ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ގެންދަވަނީ މިއަހަރު އޮންނަ ރިޔާސީ އިންތިޚާބަށް ކެމްޕޭން ކުރައްވަމުންނެވެ. އިދިކޮޅު ފަރާތްތަކުން ރައީސް ޔާމީނަކީ "އަނިޔާވެރިއެއް" ކަމަށް ސިފަކުރި ނަމަވެސް އެމަނިކުފާނަށް ފަރުވާލެއް ނެތެވެ. ތަރައްޤީގެ މަޝްރޫޢުތައް "ޔާނު ސްޕީޑްގައި" ކުރިއަށް ގެންގޮސްގެން ރިޔާސީ އިންތިޚާބު ފަސޭހައިން ކާމިޔާބު ކުރެވިދާނެ ކަމަށް ރައީސް ޔާމީނާއި ޕީޕީއެމް އިން ވެސް ގަބޫލު ކުރެއެވެ. ނަމަވެސް ސުވާލަކީ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރުން ރައީސް ޔާމީނަށް ވަރަށް ފަސޭހައިން ކުރެވިދާނެ ކަމަކަށް ވާނެ ހެއްޔެވެ؟
ރާއްޖޭގެ ސިޔާސީ މަސްރަހަށް ނަޒަރު ހިންގާ ބެލުމުން ފެންނަ ބޮޑު މަންޒަރަކީ ރައީސް ޔާމީނާއި ވާދަކުރައްވާނެ ކަމަށް ލަފާކުރެވޭ ބޭފުޅުންތަކެއް ތަފާތު ކުށްތަކުގައި ޖަލުގައި ތިއްބެވި މަންޒަރެވެ. ނަމަވެސް އިދިކޮޅުގެ ހަރަކާތްތައް އަންޑާއެސްޓިމޭޓް ކޮށްގެން ސަރުކާރުން ތިއްބެއްޖެނަމަ ބޮޑު ލަނޑެއް ލިބިދާނެއެވެ.
ގަބޫލުކުރަން ކިތަންމެ ބޭނުން ނުވި ނަމަވެސް ހަޤީޤަތަކީ ރައީސް ޔާމީން ވެރިކަމަށް ވަޑައިގެންނެވި އިރު އެމަނިކުފާނަށް އޮތް އާރާއި ބާރު މިއަދު ކުޑަ ވެއްޖެއެވެ. "ފައިސާ ދީގެން ނަމަވެސް" ނުވަތަ އެހެން ގޮތަކުން ނަމަވެސް އިދިކޮޅު ފަރާތްތަކުން ސަރުކާރަށް އަޅުވާލި ކިތަންމެ ލޮޅުމެއްގެ އަސަރުކޮށް ސަރުކާރުގެ ނޭވާ ކިތަންމެ ފަހަރަކު ހާސްކޮށްލައިފިއެވެ. ކުރިން ރައީސް ޔާމީނާއި އެކު ތިއްބެވި ކިތަންމެ ލީޑަރުންނެއް މިއަދަަކު ނެތެވެ. ކުރިން ރައިސް ޔާމީނާއި އެކު ތިއްބެވި ކިތަންމެ މަޖިލިސް މެންބަރުންނެއް މިއަދަކު ނެތެވެ.
އެހެންކަމުން ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގެ ނަތީޖާ ވެސް ވަރަށް ބޮޑަށް ޔަގީންކޮށް، ކާމިޔާބީ މިހާރުން ފެށިގެން ވެސް ފާހަގަ ކުރަމުން ރިޔާސީ އިންތިޚާބާއި ހަމައަށް ދާން ޕީޕީއެމްގެ ވިސްނުން ހުރިނަމަ އެއީ ގޯހެކެވެ.
ރައީސް މައުމޫނާއި ރައީސް ނަޝީދާއި ގާސިމް އިބްރާހިމް ބަންދެއްގައި ތިއްބެވި ނަމަވެސް އެބޭފުޅުންނަކީ ވެސް ރާއްޖޭގެ ސިޔާސީ މަސްރަހުގެ ހިސާބުކިތާބު ޖަހަން އެނގިވަޑައިގަންނަވާނެ ބޭފުޅުންނެވެ. އެބޭފުޅުން އަދިވެސް އަރުއްވަން ހުންނެވި ގޮޅި ހުސްވެއްޖެ ކަމަށް ހީކޮށްގެން ނުވާނެއެވެ. އެންމެ ފަހު ވަގުތު ވެސް ސުނާމީއެއް އުފައްދާލުމުގެ ގާބިލްކަން އިދިކޮޅުގައި ހުރެދާނެއެވެ. މިހާރުން ފެށިގެން އެސުނާމީ އަށް ތައްޔާރު ނުވެވިއްޖެނަމަ ރައީސް ޔާމީނަށް ރިޔާސީ އިންތިޚާބު ކާމިޔާބެއް ނުވާނެއެވެ. ނަމަވެސް މިހާރުން ފެށިގެން އެސުނާމީ އަށް ސަރުކާރުންނާއި ޕީޕީއެމް ފުރިހަމައަށް ތައްޔާރުވެއްޖެނަމަ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރުން އުނދަގުލެއް ނުވާނެއެވެ.
ޕީޕީއެމްގެ ސަޕޯޓަރުން ގިނައެވެ. ރައްޔިތުން މަޖިލީހުގެ ޕީޕީއެމްގެ މެންބަރުންގެ ތެރެއިން ގިނަ ބޭފުޅުން ވަރަށް ގިނައިން ޓްވީޓް ކުރައްވާ ޓީވީ އިންޓަވިއުތައް ވެސް ދެއްވައެވެ. ނަމަވެސް އެއީ އަދި ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެވޭ ވަރުގެ ކެމްޕޭނެއް ނޫނެވެ.
ރަށްރަށުގައި ހުރި ޕީޕީއެމްގެ ޖަގަހަތައް ފަޅުވެފައި އޮތް އިރު، ބައެއް މެންބަރުންގެ އަމިއްލަ އެދުމުގެ ސަބަބުން ކެމްޕޭން ހަރަކާތްތައް މެކުހަށް ޖެހުމަށް އެކްޓިވިސްޓުންނަށް ވެސް އުނދަގޫތައް ކުރިމަތިވެފައިވާ ކަމަށް ވެއެވެ. ކެމްޕޭން ހަރަކާތްތައް ހިންގަން މަޖިލިސް މެންބަރުންގެ އެހީތެރިކަން ރަށްރަށުގެ އެކްޓިވިސްޓުންނަށް ނުލިބުމުގެ ސަބަބުން ކެމްޕޭނަށް ވަނީ ހުރަސް އެޅިފައެވެ. އެހެންކަމުން މިހުރަސްތައް ނައްތާލާނެ ފޯމިއުލާއެއް ވަރަށް އަވަހަށް ރައީސް ޔާމީން އުފަން ނުކުރައްވައިފިނަމަ ރިޔާސީ އިންތިޚާބުގައި ރައީސް ޔާމީން އެކަމުގެ އަގު ދައްކަން ޖެހޭނެއެވެ.
ސަރުކާރުގެ ކޮރަޕްޝަންގެ ވާހަކައަކީ އިދިކޮޅު ފަރާތްތަކުން އެންމެ ހަރުއަޑުން ދައްކާ ވާހަކައެވެ. ކޮރަޕްޝަން ސަރުކާރުގެ ތެރޭގައި އޮތް ކަމަށް ރައީސް ޔާމީން ވެސް އެއްބަސްވެ ވަޑައިގަންނަވައެވެ. ކޮރަޕްޝަން ނައްތާލަން މިސަރުކާރާއި އެއްވަރަށް ފިޔަވަޅު އެޅުނު ސަރުކާރެއް ނޯންނާނެ ކަމަށް ރައީސް ޔާމީން ވިދާޅުވަނީ ވެސް އެހެންވެގެންނެވެ.
ނަމަވެސް އަދިވެސް ކޮރަޕްޝަން ހުއްޓުވަން ސަރުކާރުން ކުރަން ޖެހޭ މަސައްކަތް ގިނަ ކުރަން އެބަޖެއެވެ. ނުކިއްސަރު ގޮތްގޮތައް ހާއްސަކޮށް ރައްޔިތުން މަޖިލީހުގެ ބައެއް މެންބަރުން ލިބޭ ކަމަށް ބުނާ ފައިސާ އަކީ ކިހިނެއް ކޮންތާކުން ކޮންއިރަކު ހޯދި ފައިސާތޯ ބެލޭނެ ނިޒާމްތައް ހަރުދަނާ ކުރަން އެބަޖެހެއެވެ. ބައެއް މީހުންނަށް މާބޮޑަށް ވެސް ފަހިވާގޮތައް ސަރުކާރުގެ ތެރެއިން ކަންކަން ވާކަމަށް ކުރެވޭ ތުހުމަތުތަކުގެ ހަޤީޤަތް ހޯދެން އެބަޖެހެއެވެ. އެފަދަ ކަންކަން ހުއްޓުވެން އެބަޖެހެއެވެ.
ރައީސް ޔާމީން ވަނީ އައިސީޔޫގައި އޮތް ސިއްހީ ނިޒާމްގައި ފުރާނަ އަޅުވާ ސިއްހީ ނިޒާމު ބަލި އެނދުން ނަގާފައެވެ. 25 ބުރީގެ ދަރުމަވަންތަ ހޮސްޕިޓަލްގެ އިތުރުން ސިއްހީ ނިޒާމަަށް ގެނެސްފައިވާ ތަރައްޤީ އަދި އިތުރަށް ވެސް ނޯޓް ކުރެވިދާނެއެވެ. ހުޅުލޭ ބުރިޖާއި، ވެލާނާ އެއާޕޯޓް ފަދަ ބިޔަ މަޝްރޫޢުތަކާއި، ރަށްރަށުގައި ކުރިއަށް ގެންދާ ތަރައްޤީގެ މަޝްރޫޢުތަކުގެ ވާހަކަތައް ވެސް ނޯޓް ކުރެވިދާނެއެވެ.
ނަމަވެސް އެމަންޒަރު ހަމައެކަނި ބަލާފައި ރައްޔިތުން ވޯޓް ދީފާނެތޯ އެއީ ސުވާލެކެވެ. ރައީސް މައުމޫން ވެސް ރާއްޖެ އަށް ކަންތައްތަކެއް ކޮށްދެއްވެވިއެވެ. ނަމަވެސް 30 އަހަރަށް ފަހު ވެރިކަން ދިފާޢެއް ނުކުރެވުނެވެ. ރައީސް ނަޝީދުގެ ވެރިކަމުގެ ތިން އަހަރު ތަރައްޤީގެ އެންމެ ބޮޑު މަޝްރޫޢުއެއް ވެސް ނުހިންގައެވެ. ސިއްހީ ނިޒާމް ފުނޑާލިއެވެ. މީގެ އިތުރުން ވެސް ކިތަންމެ ކަމެއް ގޯހުން ގޯހަށް ދުއްވާލިއެވެ. ނަމަވެސް 2013 ވަނަ އަހަރު ރިޔާސީ އިންތިޚާބު ކާމިޔާބު ކުރުމާއި ގާތައް ރައީސް ނަޝީދު ޖެހިވަޑައިގެންނެވިއެވެ.
ސުވާލަކީ ރައީސް ނަޝީދުގެ ވެރިކަން ދޯދިޔާ ވެގެން ދިޔައިރު ވެސް ގިނަ ބަޔަކު އެމަނިކުފާނަށް ވޯޓް ދިނީ ކީއްވެ ހެއްޔެވެ؟ ޖަވާބަކީ އެމްޑީޕީގެ އެކްޓިވިސްޓުންނަށް ލިބުނު ފަސޭހަ ފުރުސަތުތަކެވެ. އެމްޑީޕީ އެކްޓިވިސްޓުންނަށް ލިބެމުން ދިޔަ އާރާއި ބާރެވެ. އެއާރާއި ބާރު މިއަދު ޕީޕީއެމްގެ އެކްޓިވިސްޓުންނަށް ނުދިން ނަމަވެސް ޕީޕީއެމްގެ މެންބަރުންގެ އެހީނެތި ޕީޕީއެމްގެ ސަރުކާރެއް ގާއިމު ނުވާނެ ކަން ރައީސް ޔާމީން ގަބޫލު ކުރައްވަން އެބަޖެހިވަޑައިގަންނަވައެވެ.
ރިޔާސީ އިންތިޚާބުގެ ވިޔަ ޖަހާއިރު ރައީސް ޔާމީނަށް އިންތިޚާބު ކާމިޔާބު ވެދާނެ ކަމަށް މިހާރު ދައްކަފާނެއެވެ. ނަމަވެސް އަވައްޓެރި ސްރީލަންކާގެ ކުރީގެ ރައީސް މަހިންދްރަ ރާޖަޕަކްސަ އަށް ލިބުނު ފަދަ ލަނޑެއް ނުލިބި ރިޔާސީ އިންތިޚާބު ކާމިޔާބު ކުރަން ރައީސް ޔާމީން ދުރުވިސްނުންތަކެއް ގެންގުޅެން އެބަޖެހެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ފުލް ކޮންޓްރޯލް އޮތް ރިޔާސީ އިންތިޚާބުގެ ކެމްޕޭން ރައީސް ޔާމީންގެ ހަޤީޤީ ސަޕޯޓަރުންގެ އަތްމައްޗަށް ދޫކޮށްލަން އެބަޖެހެއެވެ. އެހެންނޫނީ ރައީސް މައުމޫނަށް 2008 ވަނަ އަހަރު ދިމާވި ފަދަ ގޮތެއް ރައީސް ޔާމީން ތަކުރާރު ކުރަން ޖެހިދާނެއެވެ.
ޔަގީން ހޮވޭނެ އިންޝާﷲ
ޙެހެހެހހެ.....ނަވާޒޫ...ސަރުކާރުން ހާދަލާރިއެއް ލިބޭދޯ....ތިއުޅޭ އެއްޕާޓީއެއްގެ އެކަކަށްވެސް މަގޭ ފެމެލީގެ އެކަކުވެސް ވޯޓު ނުލާނެ...ހައްތަހާ އަމިއްލަ އެދުމައިގެން އުޅޭމިހުން..
ކުރިމަތި ލާކޮންމެ މީހެއް ޖަލައްލާގެން ދެން ކާމިޔާބުވެދާނެ....
ﷲ އިރާދަކރެއްވިއްޔާ ކާމިޔާބުވާނެ. ވެރިކަން ދެއްވަނީﷲ، އެވެރިކަން ގެންދަވަނީވެސްﷲ، ﷲއީ ހުރިހާކަމެއް މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާންގެ. އެކަލާންގެއީ ކޮންމެކަމަކަށް ކުޅަދުންވަންތަ ރަސްކަލާންގެ.
ވާސަރީ ވަރަށް ވެސް މޮޅު އިބުރަތްތެރި މަޒުމޫނެކެވެ.
ސުވާލަކީ އެމްޑީޕީ ސަރުކާރުގަ ތަރައްގީގެ އެއްވެސް މަޝްރޫއެއް ނުހިންގާކަމަށްއޮތީމަ އުފެދޭސުވާލު! މިލިޔުނު ވިސްނުންކޮށި މީހާއަށް ނޭންގެނީތޯ އެސްވެސްކަމެއް ކުރަން އަޭރުގެ އިދިކޮޅު ޕީޕީއެމުން ނުދިނީކަން! ގަބޫލުކުރަންޖެހޭ ހަގީގަތަކީ އެމްޑީޕީސަރުކާރުގަ މިރާއްޖެއަށް ރައްޔިތުންގެ ލޯ ހުޅުވާލަދިންކަން, ޕީޕީއެމްގެ އެކްޓިވިސްޓަކު އީސީގެ ރައީސްއަކަށް ބަހައްޓައިގެން ރައީސްޔާމީނު ކީއްކުރާ ކެންޕޭނެއް ހަހަހަހަހަޖަޖަޖަަޖޖ ގެޓުވެއްޖެތޭ ތަމިންނަށް
މިއަދު މިގައުމުގެ ސަރުކާރުން ހިންގާ ތަރައްގީގެ މަޝްރޫޢު ތަކަށް ރީނދޫ ބައިގަނޑު ވަކިންޚާއްސަކޮށް މުނާފިގު ނަޝީދު ހުރަހެއް ނާޅާތަ؟ އެކަމަކު ކަލޭމެން އަޅާހުރަސްތައް މާތްﷲގެ ވާގިފުޅާއެކު މިސަރުކާރުން އެދަނީ ގިރާކުރަމުން. ކަލޭމެންވެސް އެގޮތަށް މަސައްކަތް ނުކުރީކިއެއްވެ؟ އެއެއްނޫން ވާގޮތަކީ ކަލޭމެންގެ އެ ކޮލިޓީ ނެތިފަ ކަލޭމެންނަކީ ޚިޔާނާތް ތެރި ވަގު ބައިގަނޑަކަށްވާތީ ކަލޭމެން ބެލީ ޚުދު ކަލޭމެންގެ އަންބޮނޑި ބޮޑުކުރެވޭތޯ. އެކަން ކަލޭމެންކުރިންދޯ....!
ޔާމީން ހޮވޭނެ ދެންކުރިމަތިލާންތިބި ދެމީހުންނަކީ ވެރިކަންހަވާލުކުރުމުން ފިލާރައްކާވި މީހަކާ އަބަދުވެސް ވެރިކަންލިބޭތޯ މުޅިއުމުރުގައި މަރުފަލިޖަހާމީހެއް
ރައީސް ޔާމީންގެ ފަހަތްޕުޅުގައި އިހައްތިބި މަޖްލިހުގެ ކިތައްމެ މެންބަރުންނެތް މިއަދު ނެތަސް އިހަށްތިބި ކިތައްމެ ލީޑަރުންނެއް ޑީލަރުންނަށްވެގެން މިއަދު ނެތަސް އިހަށް މިގައުމުގައި ކުރެވިފައިނެތް ކިތައްމެކަމެއް ރައީސް ޔާމީން ކުރައްވައިފިއެވެ. އިހަށް ލިބެންނެތް ކިތައްމެ ޚިދުމަތެއް މިއަދު ލިބޭނެގޮތް މެދުވެރިކޮށްދެއްވައިފިއެވެ. އެމަނިކުފާނު މިގައުމާ ހަވާލުވިއިރު މިގައުމުއޮތީ ކެރަފާނަޝީދުގެ ނުބައިނުލަފާކަމުން ދަރާވިކިފައެވެ. ބަނގުރޫޓުވިކަން އިޢުލާންކުރާ ހިސާބުގައެވެ. އިގްތިޞާދު އިނދަޖެހިފައެވެ، ޞިއްހީ ނިޒާމު ވިޔަފާރިއުސޫލަށް ފައްތާލުމުން އެނިޒާމުއޮތީ މުޅިން އިނދަޖެހިފައެވެ. މުޅި މިގައުމުގައިއޮތީ ބޭރުގެނުފޫޒެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީސް ވެސް ހިންގަނީ ބޭރުމީހުންނެވެ. ބައެއްގައުމުތަކުގައި ހުރި ދިވެހި އެމްބަސީތަކުގައިވެސް ދިވެހިންގެ ބަދަލުގައި ބޭރުމީހުނެވެ. ތަރައްގީގެ އެއްވެސް ފިޔަވަޅެއް އެޅިފައެއްނެތެވެ. ގާތްގަނޑަކަށް ބޭނުންކުރާ ހުރިހާތަކެއްޗެއްހެން ރާއްޖެއިން ބޭރުންގެންނަ ގައުމަކަށް މިގައުމުވާއިރު ބޭރުފައިސާ ޔޫއެސް ޑޮލަރުގެ އަގުބޮޑުކޮށް އަދި އެ ލިބެންހުރިމަގު ކަމަށްވާ ހުޅުލެ އެއަރޕޯރޓު އިންޑިއާއަށް ވިއްކާލުމުގެ ސަބަބުން ޑޮލަރު ލިބެންއޮތްމަގު ބަންދުވެ ސަރުކާރުގެ ބޭނުންތަކަށްވެސް ޑޮލަރު ނުލިބި ތާށިވެފައެވެ. މިކަންކަމުގެ އިތުރުން މާތްވެގެންވާ އިސްލާމްދީނަށް ބޮޑު ގޮންޖެހުންތަކެއް ކުރިމަތިވެފައެވެ. މިއަދު މާތްﷲގެ ވާގިފުޅާއެކު އެހުރިހާކަމެއް ރައީސް ޔާމީންގެ ތޫނު ވިސްނުންފުޅު ބޭނުންކޮށްގެން ވަނީ ހަމަޔަކަށް އަޅުވާފައެވެ. އިދިކޮޅުމީހުން ކެނޑިނޭޅި ކަންކަންވިޔަނުދޭން ކުރަމުންދާ މަސައްކަތްތަކަށްވެސް ވިސްނުންތެރިކަމާއެކު ކުރިމަތިލާ ބަލިކުރަމުންދަނީއެވެ. އެއާއެކު ރާއްޖޭގެ ތަރައްގީ ބާރުސްޕީޑްގައި ދަނީ ކުރިޔަށެވެ. އެހެންކަމުން ރައްޔިތުންގެ ތެރެއިން ރީނދޫ ސިޙުރު ނުޖެހޭ އެންމެނަށްވެސް މިކަންކަން އޮތީ ގަބޫލުކުރެވިފައެވެ. ވީމާ އެމަނިކުފާނަށް ރިޔާސީ އިންތިޚާބު މާތްﷲގެ ރަޙްމަތްފުޅުން ކާމިޔާބުވުމުގެ އުއްމީދު ވަރަށްބޮޑެވެ. ކޮންމެއަކަސް ރައީސް ޔާމީން އިންތިޚާބު ވެއްޖެނަމަ ކުރިޔަށް އޮތް ތަރައްގީގެ ފިޔަވަޅުތައް އަދި މާގިނަވެފައި ފާގަތިވާނެއެވެ. އޭރުން ހުރިހާމޮޅެއްވާނީ ހަމަ ދިވެހި އެއްމެހާ ރައްޔިތުންނަށެވެ.
ދެންމިހާރު 5 ނިމޭއިރުވެސް ކީއްވެ ޑޮލަރު އަގު ދައްނުކުރެވެންވީ. ކުރިންވެސް މަކަރުން 12.85ރފ ކިޔާގެން އުޅުނީ. އަސްލު ޑޮލަރު ހަމަ އަގުގަ މިހަަރު އެހުރީ. ނަޝީދު ދައްނަނީ ރަނގަޅު ވާހަކަ. އެއްމެން ހަމާގަ ނުތިބޭ، ކުރިއަށްވުރެ ބޯމީހުން މިހާރު ގިނަ،
އިންޝާﷲ އެއްލަކިން ރައީސް ޔާމީން ކާމިޔާބު ކުރާނެ.
އިރާދަކުރެއްވިއްޔާ ރިޔާސީ އިންތިހާބު ރައީސް ޔާމީން އަށް ކާމިޔާބު ވާނެ މިކަމައް އިޙުލާސްތެރި ކަމާއިއެކު މަސައްކަތް ކޮށްދެއްވާ އިޙުލާސްތެރި ގައުމުދެކެ ލޯބިވާ ދިވެހި ރައްޔިތުން ތަކެއް މިކަމުގައި މަސައްކަތް ކުރަމުން އެބަދޭ.
ބަލަން މިތިބީ ވާނެގޮތެއް،
ޔަގީން
ރައީސް ޔާމީންއަށް ލިބިވަޑައިގަންނަވާނެ ވޯޓުގެ އެސްޓިމޭޓެޑް އިންސައްތައަކީ 20 އެވެ. ސަބަބަކީ ޤާސިމް އިބްރާހީމްގެ ވިޔަފާރި ފުނޑާލަން ސަރުކާރުން ދަތިއަޅުވައި ޤާސިމްއަށް ކުރި ޙުކުމާއި ސިޔާދު ޖަލުގައި މިހާރު ހުރުމުން ގެއްލިގެން އެދަނީ 15 އިންސައްތަ ދާއީދެވެ. އަދި ޢަދުލު އިންސާފު ޤާއިމު ނުކުރެވޭކަމަށް ވަރަށް ގިނަ ބަޔަކު ޤަބޫލު ކުރުމުގެ ސަބަބުން އެ ގެއްލެނީ 5 އިންސައްތައެވެ. ތުއްތޮންބެ އާއި ފާރިސް ޖަލުގައި ބެހެއްޓުމުން ލިބުނު ޑެމޭޖަށް 10 އިންސައްތަ ވޯޓް ގެއްލޭނެއެވެ. އަދި ކޮރަޕްޝަން މައްސަލަތަކަށް ރައްޔިތުންނަށް އެދެވޭ ޖަވާބެއް ލިބިފައި ނުވާތީ 5 އިންސައްތަ ވޯޓް ގެއްލޭނެއެވެ. 55 އިންސައްތަ ފަސޭހައިން ލިބޭން އޮތް ފަހަރަކުން އެމަނިކުފާނަށް މަތީގައި ބަޔާންކުޅަ ސަބަބު ތަކާހެދި އެގެއްލުނީ 35 އިންސައްތައެވެ. ވީމާ، ފުރަތަމަ ބުރުގައި ބެލެވޭ ގޮތުގައި ލިބިވަޑައިގަންނަވާނީ 3 ވަނައެވެ. އެއީ 3 ކެނޑިޑޭޓުން ވާދަކުރާނަމައެވެ. ނަމަވެސް އުމަރުއާ ވާދަ ކުރާނަމަ އެއްބުރުން އުމަރު ހޮވޭނެކަން އެއީ ޝައްކެތް އޮތް ކަމެއް ނޫނެވެ. ސަބަކީ ފަހު ވަގުތު އިދިކޮޅު އެންމެން އުމަރު ފަޅިއަށް އަރާނެތީއެވެ. ޔާމީނަށް ލިބޭނެ އެންމެ ގިނަ ވޯޓެއް ލިބޭނެ ކަމަށް ލަފާކުރެވެނީ މާލެއިންނެވެ. ސަބަބަކީ މާލޭގައި މިހާރުވެސް ފުލެޓް ލިބިފަ ތިބި ގިނަ މީހުންނަށް އަނެއްކާވެސް ހުޅުމާލެއިން ފްލެޓް ލިބިފައިވުމެއެވެ. އަދި ބުރިޖާއި ސިއްޙީ ކަންކަމަށް ލިބުނު ކުރިއެެރުމަށް 10 އިންސައްތަ ވޯޓް ލިބޭނެއެެވެ.
ޢައިބުއެގެނީތަ.ހިސާބުތިހެދީ ރަގަޅަކަށްނޫން.ރ ޔާމީން ތަރައްގީގެ މަޝްރޫ ހިންގަނީ މާލެއަކު އެކަންޏެނޫން...ގާސިމަށް 15%ލިބޭނެތަ އޭނަގެ މުއޢްޒިފިންގެ އެކަނިލާވޯޓުން..އެހެންނަމަ ގާސިމަށް 2013ގަލިބުނު ވޯޓު 35%އަރަންޖެހޭނެ..ދެން ތިބުނާ ތުއްތޮންބެއަށް 10%ލިބޭނީ އިރެއްގަ..މިއަދު އެއަދަދު ލިބޭނެ ނަމަ ޕާޓީތެރެއިން އާއްމުމެމްބަރުންގެ ފަރާތުން އެކަންފެނުނީސް...ފައިސާދީގެން މަޖުލިސްމެމްބަރުން ކޮޅުބަދަލުކުރުމަކީ ތުއްތޮންބެއާއި އޭނަގެދަރީގެ ތާއިދު އޮތްކަމެނުން...ދެންތިބުނާ ބާކީ 55%މީހުންނަކީ އިދިކޮޅުމީހުން ދެކޭގޮތުގަ ވިސްނުމެ ފިކުރެނެތް ނައެއްތަ.. އެމީހުންގެއަދަދު ތިވިސްނަނީ ކަލޭމެން ބޭނުންގޮތަކަށް އޮންނާނެއެއްޗެކަށްތަ...އޭގެން ގިނަމީހުންނަކީ އަމަލީ ތަރައްގީއާ މަސައްކަތަށްބަލާފަ ވޯޓދޭނެމޯހުން..އެހެންވީމަ ގިނަމީހުންގެ ތާއިދު އިންޝާﷲ ރޔާމީނަށްލިބޭނެ..
ސޮރީ މާލެއިން ނެެއް ޔާމީހަކަށް ވޯޓެއް ނުލިބޭނެ. ހަޤީޤީ މާލޭ މީހުންނަކީ ފްލެޓަށް ވިކޭނެ ބައެއް ނޫން. ފައިސާ އަށް އާނއެކޭ ބުނާނެ ބައެއް ނޫން. މާލޭ މީހުންނަކީ އަދުލް އިންސާފު ބޭނުންވާބައެއް. ފަސާދައާ ދެކޮޅު ބައެއް. އަނިޔާވެރިކަމާ ދެކޮޅު ބައެއް. ގޭންގުތައް ރޫޅާލަން އެދޭ ބައެއް. ގޮތް ނޭންގޭ މަރުތަކުގެ ހަޤީޤަތް ހޯދަން ބޭނުންވާބައެއް. ޤާނޫނު އަސާސީ މަގުރާލާ މަޖިލިސް ހިސޯރުކުރި ކުރުމާ ދެކޮޅުބައެއް.
މަމީމާލޭ މީހެއް.. މަކަހަލަ ކިތަންމެ ބަޔަކު އެބަތިބި ތިދައްކާ ގަޅި މޑޕ ޕަޕެޓު ދުލުން ވާޙަކަ ނުދައްކާ މީހުން... ތިދެއްކި އެއްވެސް ވާހަކައެއް ޤަބޫލުނުކުރަން އޯކޭ ބޮޑުގަމާރު!!
ގިނަބަޔަކު ހައްޔަރުކޮށްގެން ލިބޭނެކާމިޔާބެއް އޮންނާނެތޯއެވެ. ދޫކޮށްލެވެންހުރި ހުރިހާކުންވެރިންނެއް ސާބިތުކަމާ ތެދުވެރިކަމާއެކު އަވަހަށް ދޫކޮށްލުން ބުއްދިވެރިއެވެ. އެހެންހަދައިފިނަމަ ގިނަ އާއިލާތަކެއްގެ ރުހުންލިބިދާނެއެވެ.ތަރައްގީއަކުން އެކަނި ނުފުދޭނެއެވެ.އޯގާތެރިކަމާއެކު ވެރިކަމުގެ ބާރު ބޭނުންކުރާށެވެ.ވޯޓު ހޯދަންވަރަށް ގިނަކަންކަން ޔާމިންކުރައްވަންޖެހެއެވެ. އެހެންނުންގޮތެއް ނެތެވެ.
ރައްޔިތުންގެ ޥޯޓުން ހޮވޭނަކަމާމެދު ޝައްކު
ރައްޔިތުންގެ ވޯޓަކުން ނޮހޮވޭނެ މީނާއެއް ކޯޓް އަމުރު ކުރާނީ މީނަ ވެރިކަމުގައި ބަހައްޓަން
ކަޑައެޅިގެން ރޫބުހުތާނު ދޮގު
މަވެސް ޕީޕީއެމް އެކަމަކު ވޯޓު ނުދޭނައް ޔާމީނަކައް
ކޮރަޕްޝަނާއި ނާޖާއިޒު ފާއިދާ ހެސްކިޔާފަ ސަރުކާރުގަ އެކިނަންނަމުގައި ތިބި މީހުން ނަގާ: އަދި އެކަން އެންމެނަށްވެސް އެނގޭ. ޒުވާން ވިޔަފާރިވެރިންނޭ ކިޔަމުން އެސްއެމްއީލޯނު ދެނީ މަސްއޮޑިގޭ ސޮރަށް ބޮޑުކަޓެއް ދިނީމަ. އެހެންވީމަ މިކަންވެސް ރަނގަޅުކުރަންޖެހޭ.
އިންޝާﷲ ޔާމީން ހޮވޭނެ، ނަމަވެސް ތިޔައީ ކޮންމެ ކެންޕޭނެއްގައިވެސް ދައްކާ ވަހަކަ އެވެ. ވެރިކަމަކީ މާތްﷲ ދެއްވާ އެއްޗެކެވެ. އެވެރިކަން ދިފާއު ކުރައްވަނީ ވެސް މާތްﷲ ކަން އަބަދުމެ ދަންނަންވާނެއެވެ. ރައީސް ޔާމީން ކުރައްވާ މަސައްކަތްޕުޅާއި އެއްވަރަށް ކެބިނެޓާއީ، މެންބަރުންނާއި، ސިޔާސީ މަގާމުތަކުގައި ތިބި ބޭފުޅުންނާއި، ޕާޓީގެ ވަޒީފާގައި ތިއްބެވި ގިނަ ބޭފުޅުން ކެރިގެން، މި ގައުމީ މަސައްކަތުގައި ކުމުމެއްޖެނަމަ، ލާދީނީ ފިކުރުތަކުގެ ފައިސާ ވިޔަސް އަދި ބާރުވިޔަސް ބަލިކުރެވޭނެއެވެ.
ޙުރިހާކަމެހް އެންމެމޮޅައްދެނެވޮޑިގަންނަވާނީ މާތްﷲއެވެ. ޥައްކަމާއި ބޭއިންސާފަކީ ﷲ ނުރުއްސަވާ ކަންކަމެވެ. މީދުވާލުމެނދުރު ފަދައިން މިގައުމުގަ ފެނނަން އޮތްހަގީގަތެކެވެ.
ޠާމީނު މިގައުމުގެ ވެރިކަމައްހޮވާކައް މިގައުމުގެ
ޜަތްޔިތުންނެއް ނޫޅެއެވެ.
މަމެންގެ ވެރިކަމުގައި އަދި ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެވޭނެ ފޯރމިއުލާ ފެނިގެން ނުދޭ މަމެންނަށް ވެސް އެއީ ޔަގީން ކަމެކޭ. މާލެ ސަރަހައްދުގައި ތިބި ކުދި ވިޔަފާރި ތައް ފުނޑެނީ އިމިގްރޭޝަން އިން ބަންގާޅުން މީހުން ގެނައުމުގައި އެމެން ކޯޓާ ނުދީ ތާށި ކޮށްފައި އޮތް އޮތުމުން ރިސޯރޓްސް ތަކުގެ ކޮންސްޓްރަކްޝަން މަސައްކަތަށް ވަރަށް ބޮޑު ހުރަހެއް ވެސް ވަނީ އެޅިފައި ނަތީޖާ އަކީ ގަވާއިދާއި ޚިލާފަށް އުޅޭ ބަންގާޅުންގެ އަދަދު މިހާރުވެސް އެއް ދުވަހުން އަނެއް ދުވަހަށް އިތުރުވެ އެމެން ދިވެހިންނަށް ވުރެން ބޮޑު އަގުގައި އަލަށް ހަދާ ރިސޯރޓްސް ތަކުގައި މަސައްކަތް ކުރުމެވެ. މީގެ ހުރިހާ ވެސް މައްސަލަ އަކީ ފުލުހުންނާއި އަދި އިމިގްރޭޝަންގެ ފަރުވާ ކުޑަ ކަމޭ އިމިގްރޭޝަން އަށް އިނގޭ އަލަށް ހަދާ ރިސޯރޓްސް ތަކުގައި ގަވާއިދާއި ޚިލާފަށް އުޅޭ ބިދޭސީން އުޅޭ ކަން އެކަމަކު އެމެން އެކަން ހައްލު ކުރަން އެއްވެސް މަސައްކަތެއް ނުކުރެއޭ ދޭ އާރ ނޯ ޑޭމް ގުޑް ފޯރ އަވަރ ކަންޓްރީ ދޭ އާރ ޑޭންޖުރެެސް ޑޭންޖުރެސް ޑޭންޖުރެސް ޑޭންޖުރެސް...
މިރައީސާ ވާދަކުރާނެމީހަކަު އިންތިހާބުގަނެތިއްޔާ މިރައީސް ހޮވޭނެ، އެހެންވެގެންނޫންތޯ ހުރިހާ މަޤްބޫލް ފަރާތްތައް ޖަލައްއެލައްވަނީ.
ނުވާނެ ވޯޓްދޭނަމޭ ބުނާމީހަކާވެސް ދިމަލެއްނުވޭ މިގައުމުން ވެސް އެކަން އެގޭނެ ޕޕޖަގަހަތަކުގަތިބޭ އަދަދަބެލީމަވެސް.
ކަލޯ މި ކަލޭގެ ރައީސް އައް ދިން ނަސޭހަތެއްތަ؟
ޔާމީނު ނަން އޮވެގެން ދޯ ހޮވޭނީ ވެސް
ތި އާޓިކަލް އަކީ ވަރަށް ބައެސްޓު އާޓިކަލް އެއް. ޔަމީން އާއި ބުޅަލެއް ވާދަ ކުރިއަސް ޔާމީނު ބޮޑުތަނުން ބަލިވާނެ.
ނުވަާނެ ޔަޣީން.
އިކޮޅުން ބުޅަލެއް ކުރިމަތި ލިޔަސް ރައީސް ޔާމީން ބަލި ވާނެ.