ބޭކާރު "ކޮތަރު ކޮއްޓެއް" ކަމަށް ސިފަކުރި ނަމަވެސް އެއީ ތާރީޚުގައި ވެސް ރާއްޖޭގައި ހިންގުނު ބޯހިޔާވަހިކަމުގެ އެންމެ ބޮޑު އެއް މަޝްރޫޢެވެ. މިހާތަނަށް ދިވެހިން ބަލަބަލައި ތިއްބާ ކޮޅަށް ޖަހާލެވުނު އެންމެ އުސް އިމާރާތްތަކެވެ. އެއީ ހަމަ ގައިމުވެސް ނިކަމެތި އެތައް ބައެއްގެ އަތުން ބޮޑު އަދަދުތަކުން ކުލި ނަގައިގެން މާލޭގެ ބިންވެރިން ދިރިއުޅެމުން ދިޔަ މުއްސަނދި ދިރިއުޅުމުގެ ސަޤާފަތް ބަދަލުކޮށްލާނެ ވަޒަނެކެވެ. އެއްބަޔަކު މި މަންޒަރު ފެނިފައި ހިތްހަމަ ނުޖެހުނު ސަބަބަކީ މިއީ ކަމަށް ވެސް ވެދާނެއެވެ.
ޗައިނާ ސްޓޭޓް އިންޖިނިއަރިން އެންޑް ކޮންސްޓްރަކްޝަން ކޮމްޕެނީ (ސީއެސްއީސީ)އާ ހަވާލު ކޮށްގެން 434 މިލިއަން އެމެރިކާ ޑޮލަރު (6.6 ބިލިއަން ރުފިޔާ) އަށް ރައީސް ޢަބްދުﷲ ޔާމީންގެ ސަރުކާރުން، ފެށި މި މަޝްރޫޢުގައި އިމާރާތް ކުރަމުން އަންނަނީ 25 ބުރީގެ 16 ޓަވަރެވެ.
މިއީ ފްލެޓްތަކުގައި ކުލަ ޖެހި، އެތައް ބައެއްގެ ސަމާލުކަން އެތަނަށް ލިބިގެން ދިއުމުން ސިޔާސީ ދެކޮޅުވެރިކަމެއްގެ ތެރެއިން ދެކެވޭ ވާހަކަތަކުގެ އަޑު ގަދަ ދުވަސްކޮޅެކެވެ. ނަމަވެސް މިއީ މީގެ ކުރިން ދިވެހިންނަށް ދައްކަމުން ދިޔަ ޒަމާންވީ ހުވަފެނެއްގައި ހަޤީޤަތުގައި ވެސް ކުލަ ޖެހުނު ފަހަރުކަން އެންމެންވެސް ދަންނާނެއެވެ.
އެޗްޑީސީން އިއްޔެ ވަނީ ނޫސްވެރިންނަށް މި އިމާރާތްތައް ބަލާލުމުގެ ފުރުސަތު ދެއްވާފައެވެ. މި ދައުވަތަށް އަޅުގަނޑުމެން ގޮސް މަޑުކުރީ ދަނބުކުލައިގައި ހުރި ޓަވަރެއްގެ ކައިރިއަށެވެ. ޓަވަރުގެ ތެރެ ބެލާލަން ހުރިހާ ނޫސްވެރިންނަށް ފުރުސަތު ލިބުނެވެ. އެއީ ބޭކާރު ތަނެއް ކަމަށް ސިފަކޮށް ބަޔަކު އުދާސްތައް ބޭރުކުރަމުން ދިޔަނަމަވެސް، މިއީ ދިވެހިންގެ އުންމީދާއި ކިހައިވަރަކަށް ގުޅިފައިވާ ތަނެއްކަން އެހައި ހިސާބުންވެސް ތަސައްވުރުކޮށްލެވެއެވެ.
މި ފްލެޓްތަކަކީ ހުރިހާ އެންމެ ބޭނުންވާ ގޮތަށް ފަރުމާކުރެވިފައިވާ ތަންތަނަކަށް ނުވެ ހިނގައިދާނެއެވެ. ނުވަތަ ބައެއް ދިވެހިން އެދޭހެން ވަރަށް ބޮޑު އާއިލާއަކަށް ދިރިއުޅެވޭ ވަރުގެ ތަނެއް ކަމަށްވެސް ފަހަރުގައި ނުވެދާނެއެވެ. ނަމަވެސް މާލޭގައި ފެންނާން ހުރި ހަގީގީ ކޮށިތަކުގައި ދިރިއުޅެން ޖެހި، ނުވަތަ އެ ދިރިއުޅުން ތަޖުރިބާކުރާ މީހުންނަށް މިއީ ލައްވާލި ނަސީބެކެވެ. އެފަދަ ފަރާތްތަކަށް ކޮޓަރިތެރޭގައި "ޓޮއިލެޓް ޕޭޕާ ޗެލެންޖު" ކުޅެވޭ ވަރު ނުވިޔަސް، އުޅޭނީ ހިތްހަމަ ޖެހިގެންނެވެ.
30 ސިކުންތު ތެރޭ ލިފްޓުން 25 ވަނަ ބުރިއަށް ދެވޭ
ކޮންމެ ޓަވަރެއްގައި ތިން ލިފްޓު ހުންނައިރު، މިއިން ކޮންމެ ލިފްޓެއްގައި 10 އާއި 14 އާއި ދެމެދުގެ މީހުންގެ ޖާގަ ހުރެއެވެ. އަޑަށްވުރެ ބާރަށް ދަތުރު ނުކިރިނަމަވެސް، މި ޓަވަރުގައި ލިފްޓު ދަތުރުކުރަނީ އާންމުކޮށް ދިވެހިން މިހާރުވެސް ބޭނުންކުރާ ލިފްޓުތައް ހިނގާ ސްޕީޑުގައެވެ.
އެހެންކަމުން 30 ވަރަކަށް ސިކުންތު ތެރޭގައި ގްރައުންޑު ފްލޯއިން އެންމެ މައްޗަށް މި ލިފްޓުތަކުން ފޯރުވައިދިނުމަކީ އާދަޔާއި ޚިލާފަށް ހިތްމޮޅު ބަޔަކަށް ނޫނީ ތަކުލީފަކަށް ނުވާނެއެވެ.
ކުޑަ އާއިލާތައް ދިރިއުޅެން އެއްވަނަ
ދެ ކޮޓަރި ހިމެނޭ ގޮތަށް ހަދާފައިވާ ފްލެޓްތަކަކީ މާލޭގައި ތޮއްޖެހިގެން 15,000 ނުވަތަ 20,000 ރުފިޔާއަށްވުރެ ބޮޑު އަދަދުތަކުން ކުލި ދައްކައިގެން އުޅެމުން އަންނަ ކުޑަ އާއިލާތަކަށް ހަމަ ޖެހިލައިގެން އުޅެވޭނެ ތަނެކެވެ. އާންމުކޮށް މާލޭގެ ގެތަކުގައި ވެސް ހުންނަވަރުގެ ސިޓިން ރޫމަކާއި ބެލްކަންޏެއް ހިމެނޭ ގޮތަށް ހަދާފައިވާ މި ފްލެޓްތަކަކީ 2-3 އާއިލާ އެއް ކޮޓަރިއެއްގެ ތެރޭގައި އުޅެން މިހާރު ޖެހިފައިވާ ޖެހުމަށް ލިބިގެންދާނެ ހައްލެކެވެ.
ދެކޮޓަރި ފްލެޓް ތަކަކީ 572 އަކަ ފޫޓެވެ. ސިޓިން ރޫމުގައި 217 އަކަ ފޫޓެވެ. އެހެންކަމުން އާންމުކޮށް ތޮއްޖެހިގެން ދިރުއުޅެން ޖެހިފައިވާ މީހުންނަށް މިއީ އެކަށީގެންވާ ވަރުގެ ޖާގައަކަށް ވާނެއެވެ.
ދެކޮޓަރީގެ ތެރެއިން އެއްކޮޓަރީގައި އެކަށީގެންވާ ރަނގަޅު ސައިޒެއްގެ ޑަބަލްބެޑެއް ބަހައްޓާފައި އެހެން އެއްޗެހި ބަހައްޓަން ޖާގަ އެބައޮތެވެ. ދެވަނަ ކޮޓަރީގައި ބަންކް ބެޑެއް ބަހައްޓާފައި، އެހެނިހެން ތަކެތި ބެހެއްޓުމަށް ފަހު ކޮޓަރީގައި އުޅެވޭނެ ޖާގަ އެބައޮތެވެ.
ފުޅާމިނުގައި ދެ ފޫޓަށްވުރެ ދިގުމިން ހުންނަ މި އެޕާޓްމެންޓުތަކުގެ ބެލްކަންޏަކީ މާލޭގައި 25,000 ރުފިޔާ ދީގެން ކުއްޔަށް ނަގައިގެން އުޅެމުން އަންނަ ތަންތަނުގައި ވެސް އާންމުކޮށް ހުންނަ ބެލްކަނިތަކާއި އެއްވަރު ބެލްކަންޏެކެވެ. މި ބެލްކަނިތައް ފަރުމާކޮށްފައިވަނީ ދޮންނަ މެޝިން ބަހައްޓައިގެން ބޭނުންކުރެވޭ ގޮތަށެވެ. ބެލްކަނީގައި ފެންސު ޖަހާފައި ހުންނަނީ ފާރުކޮޅެއްގެ މަތިން ކަމަށް ވީނަމަވެސް ފެންސުގެ ތޭރިތައް ހުރީ ރައްކާތެރި އުސްމިނެއްގައެވެ.
ފްލެޓްގެ ސިޓިން ރޫމަކީ މާލޭގައި ޑިއުޓީ ބަހައިގެން ނިދަން ޖެހިފައި ތިބި މީހުންނަށް "ރަންގަނޑަކަށް ވުރެ ވެސް އަގުހުރި" ތަނެކެވެ. ފްލެޓްގެ ދިގު މިން އެތަނުގައި އެބަހުއްޓެވެ. އެއްކޮޅުގައި ބަދިގެ ހުރި ނަމަވެސް ވަރަށް ފުރިހަމަ ތަނަވަސް ޖާގައެއް، ސިޓިން ރޫމްގައި އެބައޮތެވެ. ދެން އެންމެ ފާހަގަ ކުރެވުނީ ފާހާނައިގެ ސައިޒެވެ. މާލޭގައި އާއްމުކޮށް ހުންނަ ފާހާނާތަކަށް ވުރެ ސައިޒްގެ ގޮތުން މިތަނުގެ ފާހާނާތައް ތަނަވަހެވެ.
އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރ ސުހައިލް އަހްމަދު ވެސް ގަބޫލު ކުރައްވާ ގޮތުގައި މިސައިޒްގެ ފްލެޓްތައް ވެސް ބޭނުން ވެއެވެ.
"ޑިޒައިންއާ ބެހޭ ގޮތުން އެއްޗެއް ނުބުނާނަން. އެކަމަކު މި ސައިޒު (އެޕާޓްމަންޓް) ވެސް ބޭނުންވޭ. އެ ކަމަކު މި އަދަދަށް ހެދީމަ އަޅުގަނޑުގެ ސެންސް މޭކް ނުކުރޭ" ސުހައިލް ވިދާޅުވި އެވެ.
ފިނިޝިން މަސައްކަތް ނުނިންމައި ހަވާލު ކުރުން
ހިޔާ ފްލެޓްތަކުގެ ފިނިޝިން މަސައްކަތްތަކުގެ ތެރޭގައި ހިމެނެނީ، ތަށިމުށި ޖެހުމާއި، އެތެރޭގެ ދޮރާއި ކޭބަލް ޓީވީ އަދި ފަންކާ ހަރުކުރުމުގެ ކަންކަމެވެ. އެޗްޑީސީން މިގެ ކުރިން ވިދާޅުވެފައި ވަނީ ފްލެޓްތައް އަޅާ ޕްރޮޖެކްޓްގެ އެގްރީމެންޓް ހަދާފައިވަނީ އެ ޚަރަދުތައް އުނިކޮށްގެން ކަމަށެވެ. ނަމަވެސް ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ، ބަޖެޓް ހަމަ ޖެހިފައިވަނީ ފްލެޓްގެ ހުރިހާ ހަރަދެއްވެސް ހިމެނޭ ގޮތަށް ކަމަށެވެ. އެހެންކަމަށް ވާނަމަ ތަން ފުރިހަމަނުކޮށް ހަވާލުކުރަން ޖެހޭ ސަބަބެއް ވެސް ބަލަން ޖެހެއެވެ.
މިސަރުކާރުން ވަނީ ފްލެޓްތަކުގެ ފިނިޝިން މަސައްކަތް ނިންމުމުގެ ގޮތުން 45 މިލިއަން އެމެރިކާ ޑޮލަރުގެ ލޯނެއް ނެގުމަށް ނިންމާފައެވެ. އެކަމަކު ފަހުން އެ ނިންމުން ބަދަލުކޮށް، ފްލެޓްތައް ހުރި ގޮތަށް ދޫކޮށްލުމަށް ވަނީ ނިންމާފައެވެ.
ކޮވިޑް-19 ގެ ސަބަބުން އިއުލާނު ކޮށްފައިވާ ފުރަބަންދަށް ފަހު ނޫސްވެރިންނާއި ބައްދަލު ކުރައްވައި ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުހައްމަދު ސޯލިހް ވެސް ވަނީ އެ ފްލެޓްތަކަކީ ބޭކާރު ޚަރަދެއް ކަމަށް ތަކުރާރުކޮށް ވިދާޅުވެފައެވެ. ބޭރުން ކިތަންމެ ރީތިނަމަވެސް އެއީ ދިވެހިން ދިރިއުޅުން ރަނގަޅު ތަނެއް ނޫން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ނަމަވެސް ފެނުނު މަންޒަރު އެމަނިކުފާނު ދެއްކެވި ވާހަކަފުޅާއި ހާސްބައި ތަފާތެވެ.
ތަނުގެ ކުލި 11000 ރުފިޔާ
މި ފްލެޓްތަކުގެ ތެރެއިުން ދެ ކޮޓަރީގެ އެޕާޓްމެންޓްތަކަށް މި ސަރުކާރުން ހަމަ ޖައްސާފައިވަނީ 11,000 ރުފިޔާ ނެގުމަށެވެ. މި ނިންމުމުގައި ވެސް ދެބަސްވުންތައް އެބަހުއްޓެވެ. އެޗްޑީސީން ވިދާޅުވެފައި ވަނީ އެތަން 20 އަހަރަށް ދޫކުރާއިރު މަހަކު ނަގަން ނިންމާފައިވަނީ 11,000 ރުފިޔާ ކަމަށެވެ.
ނަމަވެސް ޑރ. މުއިއްޒު ވިދާޅުވެފައިވަނީ ކުރީގެ ސަރުކާރުން މިއިން އެޕާޓްމެންޓަކަށް ކަނޑައެޅީ 5,600 ރުފިޔާގެ ކުއްޔެއް ކަމަށެވެ. އެއަދަދު ނެގި ކަމުގައިވިއަސް ފްލެޓް އަޅަން ހޭދަވި ފައިސާ ކަވަރުކުރެވޭނެ ކަމަށް މުއިއްޒު ވިދާޅުވެއެވެ. އެހެން ކަމުން ކުލީގެ އަގު މި ސަރުކާރުން ދެގުނަ ކުރަން ނިންމި ސަބަބަކީ ވެސް އެތައް ބައެއްގެ ސުވާލެކެވެ.
މުއިއްޒު އިއްޔެ ވިދާޅުވީ ހިޔާ މަޝްރޫއާ ގުޅޭގޮތުން އެކި ފަހަރު އެކި ވާހަކަ ދައްކައިގެން ސަރުކާރުން ރައްޔިތުންނަށް ކުރަމުންދަނީ ފުރައްސާރަ ކަމަށެވެ.
"ހުޅުމާލެ ފުރަތަމަ ފިޔަވަހީގެ ދަށުން އިމާރާތްކުރި ހައުސިން ޔުނިޓްތައްވެސް އަދި އެންމެ ފަހުން ރައީސް ޔާމީންގެ ސަރުކާރުގައި ދޫކުރި ހައުސިން ޔުނިޓްތަކާއި އަދި އޭގެ ކުރިން ދޫކުރި ހައުސިން ޔުނިޓްތައް ބައްލަވާލައްވާ. އެ ތިން ކޮޓަރީގެ ހައުސިން ޔުނިޓްތަކުގައިވެސް ފޫޓް އަޅުއްވާލައްވާ. ހަމަ އެއްވަރެއް ވާނީ، ބައެއް ކޮޓަރިތައް ހަނިވާނެ މި ދެ ކޮޓަރީގެ ހިޔާ ފްލެޓްތަކަށްވުރެ. މިއީ ތިބޭފުޅުންނަށް ބެއްލެވޭނެ ކަމެއް. އެހެންވީމަ ބަޔަކު ހަމަ ދައްކާހާ ވާހަކައަކުން ހަމައެއް ނުޖެއްސޭނެ، ރައްޔިތުން އެއަށްވުރެ ހޭލުންތެރިވާނެ،" މުއިއްޒު ވިދާޅުވިއެވެ.
މިއަހަރު ފަހުކޮޅު ފްލެޓްތައް އޭގެ ހައްގުވެރިންނަށް ދެވޭނެ ކަމަށް ސަރުކާރުން ވިދާޅުވެއެވެ. އެޗްޑީސީން މިހާރު އަންނަނީ ސްޓެލްކޯއާއި އެމްޑަބްލިއުއެސީއާއި ގުޅިގެން ފްލެޓްތަކަށް ފެނާއި ކަރަންޓްގެ ހިދުމަތް ދިނުމުގެ މަސައްކަތް ކުރަމުންނެވެ.
މާލޭގެ ބޯހިޔާވަހިކަމުގެ ދަތިކަން ކޮންމެ ދުވަހަކު އިހްސާސް ކުރަމުން ގެންދާ، އަދި މުޅި އުމުރުގައި ލިބުނު ހުރިހާ އާމްދަނީއެއް މާލޭގެ ކުއްޔަށް ހޭދަކުރި މީހުންނަށް ހިޔާ ފްލެޓަކީ ރަނަށް ވުރެ އަގުބޮޑު ތަނެކެވެ. ފެނުނު މަންޒަރަކީ އެއީ އެވެ.
އިބްރާހިމް މުހައްމަދު ސޯލިހަށް އަޅުގަނޑު ދިވެހި ރައްޔިތެއްގެ ހައިސިއްޔަތުން ބުނެލަން އޮތް ވާހަކަ އަކީ ކުރީގެ ސަރުކާރަކުން ރައްޔިތުންގެ ހިތްހަމަޖައްސަލުމަށް ހަދާފައިވާ ފިނިމަައިޒަންތައް މި ސަރުކާރު އައި ފަހުން އަޅާނުލާ ވީރާނާވާން ދޫކޮއްލުމައި އަދި ބަސްޓާމިނަލް އާއި އިންޑަސްޓިރިއަލް ވިލެޖް އެއީ މި ސަރުކާރުން ބުޅާ ނިންދަވަން ދޫކޮއްފައިވާ އަދި ކުނި އަޅަން ދޫކޮއްފައިވާ ތަންތަނަށް ހަދަން ދޫކޮއްފައިވާ އިރު ކަލޭ އާއި މިއުޅޭ ކެނެރީގެ ބުއްޅަބޭ ހިތަށް ނާރަނީތަ އެއީ ރައްޔިތުންގެ ޓެކްސް ފައިސާ އިން ކުރީގެ ސަރުކާރަކުން ރައްޔިތުންގެ ލަބަޔަށް އެޅިތަންތަންކަން. ކުރީ ސަރުކާރު ދެކެ ކިތަންމެ ހަސަދަވެރިވިޔަސް ތީ ބޮޑުވަރު. ކުޑަ މިސާލެއް ?މާލޭ އިންޑަސްޓިރިއަލް ޒޯނު ކުނި ގޮޑަކަށް
?ރަސްފަނު ވީރާނާވާން ދޫކޮއްލައިފި އާޓިފިޝަލް ބީޗު ތަރައްޤީ ކުރުން
?ހުޅުމާލޭ ބަސް ޓާމިނަލް ބުޅާ ނިދާ ކޮއްޓަށް
?ހުޅުމާލޭ 7000 ފުލެޓު ކޮތަރު ކޮއްޓަކަށް ބަދަލުކުރަން ސިފަ ޖެއްސުން އަދި އެތަނުގެ ފިނިޝިން ގަސްތުގައިނުނުނިންމުން
ކިނބުލަކީ ވަރަށް ކަންނެތް މަކަރުވެރި މަޑުން ފެންގަޑުގައި އޮންނައެއްޗެކެވެ. ދެންއެސޮރު ކައިރިއަށް ޝިކާރައައުމުން ކުއްލިއަކަށް ހަމަލާދީ ކާލައެވެ. މިކިބުލަކީވެސް ހަމައެއާއިލާގެ މީހެކެވެ. އެހެންވެ އެއްވެސްކަމެއްނުކޮށް އޮއްވާ ވެރިކަންލިބުނީއެވެ. ދެންފައިސާތައް ކައިރިއަށް އައުމުން ކުއްލިއަކަށް ކާލަނީއެވެ
މޭ ﷲ ގައިޑް އަސް އޯލް އާމީން
ޙެހެހ ރޫމް ތަކުގެ އެތެރެ ނުދެއްކީ ކީއްްވެޔޯ..... ކުޑަވީމަ ދޯ???
ކޮޓަރީގެ އެވްރެޖްމިން:
ދިގުމިން 10.5ފޫޓް
ފުޅާމިން 9.5ފޫޓް.
ފާހާނަ:
ދިގުމިން 6.5ފޫޓް
ފުޅާމިން 3.5ފޫޓް
ސިޓިންރޫމް:
ދިގުމިން 25.5ފޫޓް
ފުޅާ މިން 10.5ފޫޓްް
ޔާމިނުގެ ސަރުކާރުގަ ޔާމިނު ކީއްވެ ތިފްލެޓުތައް ހަވާލު ނުކުރީ؟؟؟ ދެން އޮތް ދައުރެއްގަ ފުއްދާނެ ވައުދެއް ނެތިދާނެތީތަ
ކިނބުލޭ ނުކިޔެ ހުރެބަލަ.
އެމް.ޑީ.ޕީ. މީހުން ނަށް މި ފްލެޓް ތައް ކުޑަވެދާނެ. އެހެން މީހުންނަށް މި ފްލެޓްތަކުގައި އުޅެވޭނެ. ބޭނުން ނުވާމީހަކަށް ދޭކަށް ނުޖެހެ.
ދޮންނަ މެށިން ބަހައްޓާތަނުގައި މީހުން ޢާއްމުކޮށް ގެންގުޅޭ ސައިޒުގެ މެށިނެއް ނުބެހެއްޓޭ. ބަދިގޭގައި ހުރީ ހަމަ އެކަނި ކާތަށި ބެހެއްޓޭވަރުގެ ސިންކެއް ބަދިގެއެއް ނެތް، ކޮޓަރީގައި އެނދު ބަހައްޓާފައި އެސައިޒުގެ އަލަމާރިއެއް ނުބެހެއްޓޭ. ނަމާދު ކުރާނެ ޖާގައެއް ކޮޓަރީގައެއް ނެތް. އެއްޗެހި ދޮވެފައި ލާނެ ތަނެއް ނެތް.
ހަމަ މިހާލުގައި ފުވައްމުލަކު ނަރުދަމާވެސް. މުޅިރަށުގައި ނަޖިސް. ބައެއް މީހުން އަމިއްލައަށް ތަނގީން ޖަންކުޝަން ހެދައިގެން އުޅެނީ އެކަމަކު ނަޖިހުން ސަލާމަތެއް ނުވޭ.
ކުއީން ސައިޒުގެ އެދެއްގައި ހުންނަނީ 5' 6' ކޮޓަރީގައި މި ހުންނަނީ 9.5' އާއި 9' ކޮންމެ ފަރާތަކުން 3 ފޫޓް ހުސްކޮށް ފުޅާމިނުން ލިބޭ. މިވަރުން ކަލެއަށް ނަމާދު ނުކުރެވޭނެ ސަބަބެއް ދައްކަބަލަ ބަދިގެ
ޖަންގްޝަން ހަދަން ނޭނގޭތީ އެހެން ވަނީ... އަހަރެމެން ރަށު ހުރިހާ ގެއެއްގަހެން ހުންނާނެ ފައްކާ ޖަންގްޝަން... ކިތަންމެ ދުވަހެއް ވިޔަސް އެ ފުރިގެން ސާފު ކުރަން ނުޖެހޭ... މިގޭގަ ވެސް 20 އަހަރަށް ވުރެ ގިނަ ދުވަސް ވެއްޖެ.. އެއްވެސް މައްސަލަ އެއް ނުޖެހޭ އަލްހަމްދުލިﷲ... ނަރުދަމާ އެޅުމުގެ މަސައްކަތް ކުރިއަށް އެބަ ދޭ މިހާރު
އެއްޗިހި ދޮވެފަ ލާނެ ކަބަޑުތަކެއް އެއްވެސް ފްލެޓެއްގަ ހުރޭތަ؟
މީ މިސަރުކާރު ދިވެހިރައްޔިތުންނާ ދޭތެރޭ ދެކޭގޮތް ކުރީގެ ސަރުކާރު ކޮއްފަ އޮތް މަސައްކަތެއްވީމަ ހަޖަމްނުވެގެން އެތެޅެނީ. މިސަރުކާރައް ވެރިކަން ނިމޭއިރު ކޮއްދެވޭނެ ކަމެއް ހަތް ހަރާމުން ހަރާންވާނެ ، ދެންމިހާރު ބުއްޅަބެޔާ ސޯލިހުބެ ބުނާނެ ކޮވިޑްއާހެދިޔޭ ތިމަންނަ މެނައް އެއްވެސް ކަމެއްނުވީ.
ބޭކާރު ބޮލެއް މިހިރީ
ހީލޭދިނަސް މަތިފަދަ ކޮތަރު ކޮށީގަ ދިރިއުޅެއް ހުޅުމާލެ ނުވަތަ އެދަފުށި ކުޅުދުއްފުއްޓައް ވެސްނުދާނައް އެއީ ޔާމީނު ނުވަތަ އަންނި މުހަންމަދު ސޯލިހާ މައްސަލަޔެއް އޮވެގެނެއްނޫން! ސަބަބަކީ މިކުޑަކުޑަ ރީތި ރާއްޖެއާ ގުޅޭ ދިރިއުޅުންކަމައް ތިފަދަ ސުލަމް ސިޓީތައް ގަބޫލު ނުކުރާތި! އަގަނޑު މިއީ ރާއްޖެތެރެ ރީތިރަށެއްގަ އަމިއްލަ ގޯތީގަ އެޔެއް އަޅައިގެން ފެންވަރު ރަނގަޅު ނޫނަސް އުފާވެރި ދިއުމެއް އުޅޭމީހެއް! މިރަށުގަ ގެސްހައުސް ހަދައިގެން ހިންގޭ ފެންވަރު މީހުން ގެސްޓުހައުސް ހަދައިގެން ހިންގަން ފެށިފަހުން ނުސީދާގޮތުން އަގަޑައް ވެސްއޭގެފައިދާ ކުރޭ! އަގަޑުމީ ގެސްޓުނައް ރުކުރަލާ ކުރުބާފަދަ ތަކެތި ވިއްކައިގެން ފުދޭވަރެއްގެ އިތުރު އާންމު ދަނީއެއް ލިބޭމީހެއް
ކޮތަރުކކ ކޮށި ބޭނުން ވެފަތިބި އެމްޑީޕީ ކ ކުދީނަށް ވވވ ސަލާމް:
ކިނބޫ ބުނާނެ ނުވާނެއޭ. ޢޭނަ އާ ކެނެރީގޭ ލާދީނީ ވަގަކަށް ނުވާނެ މިކަހަލަ ސަޅި ކަންތަށް.
570 އަކަފޫޓް އަކީ 2 ކޮޓަރީގެ ރަފަޅު އެޕާޓްމަންޓެއް... ދުނިޔޭގައި މަޝްހޫރު ޖަޕާން އަދި ސިންގަޕޫރގަވެސް އިޖުތިމާއީ ބޯހިޔާ ވަހިކަމުގެ ކޮޓަރިތައް ވަނީ މިވަރު މާލޭގައ 600 އަކަފޫޓްގައ 3 ކޮޓަރ ހަދާފަ ހުރޭ...
1.އަސްލު މަށްސަލަ..
މި7000 ފުލެޓްގެ ތެރެއިން 4300 ފުލެޓް ލިބިފައިވަނީ މާލޭގެ ރައްޔިތުންނަށް
2. މި 7000 ފުލެޓަށް މީހުން ދިއުމުން މާލޭގެ ކުލިތައް ކުޑަވާނެތޯ ނުވަތަ ނުންތޯ.. ޖަވާބަކީ ކުޑަތަނެއް ކުޑަވެދާނެތޯ އެއްޗެއް.. އެއީ ސަރުކާރުގެ ޕޮލިސީއަކީ މާލެއަށް މީހުން ތޮއް ޖެއްސުންކަމަށްވުމުން..
ސ. ސަރުކާރުން މިކަނޑައެޅި 1100 ރ ރަގަޅުތޯ
ޖ.ނޫނެކޭ.. ކުލި ހުންނަންޖެހޭނީ 5600 ރ ގަ.
ސ. ކުލިބޮޑްކޮށްދިނީމަ ތަނާއި ހަމަ ލިބުނު މީހުން އެއަގަށް އެއްބަސްވާންވީތޯއެވެ.
ޖ. ލިބޭ އެއްޗެއް ލިބިގަންނާށެވެ. އަދި ދެން އަންނަ ސަރުކާރުން ކުލި 5600 ރ ތިރިކުރާނެއެވެ، ނުވަތަ ހިލޭ ކުރާނެއެވެ.
ތިޔަތާގެ ފޮޓޯތަ ކެއް ޖަހާލިނަމަ އެއިރުން މަމެންނަށްވެސް އެނގުނީސް އިބޫ ބުނާ ވާހަ ކައި ގަ ހުރި އޮއްޓަރެއްވެސް ހަމަ އެ ކަނި ފާޚާނާގެ ފޮޓޯ ތިޔައޮތީ ޖަހާފަ
ޗައިނާ ސަރުކާރުން މިސަރުކާރަށް ލޯނު ނުދިން. ދެން އިންޑިޔާއިން ވެސް ލޯނު ނުދިނީތަ؟ ނުދިނީކީނޫން ފަގީރު ސަރުކާރަކަށް ދެވޭނެ އެއްޗެއް ނޯންނާނެ. ބަޔަކު ފޮނުވީމަ ފޮރިން މިނިސްޓްރީން ކޮންމެ ކްއަރޓަރއެއްގައި އއވާހަކަނކީމަނ4 ގުނައަށް އިތުރުވެގެންދާނެކަމަށް.. ދިވެހިން ހޭލަމުންދަނީ. ދޮގުން އަބަދު ލޮލުގަ ފަރުދާ އަޅުވާފަ ނުބޭތިއްބޭނެ. މިކަން ނިންމާލާނެ. ދޮގުވެރިވެެިއަކަށްވުރެ ބިރުވެރި ބަޔަކު ނުތިބޭނެ.
މާލޭގެ ހުރިހާ ރަށްވެހީނަކީ ތިޔަބުނާގޮތަށް މުއްސަދިކޮށް އުޅޭބައެއްތޯ. ޢެންމެން ވެގެން މާލޭ މީހުންނާ ދިމާކޮށްލައިގެން. މާލޭ ގިނަމީހުން އުޅޭނެ އެއްވެސް ގޮތެއްނެތިގެން އުޅެނީ. ޜަށްރަށުމީހުންގެ ރަށުން ބިންލިބޭ. މާލޭ މީހުން އަމިއްލަ ރަށުގައިވެސް އުޅެވޭނެ ގޮތެއްނެތް.
ނޫސް ވެރިންނަށް ދައުވަތު މިދެނީ އަހަރެމެން މިއުޅޭ ކޮށި ބަލަން.ބަލާފަ ތިތަނަށް ގޮތް ކިޔަން.
ގަބޫލެއް ނުކުރެވޭ 11،000ރ ކުލި ނަގަން ޖެހޭ ކަމަކަށް... ކަލްކިއުލޭޝަން ކޮބާ؟؟ މުއިއްޒުގެ ކަލްކިއުލޭޝަން އެ އޮތީ ފެންނަން.
ކޮބާހޭ 1 ރުމް ގެ ކޮޓަރިތައް....
ރޫމް އާ ކޮޓަރިއާ އެއީ އެކައްޗެއް ބްރޯ
ތިޔަތަން ލިބެންޏާ އަހަރެންވެސް ބޭނުން...މައްސަލަ އެއްނެތް މުށިނެތަސް ދޮރުނެތަސް...ތިހުރިހާ ކަމެއް އަމިއްލަޔަށް ކޮށްގެންވިޔަސް މިހާރު މިއުޅޭ ހާލަށްވުރެ މާބޮޑަށްވެސް ރަގަނޅުވާނެ...އަދި ކުލި ދައްކާފަ ލާރިކޮޅެއް ސޭވް ކުރެވޭނެ....އަހަރުމެންނަކީ ނިކަމެތިން....ނިކަމެތިންނަށް ތިތަން ކަމުދޭ މުއްސަނދިންނަށް ހުންނާނެ ލަގުޒަރީ ބޮޑެތި ފުލެޓްތައް އެތަން ތަނަށް ލާރި ހުރި މީހުންދޭ .ތިޔަތަނަކީ ބޭރުން ކުލަފޮށްޓެއް އެތެރެއިން އަލިފާން ފޮއްޓެއް ކަމަށް ދައުލަތުގެ މީޑިޔާ އަށް ހީވި ނަމަވެސް.....ތިތަނަކީ އޯގާތެރި ރައީސެއްގެ ހިތްވަރު...ނިކަމެތި ރައްޔިތުން ތަކެއްގެ އުންމީދު
މިސަރު ކާރުން 3000އަ ކަފޫޓް ގައި ހަދާ 2 ކޮޓަރީގެ ފްލެޓް ތައް ބޭނުންވާ ފަރާތްތަ ކުން މަޑު ކޮއްލާ ކޮތަރު ކޮށި ބޭނުންވާ 95000މީހުން އެބަތިބި ގައުމުގަ ހަމަހޭގަ ލިފްޓްވެސް އޯ ކޭ؟
އަނގަ ނުގަޅާ ތިތަނޔގެ ފުލޯޕުލޭން ފާރުތަކުގެ ސައިޒާއެކު ނޫހުގަ ޖަހާލަބަލަ.. އޭރުން އެމްޑީޕީ ރީނދޫ ބޮލުރޮދިތައް މައިތިރިވާނެ އަދި ހަދާ ދޮގު ފަޅާއަރާނެ.
މިތަން ސަޅި ނަގާފަ ރާއްޖެތެރޭ މީހުނައް ކުއްޔައް ދޭން.
4" * 6" ގަލެއްވިޔަ ސް އޯކޭ. ތިތަން ދީބަލަ. މި ސަރުކާރުން އަޅާ ހަވޭލީތައް ނިމެންދެންވެ ސް މިހާރު މިއުޅޭ ގޮތުން މިންޖުވެ ތިތަނައް ވަނުން ބުއްދިވެރި. އަވަ ސްކުރާ ތިތަން ގެނޭ.
سبحان الله
ކިހިނެއްތޯ އިންޓަރެސްޓާ އެކުވެސް ޢިމާރާތްކުރަން ނެގި ލޯނުގެ 3 ގުނަހާ ބޮޑު އަދަދެއް އަރާނީ؟ ލޯނުގެ ގޮތުގަ ނެގީ 434،000،000.00 (ހަތަރު ސަތޭކަ ސައުރަތިރީސް މިލިއަން ޑޮލަރު ) އެޗްޑީސީން ބުނަނީ މަހަކު ޖެހޭނެޔޭ 11000 ރުފިޔާ ދައްކަން، އޭގެ މާނަޔަކީ ރައްޔިތުމީހާ މި ރޭޓުން ފައިސާ ދައްކަން މަޖުބޫރު ކޮށްފިނަމަ، މިކިޔާ "ސޯޝަލް ހައުސިން" ގެ 7000 ފްލެޓަށް އެބަ ދައްކަން ޖެހޭ 1،197،840،000.00 (އެއްބިލިއަން އެއްސަތޭކަ ސަތާނަވައި މިލިއަން އަށްލައްކަ ސާޅީސް ހާސް) ޑޮލަރު، ކިހިނެއްތޯ މިހާ ބޮޑުވާނީ؟
ކުރީ ސަރުކާރުގެ ޕްރޮޖެކްޓެއްވީމާ ރައްޔިތުންނަށް ކުރާ ޖެއްސުމެއްތަ އަޅެމީ؟
19 މަސްދުވަސް ވަންދެން ރައްޔިތުން ތަޅުވާފަ ކޮމްޕްލީޓްވެސް ނުކުރާ ކޮތަރު ކޮށްޓަކަށް މިހާވަރު ނަގަން ވިސްނުމަކީވެސް ރައްޔިތުން ފެލުން!
ކުޑަބޮޑުމިން ބަލާނީ އަހަރެމެން. ކަލޭމެން ހަމައެކަނި ފްލެޓުތައް ހަވާލުކުރޭ.
ފްލެޓަކަށް 11،000 ރފ ޖެހޭ ސަބަބެރް ނުވިސްނުނު. ެއެއްކޮށް ފުރިހަމަ ކުރުމުން ހަރަދު ވަނީ 7 ބިލިއަން386މިލިއަން180 ހާސް ދިވެހިރުފިޔާ އޭރުން ފްލެޓަކަށްހަރަދުވަނީ 1 ބިލިއަން 55މިލއަން 168 ހާސް 571 ރުފިޔާ 20 އަހަރަށް 7000 ފްލެޓަށް ބެހުމުން މަހަކަށް ފްލެޓަކަށް ޖެހެނީ 4397 ރުފިޔާ.މެއިންޓެނަންސް 1000 ރނަގާނަމަ ޖމްލަޔަކި 5397 ރުފިޔާ 5600 އަށް ފްލެޓް ދޭނަމަ ފްލެޓަކުން 203 ރުފިޔާ ފައިދާވާނެ 7000 ފްލެޓުން މަހަކު 1މިލިއަން 421 ހާސްރުފިޔާގެ ފައިދާއެއް ލިބޭނެ .6720 ފްލެޓަށް ބަދަލުކުރީމަޥެސް 1މިލިއަން 364ހާސް160ރފ.މަހަކުފައިދާ ލިބޭނެ މަދުކުރި 280 ފްލެޓް ގެބިޒިނަސްކުލީގެ ގޮތުގަ ފްލެޓަކަށްޖެހޭ5397 ގެ 3ގުނައަށްވުތެ ކުޑަނުވާ އަގެއްލބޭނެކަމަށްދެކެން
ށޯލިހުމެން ރަށްޔިތުންނަށް ކޮންކަމެއް ކޮށްދެވުނީ އެއްކަމެއްކުރެވުނީކީ އެއްނޫން ވެރިކަންހޯދަންވީމަ ކޮންމެ ފަހަރަކު އެތައްހުވައެއްކުރާނެ ތިވަރުން ފުދޭ ކަލޭތިހިރީ މިހާރު ފެއިލްވެފަ ތީ މިހާރު ގުއިގަނޑެއް ގިނަރައްޔިތުންނެއް ބަލައިނުގަންނަ ބައިގަނޑެއް ދެންމިރާއްޖޭގެ ވެރިކަމަށް އަންނަން ނޫޅޭތި ވައްސަލާމް...
ކީއްކުރާނީ ރ ޔާ މިން އަޅުއްވާފަ ހުރިތަނެއްވިއްޔަ ދޭކަށް ނުކެރޭނެ... އަބޫ އިސްތިއުފާ...
ލިފްޓްދަނީ އެއްވެސް ތާކަށް މަޑު ނުކޮށް؟! ސްކޫލްގަޑީގަޔާ އޮފީސް ތަކުގައި ތިޔައިން ލިފްޓަކަށް މަތިން ތިރިއަށްދިއުމެކޭ ހުޅުމާލޭން މާލެދިއުމެކޭ ވާނީއެއްވަރު. ކޮންމެ ފްލޯއެއްގަ މަޑުކުރާނެ. ކޮންމެ ޓަވަރެއްގަ 2000 މީހުން އުޅޭނެ. 3 ލިފްޓް!!
ދިވެހިން މުސްތަގްބަލާއި މުދާވިއްކައިގެން މިއީ ދިވެހިންނަށް ހައްގުމިންވަރުތޯ ސުވާލުކޮށްލަން ބޭނުން؟