ތޮށަލި ތަކުރާއި ޖެހުނު ވިގަންޏަކީ މިސާލު ބަހެކެވެ. މިއީ މީހަކު ފަހަތުން ދުރަށް ނުގޮސް އުނދަގޫވާގޮތަށް އަޅައިގަނެގެން އުޅޭ މީހާއަށް ބުނެއުޅޭ ބަހެކެވެ.

ރައީސް މުހައްމަދު ނަޝީދަކީ ރައީސް އަލްއުސްތާޛް މައުމޫން އަބްދުލްޤައްޔޫމްގެ ވެރިކަމާއި ދެކޮޅަށް ނިކުތް ނޫސްވެރިއެކެވެ. އެނޫސްވެރިކަމުގެ ހަޔާތުގެ ތެރެއިން ގޮސް ސިޔާސީ ބޭފުޅަކަށް ވެވަޑައިގެންނެވިއެވެ. އޭރު ސިއްރާއި ފާޅުގައި ސިޔާސީ ވާހަކަދައްކައި، ސިޔާސީ މަސައްކަތް ކުރަމުން ގެންދިޔަ ގްރޫޕްގައި ނަޝީދު ހިމެނުނެވެ. ގްރޫޕް ބޮޑުވެ، ސަރުކާރަށް ކަމަކަށްވުރެ ކަމެއް ކުރިމަތިކުރަމުން އައިސް ސިޔާސީ ޕާޓީ އުފެއްދުމުގެ ހުއްދަ ހޯދައި، އެހުއްދައިގެ ދަށުން އެމްޑީޕީ އުފަން ކުރުވިއެވެ. ހަނި ތަފާތަކުން ނަޝީދު އެމްޑީޕީގެ ފުރަތަމަ ޗެއާޕާސަން ކަމަށް ވެވަޑައިގަތެވެ.

އޭރު ނަޝީދަށް ލިބޭ ކޮންމެ ފުރުސަތެއްގައި ވިދާޅުވާނެއެވެ. ތިމަންނައަކީ މިދިވެހިރާއްޖޭގެ ވެރިކަން ބޭނުންވެގެން އުޅޭ މީހެއް ނޫނެވެ. ގައުމުގެ ރައީސްކަން ނުވަތަ ގައުމު ހިންގުމުގެ އެންމެ އިސް ވެރިއެއްގެ ގޮތުގައި ހުރުން އެއީ ތިމަން ކުރަން ބޭނުންވާ ކަމެއް ނޫނެވެ. ވެރިކަން ބޭނުން ނޫންކަމަށް ވިދާޅުވާ ނަޝީދުގެ ބާރާއި، ނުފޫޒާއި، ސިޔާސީ ރޭވުމުގެ ދަށުން އެމްޑީޕީން އިބްރާހިމް އިސްމާއިލް (އިބުރާ) އާއި ޑރ.މުހައްމަދު މުނައްވަރު ބޭރު ކޮށްލާ، ޑރ.މުހައްމަދު ވަހީދު ހަސަން މަނިކު، ސަންދާނު އިބްރާހިމް ލުތުފީ، އަހްމަދު އިބްރާހިމް ދީދީ (ސަންދާނު އަހައްމައިދީ)، އަހްމަދު ޒަކީ (ނަޒާކީ ޒަކީ)، ގާސިމް އިބްރާހިމް ފަދަ އެތައް ބޭފުޅުންނެއް އެއްފަރާތްކޮށް، ހަވާސާ ކޮށްލިއެވެ. އެމްޑީޕީ އަކީ ނަޝީދުގެ އެއްޗަކަށް ހަދާލީއެވެ.

ވެދިޔަކަމެއްވެ، 2008 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރު ނިމުނުއިރު ދިވެހި ރައްޔިތުންނަށް އޮތީ މައުމޫނުގެ ވެރިކަން ނިންމަން އޭގެ ކުރިން ދުވަހަކު ވެސް ނުލިބޭ ފަދަ ފުރުސަތެއް ލިބިފައެވެ. މަގުމަތީ އެކްޓިވިސްޓަކަށް ނަޝީދުވި ނަމަވެސް މައުމޫނުގެ ވެރިކަން ނިންމަން ނަޝީދުގެ އަތުގައި ހިފުން އޮތީ މަޖުބޫރު ވެފައެވެ. އެހެންވެ ހަތް ސިޔާސީ ލީޑަރުން ނަޝީދުގެ އަތުގައި ހިފިއެވެ. އެންމެ ސަބަބަކަށްޓަކައެވެ. މައުމޫނުގެ ވެރިކަން ނިންމަން ނަޝީދު ނޫން ގޮތެއް ނެތުމުންނެވެ.

الله سبحانه وتعالى މިންވަރު ކުރައްވާފައިވާ ގޮތައް ނަޝީދަށް ދިވެހިރާއްޖޭގެ ވެރިކަން ލިބުނެވެ. ވަރަށް ގިނަ ރައްޔިތުންގެ އުއްމީދުތަކާއި، ހުވަފެންތައް ހިފައިގެން ނަޝީދު ވެރިކަމުގެ ގޮނޑީގައި އިށީނެވެ. ނަމަވެސް ރައީސަކު ދައްކަން އެންމެ ރަނގަޅު ނޫން ވާހަކަތައް ނަޝީދު ހަމައެކަނި ދެއްކެވީކީ ނޫނެވެ. ރައީސަކު ކުރައްވައިގެން ނުވާނެ އެތައް ކަމެއް ވެސް ކުރެއްވީއެވެ. ފަނޑިޔާރަކު ވަގަށް ނެގުމުގެ ކުރިން ވެސް ޗާޓުން ބޭރުގައި އެތައް ކަމެއް ކުރެއްވިއެވެ. އެންމެފަހުން ނަޝީދު އުފެއްދި ހާޖައިނުގަނޑުގައި ގައުމު ޖެހި، އެއޮވަރުގައި ވެރިކަން ވެއްޓުނީއެވެ. އެމްޑީޕީން ނަޝީދާއި ހަވާލު ކުރި ފަސް އަހަރު ގައުމުގެ ވެރިކަން ކުރުމުގެ ޒިންމާ ނަޝީދު އަދައެއް ނުކުރިއެވެ.

ނަމަވެސް ނަޝީދު އެމްޑީޕީގެ ލީޑާޝިޕް ދޫކޮށެއް ނުލިއެވެ. ނަޝީދުގެ ބާރާއި ނުފޫޒުގައި ޖެހިގެން އައި ދުވަހު މަގުމައްޗަށް ނިކުތް ގޮތައް 2013 ވަނަ އަހަރުގެ ނޮވެމްބަރ 16 ވަނަ ދުވަހާއި ހަމައަށް އެގޮތުގައި ހިފަހައްޓާލިއެވެ. އެމްޑީޕީގެ އެތައް މެންބަރުންނެއް ހައްޔަރުވެ، ގާނޫނީ ގޮޅިތަކަށް ފެތި، ގައުމުގެ އެތައް އިމާރާތެއްގައި ހުޅު ޖަހައި، އެތައް ބައެއްގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލުނުއިރު އެހުރިހާ ކަމެއްގެ މުގުލުގައި ހުރީ ނަޝީދެވެ. ނަމަވެސް އެއްވެސް ގޯހެއް ހެދުނު ކަމަކަށް ގަބޫލެއް ނުކުރިއެވެ.

ޑރ.އިބްރާހިމް ދީދީ އެމްޑީޕީގެ ރައީސް ކަމުން އަދި އަލްހާން ފަހްމީ އެމްޑީޕީގެ ނައިބު ރައީސް ކަމުން ވަކިކުރުމުގެ ފަހަތުގައި އޮތީ އެންމެ ސަބަބެކެވެ. އެދެބޭފުޅުން ނަޝީދުގެ ސިޔާސީ ކުރިމަގަށް އޮތް ހުރަހަކަށްވުމެވެ. ޕާޓީގެ ލީޑާޝިޕްގެ މައްޗަށް ގޮތްކިޔައި، ނިންމުންތައް ނިންމުން އެއީ ނަޝީދަށް އޮތް ބާރެއް ކަމަށް ޑރ.ޑީޑީ އާއި އާއި އަލްހާން ގަބޫލުކޮށްގެން އެޅިހާ ބަތަކަށް ރިހަ ކިޔައިގެން ތިބިނަމަ މިއަދު ވެސް އެދެބޭފުޅުން އެމްޑީޕީގައި، ނަޝީދުގެ ލޯބި ލިބިގެން ތިބީހެވެ.

2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ދޭތިން އެކަށްޗަށް ހިފައިގެން ވެސް ނަޝީދަށް އިންތިހާބު ކާމިޔާބެއް ނުވިއެވެ. ދެވަނަ ބަލި ނަޝީދު ވީއެވެ. ފުރަތަމަ ބައްޔަކީ ދައުރު ހަމަނުވެ ވެރިކަން ވެއްޓުމެވެ. ދެވަނަ ބައްޔަކީ 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބު ނުވުމެވެ. ޑިމޮކްރަޓިކް ގޮތަކީ ބަލިވުމުން ފަހަތައް ޖެހިލާފައި އެހެން ލީޑާޝިޕަކަށް ފުރުސަތު ދިނުން ކަމަށް ވީނަމަވެސް ނަޝީދު އެކަން ގަބޫލެއް ނުކުރިއެވެ. އޭރުވެސް އެމްޑީޕީ އަކީ ނަޝީދުގެ މުދަލެއްގެ ގޮތުގައި އޮތް އޮތުން ބަދަލުވެދާނެ ކަމަކަށް ނަޝީދު ފުރުސަތެއް ނުދިނެވެ.

2014 ވަނަ އަހަރުގެ ރައްޔިތުން މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީ އަނެއްކާވެސް ބަލިވީއެވެ. މަޖިލީހުގެ އަޣުލަބިއްޔަތު ނުލިބި، ޕާޓީއަށް ލިބުނު ނިކަމެތިކަމަކީ ޕާޓީގެ ލީޑާޝިޕުން ނަޝީދު ޒިންމާ ނަގަން ޖެހޭނެ ކަމެކެވެ. ނަމަވެސް ނަޝީދު ޒިންމާއެއް ނުނެގިއެވެ. ޑިމޮކްރެޓިކް އުސޫލަށް ތަބާވެ ފަހަތަކަށް ނުޖެހުނެވެ.

ދުވަސްތައް ފާއިތުވަމުން ގޮސް 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ކުރިމަތިވިއިރު ތަގުދީރު އޮތީ ނަޝީދާ ދިމާއަށް ތުންފިއްތައިގެންނެވެ. އިބްރާހިމް މުހައްމަދު ސޯލިހް، ހޯދި ގޮތަކަށް ޓިކެޓް ހޯދައިގެން އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓަކަށް ވީއެވެ. އެއަށްފަހު ރައީސް ކަމަށް ވަޑައިގަތީއެވެ.

ވެރިކަމަކީ އަމިއްލަ ދަރިއަށް ދީފައި، ދަރިފުޅު ވެރިކަން ކުރާތަން ބަލަން ބައްޕައަށް ހުރެވޭ ވަރަށްވުރެ ވެސް މީހުންގެ ހިތާއި ސިކުނޑި ބޭނުންވާ ކަމަކަށް ވުމުން ނަޝީދަށް ވެސް އެމަނިކުފާނުގެ ބެސްޓް ފްރެންޑް ވެރިކަން ކުރާ މަންޒަރު ބަލަން ހުންނާކަށް ފަސޭހައެއް ނުވިއެވެ. ޖެހެމުން ދިޔަ ކުދިކުދި މައްސަލަތަކުން އުފެދެމުން ދިޔަ ކުދިކުދި ރެނދުތައް ބޮޑެތިވެ ފުޅާވެ، އެންމެފަހުން ދެބޭފުޅުންގެ ގުޅުން ކެނޑުނީއެވެ.

އެމްޑީޕީގެ ޗެއާޕާސަންގެ އިންތިހާބުގައި ނަޝީދުގެ ކެންޑިޑޭޓް ބަލިވެ، އެމްޑީޕީގައި އޮތް ނަޝީދުގެ ރަސްކަން ހަމަބިމަށް ތިރިވަމުން އަންނަ މަންޒަރު ދުރުތިބީންނަށް ވެސް ދިޔައީ ސާފުކޮށް ފެންނަމުންނެވެ. އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވީގޮތެއްވެ، އެމްޑީޕީގައި އޮތް ނަޝީދުގެ ރަސްކަމުގެ ތާޖު ބިންމައްޗަށް ވެއްޓި، އެރަސްކަން ނިމުނީއެވެ.

ނަޝީދު ބަލި ގަބޫލެއް ނުކުރިއެވެ. އެހިސާބުން އެމްޑީޕީގެ އާއްމު މެންބަރުންގެ ތެރެއިން ގިނަ ބަޔަކަށް ވެސް ނަޝީދަކީ ހަގީގަތުގައި ޑިމޮކްރަޓިކް ވެރިއެއް ނޫންކަން ވިސްނެން ފަށައިފިއެވެ. ކުރިން އިންތިހާބުތަކުން ބަލިވުމުން ނަޝީދު ފަހަތައް ނުޖެހުނު ހަނދާން ހުރި، ދުރުގައި މަންޒަރު ބަލަން ތިބި މީހުން ދެއްކި ވާހަކަތައް އެމްޑީޕީގެ މެންބަރުންނަށް ލޮލާއި ބޮލުން ގަބޫލު ކުރެވެން ފަށައިފިއެވެ.

ނަޝީދުގެ ވަފާތެރިން އެމްޑީޕީ ދޫކޮށްލައިފިއެވެ. އެބޭފުޅުން ދަ ޑިމޮކްރެޓްސް ނަމުގައި ޕާޓީއެއް އުފައްދަނީއެވެ. ނަމަވެސް ނަޝީދު އެމްޑީޕީން ވަތްކެތް ނުވިއެވެ. ނަޝީދުގެ ސިޔާސަތާއި، ބަސްމަގާއި އަމަލު މިއަދު ހުރީ އެމްޑީޕީން ބޭނުންވާ ގޮތަކަށް ނޫނެވެ. އެމްޑީޕީން ބޭނުންވާ ކޮންމެ ކަމަކާއި ނަޝީދު ދެކޮޅު އެބަހަދައެވެ. ނަމަވެސް އެމްޑީޕީ ދޫކޮށްލާފައި އެހެން ޕާޓީއަކަށް ދާކަށް ނަޝީދު ބޭނުމެއް ނުވެއެވެ. އަދިވެސް ނަޝީދަށް ކުރާ އިހްތިރާމާއި، ނަޝީދުގެ ސަޕޯޓަރުން ދެކެ ގަންނަ ބިރެއްގެ ސަބަބުން ނަޝީދު އެމްޑީޕީން ވަކިކުރާކަށް އެމްޑީޕީގެ ލީޑާޝިޕަކަށް ނުކެރެއެވެ. ތޮށަލި ތަކުރާއި ޖެހުނު ވިގަނި ތޮށަލި ތަކުރު ކައިރިން ނައްޓާލައިގެން ނުދިޔަ ބީދައިން ނަޝީދު ވެސް އެމްޑީޕީ ދޫކޮށެއް ނުލިއެވެ. ނަމަވެސް އެމްޑީޕީ އާއިއެކު ހުންނާކަށް ވެސް ނަޝީދު ބޭނުމެއް ނޫނެވެ. ނުމެދިޔައެވެ. ނުމެހުރެއެވެ.

އެމްޑީޕީއަށް މިއޮތީ ދުވަހަކު އެމްޑީޕީއަށް ކުރިމަތިނުވާ ވަރުގެ ކަމަކާއި ކުރިމަތިވެފައެވެ. ސުވާލަކީ ތޮށަލި ތަކުރާއި ޖެހުނު ވިގަނި ކިބައިން އެމްޑީޕީ އަށް ސަލާމަތް ވެވޭނެ ހެއްޔެވެ؟

ކިޔުންތެރިންގެ ހިޔާލު

22 ކޮމެންޓް

  1. ގިތެޔޮ

    ފޮޓޯ ވަރަށް ފައްކާ. ތިލަފަތުގެ އެއްފަޅީގަ އެމްޑީޕީގެ އެންމެން. އަނެއްފަޅީގަ ނަޝީދު އެކަނި ހުރެ ކެވުނު ވަރަކަށް ކައިފަ މިހާރު އެފިލަނީ. ނަޝީދު ހައްޔަރު ކުރޭ

    31
    7
    • ބައިބައި ބައި

      ވ ގަދަ ނަޝީދަކީ މުޅި ގައުމަށް އަރާހުރި އޭތި !
      ވެރިކަމުގައި ހުރިއިރު ގަދަބަސްބުނި މަގުމައްޗަކުން ވެރިކަމެއް ނުވެއްޓޭނޭ ، ހީވޭ ކަމެންހެން މީދަލެއް ހޮރުންނެރި ހޫރާލަންވެސް އުނދަގޫ މިކަލޭގެ ހޫރާލީ މާފަސޭހައިން
      ދެންދާނީ ބާކީވަމުން ދެން ފެންނާ ޓިކްޓޮކް ކުޅެ ނަށާމަންޒަރު.

      17
      3
  2. ކޮބާ

    ޒާތީ ލިޔުމެއް. އެ ޕާޓީން ވަކިވި މީހުންވެސް އުޅުނީ ސިޔާސީ އެދުމާހެދި. އޭރުވެސް ގަދަވީ ރައީސް ނަޝީދު. މިއަދު ވެސް.

    19
    35
  3. އއ

    މިވެގެންދިޔަ ހުރިހާ ގޯސްކަންތަކުގެ އަސްލަކީ މައުމޫންގެ ވެރިކަން ކޮރެޕްޓް ޚުދުމުހުތާރު ކޮއް ވޯޓު ހޯދައިގެން 30 އަހަރު ވެރިކަން ކުރުން.!! މިވެރިކަމުގަ އޮފީސްތަކުގަ އުމުރުން 16 އަހަރުގަ ވަޒީފާލިބި 30 އަހަރު ނާއިންސާފާ ކޮރަޕްޝަނާ ޑުރަގާ ހިންގަން އުޅުނުމީހުންނާ އެމީސްމީހުންގެ ދަރިންނާ ދަރިންގެ ދަރިންވީ ނުބައި މޭވާ އުފައްދާ އަވަހައްފެތުރި ގައުމު ކަވަރުކުރި ވިހަ ގަސްތަކެއްކަމުގަ.! ނަތީޖާއަކީ މަޖިލިހުގަ އެގޮވަނީ ޗޯރު ޗޯރު އެކަކުއަނެކަކަކައް. !! މިއަދު މިގައުމަކީ މަރުވާނެކަން ޔަގީންވެފައިވާ ބަލިމީހަކާ އެއްވެސްތަފާތެއްނެތް ގައުމެއް.!!! ނަސީދައް ޖާގަލިބުނީ މިސަބަބުތަކާހުރެ. !

    11
    10
    • ގަމާރު ވިޔަސް ބޮޑުވަރު

      މިހާރު ޗޯރަށް ކާޅަށް ގޮވަންވެސް ދަސްވީ މައުމޫނާ ހެދިޔޯލަ؟ މިގައުމުގައި ވެރިކަން ކުރި އެންމެ މީހެއް ނޫނީ ހަޑިމުޑުދާރު ބަހުރުވައިން ވާހަކަ ނުދައްކާ! ކިތަންމެ ޝަރަފުވެރި މަގާމެއްގަވެސް ހިތުހުރި އެއްޗެއް ގޮވާފާނެ. ފަތްކޯޅިއެއް ހިފާގެން އަނގައޮރިކޮށް ވައްތަރު ވެސް ޖައްސަފާނެ. ފެންނަން މިއޮތް އެއަރޕޯޓަކީ ވެސް "ރާފުޅިއަކަށް" ފަރަންޖީންނަށް މިބޭ ވިއްކާލި ތަނެއް. ނަސީބަކުން މަގުމަތިން މީނަގެ ވެރިކަން ވެއްޓުނީތީ ސަލާމަތްވީ އެއް އެސެޓް އެވެސް!!

  4. ހާލު

    ތަކުރު ވިގަނި ކިބައިން ސަލާމަތްވީ ކިހިނެތްތަ.

    12
    2
  5. މުހައްމަދު

    ކިތަންމެ ވަރަކައް ލިޔުނަސް ހިތްތަކުގެ ރައީސް ހިތްތަކުން ފިލައިގެނެއް ނުދާނެ.

    16
    42
  6. އަބޫ

    އަރިއަތޮޅު މަތިވެރިއަށް އެރި ބޯންބެގެ ކިބައިން އެ ރަށު މީހުން ސަލާމަތް ކުރި ގޮތަށް ޖައްސަނިކޮށް ތިޔަ ވިގަނި ކިބައިން އެން.ޑީ.ޕީ ވެސް ސަލާމަތް ކުރެވިދާނެ. އެކަމަކު އަސްލު ސަލާމަތް ވާކަށްވެސް ބޭނުމެއް ނުވާނެ. ކިތައްމެ ބޮޑެތި ކޯޅުންތަކެއް ހުއްތަށް ތިޔަ ބައިގަނޑުގެ އެއްމެންގެވެސް އެ ހުންނަ ލދނ ފިކުރަކީ އެއަށްވުރެ މާ ވަރުގަދަ ފިކުރެއް

    18
    4
  7. ައަލީނަޖީބު

    ގިނަބައެއްގެލޯބިހޯދިއިރު ލޯދީ އެލޯބިބޭނުންކުރަންނޭގުނު އަބަދަކު ލޯބިދީދީ ނުބެހެއްޑޭނެ އޭރުވެސް ބޮޑާހާކަ މިހާރު އެއުފެއްދީ އަސްލު ދަނޑިޑިމޮކްރެޓްޕާޓީ ބޭނުންވާގޮތް މިގޮތެއްގިނަމީހުންގަބޫލުނުކުރޭ އަހުރެމެންނަކީ އެއްބަހަކުންވާހަކަދައްކާ އެއްދީނަކަށްތަބާ ރަގަޅު ހަލޯރަތެއް ވީމާ އަހުރެންގެހިޔާލަކި މިހާރު ތިޔަހުރީ ސިޔާސީ ގޮތުން ބަލިވާނެ އެއްމެބޮޑަށްބަލިވެފާ ވައްސަލަމު

    13
    2
  8. ކޮރަޕްޓް އެމްޑީޕީ

    ނަޝީދު ހުރީ ފިކުރެއްގައި. ކޮރަޕްޝަން ނޯންނަ ގައުމުތައް ކަމަށްވާ މި ޒަމާނުގެ ޑިމޮކްރަސީތަކުގެ ބަރުލަމާނީ ނިޒާމް. އެކަން އެމްޑީޕީން ދޫކޮށް ކޮރަޕްޝަނާއި ނުބައި ގޯޅިއަށް އެޅީމަ އިސްލާހްކުރަން ނަޝީދު އުޅުނީ. ނުވީމަ ވަކިވާން ވަކިވެސް ވާނެ.

    8
    21
    • ސްޓެޓް

      ކަރަޕްސަން ލިސްޓުގެ ފުލުގައި އޮތީ ސޯމާލިއާ، އެތާ އޮތީ ބަރުލަމާނީ

      7
      6
      • ވަޤުވަޤުތު

        ބުރޯ! ބެލެންސް ވާގޮތަށް ލިޔަން ދަސްކޮށްބަލަ، އެމީހާ ދޯ ކަލޭމެންނަށް ދުލާޤަލަމުގެ މިނިވަންކަން ތަންމިނަށް ހުޅުވާލަދިނީ، ސަލާންނުޖަހާ ފޮތްފަންސުރު/ބޭސްފަރުވާ، ދުވަސްވީމީހުންނަށް އެލަވަންސު. . .މިހެންބައިވަރު ކިއިދާނެ.

        7
        8
  9. ޓިނު

    އެއީ ހިއްވތަކުގެ ރައީސް

    9
    13
  10. ތާއީދު

    މި ވިގަނި މިގައުމަށް އަރައިގެން އުޅޭތާ ކިތަންމެ ދުވަހެއް. ރަންނަމާރިއަށްވުރެ ވަކި ސަހަލެއް ނޫން.

    13
    6
  11. ޖަވިއަނި

    ތީ ލާދީނީ ޖާހިލު މުރުތައްދު ޕާރޓީ ރާވާގެން ޢާއްމު ރައްޔިތުންގެ ބޯ ކާލަން ކުރުވާކަމެއް ، 5 އަހަރު ލިބި އެެއްކަމެއްވެސް ނުކުރެވި ފެއިލް ވީމަ އޭއްޗެކޭ މީއްޗެކޭ ކިޔައިގެން ޕާރޓީ ސަލާމަތްކުރުމަށް ކުރާ ކަމެއް ތިޔަ ޕާރޓީގެ އުނބު ގުނބޯތައް ތިބޭނެ އަތްޖަހަން ވޯޓުދޭން ލޯ ކަނުކޮށްގެން ، ދީނަށް ފުރައްސާރަކޮށް ވާހަކަ ދެއްކިޔަސް އަތްޖަހާ ގުނބޯތައް އަތްޖަހާނެތާ ، ޔަޢުނީ ވޯޓް ދޭނެތާއޭ

    6
    6
  12. ޢަބްދޫ

    ނަސީދަކީ ކޮރަޕްސަނުގެ އައްޕަ.ޓީ ބިލް ވިއްކާނެގި 16.5 ބިލިެައަން ދަރަނި ވެސް ކަރެޕްސަަ ނަށް ސަޕޯޓް ހޯދަން ވަހާ ހުސްކުރީ. އަތޮޅާއި ރަށްރަށުގެ ރައްޔިތުންގެ އެކައުންޓް ތަކުން ނެގި 20 ބިލިއަން ރުފިޔާވެސް ސަޕޯޓް ހޯދަން ބެހީ މިއަށްވެސް ކިތަނީ ރިސްވަތު.ބިދޭސީންގެ ޑިޕޮޒިޓް1.2 ބިލިއަންގެސް ސަޕޯޓް ހޯދަން ބެހީ މިެަށްކިޔަނީވެސް ރިސްވަތު.މިސަރުކަަރުން ވެސް މިކުރަނީ ހަމަ ނަސީދު ކަބްކުރިގޮތަށް .އެކަމަކު ނަސީދު ކުރީމަ އޯކޭވޭ ސާލިހް ކުރީމަ ގޯސް އެވަނީ ކިހިނެތް.

    9
    4
  13. ބަހުރު

    ނުވަދިހަ ފަސްހާސް އެއްބުރުން ލިބެންވީ ކީއްވެހޭ....
    އެވަރު ބައިވަރު ލިބުނީ މީނަގެ (މައުމޫނުގެ) ސަބަބުން ނޫންހޭ....

    ރަނގަޅަށް ދީނުގެ ތައުލީމު ދަރިންނަށް ދިންނަމަ އެވަރުގެ ލާދީނީ މީހަކަށް މިވަރަށް ވޯޓު ނުލިބުނީހޭ...

    2
    1
  14. ދަ ތޮށަލި

    ފަކުރެއް ދިރުން

    10
  15. ވިކިލީކްސް

    ވަރަށް ހަބޭސް ލިޔުމެއް. ދޮގު އެންމެ މައުލޫމާތެއްވެސް ނެތް! މިފަދަ ރިޕޯޓްތަކަށް އަހަރެމެން މިތިބީ ބޭނުންވެފަ! އަސްލު މިއަދު ނަޝީދު ބޭނުންވަނީ އެމްޑީޕީއަށް ވެރިކަން ވިޔަނުދޭން. ޕީޕީއެމުން ޔާމީނު ވެރިކަމުގަ ހުންނާކަށް އަދި އަމުދުން އަންނި ނޭދޭނެ! އަންނި އަކީ މީހުންނަށް އޮޅުވާލައިގެން މަކަރުން އުޅުނު ބޮޑު ވަގެއްކަން މިއަދު ގިނަ ރައްޔިތުން ގަބޫލުކޮށްފި! ފާޅުގަ އިސްލާމްދީނަށް މަލާމަތްކޮށް ހަޖޫޖެހި ސިޔާސީ މީހަކު ނާސިރުގެ ޒަމާނުއްސުރެ މިއަދާ ހަމަޔަށް އައިއިރު ކެނެރީގޭ މުނާފިގު ނަޝީދު ނޫނީ ނެތް. ބައެއް އިސްލާމީ އިލްމުވެރިންގެ ރައުޔުގަ ނަޝީދު ވަނީ ދީނުން ބޭރުވެސް ވެފަ! ޤުރުއާނާ ސުންނަތް ނޫން އެއްޗަކުން ހުކުމް ކުރުމަށް ވަކާލާތު ކުރުމަކީ ޝިރުކެއް! ނަޝީދު އެކަން ކޮށްފި! ރާ ބުއިމާ މަސްތުވާ ތަކެތި ގެންގުޅެ ބޭނުންކުރުމަކީ ހަރާމްކަމެއް! ނަޝީދު އެކަންވެސް ކޮށްފި! ﷲގެ ތަގުދީރު މާ މަތިވެރި! މަރިޔަނބު ގެއްލި ކޮށި ދަނޑު ގެއްލި އެންމެ ފަހުން ކޮނޑު އޮތް ފުރޯވެސް ގެއްލެނީ! އިސްލާމީ ޤައުމެއްގަ އޮތް ރީތި ދީނީ ފޭރާން ވީދާލައި ލާދީނީ ފިކުރު ޕްރޮމޯޓްކުރާ ނަޝީދު އަކީ ނޫސްވެރިންނަށްވެސް ހުރި ހުތުރެއް! ވަގުތު ނޫހަކީ މިއަދު ރާއްޖޭގަ އޮތް އެންމެ ފުރެޝް ޚަބަރު އެންމެ އަވަހަށް ގެނެސްދޭ ނޫސް. މިފަދަ ރިޕޯޓެއް މިހާ ދެފުށް ފެންނަ ގޮތަށް ގެނެސްދިނީތީ ޝުކުރިއްޔާ!

    17
    5
    • މުބީނު މާރނީ

      އެމް.ޑީ.ޕީ ކޮން އެމްޑީ.ޕީ އެއް؟ މިހާރު އެތިބީ އަސްލީ އެމް.ޑީ.ޕީ އެއް ނޫން. "ޗޯރު އިބުރޭ" އެމް.އެމް.ޕީ.އާރް.ސީ ގެ ވަގުން ގެ މައްސަލާ ނުބަލާ، އެ މީހުނާއި ގުޅިގެން ހަދާފަ އޮތް ޕާޓީ އެއް. ގިނައީ ޑީ.އާރް.ޕީ ގެ މީހުން.

      3
      2
  16. ދޮންމޮހޮނަ

    ހިއްވަރުގަދަ ދިވެހިދަރިޔެއް އަަޒްވަރުގަދަ

    3
    4
  17. ސަންސެޓް

    ސަޅިއާޓިކަލް އެއް. އެމްޑީޕީ ގެ ކޮންމެވެރިކަމެއްގައި ގައުމު ނޮޅާލާލޫޓުވާލާ ގާތްމީހުނަށް ރަށްތައް ބަހާ ރައްޔިތުންގެ މާލިއްޔަތު ވަގަށްނަގާ ދަރަނި ހަގުނަކޮށް ދުސްތޫރީ ނިޒާމުފުޑާލާ ގައުމު އިންޑިޔާއަށް އަޅުވެތި ކުރީ.

    1
    2