މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާން ރަހީނުކޮށް ވަގަށް ނަގައިގެން ގޮސް މަރާލުމުގައި ބައިވެރިވި މީހުންގެ މައްސަލައާއި އެ މީހުން ފިލުވަން އެކި ގޮތް ގޮތުން އެހީވި މީހުންގެ މައްސަލަތައް ތަހުގީގުކޮށް ނިންމޭނެ ތާރީޚެއް ދިނުމަށް ރިލްވާންގެ އާއިލާއިން ގޮވާލައިފިއެވެ.

އެސޯސިއޭޝަން ފޯ ޑިމޮކްރަސީ އިން ދަ މޯލްޑިވްސް އާއި ރިލްވާން އެންޑް ޔާމީން ފައުންޑޭޝަން އަދި ރިލްވާންގެ އާއިލާގެ ފަރާތުން ނެރުނު ބަޔާނެއްގައި ބުނީ އެ މައްސަލަ ތަހުގީގު ކުރުމާއި ހެކި ހޯދުމާއި ކޯޓަށް ހެކި ހުށަހެޅުމުގައި އިހުމާލުވި ބަޔަކު ތިބިއިރު އެ މީހުނަށް ފިޔަވަޅު އަޅަން ޖެހޭނެ ކަމަށެވެ.

ރިލްވާން ގެއްލުވާލި މައްސަލަ ފޮރުވަން އުޅުނު މީހުނާއި، ގާތިލުންނަށް ފިލުވަން އެކި ގޮތް ގޮތުން އެހީވި ކަމަށް ބެލެވޭޭ ދައުލަތުގެ ވަޒީފާތަކުގައި މިހާރު އަދި ކުރިން ވެސް ތިބި މީހުންގެ މައްޗަށް ތަހުގީގުކޮށް ދައުވާ އުފުލައި އަދަބު ދޭން ބަޔާނުގައި އެދިފައިވެއެވެ.

ރިލްވާން ގެއްލުވާލުމުގެ މައްސަލަ ރޭވުމުގެ އަޑީގައި ތިބި މީހުންނާއި އެ ކަމަށް ފައިސާ ހަރަދު ކުރި މީހުންގެ މައްސަލަތައް ތަހުގީގުކޮށް ދައުވާ ކުރަން ވެސް އާއިލާ އިން އެދިފައިވެއެވެ.

ރިލްވާން ގެއްލުވާލި މައްސަލައިގެ ތަހުގީގު ނިންމާނެ ވަކި ތާރީޚެއް ކަނޑައެޅުމަށާއި، އެ މައްސަލަ އިސްތިއުނާފް ކުރުމަށް ހުރި ގޮންޖެހުންތައް ހައްލު ކޮށްދޭން އެ ބަޔާނުގައި އެދިފައިވެއެވެ.

މިފަދަ ގޮތް ނޭނގޭ މަރުތައް ތަހުގީގު ކުރަން ރައީސް އިބްރާހީމް މުހައްމަދު ސޯލިހް އުފައްދަވާފައިވާ ރިޔާސީ ކޮމިޝަނުން ކުރަމުންދާ މަސައްކަތަށް ހުރަސް އަޅާ ފަރާތްތަކާ މެދު ފިޔަވަޅު އަޅަން ވެސް ބަޔާނުގައި އެދިފައިވެއެވެ.

މި މައްސަލައިގައި އިހުމާލުވާ ފަރާތްތައް ފިޔަވަޅު އަޅަން ރިލްވާންގެ އާއިލާއިން އެދިފައިވާއިރު، ތަހުގީގަށް ހުރަސް އެޅި ކަމުގެ ތުހުމަތުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންއާއި ކުރީގެ ކޮމިޝަނާ އޮފް ޕޮލިސް ހުސައިން ވަހީދު ވަނީ މަރުތައް ތަހުގީގު ކުރާ ރިޔާސީ ކޮމިޝަނަށް ހާޒިރުކޮށް ސުވާލުކޮށްފައެވެ.

ރިލްވާން ގެއްލުވާލާފައިވަނީ އޮގަސްޓް 8، 2014 ގައެވެ. މިއަދަށް ރިލްވާން ގެއްލުނުތާ ހަތް އަހަރު ފުރުނީއެވެ.

ރިލްވާން އުޅޭ ގޭގެ ދޮރުމަތިން ރަތްކުލައިގެ ކާރަކަށް އަރުވައިގެން އޭނާ ގެންގޮސް ކަނޑުމައްޗަށް އަރުވައި ބޯ ބުރިކޮށްލައި ކަނޑަށް އެއްލާލި ކަމަށް އެ މައްސަލަ މަރު ކޮމިޝަނުން ތަހުގީގުކުރުމަށްފަހު ނެރުނު ރިޕޯޓުގައި ބުނެފައިވެއެވެ. އަދި މަރާލުމުގެ ކުރިން ޝަހާދަތް ލައިދިން ކަމަށް ވެސް ބުނެފައިވެއެވެ. އެއީ ދީނުގެ ނަމުގައި ހަރުކަށި ވިސްނުމެއް ގެންގުޅޭ ބަޔަކު ހިންގި އަމަލެއް ކަމަށް އެ ކޮމިޝަނުން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ސަމްކުޅިބޭ

    ކުރިން ތިޔަކޮމޝަނުން ތަހުގީގުހިންގާ ރިޕޯޓް ނެރުނު މީހުން މިހާރު ކޮމިޝަނުގައިނެތް. އެހެން ބަޔަކު މިހާރު ކޮމިޝަނަށްލީމާ އަލުން މިޖެހެނީ ފަށައިގެން ތަހުގީގުކުރަން. އޭރު އެމީހުންކުރި ތަހުގީގާ މިހާރު މިމީހުންކުރާ ތަހުގީގާ އުޑާ ބިމާހާ ތަފާތުވާނެ. ނެރޭ ރިޕޯޓްވެސް ތަފާތުވާނެ. ކުރީގެ ރިޕޯޓުން ޔަގީންކަމާއެކު އެޒިންމާ ވަކި މީހެއްގެ ބޮލުގައި ނޭޅުނު. ވައުދު ފުއްދުމަށްޓަކައި މިޒިންމާ ކޮންމެސް މީހެއްގެ ބޮލުގައި އެޅުވުމަށް ސޯލިހު ބޭނުންވޭ. މިހާރު ކޮމިޝަނުންއެކުރަނީ އެމަސައްކަތް. ކުރީގެ ސަރުކާރުގެ ވެރިން ހައެއް، ކީއްކުރަން ދިހަ ބާރަ ފަހަރު ވެސް ހާޒިރު ކުރާނެ. ސޯލިހު ރަޢިސްކަމާ ހަވާލުވާތާ 24ގަޑިއިރުތޭގައި ރިލްވާނުގެ މައްސަލަ ބަލައި ނިންމާނެކަމަށްބުނި 24ގަޑިއިރު އަދި ހަމަނުވާތީ މައްސަލަ ނުނިމިގެން އުޅެނީ. އާއިލާއަށް ބުނެލަންއޮތީ 24ގަޑިއިރުތެރޭ ނިންމޭނޭ.

  2. Anonymous

    އާއިލާއިން މަގުމައްޗަށް ނުކުމެ މުޒާހަރާ ކޮށްބަމަ. މިސަރުކާރުގެ މީހުން ގޮވައިގެން ޔާމީނުގެ ވެރިކަމުގައި މުޒާހަރާ ކުރީމެއްނު. އަދި އެކަން ހޯދަން ރޮއިހޭރިގެން މިސަރުކާރު ގެނައުމުން ވަކި ކޮންކަމެއްތޯ ކުރެވުނީ. މިސަރުކާރަކީ ދޮގުހަދާ ވައުދުވެ އެކަން ނުފުއްދާ ރައްޔިތުންގެ ލޮލުގައި އަނދުން އަޅުވަމުންދުވާ ސަރުކާރެއް. އެއްކަމެއްވެސް ނުކުރެވޭނެ

  3. ޙައްޤު

    ރިލްވާންގެ ފުރާނައަށް ސުވަރުގޭގެ މަތިވެރި ނިޢްމަތްދެއްވާށި. 7 އަހަރު މިވަނީ ރިލްވާނުގެ ޢާއިލާ ޚާއްސަކޮށް ރިލްވާން މަންމަ ކަރުނައަޅާ ރޮމުންދާތާ. މި ވޭތުވެދިޔަ 7 އަހަރު އެފަދަ އެތަކެއް މަންމައަކާ ބައްޕައެއް މިރާއްޖޭގައި ކަރުނައޮހޮރަން ޖެހިފަ އެބަތިބި. އަނިޔާވެރި ރަޙުމުކުޑަ ގޮތްގޮތަށް މީހުން މެރުން މިރާއްޖޭގައި ޢާންމުވެއްޖެ. ކެމްޕޭނު ފަށައިގެން ވެރިކަން ލިބޭތޯ އެންމެންވެސް އުޅެނީ. މިކަންކަން ޙައްލުކުރާނީ ކާކު؟

  4. މަރު

    2023 ރިޔާސީ ކެމްޕޭންކުރާ އެންމެފަހު ދުވަސް އެއީ ތާރީޚަކީ. އެދުވަހު އިރުއޮއްސި 6 ޖަހާއިރުވެސް ހުރިހާ ކެންޑިޑޭޓުންނަށް ކިޔޭނީ ރިލްވާންގެ މަރު..... އަފްރާޝީމްގެ މަރު....... ރިލްވާން..... އަފްރާޝީމް...... ރިލްވާން...... އަފްރާޝީމް...... ބޮޑުވަރު

  5. ބުރެވި

    ރިލުވާނުގެ ޓެގު އަޅުވައިގެން އައި ސަރުކާރަށް ވެރިކަންލިބިއްޖެ އަދި ބައެއްގެ ވަޒީފާ މަތިވެއްެޖެ އިއްޒަތްތެރިވެއްޖެ ނަމުންސޯލިހު ކަމުން ވަށްކަން.

  6. ކާފަބޭ2020

    ޙަމަޔަޤީނުންވެސް ޤިޔާމަތްދުވަހުން! އޭގެކުރިން އެފުރާނައަށް ރަޙްމަތްލައްވާތޯ ދުޢާކޮށްލަކޮށްލާތިބުންނޫގޮތެއްނެތް!މޮޅުވާހަކަދެއްކުންނޫންކަމެއްނެތް އިންތިޚާބުކައިރިވާވަރަކަށް ތިޔަހުރިހާކޮމިޝަންތަކެއް ނޫސ

  7. ކާފަބޭ2020

    ހަޔަޤީނުންވެސް ޤިޔާމަތްދުވަހުން! އޭގެކުރިންއެފުރާނަތަކަށް ރަޙްމަތްލަށްތޯދުޢާކޮށްކޮށްލާތިބުންނޫންގޮތެއްނެތް! އިންތިޚާބުތައްކައިރިވާވަރަކަށް ތިޔަހުރިހާކޮމިޝަންތަކެއް ކިލާފަނިހިރޭގޮތަށް ހަރަކާތްތެރިވާފަށާނެ! ހިތާމައަކީ 7 އަހަރު ވެގެންދިޔައިރު މިޙަޤީޤަތްބެލެނިވެރިންނާއިމައިންބަފައިންނަށް ނުވިސްނިއަތްޖެހުމުގައިދެމިތިބިކަން! ޙެޔޮވިސްނުންދ

  8. އަބްދޫ

    މަގު މއްޗަށް ނެރެން ދެލައްކަ ވަރު ދިނޯ.ނަސީދު ކުރެން އަހާބަލަ އޭނަޔަށް ހެދީކިހިނެތްހޭ