އެ ރިޕޯޓުގެ ބަނޑޭރިގަނޑުގެ އެއްފަޅީގައި ވަނީީ ފެއްސާ، ރަތާއި، ހުދު ހިމެނޭ އަހަރުމެންގެ ފަހުރު ކަމުގައިވާ ދިވެހި ދިދައެވެ. އަނެއް ފަޅީގައި ވަނީ އެ ކުލަޔަކުން ނަފްރަތާއި ހަސަދަވެރިކަމާއި އަޅުވެތިކަމާއި ހިތާމަވެރިކަން ރަމްޒުކުރާ ކަޅު ދިދައެކެވެ. އަދި ދިވެހި ދިދައިގައި ކަޅުކުލައިން ނުބައި ފާހަގައެއް ޖަހައިފައިވާއިރު އެ ކަޅު ދިދައިގައި އިނީ ހެޔޮފާހަގައެއް ލައިފައެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ އެކުރެހުމުގެ ތަސައްވަރު، ވިސްނުމެއްގެ ގޮތުގައި އަހަރުމެންގެ ތެރޭގައި ގެންގުޅުމުގެ ޖާގަ ދީގެން ނުވާނޭ ކަމަށެވެ. ރައީސް ނަޝީދު ވިދާޅުވީ ހަރުކަށި ވިސްނުމުގެ މީހުން ދީނަށް ލޯބިކުރުމުގެ ނަމުގައި އަހަރުމެންގެ ތެރެއަށް އެ ވިސްނުން ވައްދަން މަސައްކަތް ކުރާ ކަމަށެވެ.

ރައީސް ނަޝީދު މިމޭރުމުން ވިދާޅުވީ އެމްޑީއެންގެ ފައުންޑަރ ޝަރިންދާ އިސްމާއިލް އެބުނާ "ދީނީ ހަރުކަށި ފިކުރުގެ މީހުންނަށް" ނިސްބަތްކޮށް ކަމަށްވެސް ވެދާނެއެވެ. ރާއްޖޭގައިވެސް ނިރުބަވެރި ޖަމާއަތްތަކާ ގުޅިގެން އުޅޭ އަދި އެ ޖަމާއަތްތަކަށް ބާރުދޭގޮތަށް ވާހަކަތައް ފަތުރަމުންދާ ބަޔަކު އެބަ ތިއްބެވެ.

ރާއްޖޭގައި ނިރުބަވެރި ޖަމާއަތްތަކަށް ނިސްބަތްވާ މީހުން ތިބިކަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހުވެސް މީގެ ކުރިން ވަނީ ވިދާޅުވެފައެވެ. އޭގެ ތެރޭގައި އެންމެ ނުރައްކާތެރި އެއް ނިރުބުވެރި ޖަމާއަތް ކަމުގައިވާ އައިއެސް ޖަމާއަތުގެ މީހުން ތިބިކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މިފަދަ ޖަމާއަތްތައް ރާއްޖޭގައި ތިބުމަކީ ޝައްކެއްވެސް ނެތްގޮތުގައި މިގައުމުގެ މިނިވަން ކަމާއި އިސްތިގުލާލަށް ހުރި ވަރުގަދަ ނުރައްކަލެކެވެ. އެފަދަ މީހުން ރާއްޖޭގައި ތިބިނަަމަ އެމީހުން މިގައުމުން ބޭރުކޮށް މިހާރުން މިހާރަށް ފިޔަވަޅު އަޅަން ޖެހެއެވެ.

ކަޅު ދިދައިން ރަމްޒުކުރާ ހަރުކަށި ވިސްނުންތަކާއި ނިރުބަވެރި އަމަލުތައް އަހަރުމެންގެ ތެރެއަށް ވައްދަން އުޅެނީ ސީދާ ކޮންބައެއް ކަމެއް އަދި ނޭނގެއެވެ. އެނގޭހާވެސް އެއްޗަކީ މި ކުޑަކުޑަ ދިވެހި ރާއްޖޭގައިވެސް އެފަދަ ވިސްނުންތައް ގެންގުޅޭ އަދި އެ ވިސްނުންތަކަށް ތާއީދުކުރާ ބަޔަކު އުޅޭ ކަމެވެ. ރާއްޖޭގައި ހިނގަމުންދާ ކުދިކުދި ހާދިސާތަކުންވެސް އެކަން ވަރަށް ރަނގަޅަށް ހާމަވާން އެބަހުއްޓެވެ.

އޭގެ ތެރޭގައި ބައެއް ފަރާތްތަކުން އެފަދަ ވިސްނުންތަކާއި ޖަމާއަތްތަކަށް ބާރުލިބޭ ގޮތަށް ކުރެހުންތަކާއި ފޮޓޯފަދަ ތަކެތި އިސްތިހާރު ކޮށްފައި އެބަހުއްޓެވެ. އެގޮތުން ބަލާއިރު މީގެ ތިން މަހެއްހާ ދުވަސް ކުރިން އައްޑޫގައިވެސް ވަނީ އެ އަތޮޅު ހިތަދޫގެ ބައެއް ތަންތަނުގައި ހައްދުފަހަނައަޅައިފައިވާ ނިރުބުވެރި ޖަމާއަތް އައިއެސް އަށް ތާއިދުކޮށް ފާރުތަކުގައި ކުރެހުންތަކެއް ކުރަހާފައެވެ. އެކަމުގެ ވީނުވީއެއް ފުލުހުން މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ. އަދި ދެކުނުގެ ރަށެއްގައިވެސް ވަނީ ދީނާ ހިލާފަށް ޒުވާނަކު އަޑު އުފުލައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. އުޚްތެއް

    ހުރިހާ މުސްލިމުންނަކީ އެއް އުއްމަތެއްގެގޮތުގައި އެއްވެރިކަމެއްގެ ދަށުގައިވީ ދުވަސްވަރަކީ މުސްލިމުންގެ ރަންޒަމާނެވެ. އެދުވަސްވަރު ދުނިޔޭގައި އިސްލާމުންނަކީ ގަދަރު އުފުލިގެންވީބައެކެވެ. ނަމަވެސް ކާފަރުންދިޔައީ އެކިގޮތްގޮތުން މުސްލިމުން ނިކަމެތި ކުރުމުގެ އުކުޅުތައް ރާވަމުންނެވެ. އެގޮތުން އިސްލާމީ ޚިލާފަތް ވައްޓާލުމަށްފަހު ގައުމުތައްބޯޑަރުން ބައިކޮށް ކޮންމެ ގައުމެއްގައި ވަކި ސަރުކާރެއް އަދި ވަކި ދިދައެއް ދިނެވެ. އަދި ގިނަ ގައުމުތަކުން އިސްލާމީ ޝަރީއަތްވެސް ދޫކޮއްލިއެވެ. އޭގެ ސަބަބުން މުސްލިމުންނަކީ ނިކަމެތި ބައެއްގެގޮތުގައިވިއެވެ. މިއަދު އަހަރެމެންމިވަނީ ނިކަމެތިކުރެވިފައެވެ. އަދި ގިނަމުސްލިމުންދަނީ އިންސާފެއްނެތި މަރާލެމެވުންނެވެ. އަދި ކުށެއްނެތް ކުޑަކުދިންނާއި އަންހެނުން މިލިޔަނުން ގުނާލެވޭވަރަށް މަރަމުންނެވެ. ނިކަމެތި މުސްލިމުންގެ ދިފާއުގައި ތެދުވާކޮންމެ މިހަކީ ޓެރަރިސްޓެއްގެ ގޮތުގައި ދަނީ ލޭބަލް ކުރެވެމުންނެވެ. މިއީ އިންސާފުތޯއެވެ؟؟؟ ދުނިޔޭގައި ކަންކަން ވަމުންދާގޮތާމެދު ވިސްނާލަބާށެވެ. ކާފަރުން ކުރި ފިކުރީ ހަގުރާމައިގެ ސަބަބުން މުސްލިމުންގެ ސިކުނޑިތަކުންވެސް ވިސްނަނީ އެއް ގޮތަކަށެވެ. ދުނިޔޭގައި މިއަދު މުސްލިމުންނާއި ދެކޮޅަށް ކުރެވެމުންދާ ހަނގުރާމަތަކާއި ބެހޭ ސައްޙަ މައުލޫމާތު ހޯދާށެވެ. މާތް ﷲ އެންމެހާ މުސްލިމުނަށް އުފާވެރި ދުވަސްތަކެއްމިންވަރުކުރައްވާށި! އަދި ކުށެއްނެތި ލޭއޮހޮރުވެމުންދާ އެންމެހާ މުސްލިމުނަށް ސުވަރުގޭގެ މަތިވެރި ދަރަޖަ މިންވަރުކުރައްވާށި.
    ސީރިއާ
    ފަލަސްތީން
    ރޮހިންގޔާ
    ޔަމަން
    އިރާޤް
    އަފްގާނިސްތާން
    ކަޝްމީރު
    އިންޑިއާ
    އަދި ދުނިޔޭގެ ހުރިހާ ގައުމުތަކުގައިވާ މުސްލިމުންނަށް ސަލާމަތްކަމާއި ރައްކާތެރިކަން ދެއްވާށި. އަދި މުސްލިމުންނަށް ނަސްރު ދެއްވާށި! އާމީން

    80
    • Anonymous

      އާމީން، އާމީން. އާމިން. ޔާރައްބަލް ޢާލަމީން.

      23
  2. އެންޑީ..ޕީ

    މިހުރިހާ ކަމެއްގެ ފަހަަތުގަވަނީ އެމްޑީޕީ އޭ މިކިޔާ ގުރޫޕް. ބޭނުމަކީ އެމީހުން ގޮސްބޭރު މީހުންކައިރީ ދައްކަމުންދާ ވާހަކަތަކީ ހަގީގަތެއްކަށް އެމީސްމީހުން ނަށް ދެއްކުން.

    70
    2
  3. ބައްޕަ

    ކޮންމެ ތަނެއްގެ އަނާމު ދޭން މީނަ މިގެންދަނީ އެޑިޔުކޭޟަން މިނިސްޓް ރީން ރާވާއިގެން ކު ރާ ކަމެއް މީ. ދީނައް ހަޖޫ ޖަހާ ހަދާމީހުންނަށް ހިއްވަ ރު ލިބޭ ގޮތަށް މި ކަލޭގެ ލައްވާ ވާހަކަ ދައްކުވަން ވެގެން. މިނުބައި ނުލަފާ ބައިގަޑުގެ ކިބައިން މިގައުމު ސަލާމަތް ކުރަށްވާށި އާމީން

    34
    1
    • ކުޑަބަޖަރާ

      އިބިލީސް އޭނާގެ ދަރިންނަށް ދިން ނަސޭހަތަކީ ކަލޭމެން ކިޔަވާކުދިންނަށް ވަސްވާސް ދީގެން އެމީހުންނަށް މަގުއޮޅުވާލާށޭ . ހަމައެގޮތަށް މިހާރު މިއުޅެނީ މިމީހުންގެ ފިކުރުތައް ކިޔަވާކުދިންގެބޮލަށް ވައްދަންވެގެން. މިކަމަށް އެންމެ މޮޅުމީހެއްކަމަށް ވަނީ ރޫހާނީ ލީޑަރު އަންނި. އެހެންވެ މިހާރު ސްކޫލްތަކުގެ އިނާމުދިނުމުގެ ޖަލްސާތަކަށް މީނާ ގެންދަނީ. އެތާދައްކާނީ ކަމާ ނުގުޅޭ ވާހަކަ. މީއިސްލާމްދީނާ ދެކޮޅަށް ކުރާ ފިކުރީ ހަނގުރާމައެއް.

      31
  4. ފަހުޒަމާން

    ފަހުޒަމާނުގަ ޔަމަނުން ކަޅުކުލާގެ ދިދައިގެ ދަށުގައި ނުކުންނާނެ ވަރުގަދަ ޖަމާއަތެއް. (އައިސިސް އެއްނޫން) އެމީހުންގެ ފަހަތަށް އެރޭތޯ ހުރިހާ މުސްލިމުންބަލަންވާނެ. އެއީ ކާމިޔާބުލިބޭނެ މީހުންނަކީ.
    ނަޝީދުމެން ތިކުޅެނީ ހަކުޅި ހަތްކުޅި ކުރިންދޯ، އަހަރެމެންނާ ެަހަރެމެންގެ ދަރިންގެ ދަރިން ހަލާކުކުރަން، އޮޅުވާލަން. ނަޝީދޫ!!! ކަލޭތީ ޝައިތޯނާގެ ޕަޕެޓެއް. ކަލެޔަށް ނޭނގުނަސް ކަންއޮތީ މިހެން އިނގޭތޯ.ހިތުންމާމޮޅު މީހެއް. ކަމުން ހަމަޝައިތޯނާގެ ބޯއިއެއް. އެއްޗެއްވިސްނޭދުހުން އެނގޭނެ އަދި ބުނެވޭނެ ސަހަރޯއޭ. ޢާފިލުގެ ދުނިޔޭގަ ގަރަގުވެގެން ތިއޮށްދަނީ. ކަލެއަށް ﷲ ހެޔޮވިސްނުމާއި ތެދުމަގަށް ގައިޑް ކޮށްދެއްވާށި. އާމީން

    23
    2
    • މޮޔައެނޮނިމަސް

      އެެއީ ކީއްވެ އައިސިސް އަށް ނުވީ

  5. އައްޑޫ މީހާ

    ސަކުންދާ ކޮންމެފަދަ ވާހަކައެއް ދެއްކިޔަސް ތިޔަ ކެންނާރި ޔަހޫދީއަށް ކަމުދާނެ ތީ އެއްފޮތެއްގެ މީހުން

    13
  6. މިލިޓަރީ

    މިރިޕޯޓު ނެރުނުމީހުން ހަދައިގެން އުޅޭ ކުރެހުމެ.