ގއ. މާމެންދު އަށް އުފަން އިސްމާއިލް ވަޖީހު (އަސްލު ނަމެއް ނޫން) މިދިޔަ މެއި މަހުގެ 31 ގައި މާލެ އައީ އުމުރުން 72 ބައްޕަގެ ހާލު ދެރަވުމުން ސިއްހީ ފަރުވާ ހޯދުމަށެވެ. މާލެ އައުމުން، އެ އާއިލާއަށް ލިބުނީ ބޮޑު ހިތްދަތިކަމެކެވެ. ބައްޕަގެ ފުއްޕާމެއަށް ކެންސަރު ޖެހިފައި ހުރިކަން އެނގުނެވެ. އިސްމާއިލް ނިންމައިގެން ހުރީ ބައްޕަގެ ޓެސްޓްތައް ހަދާފައި ރަށާ ދިމާލަށް މިސްރާބު ޖެހުމަށެވެ.

ބައްޕައާ އެކުގައި ރަށަށް ދިއުމުގެ ކުރިން ކޮވިޑް-19 އަށް ޓެސްޓް ކުރުމަށް ދެބަފައިންގެ ޓެސްޓެއް އައިޖީއެމްއެޗްގައި ޖޫން ފަސް ވަނަ ދުވަހުކުރިއެވެ. އެކަމަކު، އެ ނަތީޖާތަކުން ދެ ބަފައިން ވެސް ވަނީ ކޮވިޑް-19 އަށް ނައްސިވެފައެވެ. އެކަމަކު، މާލެ އިން މާމެންދު އަށް ދާ ފްލައިޓެއް ނެތުމުގެ ސަބަބުން ދެ ބަފައިންނަށް އަމިއްލަ ވަޒަނަށް ދެވޭނެ އެއްވެސް މަގެއް ނުފެނި ކަންބޮޑުވިއެވެ.

މި ހިތްދަތިކަމުގައި އުޅެނިކޮށް، ބައްޕަގެ އިތުރު ޓެސްޓްތަކެއް ހަދަން ޖެހުމުން އާއިލާގެ އެހެން ބައެއްގެ އެހީތެރިކަން އިސްމާއިލަށް ބޭނުންވިއެވެ. އެ އާއިލާ އިން "ވަގުތަށް" މައުލޫމާތު ދިން މީހަކު ބުނި ގޮތުގައި، ޖޫން ހަތެއްގައި އިސްމާއިލްގެ އަންހެން ކޮއްކޮ އާއި ފިރިހެން ކޮއްކޮ ވެސް މާލެ އައިއެވެ.

" މާލެއައީ ބޭބެ އެކަނި ހުންނަން ހުންނަން ޖެހޭތީ. ދެން ފަހުން ޑޮކްޓަރު ވިދާޅުވި ކުޑަ ދުވަސްކޮޅެއްގެ މެހެމާނެކޭ ބައްޕައަކީ. ދެން އަޅުގަނޑުމެން ބޭނުންވީ އެންމެން ކައިރިއަށް ގެންދަން ބައްޕަ. އައިޖީއެމްއެޗް އެންމެން ޑރ. މޫސާ ހުސެއިންވެސް، ޑރ.މުހައްމަދު އަލީވެސް، އެމްއެންޑީއެފް ވެސް ވަރަށް ރަނގަޅު. ބައްޕަ ރަށަށް ފޮނުވުމުގެ ކުރިހާ ކަމެއް ހަމަޖައްސަދިން،" އެމީހާ ކިޔައިދިނެވެ.

ބައްޕަ ރަށަށް ގެންދިއުމުގެ އިންތިޒާމްތައް ހަމަޖެއްސުމުގެ ގޮތުން އިސްމާއިލް އާއި އޭނާގެ ބައްޕަ އަދި އޭނާގެ ހަގަށް ތިބި ދެ ކުދިންގެ ސުންކު ނަގާ ކޮވިޑް-19 އަށް ދެން ޓެސްޓް ކުރީ ޖޫން 9 ވަނަ ދުވަހުއެވެ. އެ ސުންކުތަކުގެ ނަތީޖާވެސް ކޮވިޑް-19 އަށް ނައްސިއެވެ.

މާމެންދު އަށް ފުރުމުގެ ހުރިހާ ކަމެއް ހަމަޖެހިފައި އޮއްވައި، ބައްޕަ ޖޫން 11 ވަނަ ދުވަހުގެ ރޭ ދަންވަރު 2:30 ހާއިރު ނިޔާވިއެވެ. އެ ދުވަހުން ފެށިގެން އިސްމާއިލް އާއި އޭނާގެ ދެ ކޮއްކޮ ބަދަލުވީ ގެސްޓްހައުސްއަކަށެވެ. މާލޭގައި އޭރު ފުރަބަންދު އިއުލާންކޮށްފައި އޮތުމުން އެމީހުން ފުރަން ނިންމާފައި ވަނީ ޖޫން 13 ވަނަ ދުވަހުއެވެ.

" 13 ވަނަ ދުވަހު އެއާޕޯޓަށް އައީ ވެސް އެމްއެންޑީއެފްގެ ބެލުމުގެ ދަށުގައި ހުޅުމާލޭ ފެރީ ޓާމިނަލުން ފަށައިގެން. ދެން މާލެއިން ކޫއްޑޫ އެއާޕޯޓަށް އައިސް ދެން ރަށަށް އައީ ސީއެމްބިއުލާންސްގައި. އައިސް ރަށުގައި ތިބީ ހޯމް ކަރަންޓީންގައި އެއްވެސް މީހަކާވެސް ދިމައެއް ނުވޭ. އެއްވެސް ތާކަށް ވެސް ނުދޭ. ވަކިން ތިބީ." އާއިލާގެ މެމްބަރަކު "ވަގުތަށް" ކިޔައިދިނެވެ.

އޭނާ ބުނީ 13 ވަނަ ދުވަހު ހެނދުނު މާލޭގައި ހުރި އިރުވެސް އިސްމާއިލް ހުރީ ރޯގާ ޖެހިފައި ކަމަށެވެ. ނަމަވެސް ކުރިން ކޮވިޑް-19 އަށް ޓެސްޓް ކުރި އިރު އޭނާ ނައްސިވުމާއި، އޭނާ އަކީ ސައިނަސް މީހަކަށް ވާތީ އެއީ ސައިނަސްގެ ސަބަބުން ދިމާވި ކަމެއް ކަމަށް ހީކުރެވުނީ ކަމަށް އޭނާ ބުންޏެވެ.

" މިގޭ އެންމެންވެސް ހުންނާނެ ސައިނަސް. އެކަމަކު ރަށަށް އައި ފަހުން ގައިގައި ރިއްސާ ރަހަ ނުލާން ފެށީ. ދެން އޭނާ ޓެސްޓް ކުރީ 16ގައި. އެޗްޕީއޭ އާއި ފޯކަލް ޕޮއިންޓުންވެސް ގުޅާ މޮނިޓަކުރަން. ގުޅީމަ ބުނީ އެބަހުއްޓޭ އަލާމާތްތައް. މިހާރު ކޮއްކޮ އާއި ބެބޭ ގައިން ވެސް އަލާމާތް ފެނޭ،" އޭނާ ބުންޏެވެ.

އިސްމާއިލް ކޮވިޑް-19 އަށް ފައްސިކަން އެނގުނީ ޖޫން 18 ގައެވެ. މިހާރު އޭނާގެ ކޮއްކޮމެންގެ ގައިން ވެސް ކޮވިޑް-19އިގެ އަލާމާތްތައް ފެންނަ އިރު އެ މީހުންނަށް ދިމާވަނީ ރޯގާ އާއި، ގައިގަ ރިހުން އަދި ރަހަ ނުލުމުގެ އަލާމާތްތަކެވެ. އެ މީހުން ކޮވިޑް-19 އަށް ޓެސްޓް ކުރުމުން ސުންކު ނަގާފައިވީ ނަމަވެސް އަދި އެ ޓެސްޓްގެ ނަތީޖާއެއް ނުލިބެއެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ޢަހުމަދު

    ޙިތާމައިން ފުރިގެންވާ މިދަނޑި ވަޅުގަވެސް މި އަތޮޅަށް ގއ ނިސްބަތްވާ ބައެއްމީހުން ކަމުގެ ހަގީގަތް ބަލާލުމެއްނެތި ޕޮޒިޓިއުވި ކުއްޖާ އާއި އެ އާއިޅާއަށް ހިތުހުރިހާއެއްޗެއް ގޮވަމުންދަނީ (އިންސާނިއްޔަތުކަމުގެ ކަންފުޅެއްވެސް ނެއް) " މީހުރިހާއެންމެންގެ އަޅާލުމާ އޯގާތެެރިކަން ދޭންވީވަގުތު " " ޕޮޒިޓިއުވި ކުއްޖާއަށް އަވަސް ޝިފާއެއް މިންވަރު ކުރަށްވާޝި"

    141
    1
  2. ޝީޒާ

    .. މާމެންދޫ އިން ޢޭނާ އާއި ކޮންޓެކްޓް ވި އެކަކު .އެއީ އެއަރޕޯަޓް އިން. ޢޭނާ ވަނީ އަދިވެސް އެއްވެސް އަލާމާތެއް ނުފެންނާތީ އަޅާނުލާ ދޫކޮށްފަ. މީ މާމެންދޫ ރައްޔިތުންގެ ކަންބޮޑުވުމަކީ. އެއާއިލާ އިން އެ ދިނީ ހަމަ ރަގަޅު ސައްޙަ މައުލޫމާތު.އާއިލާ އިން ފައްސިވި ކުއްޖާއަށް އަވަސް ޝިފާއެއް ދެއްވާށި. ޢާމީން

    80
    1
  3. ޝީޒާ

    .. މާމެންދޫ އިން ޢޭނާ އާއި ކޮންޓެކްޓް ވި އެކަކު .އެއީ އެއަރޕޯަޓް އިން. ޢޭނާ ވަނީ އަދިވެސް އެއްވެސް އަލާމާތެއް ނުފެންނާތީ އަޅާނުލާ ދޫކޮށްފަ. މީ މާމެންދޫ ރައްޔިތުންގެ ކަންބޮޑުވުމަކީ. އެއާއިލާ އިން އެ ދިނީ ހަމަ ރަގަޅު ސައްޙަ މައުލޫމާތު.އާއިލާ އިން ފައްސިވި ކުއްޖާއަށް އަވަސް ޝިފާއެއް ދެއްވާށި. ޢާމީން.

    24
  4. ދެރަހާ

    ކޮބާ ހުޅޮލެ އެއާޕޯޓުން ދިމާވެ އެކީގަ ޗޮކުލެޓް ކައި އަދި އެެއް ފުލަައިޓަކުން ދަތުރުކުރި މާމެންދޫ މީހަކާ އިނދެގެން އުޅޭ ހިންނަވަރު މީހާ އޭނަ ކީއްވެބާ ހޯމް ކަރަންޓީނު ނުކުރީ އަދި ސާމްޕަލް ނުނަގަނީ ހިންނަވަރު މީހަކަށްވީމަތަ؟ އޭނަ މުޅިރަށުތެރެއަށް ދޫކޮށްފަ އެހުންނަނީ!

    28
    4
    • ޙޯމީ

      ދަތުރުކުރާ އެންމެން ވެސް ހޯމްކަރަންޓީނުކުރާ ގޮތަށް އޮންނަނީ ބަލި މީހަކާ ދިމާވެފަ ނުވިޔަސް

  5. ހިއްދަތި ކަން

    ވަރަށް ހިއްދަތިވެއްޖެ.ވާހަކަ އަޑުއެހުމަށްފަހު..

    52
  6. ުސުސސުއުުެއި

    މާތް ﷲ އޭނާއަށް ރަހުމަތް ލައްވާފާން ދޭ... އަދި އަވަސް ޝިފާދެއްވާފާންދޭ.... އާމީން???

    93