ބޮލީވުޑުގެ މެގަ ސްޓަރ އަމީތާބުގެ ބައްޗަންއަކީ އޭނާގެ އެކްޓް ކުރުމުގެ ހުނަރުގެ އިތުރުން އޭނާގެ ރީތިކަމާއި ތަރުތީބު ކަމާއި އަދި އުސޫލުގައި ގާއިމުވެ ހުރުމުގެ ސިފައަށް އެތައް ބައެއްގެ ނަޒަރު ހުއްޓިފައިވާ ފަންނާނެކެވެ.

އެތައް ސަތޭކަ ފިލުމެއްގައި މަސައްކަތް ކޮށްފައިވާ އަމީތާބުގެ ގިނަ ފިލުމުތަކުގައި އޭނާގެ ތުނބުޅިއާއި މަތިމަސް އެއްގޮތަކަށް ހުންނަކަން ފާހަގަ ކުރެވެއެވެ.

އަމީތާބުގެ ތުނބުޅިއާއި މަތިމަސް ބަހައްޓާފައި ހުންނަނީ އޭނާ ކުޅުނު ފިލުމަކަށް ތުނބުޅިއާއި މަތިމަސް ބެހެއްޓި ގޮތަށެވެ. އެ ފިލުމަށް ފަހު އަބަދުވެސް އެހެން ތުނބުޅިއާއި މަތިމަސް ބަހައްޓާފައި ހުންނަތަން ގިނަ ފިލުމުތަކާއި ޝޯތަކާައި އަދި ފޮޓޯތަކުން ވެސް ފެނެއެވެ.

ޑައިރެކްޓަރ ރާކޭޝް އޯމް ޕްރަކާޝް މެހެރާ 2001 ވަނަ އަހަރު ޑައިރެކްޓް ކޮށްފައިވާ އޭނާގެ ފުރަތަމަ ފިލުމު ''އޭކޭއެސް'' ގައި ރާކޭޝް އޯމްޕްރަކާޝް މެހެރާ ބުނެގެން ފްރެންޗް ބިއާޑެއް މި ފިލުމަށް ބޭނުން ކޮށްފައިވެއެވެ.

ދާދިފަހުން ރާކޭޝް ލިޔެފައިވާ އޭނާގެ ބަޔޮގްރަފީގައި ވަނީ އަމީތާބުގެ ތުނބުޅި މަތިމަހާއި ބެހޭގޮތުން ލިޔެފައެވެ. އެ ފިލުމަށް ފަހު އަމީތާބުގެ ތުނބުޅިއަށް އެއްވެސް ބަދަލެއް ނުގެންނަ ކަމަށް އަމީތާބު ބުނެފައިވާ ބުނުމެއް މި ފޮތުގައި ހިމަނާފައިވެއެވެ.

އަމީތާބުގެ ތުނބުޅިއާއި މަތިމަސް ހުންނަ ގޮތަކީ ރާކޭޝް އޯމް ޕްރަކާޝް މެހެރާގެ ހިޔާލެއް ކަމަށާއި އެއީ އަމީތާބު ކުޅުނު ފިލުމު ''އޭކޭއެސް'' ގެ ކެރެކްޓަރގައި އޭނާގެ ތުނބުޅިއާއި މަތިމަސް ހުރި ގޮތް ކަމަަށް ރާކޭޝް ބުނެފައިވެއެވެ.

އަމީތާބުގެ ފިލުމީ މަސައްކަތަށް ބަލާއިރު ދެން އޭނާ އެންމެ ފުރަތަމަ ފެނިގެން ދާނީ އަޖޭ ދޭވްގަން ޑައިރެކްޓް ކުރާ ފިލުމު ''މެއިޑޭ'' އިންނެވެ.