ޕާކިސްތާނުން ވެސް މިލްކުވެރިކަން ފާޅުކުރަމުންދާ ކަޝްމީރަކީ މިހާރު މުޅި އޭޝިއާ ސަރަހައްދުގެ އިތުރުން މުސްލިމުންނާއި ސީދާ ގޮތުން ގުޅިފައިވާ މައްސަލައެކެވެ.

އިސްތިޢުމާރު ކުރުމާއި އަޅުވެތި ކުރުމުގެ ސިޔާސަތަކީ އިސްރާއީލުން ފަލަސްޠީނުގެ ބިންތައް ފޭރިގަތުމަށް ގެންގުޅޭ އެމީހުންގެ އަމިއްލަ ސިޔާސަތެވެ. މިހާރު މި ސިޔާސަތާ އެއްގޮތަށް އިންޑިއާއިން މިދަނީ ކަޝްމީރު އަޅުވެތިކޮށް ގަދަ ބަސް ބުނެ ކޮޕީ ކުރަމުންނެވެ. މި ވާހަކަ މިހާރު ބޭރުގެ ބޮޑެތި މީޑިއާތަކުގެ ފަލަސުރުހީގައި ވެސް ދަނީ ދައުރުވަމުންނެވެ.

ކަޝްމީރުގައި ކާފިއު އިއުލާންކޮށް އިންޑިއާ ސިފައިން ގެންދަނީ ދަތުރުފަތުރު ކުރުމަށާއި، ބައެއް ވިޔަފާރިތައް ހުޅުވަންވެސް ހުރަސް އަޅަމުންނެވެ. މިދިޔަ ހޯމަ ދުވަހުން ފެށިގެން ކަޝްމީރުގެ ހާލަތު ގޯސްވެފައި ވާއިރު ކާފިއުގެ މުއްދަތު އިތުރު ކުރާނަމަ ކާބޯތަކެތީގެ ދަތިކަން ކަޝްމީރުގެ ރައްޔިތުންނަށް ވަރަށް ބޮޑުވެގެން ދާނެ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ކަޝްމީރުގެ ހާލަތު ގޯސްވެފައި ވަނީ އިންޑިއާގެ ގާނޫނުއަސާސީގައި ކަޝްމީރަށް ބާރުތަކެއް ދިނުމާ ބެހޭ ގޮތުން އޮންނަ 370 ވަނަ މާއްދާ އިސްލާހުކޮށް ޖައްމޫ އާއި ކަޝްމީރަކީ ދެ ޔުނިއަން ޓެރިޓަރީސްގެ ގޮތުގަައި ހަމަޖައްސަން އިންޑިއާ ސަރުކާރުން ނިންމުމުންނެވެ. މިހެން ހެދުމުން ކަޝްމީރު ބަދަލު ވެގެން ދާނީ ގާނޫނުހަދާ މަޖިލީހެއް ނެތް ޔޫނިއަން ޓެރިޓަރީއަކަށެވެ. އަދި ޖައްމޫ އާއި ކަޝްމީރު ވާނީ ގާނޫނުހަދާ މަޖިލީހެއް އޮންނަ ޔުނިއަން ޓެރަރިޓަރީއަކަށެވެ.

ކުރިން އޮންނަނީ ކަޝްމީރުގެ ދާއިމީ ރަށްވެހިކަން ދިނުމާއި މުދާ މިލްކު ކުރުމުގައި ގޮތް ކަނޑައެޅުމުގެ ބާރު ކަޝްމީރަށް އޮންނަ ގޮތަށެވެ. ނަމަވެސް އެގޮތް އުވާލާ މިހާރު ވަނީ ހިންދޫންނަށް ވެސް ކަޝްމީރުން ބިން މިލްކް ކުރެވޭ ގޮތް ހަދަން ނިންމާފައެވެ.

އިންޑިއާއިން މި ނިންމުން ނިންމުމުގެ ކުރިން އެމެރިކާގެ ބަހެއް ވެސް ނުހޯދާ ކަމަށް އެގައުމުން ބުނަމުންދާއިރު ކަޝްމީރުން މުސްލިމުންގެ އަޣުލަބިއްޔަތު ނައްތާލުމަކީ އިންޑިއާގެ ވެރިކަންކުރާ ބީޖޭޕީގެ ކެމްޕޭން ވައުދެކެވެ މި ވައުދު ފުއްދަން އިންޑިއާއަށް އެންމެ ބޮޑު އެހީއެއް ވަމުންދަނީ އިސްރާއީލުން ކަމަށް ރިޕޯޓްތައް ބުނެއެވެ.

އިންޑިއާ އާއި އިސްރާއީލުގެ ގުޅުން ޒަމާން ތަކަކަށް ފަހު ބަދަހިވެގެން ދިޔައީ އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ މިދިޔަ އަހަރު އިސްރާއީލަށް ކުރި ދަތުރުގެ ތެރެއިންނެވެ. އޭގެ ފަހުން އިސްރާއީލުގެ ބޮޑު ވަޒީރު ވެސް އިންޑިއާއަށް ދަތުރު ކުރިއެވެ.

އިސްރާއީލުގެ ބޮޑުވަޒީރު ނަތަންޔާހޫ އާއި އިންޑިއާގެ ބޮޑު ވަޒީރު މޯދީގެ ވިސްނުމާއި ފިކުރު ދިމާވާ ހިސާބަކީ އެ ދެ ވެރިންވެސް މުސްލިމުންނާއި ދެކޮޅަށް ގެންގުޅޭ ހަރުކަށި ފިކުރެވެ.

އިންޑިއާގެ ބޮޑުވަޒީރު މޯދީ ތަމްރީނުވެފައިވަނީ ހައްދުފަހަނަޅައިފައިވާ ހިންދުވްތާ ފިކުރުގެ އާރް.އެސް.އެސް އިންނެވެ. މޯދީ އާއި ނަތަންޔާހޫއާ ދެ ބޮޑުވަޒީރުންގެ ނަޒަރުގައިވެސް މުސްލިމުންނަކީ ދުނިޔެއަަށް ކުރިމަތިވެފައިވާ ބޮޑު މުސީބާތެކެވެ. މިކަން ފަލަސްތީނުގެ ރައްޔިތުންނަށް ޖައްސާފައިވާ ހާލާއި އިންޑިއާގެ ތިބި މުސްލިމުނަށް ކުރާ އަނިޔާ ތަކުން ހާމަވެއެވެ.

ކަޝްމީރުގެ މައްސަލަގައި އިންޑިއާގެ ނިންމުންތަކާއި ދެކޮޅު ހެދުމުގެ ގޮތުން އިންޑިއާ އާއި ވިޔަފާރީގެ ގުޅުން ޕާކިސްތާނުން ކަނޑާލައި، ޚާރިޖީ ގުޅުން ދަށްކޮށްލާފައި ވާއިރު ކަޝްމީރުގެ މައްސަލަ އަކީ އެގައުމުގެ ދާޚިލީ މައްސަލައެއް ކަމަށް ބުނެ އިންޑިއާއިން ދަނީ ގަދަ ދައްކަމުންނެވެ. ނަމަވެސް ޕާކިސްތާނުގެ ބޮޑު ވަޒީރު އިމްރާން ޚާން ވިދާޅުވީ، ޕާކިސްތާން ސިފައިން ތިބީ ކަޝްމީރުގެ ރައްޔިތުންނާއެކު ކަމަށާއި، ހުރިހާ އިންތަކެއް ހުރަސްކުރައްވަން ޖެހުނަސް އެކަން ކުރައްވާނެ ކަމަށެވެ.

ކަޝްމީރުގެ މުސްލިމުންނަށް އިންޑިއާއިން ދެމުންދާ އަނިޔާތައް ދިފާއުކޮށް ތެދުވި ގައުމު ތަކުގެ ތެރޭގައި ރާއްޖެވެސް ހިމެނެ އެވެ. ދިވެހި ސަރުކާރުން ނެރުނު ބަޔާނުގައި ވިދާޅުވީ ކަޝްމީރު މައްސަލައިގައި އިންޑިއާގެ ނިންމުންތަކަކީ އެގައުމުގެ ދާހިލީ ކަމެއް ކަމުގައި ދެކޭ ކަމަށެވެ. އަދި އިންޑިއާއަކީ އަމިއްލަ މިނިވަން މުސްތަގިއްލު ގައުމެއް ކަމަށާއި، އަދި ގާނޫނު އަސާސީއަށް ބަދަލުތައް ގެނެސް، އިސްލާހުކުރުގެ ބާރު އިންޑިއާއަށް ލިބިގެންވާ ކަމަށް ދިވެހި ސަރުކާރުން ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

16 ކޮމެންޓް

  1. ބޮޑު ދެލޯ

    އިންޑިޔާ ކުރާކޮއްމެ ކަމެއް މިހާރުގެ ދިވެހިރާެްޖެއަށް ރަގަޅުވެފައި އަތް ޖަހާނެ!!!!

    84
    2
  2. Angela

    "ދިފާއުކޮށް ތެދުވި ގައުމު ތަކުގެ ތެރޭގައި ރާއްޖެވެސް ހިމެނެ އެވެ" ދިފާޢުގަ އެއްޗެއް ބުނެފައެއް ނެތް ދޯ އިންޑިއާ އާ އެއްކޮޅަށް ދިވެހިންގެ ވާހަކަ ހުރީ

    34
    7
    • ޙަފީޡު

      ޔާ ﷲ އައްނިގެ ނުބައި ރޭވުމުން އަޅަމެން ސަލާމަތް ކުރައްވާށި.

      56
      1
      • މޮޔައެނޮނިމަސް

        އަންނި ގެ ނުބައި ރޭވުން ކިޔާ ދީ ބަލަ. އޭރުން ތާ އާމީން ކިޔާލަން ވެސް އެނގޭނީ

        7
        40
  3. ޅ

    ނުލަފާ ބައިގަޑެއް.

    45
  4. މޯދީ

    ހެޔޮ ހަބަރެއް. މޯދީ ކޮންމެ ވައްވަކެއް ޖެއްސިޔަސް އިންޑިޔާގެ މުސްތަގްބަލް އޮތީ ހަމަ މުސްލިމުންނަށް ކާމިޔާބާއި ނަސްރު ދެއްވާ ގޮތަށެވެ.

    - އިޚްތިރާމް ގަބޫލް. ކުރެއްވުން އެދެން. -

    28
    1
    • މޮޔައެނޮނިމަސް

      ތީ މުސްލިމުން ނާ ބހޭ މައްސަލަ އެއް ތާ

      13
      5
  5. ރާއްޖެތެރެ

    މިސަރުކާރު ހޮވިމީހުން ނަކީ ވަރައް ތާކުން ތާކުންނުޖެހޭ މީހުން.

    19
    1
  6. ގުރުއާނުގެ ތެދުކަން

    "އީމާން ވި މީހުންނަށް މީސްތަކުންކުރެ، ޢަދާވާތް ތެރިކަން އެންމެބޮޑު ބަޔަކީ، ޔަހޫދީންނާއި، އަދި شريك ކުޅަ މީހުން ކަމުގައި ހަމަކަށަވަރުން، ކަލޭގެފާނު ދެކެވަޑައިގަންނަވާނޫއެވެ. "
    (މާއިދާ ސޫރަތުގެ 82 ވަނަ އާޔަތް)

    21
  7. ހެކި އެބަހުރި

    ޢީދު ޚުތުބާ ގައި އަނިޔާލިބެމުންދާ މުސްލިމުންނަށް ނަޞްރު ދެއްވުމަށް މިފަހަރު ދުޢާއެއްނުކުރޭ.
    މިސަރުކާރަކުން ނުދެކޭ މުސްލިމުންނަކީ ދުނިޔޭގައި އުޅުމުގެ ހައްގެއްވާ ބައެއްކަމަކަށް.
    އިސްލާމްދީނަށް ބަދުބަސް ބުނާ މީހުންނަށް މަތީމަގާމު، ކަމަކާ ނުލާ ބޮޑު މުސާރަ،
    ދީނަށްލޯބިކުރާ މީހުން އަތުން ޓެކުސް ނަގައިގެން.

    17
    3
  8. Anonymous

    ބޮޑު ޔަހޫދީ ކާފަރު ގެރި މުޑި ބޮޑު ވަޒީރަށް ބޮޑުވެގެންވާ ބައްޔެއް ޖައްސާވާ މުސްލިމު އަޚުންނަށް މިނިވަންކަން އިއާދަ ކުރައްވާންދޭވެ! އާމީން!

    14
    • މޮޔައެނޮނިމަސް

      ސައުދީ މީހުން ވެސް ތި ދު އާގަ ހިމަނާ ލި ނަމަ .މަށައް ހީވަނީ ކަލޭ އިންޑިޔާ އަށް ނޭރުވީ މަ ހެން ތިހާ ރުޅި އަންނަނީ

  9. ނަން

    އިސްލާމުންނާގުޅޭ ކަމަކަށްވާއިރުވެސް ރާއްޖެއިން ބުނަނީ އިންޑިއާގެ ދާޚިލީ ކަމެއް ކަމަށް. އެހެންވީމަ މުސްލިމުންނަށް އަނިޔާ ނުކުރާށޭވެސް ބުނެލަން ބޭނުމެއް ނުވޭ. ދެން ރާއްޖޭގެ ދާޚިލީ ކަމެއް ނޯވޭ، އެމީހުންނަށް ބެހެވޭ މިތަނުގެ ހުރިހާ ކަމަކާ. #ދޯހަޅި ސިޔާސަތު

    • އަޅުންގެ ބާޒާރު

      ދެން ރާއްޖޭގެ ދާޚިލީ ކަމެއް ނޯވޭ. އެއީ ރާއްޖޭގެ ޕާލަމަންޓުވަނީ އިންޑިއާއިން އަޅުންގެ ބާޒާރުގައި ގަނެފައި. މިގައުމުގެ ޕާލަމަންޓު މިހާރު އޮތީ ގެރީގެ އަޅުންގެ ދަށުގައި. އުޟުޙިޔާއަށް ގެރިކަތިނުލާކަން އިންޑިއާ އިން ޔަގީންކުރި. އެއީ ރާއްޖޭގަ ގެރި ނޫޅޭތީ

  10. ދޮން ބަބުރު ސޮރު

    ދިވެހީންގެ ނަމުގައި ބަދް ބުނީ އެއް 0 ޕަސެންޓުގެ އައްނީގެ ރޭވުމުގައި ބައިވެރިވާ މުޖުރިމުން، މާދަން މިޤައޮމަކީ ޙިންދޫންގެ ތަނެކޭ ބުއްޏަސް ތިނުބައި ބައިގަނޑު އެކަމަށްވެސް ތާއީދު ކުރާނެ.

  11. ކަލޯ

    އެޖެންޑާ 19 ގެ ށަރަފް ވެރި މެހެމާން😂😂😂 ސަރުކާރު ސަނާކިޔާ މޭސްތިރި!!!