ޏ.ފުވައްމުލަކު، ދޫނޑިގަމު، ލަންސިމޫގޭ އިމްރާން އަނީސް، މީގެ ހަފްތާއެއްހާ ދުވަސް ކުރިން، އެ ރަށު ހޮސްޕިޓަލަށް ދެއްކީ އަރިދަފުސް ރޯގާ ޖެހިގެންނެވެ. ރޯގާޖެހި ރަނގަޅުނުވެގެން ދެ ފަހަރެއްގެ މަތިން ޓެސްޓުތައްވެސް ވަނީ ހަދާފައެވެ. ޢުމުރުން 43 އަހަރުގެ އިމްރާންގެ ދެ ކިޑްނީ ފެއިލްވެފައިވާ ކަމަށް ޑޮކްޓަރު ދެއްވި ޚަބަރާއި އެކު، އާސަންދަ މެދުވެރިކޮށް އިތުރު ފަރުވާއަށް އިމްރާން މާލެ ފޮނުވިއެވެ.
އިމްރާނުގެ އާއިލާގައި އިމްރާނާއި އެކު ޖުމްލަ އަށް ބެއިން ތިބެއެވެ. އެއީ ހަތަރު ފިރިހެން ކުދިންނާއި ހަތަރު އަންހެން ކުދިންނެވެ. އިމްރާނަކީ އެ އާއިލާގެ އެންމެ ދޮށީ މީހާއެވެ. މާލެ އާދެވުމާއި އެކު، އައި.ޖީ.އެމް ހޮސްޕިޓަލަށް ގޮސް އިތުރު ޓެސްޓުތަކެއް ވަނީ ހަދާފައެވެ. އެ ޓެސްޓުތަކުންވެސް އާއިލާއަށް ލިބުނީ އެއް ޖަވާބެކެވެ. އިމްރާނުގެ ދެ ކިޑްނީ މިހާރު މަސައްކަތް ކުރަނީ އެންމެ ފަސް އިންސައްތަކަމެވެ. ވީ އެންމެ އަވަހަކަށް ޑޮކްޓަރު ލަފާދެއްވަނީ، ޑޯނަރ އެއް ހޯދައިގެން ކިޑްނީ ބަދަލުކުރުމަށެވެ.
މިކަމާއި ގުޅޭގޮތުން "ވަގުތަށް" މަޢުލޫމާތު ދެމުން އިމްރާނުގެ އެއްބަނޑު އެއްބަފާ ކޮއްކޮ، ސިމާދު އަނީސް ބުނީ، ބޭބެގެ މި ބައްޔަށް ބޭސްކުރުމަށް ހުރިހާ ފަރާތްތަކުގެ ދީލަތި އެހީއަށް ބޭނުންވެފައިވާ ކަމަށެވެ. އަދި އިންޑިޔާއަށްގޮސް ބޭބެގެ އިތުރު ޓެސްޓުތަކެއް ހަދަން ބޭނުންވާ ކަމަށާއި، މިކަން މެދުވެރިވާން މި ދިމާވި އަސްލު ސަބަބު އޮޅުން ފިލުވުމަށް ބޭނުންވާކަމަށްވެސް ސިމާދު ބުންޏެވެ.
"އާސަންދަ ހަމަޖެހޭހާ އަވަހަކަށް އަހަރެމެން ބޭނުންވަނީ ބޭބެ ގޮވައިގެން ފުރަން. އިރާދަ ކުރެއްވިއްޔާ އަންނަ އާދިއްތަ ދުވަހު މެޑިކަލް ވިސާއަށް ހުށަހަޅާނަން. ޑޮކްޓަރުންނާއި ވާހަކަ ދައްކައިގެން ވީ އެންމެ އަވަހަކަށް ފުރޭތޯ އެބަ ބަލަން" ސިމާދު ބުންޏެވެ.
އިތުރަށް މަޢުލޫމާތު ދެމުން ސިމާދު ބުނީ، އައި.ޖީ.އެމް.އެޗް ގެ ޑޮކްޓަރުން ލަފާ ދެއްވަނީ ޑޯނާރއެއް ހޯދުމަށްފަހު އާސަންދައަށް ހުށަހަޅަން ކަމަށާއި، ނަމަވެސް މާލޭގައި ގިނަ ދުވަސްތަކެއްވަންދެން ތިބެން ޖެހިއްޖެ ނަމަ އެކަމުގެ ދަތިކަން އިންތިޙާއަށް ކުރިމަތިވާނެ ކަމަށެވެ.
"ޑޮކްޓަރުން ބުނަނީ ޑޯނާރއެއް ހޯދާފަ ކިޑްނީ ދިމާވޭތޯ ބަލަން. އަދި އެއަށްފަހު އާސަންދައިން ފޮނުވަދޭނަމޭ ބުނަނީ. އެކަމަކު އެއީ ވަރަށް ދުވަސް ބޭނުންވާ ކަމެއް. އެހާ ގިނަ ދުވަހު މާލޭގަ މަޑުކުރުމަކީ ވަރަށް އުނދަގޫކަމެއް." ސިމާދު ބުންޏެވެ.
ބޭބެއަށް ކިޑްނީ ހަދިޔާކުރުމަށް އެ އާއިލާގައި ބާކީ ތިބި ހަތް ކުދިންވެސް ތިބީ ތައްޔާރަށެވެ. އެހެންކަމުން، ރާއްޖޭން ބޭރަށްގޮސް އިމްރާނަށް ފަރުވާ ކުރުމަށް ބޭނުންވަނީ ފައިސާގެ ދީލަތި އެހީތެރިކަމެކެވެ.
ސިމާދުގެ ބޭބެ އިމްރާނަށް އެހީތެރިކަން ފޯރުކޮށްދއްވަން ބޭނުންވާ ފަރާތްތަކަށް އެ ފުރުޞަތު އަބަދުވެސް އޮންނާނެ ކަމަށް ސިމާދު ބުންޏެވެ. އެގޮތުން އެމީހަކަށް ވެދެވެން އޮތް އެހީތެރިކަމެއްވެދިނުމުގައި އޭނާއާ ގުޅައިގެން މަސައްކަތްކޮށްދިނުމަށް އޭނާ އެދެއެވެ.
ސިމާދު އަނީސް / 7730000244612 ( ރުފިޔާ އެކައުންޓް )
ސިމާދު އަނީސް / 7711262418101 ( ޑޮލަރު އެކައުންޓް )
ސިމާދު އަނީސް - 7771324
ސަލްމާ އަނީސް - 7784690
"ވަގުތު" އިން ވެސް އެދެނީ އިމްރާނުގެ ބައްޔަށް އަވަސް ފަރުވާ އެއް ލިބި، އުމުރުގައި ބާކީ އޮތް ބައި، އެހެންމީހުންކޭވެސް އެއްފަދައިން އުފަލާއި ހިތް ހަމަޖެހުމުގައި ދުނިޔޭގައި އުޅޭވޭނެ ގޮތް ﷲ ތަޢާލާ މިންވަރުކޮށްދެއްވުމެވެ.
މީސްތަކުންނަށް އެހީވުމާއި ބެހޭގޮތުން ބައެއް އާޔަތްތަކާއި ޙަދީޘްތައް:
މީސްތަކުންނަށް އެހީތެރިވުމަކީ އަދި މީސްތަކުންގެ ޙާޖަތްތައް ފުއްދައިދިނުމަކީ އިޙުސާންތެރިކަމުގެ ތެރެއިން ހިމެނޭ ކަމެކެވެ.
ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީކުރައްވާފައިވެއެވެ.
(وَأَحْسِنُوا ، إِنَّ اللَّـهَ يُحِبُّ الْمُحْسِنِينَ) سورة البقرة: 195
މާނައީ: "އަދި ތިޔަބައިމީޙުން އިޙުސާންތެރިވާށެވެ. ހަމަކަށަވަރުން ﷲ އިޙުސާންތެރިވާ މީސްތަކުންދެކެ ލޯބިވެވޮޑިގަންނަވައެވެ."
ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ.
(الْمُسْلِمُ أَخُو الْمُسْلِمِ لَا يَظْلِمُهُ وَلَا يُسْلِمُهُ وَمَنْ كَانَ فِي حَاجَةِ أَخِيهِ كَانَ اللَّهُ فِي حَاجَتِهِ) متفق عليه.
(رواه البخاري 6551 و مسلم 2850)
މާނައީ: އެއްމުސްލިމަކީ އަނެއްމުސްލިމްގެ އަޚާއެވެ. އޭނާ (އެމީހެއްގެ އަޚާގެ މައްޗަށް) އަނިޔާވެރިއެއްނުވާނެއެވެ. އަދި އަނިޔާ ލިބެން ދޫނުކުރާނެއެވެ. އެމީހެއްގެ އަޚާގެ ޙާޖަތް ފުއްދުމުގައި ދެމިހުރި މީހާގެ ޙާޖަތުގައި ﷲ ވޮޑިގެންވާނެއެވެ."
ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ.
(مَنْ نَفَّسَ عَنْ مُؤْمِنٍ كُرْبَةً مِنْ كُرَبِ الدُّنْيَا، نَفَّسَ اللهُ عَنْهُ كُرْبَةً مِنْ كُرَبِ يَوْمِ الْقِيَامَةِ، وَمَنْ يَسَّرَ عَلَى مُعْسِرٍ، يَسَّرَ اللهُ عَلَيْهِ فِي الدُّنْيَا وَالْآخِرَةِ، وَمَنْ سَتَرَ مُسْلِمًا، سَتَرَهُ اللهُ فِي الدُّنْيَا وَالْآخِرَةِ، وَاللهُ فِي عَوْنِ الْعَبْدِ مَا كَانَ الْعَبْدُ فِي عَوْنِ أَخِيهِ) رواه مسلم في صحيحه: 2699
މާނައީ: "އަދި އެމީހެއްގެ އަޚާގެ ކިބައިން ދުނިޔެ މަތީގައި ދަތިކަމެއް ފިލުވައިދީފި މީހަކަށް، އެމީހަކަށް ޤިޔާމަތްދުވަހުން ޖެހޭ މުޞީބާތްތަކުގެ ތެރޭން މުޞީބާތެއް ﷲ ފިލުއްވައިދެއްވާހުއްޓެވެ. އަދި އުނދަގުލެއް ޖެހިފައިވާ މީހާއަށް ފަސޭހަކޮށްދީފިމީހަކަށް، ﷲ އެމީހަކަށް ދުނިޔެމަތީގަޔާއި އާޚިރަތުގައި ފަސޭހަކޮށްދެއްވާނެއެވެ. އަދި މުސްލިމެއްގެ (ޢައިބު ފޮރުވައިދީފިމީހާ)ގެ ޢައިބު، ދުނިޔެއާއި އާޚިރަތުގައި ﷲ އެމީހެއްގެ ޢައިބުފޮރުވައިދެއްވާ ހުއްޓެވެ. އަދި ހަމަކަށަވަރުން އެމީހެއްގެ އަޚާއަށް އެހީވުމުގެ މަތީގައި ހުންނަމީހާއަށް އެހީތެރިވޮޑިގަތުން މަތީގައި ﷲ ވޮޑިގެންވެއެވެ."
އަދިވެސް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އެކަމަށް ބާރުއެޅުއްވުމުގެ ގޮތުން ޙަދީޘްކުރައްވާފައިވެއެވެ.
(أَحَبُّ النَّاسِ إِلَى اللَّهِ تَعَالَى أَنْفَعُهُمْ لِلنَّاسِ ، وَأَحَبُّ الْأَعْمَالِ إِلَى اللَّهِ تَعَالَى سُرُورٌ تُدْخِلُهُ عَلَى مُسْلِمٍ ، أَوْ تَكْشِفُ عَنْهُ كُرْبَةً ، أَوْ تَقْضِي عَنْهُ دَيْنًا ، أَوْ تَطْرُدُ عَنْهُ جُوعًا) رواه الطبراني في المعجم الكبي: 13646 و صححه الألباني.
މާނައީ: "ﷲތަޢާލާއަށް އެންމެ ލޮބުވެތިވެގެންވަނީ މީސްތަކުންނަށް އެންމެ މަންފާބޮޑު މީހެކެވެ. ﷲއަށް އެންމެ ލޮބުވެތިވެގެންވާ ޢަމަލަކީ މީހަކު މުސްލިމަކަށް ގެނެސްދޭ އުފާވެރިކަމެކެވެ ނުވަތަ މީހެއްގެ ކިބައިން މުޞީބާތް ފިލުވައިދޭ ފިލުވައިދިނުމެވެ. ނުވަތަ ދަރަނި އަދާކޮށްދޭ ކޮށްދިނުމެވެ. ނުވަތަ މީހެއްގެ ކިބައިން ބަނޑުހައިހޫނުކަން ފިލުވައިދޭ ފިލުވައިދިނުމެވެ."
އަޅުގަނޑުމެން ކޮންމެ މީހަކީ ވެސް އެކަކު އަނެކަކަށް އެހީތެރިވާ ބައެއް ކަމުގައި ލައްވާށިއެވެ. އާމީން
އަވަސް ޝިފާއެއް މެދުވެރި ކުރައްވާށި!
އާމީން
އާމީން
އަވަސް ޝިފާއެއް މިންވަރު ކުރައްވާށި. )-:
އިމްރާންއަކީ މީހުންނަށް ވަރަށް ހިތްހެޔޮ އެންމެނާ ވަރަށް ގުޅޭ މީހެއް. ﷲ އިމްރާންގެ ބައްޔަށް އަވަސް ށިފާއެއް ދެއްވާށި. އާމީން
އިމްރާނަށް އަވަސް ޝިފާ އެއް މިންވަރު ކުރައްވާށި. އަދި ނާށިގަނޑު ހިފައިގެން ސަލާން ޖަހަންޖެހޭ ޖެހުމަށް ނިމުން ގެނެސް ދެއްވުމަށް އަދުގެ ސަރުކާރަށް ގޮވާލަން
އަވަސް ޝިފާޔަކަަށް އެދެން! ޑރ ޖަމީލު އަދި މަލީހު ޖަމާލު ފަދަ ބޭފުޅުންނަކީ މިބޭފުޅާގެ އާއިލާ!
ޝަފާކަﷲ އާމީން
އަވަސް ޝިފާއެއް މިންވަރު ކުރައްވާށި.
އަވަސް ޝިފާއަކަށް އެދެން.
އަވަސް ޝިފާއެއް މެދުވެރި ކުރައްވާށި! އާމީން
ރުގުޔާކުރޭ!!
ކޮންމެދުވަހަކު އެއްފަހަރު ބަގަރާސޫރައް މަދުވެގެން އެއްފަހަރު ކިޔަވާލާ ޝިފާއަށް އެދިގެން. ޢަދި ދަމުނަމާދުކޮށް ދަންނަވާ. ތީ ހަމަ އެއްވެސް ކަމެއް ނޫން އިންޝާﷲ
ސުންނަތުގައިވާ ގޮތަށް ހިޖާމާ ޖަހާ މީހަކު ރަނގަޅަށް ބަލާފަ އެމީގެއްގާތުން ހިޖާމާ ޖަހާ.. ރަނގަޅުބެދާނެ
އަވަސް ސިފާއަކައްއެދެން އާމީން
އަވަސް ޝިފާއަކަށް ޝިފާގެވެރި ﷲޞވޢ ގެ ޙަޟްރަތުގައި އެދެން