މި އަހަރުގެ ކުރީކޮޅު ލ ގަމުގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި ގެއެއް ބޭނުން ނުކުރެވޭ ވަރަށް އަނދައިގެން ގޮސް ގެއްލުން ލިބުނު އާއިލާ އަކަށް އަދިވެސް ސަރުކާރުން ބޯހިޔާވަހިކަމެއް ފޯރުކޮށް ނުދޭ ކަމަށް އެއާއިލާ އިން ބުނެފިއެވެ.

އަލިފާނުގެ ހާދިސާގައި އަނދައިގެން ދިޔައީ ސުނާމީ ކާރިސާގައި ގެއްލުން ލިބުނު ފަރާތްތަކަށް ސަރުކާރުން ފޯރުކޮށްދިން ބޯހިޔާވަހިކަމުގެ ދަށުން ލިބުނުގެއެކެވެ. އަލިފާނުގެ ހާދިސާގައި މަގުމަތިވެފައި ވަނީ އަބްދުﷲ އާދިލް އާއި އޭނާގެ އާއިލާއާއި އަދި އިތުރު އާއިލާއެކެވެ. އެމީހުން ދިރިއުޅެމުން އައި ގެއަކީ އާދިލްގެ އަންހެނުންގެ ބައްޕަ އަށް ލިބިފައިވާ ގެއެކެވެ.

އަލިފާނުގެ ހާދިސާ ހިނގިއިރު ލ.ގަން ތުނޑީ، ދުންފިނި އުފާ އާ ގޭގައި ޖުމްލަ 10 މީހުން ދިރިއުޅެމުން އައެވެ. އެ ގޭގައި އާދިލްގެ އާއިލާ އިތުރުން އާދިލްގެ އަންހެނުންގެ ކޮއްކޮގެ އާއިލާ ވެސް އައީ ދިރިއުޅެމުންނެވެ. އާދިލް އަކީ އެގޭގައި އުޅޭތާ 4 ވަރަކަށް އަހަރު ވެފައިވާ މީހެކެވެ.

28 އޭޕްރީލް 2019 ވަނަ ދުވަހެވެ. އާދިލް ހުރީ ގެއިން ބޭރުގައެވެ. ގަޑިން 12:15 އެހާކަށްހާއިރުން ފެށިގެން އާދިލް އަށް ވަރަށް ގިނަ ފޯން ކޯލް އަންނަން ފެށިއެވެ. އޭރު އޭނާ އޮތީ އެހެން ގެއެއްގައި ނިދާފައެވެ. އާދިލްގެ އަންހެނުން އިރުކޮޅަކުން އޭނާ ހުރި ގެއަށް އައިސް އޭނާއަށް ގޮވައި، ގޭގައި އަލިފާން ރޯވެގެން އުޅޭ ކަމަށް ބުންޏެވެ. އާދިލް ކުއްލި ޝޮކެއްގައި ގެއާއި ދިމާލަށް ދުވެފައި ދިޔައިރު 500 ފޫޓު ދުރުން އަލިފާން ރޯވެގެން ހިފާފައިވާ ހުޅުގަނޑާއި، އަރަމުން ދިޔަ ދުންގަނޑު އޭނާއަށް އަށް ފެނުނެވެ.

އާދިލް ކިޔައިދިން ގޮތުގައި އޭނާއަށް ވެސް އެ ގޭގެ އެކި ކަހަލަ މަސައްކަތްތައް ކޮށް، ފަރުނީޗަރު ސާމާނު އެއްޗެހި ވައްދާ، ގާތްގަނޑަކަށް ދޮޅު ލައްކައަށްވުރެ ގިނަ އަދަދަކަށް އެ ގެއަށް އެކަނިވެސް ފައިސާ ހޭދަކުރެވިފައި ހުންނާނެއެވެ. ކުއްލިއަކަށް އެ ހުރިހާ އެއްޗެއް އަނދާ އަޅިއަށް ވާ ތަން ފެނުމަކީ ކޮންމެ މީހަކަށް ވިއަސް، ނިކަން އަސަރު ކުރުވާނެ ވަގުތުކޮޅެކެވެ. އާދިލް ވަނީ އަލިފާނުގެ ހާދިސާ ހިނގުމުން އެމްއެންޑީއެފް، ޕޮލިސް އަދި ފަޔަރ ފައިޓަރުންގެ ޓީމުން އަލިފާންގަނޑު ނިއްވުމަށާއި އެ އާއިލާއަށް ދެއްވި އެހީތެރިކަމަށް ޝުކުރު އަދާކޮށްފައެވެ.

އަލިފާންގަނޑު ނިވުނުއިރު، ގެ ވަނީ ބޭނުން ނުކުރެވޭ ވަރަށް ހަލާކު ވެފައެވެ. އާދިލް ކިޔައިދިން ގޮތުން ހަމަ އެދުވަހު ހަވީރުގެ ވަގުތެއްގައި ޢިމާރާތް ކުރާ ސިވިލް އިންޖިނޭރަކު އެ ގެ ބަލާފައި ބުނީ އެއްކޮށް ތަޅާލައިގެން ނޫން ގޮތަކަށް އެ ގޭގައި ދެން ދިރިނޫޅެވޭނެ ކަމަށެވެ. "ޑިޒާސްޓާ މެނޭޖްމެންޓް ސެންޓަރުގެ ފަރާތުން އާއިލާގެ އެންމެންނަށް ދިރިއުޅޭނެ ގެއެއް ހަމަޖައްސައިދިން، އެކަމަކު އެއީ އެންމެ 10 ދުވަސް ވަންދެން. ރަށު ކައުންސިލުން އަންގައިގެން އަހަރެމެން އެތަނުން ނިކުންނަން ޖެހުނީ އަލިފާނުގެ ސަބަބުން މާ ބޮޑު ގެއްލުމެއް ގެއަށް ނުލިބޭ ކަމަށާއި، އެތަނަށް ކުރަން ޖެހޭނެ ހަމައެކަނި މަސައްކަތަކީ ކަރަންޓް ވައިރިންގެ މަސައްކަތް ކަމަށް ބުނެ" އާދިލް ބުންޏެވެ.

ގަމުގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި އަނދައިގެން ދިޔަ ގެ
ގަމުގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި އަނދައިގެން ދިޔަ ގެ

އޭގެ ފަހުން އާދިލްގެ އާއިލާ މީހުން ދިރިއުޅެން މަޖުބޫރު ވެފައި ވަނީ ގެއަކަށް ކުލި ދައްކައިގެންނެވެ. އެއް މަހުގެ ކުލި ޑިޒާސްޓަރ މެނޭޖްމެންޓް އިން ދައްކައިދިން ކަމަށް އާދިލް ބުންޏެވެ.

އަމިއްލަ ގެދޮރު ހުރި އާއިލާއަކަށް ދިމާވި ހިތާމަވެރި ހާދިސާ އެއްގައި އެމީހުންގެ ގެ ބޭނުންނުކުރެވޭ ވަރަށް އަލިފާން ރޯވެ ހަލާކުވުމަކީ އެއީ އެކަމަށް އެމީހުން ބުރަ އުފުލަން ޖެހޭ ކަމެއް ނޫނެވެ. ސަރުކާރުން ވެސް ގަބޫލު ކުރާ އުސޫލަކީ މިއީ ކަމަށް އޮތީ ގަބޫލު ކުރެވިފައެވެ. ނަމަވެސް އާދިލްގެ އާއިލާ އަށް އެހީވުމަށް ސަރުކާރުން ސަމާލުކަމެއް ނުދިނެވެ.

އަޅުގަނޑުމެންނަށް އެ އާއިލާއިން ފޮނުވާފައިވާ ފޮޓޯ ތަކުންވެސް ފެންނަ ގޮތުގައި އަލިފާނުގެ ހާދިސާ ގައި އެމީހުން ދިރިއުޅުނު ގެ ވަނީ އަލުން ތަޅާލައި، ރާނަން ޖެހޭ ހިސާބުގައެވެ. އެއްވެސް ގޮތަކަށް އެ ގެއަކީ ބޭނުންކުރެވިދާނެ ގެއެއް ކަމަކަށް ފާހަގައެއް ނުވެއެވެ. ގޭގެ ފާރުތަކުގައި ވަނީ ރެނދުލައި ވެއްޓެން ކައިރި ވެފައެވެ. ސީލިންގެއް ނެތެވެ. ގޭގައި ހުރި ހުރިހާ ސާމާނެއް ވަނީ އަނދާ އަޅިއަށް ވެފައެވެ.

https://www.facebook.com/mohamed.shakylbe/videos/1283260191826014/

މިކަމާ ގުޅިގެން އާދިލްގެ އަންހެނުން އާއިލާ އިން އެ ރަށު ކައުންސިލަށާއި އެހެނިހެން އިދާރާތަކަށް ވެސް އެތައް ފަހަރަކު އެމީހުންގެ ޝަކުވާތައް ހިއްސާ ކޮށްފައިވެއެެވެ. އެއްވެސް ފަރާތަކުން އެމީހުންގެ ވާހަކަތަކަށް އަޅާލިނަމަ 4 މަސް ވާއިރު އެ އާއިލާ ކުލި ދައްކައިގެން އުޅޭކަށް ނުޖެހުނީހެވެ. ދިމާވާ ކުއްލި މިފަދަ ހިތާމަވެރި ހާދިސާ ތަކުގައި ގެއްލުން ލިބޭ ފަރާތްތަކަށް ސަރުކާރާއި، ކަމާބެހޭ ފަރާތްތަކުން އެހީތެރިވާން ޖެހެއެވެ. ބޯހިޔާވަހިކަން ކޮންމެ އާއިލާ އަކަށް ޔަގީންކުރުވުމަކީ ކޮންމެ ސަރުކާރެއްގެވެސް އަސާސީ ވާޖިބެކެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. ދިވެހިބިން

    އިމަޖެންސީ އެހީތެރިކަމަކީ މުޅި އުމުރަށްދޭ އެއްޗެއްނޫން. ދެތިންމަސްފަހުން ދިރިއުޅުން އަމިއްލައަށް އާރާސްތުކުރަންފަށަންވާނެ. ތިބުނީ ބޮޑެތި ފިރިހެނުންތަކެއްއުޅޭ ގެއެއްގެވާހަކަ. އަދި އެހެންނޫނަސް ޔާމީނުގެ ވެރިކަމުގަ ކޯސްޓްލައިން އަދި ލިލީ ގުދަނު އަލިފާން ރޯވުމުގެ ސަބަބުން ގެއްލުން ލިބުނުމީހުންނަކަށް ޔާމީނުގެ ސަރުކާރަކުން ރަންއިލޮށިން ކަދުރު ކާންދީފަ މުސަންމާ ރިހައެއްނުދޭ. އަދި ނުވީތާކަށް ހުޅުމާލެއިން މުއިއްޒުމެން ފުލެޓުގަނޑެއްވެސް ނުދޭ

    13
    28
    • Anonymous

      އަދި ދެދުވަސްވެސް ނުވެގެން މިއުޅެނީ

      2
      1
  2. ހައްވާފުޅު

    މުޅިއުމުރަށް ކުލި ދައްކާދެންޏާ އަހަރެމެންނަށްވެސް ދަޢުލަތުން ކުލިދައްކާދޭންވާނެ. އަހަރެމެންވެސް ދަރިންކޮޅު ގޮވައިގެން މިއުޅެނީ ވ. ނިކަމެތިކޮށް!

    16
    4
  3. ޏަމްސް

    ދެން އަބަދު ސަރުކާރުންދޯ ގެ އަޅާދޭން ޖެހެނީ؟

    13
    8
  4. ޕޮގުބާ

    ނުވާނެ މިސަރުކާރަކަށް އެއްކަމެއްވެސް ކުރެވޭނީ އަނިޔާ

    23
    11
  5. ހުސޭނުބޭ

    އޯގާތެރި ސަރުކާރަށް ބަޖެޓް ކައިފައި ރައްޔިތުންނަށް ކަމެއްކޮށްދެވޭ ފުރުސަތެއް ނުލިބެޔޭ!

    25
    7
  6. ސަޓޯ

    އިބުރޭ އެއީ ފެއިލް ސަރުކާރެއް. އަދިވެސް ވޯޓުދީ ކަލޯމެން

    8
    1
  7. މުޖޫ

    އަނދާ ކޮންމެ ގެއަކަށް އުމުރު ދުވަހަށް ސަރުކާރުން ކުލި ދައްކާ އުސޫލެއް ގާއިމް ކޮށްފިއްޔާ، މީހުން ގެދޮރު އަމިއްލައަށްވެސް ރޯކުރަން ފަށާފާނެ. ތިކަހަލަ ބިރުވެރި ވާހަކަ ނުގެނެސްދިނުން ވަރަށް ބޮޑަށް އެދެން.

    6
    3
  8. ޒާ

    މިސަރުކާރުން އެހީތެރިއެއް ނުވާނެ. ދެއްކުންތެރިކަމަށް ކޮންމެވެސް ކޮމެޓީއެއް ހަދާފައި އެހިސާބުން ނިމުނީ. ބަލަން ތިބޭ އިއްޔެ ގެތައް އެނދި މީހުންނަށް ދެންވާނެގޮތް. އުމުރުގެ ބާކީ ބައި ދެންޖެހޭނީ ވަންނާނެ ތަނެއްނެތި ބިކަހާލުގައި ދިރިއުޅެން.

  9. އ

    ކޯސްޓް ލައިން އިންނާއި ސަރުކާރުން އެހީ ވެގެން އެމީހުންގެދޮރަށް ވަދެވެންދެން ބެލެހެއްޓީ އަދި ބުނަށް އެމީހުންގެ ގެތައްވެސް ސަރުކާރުން ރާނާދީ ހިޔާކޮށްދިން ... ޓެކުސް ފައިސާ ނަގަނީ މިފަދަ ކަންކަން ވެސް ކުރަން އޮންނާނެ ކުއްލި ހާލަތުގައި އެހީވާ ފަންޑު އަދި ސަރުކާރު މެދުވެރިވެ ބޭންކަކުން ލޯނު ދިނަސް ގެއެޅޭނެ އެކަމަށް މަގު ފަހި ކޮށްދޭން ޖެހޭނީ ސަރުކާރުން ލޯނު ނުލިބޭނެ އެމީހުނަކަށް އެއީ ސަރުކާރުގެ ބޭނުން ނޭގޭ ވާހަކަ ނުދައްކާ ތިމާ މީހާގެ ގެ ރޯވެ މުޅީ ދިރިއުޅުން އަޅީޔަށް ވީމާ ވިސްނޭނެ ލިޔެކިއުމާއި ފައިސާ ކޮޅާ ހިފާ ގެންގުޅޭ ތަކެތި ނެތުނީމާ އިނގޭނީ މީ ކިހާ ވަރެއްގެ ކަމެއްކަން ސުމަކުން ހަމަ ފަށަންޖޭހޭނީ މިތާ ކޮމެންޓް ކުރާ ގިނާ މީހުންގެ ބޯ އެކަނި ހުންނަނީ ސިނކުޑިއަކުން ނޫނޭ ވިސްނަނީ .......

    12
  10. ފާއިޒް

    ވެރިކަމުގަ މިހިރަ ސަންގޮހޮރު ވެރިކަމުން ބާލަން ނިކުންނަން ޖަހޭ މި ބޮޑު މުސީބާތަކަށް ވެއްޖެ....

    6
    1