ހުޅުމާލޭގައި ހުންނަ ޖިމަކާއި ގުޅުން ހުރި އަށް މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމެއްގައި ޑރ.ނަޒްލާ ރަފީގު ވިދާޅުވީ ހުޅުމާލޭގައި ހުރި ޖިމަކާއި ގުޅުން ހުރި އަށް މީހަކު ފާއިތުވި ތިން ދުވަހުގެ ތެރޭގައި ކޮވިޑް-19 އަށް ފައްސިވެފައިވާ ކަމަށެވެ.

ކޮވިޑް-19 އަށް މީހުން ފައްސިވީ ކޮން ޖިމަކުން ކަމެއް ޑރ.ނަޒްލާ ވިދާޅެއް ނުވެއެވެ. ނަމަވެސް އޭނާ ވިދާޅުވީ އެޖިމުން ކޮވިޑް-19 އަށް ފައްސިވި މީހުންގެ ކޮންޓެކްޓްތައް ދެނެގަތުމުގެ މަސައްކަތް ކުރަމުން ގެންދާ ކަމަށެވެ.

ކޮވިޑް-19 މާލޭގައި ފެތުރެން ފެށުމުން މާލެ ސަރަހައްދު ފުރަބަންދުކޮށް ޖިމްތައް ވެސް ބަންދުކުރިއެވެ. ނަމަވެސް މިމަހުގެ 01 ވަނަ ދުވަހުން ފެށިގެން ހާއްސަ އުސޫލުތަކެއްގެ ދަށުން ޖިމްތައް ހުޅުވުމުގެ ހުއްދަ ވަނީ ދީފައެވެ.

ކޮވިޑް-19 އަށް ބަޔަކު ފައްސިވި ޖިމަކީ އެޗްޕީއޭ އިން އާއްމު ކޮށްފައިވާ އުސޫލުތަކަށް ތަބާވެ ޚިދުމަތް ދެމުން އައި ޖިމެއް ކަމެއް ނުވަތަ ނޫންކަމެއް ޑރ.ނަޒްލާ ވިދާޅެއް ނުވެއެވެ.

ފަހަކަށް އައިސް ރާއްޖެ އިން ކޮވިޑް-19 އަށް ފައްސިވާ ދިވެހިންގެ އަދަދު ވަނީ ވަރަށް ބޮޑަށް އިތުރު ވެފައެވެ. މިއަދު ވެސް 36 މީހަކު ފައްސިވިއިރު އޭގެ ތެރެއިން 33 މީހުންނަކީ ދިވެހިންނެވެ. އިއްޔެ ވެސް 16 މީހަކު ފައްސިވިއިރު 11 މީހުންނަކީ ދިވެހިންނެވެ.

މިރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ.ނަޒްލާ ރަފީގު ވިދާޅުވީ ފަހަކަށް އައިސް ކޮވިޑް-19 އަށް ފައްސިވާ ދިވެހިންގެ ކޮންޓެކްޓް ވަރަށް ބޮޑަށް އިތުރުވެފައިވާކަން ފާހަގަ ކުރެވޭ ކަމަށެވެ. އެހެންކަމުން ކޮންޓެކްޓްތައް މަދުކުރަން ޑރ.ނަޒްލާ ވަނީ ތަކުރާރުކޮށް އިލްތިމާސް ކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. Yes

    ދިވެހިންގަޑު މައިތިރިއެއްނުވޭ ނުވެސްވާނެ!

    15
    2
  2. Anonymous

    މި އީ ދޮގުމައުލޫމާތެއް! މިރޭމައުލޫމާތުދިން އިރު ، ހުޅުމާލޭގައި ދިރިއަަުޅޭ އަޅުގަނޑުގެ ދައްތަ ވަނީ ޕޮޒިޓިވްވެ ވެފައި އެކަންއަންގައި 6ގަޑި 15 ގައި އެހެންމީހުންގެ ސާމްޕަލްނަގަން އަންނާނެކަމަށްބުނެފައި މިހާރު 11 ޖެހީ އަދިވެސް ހަބަރެއްނުވޭ ، އަދި ދައްތައަކީ ހައިރިސްކް ޕޭޝަންޓެއް ،އެއްވެސް ޖިމަކާއި ގުޅުންހުރި މީހެއްވެސް ނޫން ، ދެންކީކޭ މިކިޔަނީ، ..މިހާރު ރިކޯޑްމިހާމަކުރަނީ މިއަދަށް ކަރަންޓީންގަ ތިބިމީހުންގެ ތެރެއިން މުއްދަތު ހަމަވާމީހުންގެ އަދަދު ބަލާފަ ، ޕޮޒިޓިވްވާ އަދަދު އެއަށްވުރެ މަދުންފެންނަހެން، މިހާރުވެސް ރަނގަޅަށް ޓެސްޓްކޮށްފިއްޔާ އައިޖީ އެމް އެޗްގެ ދެބައިކުޅައެއްބައި މީހުންނަށްތިބޭނީ ބަލިޖެހިފައި. ާ

    16
    5
  3. ފފަތުހުﷲ

    1
  4. ބަންދު

    ސްކޫލް ތަކާއި އޮފީސްތައް ބަންދު ކުރުން ބުއްދިވެރި.. މިހާރު އެއެއް މިއެއް ވަކި ނުވޭ.. އެމީހަކާ އެމީހެއް، ސްކޫލަށް ކުދިން ފޮނުވަން އަދި ބޭނުމެއް ނޫން

    26
    3
  5. ބޭނޭ

    ފުރަބަންދު އުވާލީމަ މާލެ ކުދިންނައް ހީވަނީ ޢީދު އައިސްގެން އުޅޭހެން.... ނުރައްކާ އޮތީ އޮތްތާ... އެކުދިންނައް ކަމެއްވެސް ނޫން... ބިރެއްވެސް ނެތް

    10
    3
  6. ޥާނުވާ

    " ޢިއްޒަތްތެރި ބެނިވެރިޔާއަށް،
    މާލެ އޭރިއާގެ ގެ ކޮވިޑް19 ގެ ހާލަތު ރަގަޅުވުމާއި ގުޅިގެން މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ވަނީ ދަރިވަރުން ނިއު ނޯމަލްގައި ސްކޫލަށް ގެނެސް ރަސްމީ ކިޔަވާދިނުމުގެ އިންތިޒާމް ހަމަޖެއްސުމަށް އަންގާފައެވެ.
    މި ސެންޓަރުގެ ކިޔެވުން ރަސްމީގޮތުން ދެން ކުރިއަށް ގެންދާނީ މި ފިޒިކަލު ކުލާސްތަކުގައި ކަމަށްވާތީ ސިލަބަސް ނިންމުމަށްޓަކައި މި ކުލާސްތަކުގައި ފިލާވަޅުތައް ބަރާބަރަށް ކުރިއަށް ގެންދެވޭނެއެވެ. ވީމާ، ކުދިން ކުލާސްތަކަށް ގަޑިއަށް ގެންނެވުމަކީ ނުހަނު ބޭނުންތެރިކަމެކެވެ." މިއީ 7 ޖުލައި ގައި އެޑިއުކޭޝަނުން ސްކޫލުތަކަށް އަންގައިގެން ސްކޫލަކުން ބެލެނިވެރިންނަށް ކޮށްފައިވާ މެސެޖެއް. ޢެކަމަކު މާލޭ ސަރަހައްދު ކޮވިޑްގެ ޙާލަތު ރަނގަޅުކަމަކަށް ނޫސްތަކަކުން ނުފެނޭ.