިން އޭގެ 3 ބޯޓު ގަނެވޭނެ ވަރަށް ޑޮލަރ ލިބޭނެ ކަމަށް ލަފާ ކުރެވެނީ.

    9
    5
  3. ފަރީދާ

    ސީޕްލޭނުނަގިލިކަހާލީ

    11
  4. އަދަމް

    ކޮން ތަނެއްކަން ނޭނގިއްޖެއްޔާ ދެން ބަލަމާ ހިނގާ އެއީ މޮޅު އެޑިޓެއް ކަމަށް