ކައިވެނީގެ ބޭރުން ގުޅުން ހިންގުން ގިނަވެއްޖެނަމަ ބަލިމަޑުކަމާއި ވަބާ ފާޅުކުރައްވާނެކަމަށް މިއަދު ހުތުބާގައި ވިދާޅުވެފައެވެ.

"ފާފަތަކާއި ދުރުހެލިވުމުގެ މުހިންމުކަމާއި ގުޅޭ ގޮތުން މިއަދު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިއްވި ހުތުބާގައި ވިދާޅުވެފައި ވަނީ، އިންސާނުގެ އަމަލުތަކުގެ ސަބަބުން ދިމާވާ ކަންކަމާއި މެދު ސަމާލުވާން ޖެހޭ ކަމަށެވެ. އަދި އިންސާނުގެ އަމަލުތަކުގެ ސަބަބުން ދިރިއުޅޭ ވެށި ފަސާދަވެ، އުނދަގޫކަމާއި ކުރިމަތިލާން ޖެހެނެކަމަށް ހުތުބާގައި ވެއެވެ.

ހުތުބާގައި ވިދާޅުވެފައި ވަނީ، މާތްﷲ ބާވައިލެއްވި ފޮތް، ކީރިތި ގުރުއާނުގައި ހަރާމް ކުރައްވާފައިވާ ކޮންމެ ކަމަކީ އިސްނާނުންނަށް ގެއްލުމަާއި ހަލާކު ހުރި ކަންކަން ކަމަށެވެ. ހުއްދަ ކުރައްވާފައިވާ ކޮންމެ ކަމަކީ އެކަމުން މުޅި އިންސާނިއްޔަތަށް ލާބަ އާއި މަންފާ ހުރި ކަންކަން ކަމަށެވެ.

"މީހުން މެރުމާއި، ޒިނޭ ކުރުމާއި، ވައްކަން ކުރުމާއި، ފޭރުުމާއި، ދެ ޖިންސު މަސްހުނިވެ ހިންގޭ ފާޙިޝް އަމަލުތަކާއި، މަސްތުތަކެތި ބޭނުން ކުރުން ފަދަ ނުބައި އަމަލުތައް ހަރާމް ކުރައްވާފައި ވަނީ އޭގެ ސަބަބުން އިންސާނިއްޔަތަށް ގެއްލުމާއި ހަލާކު މެދުވެރިވަތީއެވެ". ހުތުބާގައި ވެއެވެ.

އަދި އެފަދަ ކަންކަން ހުއްޓުވުމަށް އިސްލާމީ ޝަރީއަތުގައި ބަޔާންކޮށްފައިވާ އަދަބު ތަންފީޒު ކުރުމަކީ އިންސާނީ ދަރިސްފަކޮޅަށް ހަމަޖެހުމާއި، އަމާންކަން ﷲ މިންވަރު ކުރައްވާނެ ކަމެއް ކަމަށް ހުތުބާގައި ވެއެވެ.

ހުތުބާގައި އިތުރަށް ވަނީ، ހުތުރުކަން ބޮޑު ފާހިޝް އަމަލުތަކަށް އަރައިގަނެ، އެއީ އޭނައަށް ކުރެވޭ މާމޮޅު ކަމެއް ކަމަށް ހަދައިގެން އެ ވާހަކަ ރައްޓެހިންގެ ގާތުގައި ދެއްކުމަކީވެސް ﷲ ނަހީކުރައްވާފައިވާ ކަމެއް ކަމަށެވެ. އަދި އެފަދަ ކަންކަމުން ދުރުހެލިވުމަށް ހުތުބާގައި ނަސޭހަތްތެރިވެފައި ވެއެވެ.

ހުުތުބާގައި ވަނީ، ދުނިޔެގައި ފަތުރެމުންދާ ނުރައްކާތެރި ބަލިމަޑުކަމާއި ވަބާތަކުގެ އެންމެ ނުރައްކާތެރި އެއް ބާވަތަކީ ޖިންސީ ގުޅުމުގެ ސަބަބުން ޖެހޭ ބަލިތައް ކަމަށެވެ. އަދި މިއީ އިންސާނުން ކުރާ އަމަލުތަކުގެ ސަބަބުން ދިމާވާ ކަންކަން ކަމަށާއި، އެކަންކަމާއި ދުރުވުމަށް ހުތުބާގައި ވެއެވެ.

ކައިވެނިން ބޭރުގައި ހިންގޭ ބަދުއަހްލާގީ އަމަލު ތަކުގެ ތެރެއަށް ގެނބިގެން ގޮސްފިނަމަ ކުރީގެ އުއްމަތްތަކަށް ފާޅުނުކުރައްވާ ބަލިމަޑުކަމާއި ވަބާތައް އެބައެއްގެ ތެރޭގައި ފާޅުކުރައްވަނެ ކަމަށް ކީރިތި ރަސޫލާ އިންޒާރުދެއްވި ކަމަށް ހުތުބާގައި ވެއެވެ.

ހުތުބާގައި ވަނީ މިފަދަ ނުރައްކާތެރި ބަލިތަކުން ސަލާމަތްވާނީ އިސްލާމް ދީނުގެ އިންތަކުގައި ހިފަހައްޓައިގެން ކަމަށެވެ.

"އިސްލާމްދީނުގެ އިންތަކުގައި ހިފަހައްޓައިގެންނެވެ. އަދި ގިނަގިނައިން ފާފަފުއްސެވުމަށް އެދި ދުއާ ކޮށްގެންނެވެ. ހައްގުގޮތުގައި ﷲއަށް ބިރުވެތިވެ ތަގުވާވެރިވެގެންނެވެ". ހުތުބާގައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ހުސޭނުބެ

    މމމމމމމމމމމމމމމމމމމމމމމމރަނގަޅު ނަސޭޙަތެއް ލިޔެލައިފިއްޔަ އަނގައިން ބުނެލާނެ މީހަކުވެސް ނުވެޔޭދޯ. ކިހާދެރަ.

    11
  2. ކޮރަލް

    މީހުން މެރުމާއި، ޒިނޭ ކުރުމާއި، ވައްކަން ކުރުމާއި، ފޭރުުމާއި، ދެ ޖިންސު މަސްހުނިވެ ހިންގޭ ފާޙިޝް އަމަލުތަކާއި، މަސްތުތަކެތި ބޭނުން ކުރުން ފަދަ ނުބައި އަމަލުތައް ހަރާމް ކުރައްވާފައި ވަނީ އޭގެ ސަބަބުން އިންސާނިއްޔަތަށް ގެއްލުމާއި ހަލާކު މެދުވެރިވަތީއެވެ". ހުތުބާގައި ވެއެވެ.
    ހައްދު ފަހަނަ އެޅި އަމަލު ތަކެވެ.

  3. ޢަބްދުއްލަޠީފު

    ނުވެސް ކިޔާނެ އަދި ނުވެސް ބަލާނެ. ބަލައިގެންތާ ކިޔާލެވޭނީ. ކޮމެންޓައް ލައިކްވެސް ނުދޭނެ. ސަބަބު ވަރަށް ސާފު. ޒުވާން އާބާދީގެ %90 ކުދިންނަކީ ކައިވެނީގެ ބޭރުން ޖިންސީ އެދުން ފުއްދާ ކުދިން.

    105
    1